ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ހިލޭ ޑިގްރީގެ ތަސައްވުރުގެ ކްރެޑިޓާ މެދު ހިޔާލު ވަނީ ތަފާތުވެފައި
14 ފެބުރުއަރީ 2025 - 21:03
ހިލޭ ޑިގްރީގެ ދަށުން ސަރުކާރުގެ ހަރަދުގައި ކިޔެވުމަށް ހުޅުވައިލި ފުރުސަތަށް މިއަދު ހަ އަހަރު ވީއިރު، އެ ސްކީމްގެ ކާމިޔާބީ އާއި އެ ތަސައްވަރުގެ ކްރެޓިޑް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނެންގެވި ކަމަށް ބުނެ ހިޔާލު ތަފާތުވުންތަކެއް ސޯޝަލް މީޑިއާގައި އޮއްސާލައިފި އެވެ.
އިބޫގެ ރިޔާސީ ވައުދެއްގެ ގޮތުން ފެށި ހިލޭ ޑިގްރީ ސްކީމްގެ ދަށުން އެ ސަރުކާރު ނިމުމާ ހަމައަށް 18،000 ދަރިވަރަކު ފުރަތަމަ ޑިގްރީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވަން ފަށާފައިވެ އެވެ. އަދި 8،500 ދަރިވަރުން ސްކީމްގެ ދަށުން ކިޔަވައި ނިންމި އެވެ.
"...މީގެ ހަ އަހަރު ކުރިން އަޅުގަނޑުމެން ތައާރަފްކުރި ހިލޭ ޑިގްރީ ސްކީމަކީ ހިލޭ މަތީ ތައުލީމް ހާސިލް ކުރަން ހޯދައި ދެވެނު ފުރުސަތެއް. އެއީ އަޅުގަނޑުގެ ވެރިކަމުގައި އެންމެ ފަހުރުވެރިވާ އެއް ކާމިޔާބީ،" ހިލޭ ޑިގްރީގެ ހަ އަހަރުގެ ކާމިޔާބީ ފާހަގަ ކުރައްވައި، އިބޫ މިއަދު މެންދުރުފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
On this day, 6 years ago, we launched our Free Degree Scheme opening up the avenue for students to pursue higher studies for free - one of my proudest achievements as President.
— Ibrahim Mohamed Solih (@ibusolih) February 14, 2025
When we left office, more than 18,000 young Maldivians were enrolled for degrees and 8,500 young…
ނަމަވެސް، އިބޫގެ މި ޕޯސްޓް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަބޫލުފުޅެއް ނުކުރެއްވުނެވެ. އެހެންވެ، އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓް "އެމްއެން އަންއޮފިޝަލް" އިން "އެމްޑީޕީ މެނިފެސްޓޯ 2018" އިއުލާން ކުރެއްވި ވީޑިއޯ ހިއްސާ ކުރެއްވި އެވެ.
"ވައުދުނާމާ 2018" މެނިފެސްޓޯއަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދު ހޯއްދެވުމަށް ފަހު، ރާއްޖޭން ބޭރުގައި ހުންނަވައިގެން އިއުލާން ކުރެއްވި މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯގައި ނަޝީދު ސިޔާސަތެއްގެ ގޮތުން ހިލޭ ޑިގްރީ ސްކީމް ހިމަނުއްވާފައި ވެ އެވެ.
"ކޮންމެ ތާކު ހުއްޓަސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވިގެން ދާން ޖެހޭ،" މެނިފެސްޓޯ އިއުލާން ކުރައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.
ހިލޭ ޑިގްރީގެ ސިޔާސަތު ރައީސް @MohamedNasheed ގެ #JazeeraRaees ކެމްޕެއިންގައި (2018 ގެ ރިޔާސީ އިންތިޚާބުގެ ކުރިން އަދި ކޮންގްރެސްގެވެސް ކުރިން) ގެނެސްދެއްވި ކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވަން.
— Hussain Firushan #FreePalestine 🇵🇸🇲🇻 (@husnfirey) February 14, 2025
މިއަދު އެ ދުރު ވިސްނުމުގެ ހެޔޮ ފައިދާ ދިވެހިންނަށް ތައްމިނަށް އެބަ ލިބޭ! pic.twitter.com/t9h7DaBrd5
ނަޝީދުގެ މެނިފެސްޓޯ އެކުލަވާލުމުގައި އަމަލީ ގޮތުން 2018 ވަނަ އަހަރު މަސައްކަތް ކުރެއްވި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިލޭ ޑިގްރީ ސްކީމަކީ ސީދާ ނަޝީދުގެ ވައުދެއް ކަމަށެވެ.
