ޚަބަރު / މަސްތުވާތަކެތި

ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުތަކުގައި!

ނަދީމް

05 ޑިސެމްބަރ 2025 - 17:24

31 comments

އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އަލީ ނަދީމް ނުވަތަ އޭނާގެ ވަނަމުން ނަމަ ނަދަމާ އެވެ. ހާއްސަކޮށް ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ" ގެ ކުރީ ސަފުން ފެންނަ އެއް މޫނަކީ ވެސް ނަދީމެވެ.

އެ ނަމުގައި ސްޕޯޓްސް ކްލަބުތައް ރަޖިސްޓަރީ ކޮށްގެން ހިންގަ އެވެ. އަދި ރަށުގައި އެކި ފެންވަރުގެ މުބާރާތްތައް ވެސް މައިލޯ އިން ހިންގަ އެވެ. އައްޑޫގައި ބާއްވާ ރަސްމީ އެކި ކަހަލަ މުބާރާތްތަކުގައި އެންމެ ކުރީގައި އުޅެނީ ވެސް ހަމަ އެ ކްލަބެވެ.

ފުލުހުން ބުނިގޮތުގައި، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާޗު މަހުން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫ ހިތަދޫން މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ޑްރަގް ބޮޑުން

ފުލުހުންގެ ތަހުގީގު ފަށައި، އެކަމުގެ އިސްކޮށް ތިބި މީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އުމުރުން 30 އަހަރު ނަދީމްގެ އިތުރުން ދެން ހިމެނެނީ؛

- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ

- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ

- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ

- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ.

ފުލުހުން މީޑިއާއާ ރޭ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފަ އެވެ.

ނަމަވެސް، "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި ރަށުގެ ކުޅިވަރާއި ސިޔާސީ ކަންކަމުގައި ނަދީމް ހަރަކާތްތެރިކޮށް އުޅުނަސް އޭނާއަކީ، މިފަހަކާ ޖެހެންދެން އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ކުރި މީހެއް ނޫނެވެ.

ނަދީމް، އޭނާގެ ކާރު ކަލެކްޝަން ކައިރީގައި.

މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ.

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މުސާރައަކީ 25،000ރ. ވިއަސް ނަދީމްގެ އަތުގައި އެންމެ ފަހުގެ އަގުބޮޑު އެތައް ކާރެއް ހުންނަ ކަމަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެ ކާރުތައް ކުޑަ ދުވަސްކޮޅަކު ބޭނުންކުރުމަށް ފަހު ވިއްކާލައި އަނެއްކާ ވެސް އާ ކާރު ހޯދަ އެވެ.

އެކަމަކު، ނަދީމް އަތުގައި އަބަދު ވެސް މަދުވެގެން އެ އަހަރެއްގެ އެންމެ ފަހުގެ ފަސް ވަރަކަށް ކާރު އޮންނަ ކަމަށް ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ. ޓިކްޓޮކްގައި އޭގެ ވީޑިއޯތައް ވެސް އޭނާ އަމިއްލަ އަށް އާއްމުކޮށްފައި އެބަހުއްޓެވެ.

ފުލުހުން ބުނި ގޮތުގައި އައްޑޫގެ ޑްރަގް ބޮޑުން ހައްޔަރުކުރީ މިދިޔަ މަހު ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުންނެވެ.

ޑްރަގްގެ ބޮޑުންނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިންގި އޮޕަރޭޝަންގެ ދަށުން ވެސް ބޮޑު ޑީލަރުން ކަމަށް ތުހުމަތުކުރާ ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ފުވައްމުލަކު، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ފުވައްމުލަކު، ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، އެވެ.

ނިއުޝާދުގެ ބޭންކު އެކައުންޓުން މިދިޔަ ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް އަދި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންނަށް އަމާޒުކޮށް މިހާރު އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ އެއްވެސް މީހެއްގެ "ބާރުވެރިކަމަށް" ނުބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

31 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 3%
icon angry icon angry 18%
icon wow icon wow 12%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހހހހ

06 December 2025

ދެން އިވޭނީ ހައްޔަރު ކުރި އިރު މިރަންޑާ ރައިޓްސް ކިޔާ ނުދޭތީ ހައްޔަރު ކުރީ ގޯސް ކޮށް ކަމަށް ބުނެ އެންމެން ދޫކޮއްލާ ތަން. ލޮލް

The name is already taken The name is available. Register?

ކަބަޑު

06 December 2025

ސަރުކާރުގައި ތިކަހަލަ ކިތައް ބޭފުޅުން އެބަތިބިތޯ ބަލަން ހާއްސަ އޮޑިޓެއް ހެދުން މުހިންމު.

The name is already taken The name is available. Register?

ބުނެލީ..

