ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި މަހުގެ 1 ގައި އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ދެ ގައުމުގެ އިސްވެރިން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.
31 ޖެނުއަރީ 2025 - 18:41
ރާއްޖެ އާއި ޗައިނާއާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ މެދު ނުތަނަވަސްކަން އޮތް ކަމަށް އެއްބަސްވެ، ރާއްޖެ އަށް މާލީ އެހީ ދިނުމުގެ ސިޔާސަތާ މެދު އިތުރު ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް އިންޑިއާ ސަރުކާރުން ދީފި އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން ސޮއިކޮށްފައި އޮންނަތާ އަހަރުތަކެއް ފަހުން، އެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ މަޝްވަރާތައް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި މަގާމާ ހަވާލުވެވަޑައިގެން ޖެނުއަރީ 2024 ގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
މި އެއްބަސްވުމަށް މި ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މީގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ނުތަނަސްވަކަން އޮތް ކަމަށް އިންޑިއާ ސަރުކާރުގެ އެކި މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރަމުންދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.
އެކަަމަކު، އިންޑިއާ ސަރުކާރުން ރަސްމީކޮށް އެއްޗެއް ނުބުނެ ތިބުމަށް ފަހު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ހަފުތާއެއްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު މިއަދު ފެންމަތިކުރި އެވެ.
ޗައިނާގެ އެފްޓީއޭގެ ސީދާ ނަން ނުގަންނަވައި، އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖެ އަށް ލިބޭ އާމްދަނީ ހީނަރުވާ ގޮތަށް މި ފަހުން ސޮއިކުރި އެއްބަސްވުންތަކަކީ ރާއްޖޭގެ ދެމެހެއްޓެނެވި މާލީ ހާލަތަށް އަސަރު ކުރާނެ ކަމަކަށް ވާތީ، އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
"ހަމަ ޔަގީނުން ވެސް، އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެ ކަންކަމަށް ރިޔާޔަތް ކުރަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް މާލީ އެހީ ދިނުމުގައި ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފައި މިވަނީ، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށް މި ފަހުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް އެ ގައުމުން ހަމަޖައްސައިދީފައިވަނިކޮށެވެ. އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ގަނެފައިވާ ޓީބިލެއް ވެސް އަނބުރާ ދެއްކުން ވަނީ ފަސްކޮށްދީފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައިވާއިރު، އެފަދަ އެއްބަސްވުމެއް އިންޑިއާއާ އެކު ވެސް އެކުލަވައިލަން އެއްބަސްވެ، އޭގެ މަޝްވަރާތައް ފެށުމަށް ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ވަނީ ރަސްމީކޮށް ނިންމަވައިފަ އެވެ.
ރާއްޖޭން ވަނީ ތުރުކީއާ އެކު ވެސް ޕްރިފެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރާ
01 February 2025
ދައްކަންޖެހޭ ލޯނުގަނޑެއް ފަސްކޮށްލާ ދިނީވެސް އިންޑިޔާއިން. އެހެން މީހުން ހަމަ ފޮތުގައި އޮތް ގޮތޭ، ބަދަލެއް ނުކުރެވޭނޭ ބުނެ، ދުލެއް ނުދީ ހިފަހައްޓައިގެން ތިބީ... ދެނޯ
ނުތަނަވަސް
01 February 2025
ނުތަނަވަސްވަނީ ތިޔަ ބުނާ އެގްރީމަންޓް ހަދައިގެން، ދަތިކަމެއް ނެތި ދިވެހި މަތިންދާބޯޓުތަކަށް ޗައިނާއަށް ދެވޭނޭ މަގު ފަހިވެ ޓޫރިޒަމަށް އޭގެ ހެޔޮ އަސަރުކުރާތީ. އޭގެ ސަބަބުން ގެސްޓްހައުސްތަކުގެ ވިޔަފާރި މެކްހަށްޖަހާފާނެތީ މޭކަރައިގަތީ. މި ގައުމުގެ ރައްޔިތުން ފުދުންތެރިވެދާނެތީ މޭކަރައިގަތީ. އިންޑިޔާއަށްވެސް މިފަދަ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު އޮތީ ދީފައި. ނުހަދައި ތިތިބެނީ މި ގައުމަށް ދޭ އެއްޗަކަށްވުރެ ދަމައިގަންނަ މިންވަރު ބޮޑުކުރަން.
