ހިތަދޫން މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން.
12 ފެބުރުއަރީ 2025 - 12:07
އައްޑޫ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.
އެ ރަހީނުގެ މައްސަލަ ފަޅާއެރީ މިދިޔަ އަންގަރާ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ތަނުން ބަޔަކު ނުކުމެގެން ފިލަން ދަނިކޮށް ފެނުނު ހިސާބުންނެވެ. އެކަން ފުލުހުންގެ ސަމާލުކަން އައިސް ބެލިއިރު، މީހަކު ޖޯއްޔެއްގައި ބަނދެ، އޭނާގެ ބޯ ބާލައި، އަނިޔާކޮށްފައި އޮތް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރު ކުރި އެވެ.
ފުލުހުން މިއަދު ވަނީ އުމުރުން 18 އަހަރުން މަތީގެ އެ އެންމެންގެ ވަނަވަރު އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، 20 އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، 19 އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު، 22 އަދި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން 20 އެވެ.
އެ މައްސަލާގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ މައުލޫމާތު އާންމުނުކުރީ ކުޑަކުއްޖަކަށް ވާތީ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޖޯއްޔެއްގައި ބަނދެފައި އަނިޔާކުރީ 37 އަހަރުގެ މީހަކަށެވެ. އޭނާއަށް އަނިޔާކުރި މީހުން ހައްޔަރުކުރީ ވެސް ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ރަހީނުކޮށް، އަނިޔާކުރި ސަބަބެއް ސާފެއް ނޫނެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
14 February 2025
މައިލޯ ގޭންގަށް ހެޔޮވިސްނުން ދެއްވާށި
އޮނަރަބްލް
13 February 2025
އަހުންރަށުގަ ތިޔަމާލެއަށްވުރެ ޔަންގް ޖެނެރޭސަން މާޓޮޕުވާނެ.
ޙިނި
13 February 2025
އަލުން އިސަލާހިށްޔާ ކަހަލަ ވޮކޭސަނަލް ސްކޫލެއް ހުޅުވަބަލަ، އަދި މިކަހަލަ ކުދިނަނަށް މަސައްކަތެއް ދަސްކޮދީބަލަ.
ވަޖ0ސް
12 February 2025
ޅަ އުމުރުގައި އަދި ރަނގަޅަށް ވިސްނުން ވެސް ނާއްނަނީސް މިފަދަ ކަންކަމުގައި ކުދިން ބެދި މުޅި އުމުރު އެކަމުގެ ހިތާމައި ޖެހި ބަރުބާދުވާކަން މައިންބަފައިންނަށް ނުވިސްނެނީބާ؟ މިފަދަ ކުދިންނަށް ޖޮބު ލިބުން ވަރަށް ދަތިކަމަކަށް ވޭ ކުށުގެ ރިކޯޑު އޮންނަގޮތުން.
ތުއްތުނާމި
12 February 2025
މިދެން މިޤައުމަށް ޖެހިފަ އޮތް މުސބާތެއްތަ؟؟؟މި މައިންބަފައިން ކޮބާތޯ؟؟؟ތިމާމެންނަށް ދެވިފަ ހުރި ތަރުބިއްޔަތުގެ ނަތީޖާ މި ފެންނަނީ،މުޅިޤައުމުގައިވެސް ގޫބައްޑާ އިން،ލަދު ކޮބާތަ؟؟
މުރުތަލޯ
13 February 2025
ތިޔައީ މުޅިޔަކުން ތަރުބިއްޔަތުގެ މައްސަލަޔެއް ނޯން. ޢެހެންނަމަ ކަލޭ އެމީހުންނައް ނަސޭހަތް ދޭނީ ބަވާ އެމީހުންގެ މައިންބަފައިންނާ ބެހޭނީއެއް ނޫން. ޙެޔޮވިސްނުން ދެއްވާށި!!!!
ގުއަންޓަނަމޯ
12 February 2025
އިސްލާ ހީ ޖާޑި އަކަށް ލާން ގުއަންޓަނަމޯ ބޭ އަށް ފޮނުވަން ވީ ބައެއް . ޓުރަންޕު މިކަމު ގަ އުޅެނިކޮށް ފޮނުވިއްޔާ ފަސޭހަ ވާނީ .
މާލެމީހެއް225
12 February 2025
5 ކުޅަނދު މަދުވީމަ އުޅޭގޮތް
ރައީސް މުޢިއްޒަށް
12 February 2025
ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މަނިކުފާނުގެ ޤައުމީ ޕްލޭންގެ ތެރެއަށް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ނެރޭ ބެލެނިވެރިންނަށް އެވޯރޑާއި އެލަވަންސެއް ހަމަޖެއްސަވައި ދެއްވުން އެދެމެވެ. ދިވެހިރާއްޖޭގެ މުޖުތަމަޢުގެ ބޮޑުބައެއް ހަލާކުގެ ތެރެއަށް ވެއްޓިފައި މިވަނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭނެ ބެލެނިވެރިން އިންތިޙާއަށް މަދުވީމައެވެ. އެވޯރޑާއި އެލަވަންސް ދެއްވައިގެން ނަމަވެސް މިކަން ޙައްލުކޮށް ދެއްވުން އެދެމެވެ.
ލަސް
12 February 2025
ކުދިން ވިހާފަ އެކުދިން ބަލާތީވެ ރައްޔިތުންގެ ފައިސާއިން ކަލެއަށް އިނާމު ދޭންވީ ސަބަބަކީ ކޮބާ؟
އަދިވެސް އެއުޅޭ އަފީފު ދީދީ އަނގަ ފުޅާކުރާނެ
12 February 2025
އޮނަރަބްލް އަފީފު ދީދީ ގެ ލަދުކޮބާ؟؟؟؟ މާލެ އޭ ކިޔައިގެން އަނގަ ފުޅާކުރާއިރު ތިމާގެ އަތޮޅުގެ ޙާލަތު ނިކަން ދެކިބަލަ!
ހަމަ ތެދެއް
12 February 2025
އެމީހެއް ގެ ގައިގަ ހޭކިފަ ހުންނަ ނަޖިހެއް އެމީހަކަށް ނުފެންނާނެ
ފެނުބައްޑާ22
12 February 2025
އައްޑޫ މީހުން އިނގިރޭސިން ތަރުބިއްޔަތު ކުރި ގޮތް ފެންނަނީ