06 December 2025

“ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފަ އެވެ.” އަތުންފައިން މަސައްކަތެއް ނުކުރާ ބައެއްގެ އެކައުންޓުގައި އެވަރުގެ ފައިސާ ދައުރުކުރި އިރު ބޭންކު އޮފް މޯލްޑިވުސުން ހޭ ވެސް ނާހާ ދޯ؟ އަހަރުމެން ހަލާލު މަސައްކަތް ކުރާ މީހުން އެކައުންޓަށް 500 ޑޮލަރު ޖަމާވިޔަސް ބީއެމްއެލު ހީވަނީ ގަޔަށް ރެވިގެން ތެޅޭހެން.

The name is already taken The name is available. Register?

ރާއްޖެ

05 December 2025

6 އަހަރު މެޑިކަލް ސްކޫލް އިިން ކިޔަވައިގެން ނިކުންނަ ޑޮކްޓަރަކަށް ވެސް 30 ހާސް ނުލިބޭ. އަސާސީ ތައލީމު ފެންވަރު ޕޮލިޓިކަލް ޑިރެކްޓަރުންނަށް އެއްވެސް މަސައްކަތެއް ނުކޮށް 25 ހާސް. ޝުކުރިއްޔާ ގައުމު.

The name is already taken The name is available. Register?

ޚސކސކ

06 December 2025

ސިންގަޕޫރު ލެވެލް އަށް ދާ ޝޯރޓުކަޓު

The name is already taken The name is available. Register?

ޔުޠޫ

05 December 2025

ތި ކަހަލަ މީހަކު ހަމަ އުޅޭނެ ކުޅުދުށްފުށީގަވެސް،// ކިޔާނީ،ދުވަހަކުވެސް ވަޒީފާގައެއްނޫން އުޅުނީކީ،އިހައްދުވަހު އޭނަ ފާޑެއްގެ ސިޔާސީ މަގާމުގަނޑެއްދިނީ،އޭނަ ވެސް އެއީ ފުޅާ ދާއިރާއެއްގައި ޑީލު ކުރާ މީހެއްކަމަށް މިރަށު ރައްޔިތުން ކިޔާ،ލައްކައިން ހަރަދު ކުރާނީ ލައްކަ ފައިސާ ހުރީމަހެން ހީވަނީ،އެކަމު މިރަށު ޕޮލިހުންނަށް ނުކެރޭނެ އިސްއުފުލާ އޭނައަށް ބަލާލަން،

The name is already taken The name is available. Register?

ބަޑިތަކުރު

05 December 2025

ހއތުރާކުނުން ސގަމާއި ދެމެދު މުޅިންވެސް ނަދަމަތަކާއި އޭތިމީތި.ކުރާމަސައްތާއި ލިބެން އޮތްގޮތާއި ނުގުޅޭ، އެކަމަކު މިލިއަނަރުން. އެއްޗެކޭ ބުނެލާ އަހާލާނެ ބަޔަކު ނުއުޅޭ. އަނެއްކޮޅުން ކޮންމެ ސިޔާސީ ޕާޓީއެއްގެ ޖަލްސާތަކުން ފެންނާނެ. އެތައްތުރާލަކުން ކިޔަވައި އައިސްތިބޭ ގާބިލުމީހުން ވަޒީފާނެތި ތިބޭއިރު އެގްޒެކެޓިވް ލެވެލް ވަޒީފާވެސް މިދެނީ އެވެރިންނަށް. މިއުޅޭ ޕާޓީތައްނޫން އެހެން ގޮތެއް ވިސްނަން އެބަޖެހޭ.

The name is already taken The name is available. Register?

ޙާސަރު

05 December 2025

ބޭންކުން ވެސް ބަލާނެ މަސަކަތެއް ކޮށްގެން ފައިސާ އެއް ވަންނަބިއްޔާ

The name is already taken The name is available. Register?

މައިލާ

05 December 2025

މަ އުއްމީދުކަރަން ހުކުމެއް އައުމާި ހަމައައް ތޭރިތަކުގެ ފަހަތުގައި މިމީހުން ބައިތިއްބާނެކަމަށް

The name is already taken The name is available. Register?

ވާނުވާއެންނު

06 December 2025

ކޮއްކޯ، ވާނުވާގަ ފަސް މިނެއްޓު.

The name is already taken The name is available. Register?

ޖުލައި

05 December 2025

މަނަދޫ ޑްރަގް ލޯޑް މިނިވަން ކަމުގައި 5 އަހަރު. ރަށާއި އަތޮޅުގެ ވެސް މައި ސަޕްލަޔަރއެއް. މަނަދޫ ޕޮލިސް ސުޓޭޝަންގެ ފުލުހުން މީނާ ދޫކޮށްލާފައި. މިހާރު މުޅިގޭގަ ކެމެރާ ހަރުކޮށް ގެން މީނާ ފުލުހުން ނަށް ފާރަލަނީ. މުޅި އާއިލާ އެ ވިޔަފާރީގަ

The name is already taken The name is available. Register?

ަސދަސދަސދ

05 December 2025

ކާރު ގަނެ ވިއްކުމަކީވެސް ފައިސާ ހޯދަން ކުރާ މަސައްކަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454