ލޯނު
01 February 2025
ލޯނު ދެނީ އޮންނަ ގާތްކަމާ އަވެއްޓެރިޔާ ފުރަތަމަ އުސޫލުންކަމަށް ހީކުރީ. އަދި ކިޔާ މިއގެނީ އަޅަކަށް ހަދާ ވަކި ބަޔަކާ ވިޔަފާރިނުކޮށް ވާހަކަނުދައްކާ ގޮތަށް ދޭ އެއްޗެއްކަންއެއީ
އަބްޑޫޅް +
01 February 2025
ދިވެހިރާއްޖެ އާއި އެހެން ދައުލަތަކާ ދެމެދު އޮންނަ ގުޅުމަކާ ބެހުމަކީ އިންޑިޔާ އަށް ކުރެވިގެންވާނެ ކަމެއް ނޫން. ދިވެހިރާއްޖެ އަކީ އިންޑިޔާގެ އަވަށްގަނޑެއް ނޫން.
ތިލަދުން
01 February 2025
ތި ޢީ ބޭކާރު އެފް ޓީ ޢޭ އެއް.
ނަށީދު
01 February 2025
ނުތަނަވަސް ވާނެ ދޯ. އިންޑިޔާއިން ލޯނު ދިނީމަ ދިވެހިންނަށް އެފައިސާ މި ހަރަދު ކުރަނީ ޗައިނާއިން އެއްޗިސް ގެންނަން.
މާސްޓަރ
01 February 2025
އިންޑިޔާއަށްވުރެ މާކުރިން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ދެމުން އަންނަ ޤައުމެއް. ރާޖޭގެ މިނe ވަންކަމަށް މާކުރިން މަރުހަބާކިޔައިފި. އިންޑިޔާ އޮތީ ކިބުރުވެރިކަމާއެކު ބަހެއްވެސް ނުބުނަން. ތިޔަބޮޑާކަން ބީޖޭޕީން ދައްކަފާނެ. އިންޑިޔާއަށްވުރެ މާގިނަ އެހީތައް ޗައިނާއިން ދީފިވަނީ. އިންޑިޔާގެ ވިޔަފާރިއަށް ލިބޭނެ ގެއްލުމެއް ތިކަމުގައި ނޯންނާނެ. މިހާރުވެސް އިންޑިޔާއިން ގެންނަ މުދާ ޗައިނާއިން ގެންނާނީ އިންޑިޔާއަށްވުރެ ކޮލިޓީވާނަމަ
ފިނިއައިސާ
01 February 2025
އާފަލުވެސް ކުޑަމިނުން އިނގުރުވެސް މިހާރު ހުންނަނީ ޗައިނާއިން އެތެރެކޮށްފަ... ޖެނެޓިކަލީ މޮޑުފައިކޮށްގެން ގިނަ ތަކެތި ހައްދަނީ އެޤައުމުގަ... އަހަރެން ވަރަށް ކަންބޮޑުވޭ ކާބޯތަކެއްޗާމެދު...
ހަނދާން ވަނީ...
01 February 2025
ޔާމީނު އިންޑިޔާ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރަން މަސައްކަތްތަކެއް ކުރިކަން މި ޚަބަރުން ސާފުވޭ.
އޮނަރަބްލް ބަކުރުބޭ ގެ ސީދީ
01 February 2025
ހުރިހާ ދިމާލަކަށް އެންބުރޭން ހަދައިގެން މި ވެއްޓުނީ ރިހޭ ފައިގެ މައްޗަށް ކަޅު ހިލަ ދައެއް . މިއަހަރު ސަރުކާރުން ދައްކަން ޖެހޭ ދައުލަތުގެ ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރު . ސަރުކާރު ގެ މަސްރޫއު ތައް ހިންގި ފެނަކަ ރޯޑު ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި އަދި ކޮބާ؟