"ކުރިން ހިލޭ ބޭސްފަރުވާ މި ފަހަރު ހިލޭ ޑިގްރީ ޖަހަންވާނެއޭ މިހާރު އެ ވަރަށް ޓެކްސް ވަދެއޭ ވިދާޅުވީ ސީދާ ރައީސް ނަޝީދު. ލިޔަން ތިބީ އަޅުގަނޑުމެން،" ނަޝީދުގެ ޕޮއިންޓުތައް ނޯޓު ކުރައްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯއަކާ އެކު އެކްސްގައި ވައްޑެ ވިދާޅުވި އެވެ.
Seedhaa Raees @MohamedNasheed ge vaudheh.
— Waddey (@waddey_) February 14, 2025
“Kurin hileybeysfaruvaa mifaharu free degree jahanvaaney, mihaaru evarah tax vadheyey vidhaalhuvee seedhaa RN. Liyan thibee alhugandu men. https://t.co/ahVO2Vudxx pic.twitter.com/cH4S63lWB8
އެ މެނިފެސްޓޯ ލިޔުއްވުމުގައި ވަރަށް އިސްކޮށް އުޅުއްވި މި ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދުގެ މެނިފެސްޓޯއަކީ "ގުޑް ގަވަނެންސްގެ ބްލޫޕްރިންޓް" ކަމަށެވެ.
ނަޝީދު މެނިފެސްޓޯ ވެސް އިއުލާން ކުރައްވައި ކެމްޕެއިން ކުރައްވަމުންދަނިކޮށް އެ މަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަން ޔަގީންވުމާ އެކު، އޭރު އިދިކޮޅުގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ތާއިދާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދިނެވެ.
އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނެވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކާ އެކު އެވެ، ނަމަވެސް، އެ މެނިފެސްޓޯގެ ބޮޑު ހިއްސާއަކީ އެމްޑީޕީގެ ސިޔާސަތުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތޯތޯ
16 February 2025
ހިލޭ، މާނައަކީ އެއްވެސް އަގެއްނެތް. ތިހެން ބަހާށޭ އިނގެނީ، އުފައްދާ ކަށް ނޭނގޭ
އަންދަލޫސިޔާ
16 February 2025
ހިލޭ ޑިގްރީގެ ސަބަބުން ނިކަމެތި އެތަކެއް ޢާއިލާތަކަކަށް، ދަރީންނަށް ޑިގްރީ ފެންވަރަށް ކިޔެވޭނެ މަގު ފަހިވެއްޖެ. އެކަން ކުރީ ރައީސް އިބޫގެ ވެރިކަމުގައި. އެއީ އެމްޑީޕީގެ މެނިފެސްޓޯ. މިކަމުގެ ޚިޔާލު ގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ފުރަތަމަ ރައީސްކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު. ރައީސް އިބޫ ވިދާޅެއްނުވޭ މިއީ އެމަނިކުފާނުގެ ޚިޔާލުފުޅެކޭ. ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެވުނު އެންމެ ފަޚްރުވެރި ކަމަކީ އެއީ ކަމަށް. އަދި ބޭނުންކުރެއްވީ we!
ޒައީންަ
16 February 2025
ހިލޭ ޑިގްރީ ހެދި މީހުންގެ ފެންވަރެއްނެތް ނަމަކަށް ހެދި ޑިގްރީ ތަކެއް، އިބޫ ގެ ދަރިން ކިވެޔީ ކެލިފޯނިޔާގެ ޔުނިވާރސިޓީތަކުން ހިލޭބާ؟
ސުންދުސް
16 February 2025
ކޮސްގޮވަނީ؟ ނިކަމެތިންނަށް ކިޔެވުނީ އެ ފްރީ ޑިގްރީ ލިބިގެން. ޚަރަދުކޮށްގެން އާދައިގެ ޢާއިލާއަކަށް 28،000 ރުފިޔާ އާއި 600،000 ރުފިޔާ އާއި ދެމެދު ޚަރަދުކޮށްގެން ހަމައެކަނި ފީ ދެއްކުމަކީ ކުޑަކަމެއް ނޫން!
އައްމަޓީ
16 February 2025
ރައީސް މީހާ ނެރޭ ޤަރާރަކުން، މެމޯއަކުން، ދައުތަލުގެ މާލިއްޔާއަށް ފައިސާ ވަންނާނެ ގޮތެއް ނަހަދާ މިގޮތަށް ތައާރަފްކުރެވޭ ސްކީމް ތަކަކީ ކްރެޑިޓް ނަގަންޖެހޭ ވަރު ކަމެއްބާ؟ މިވެސް އިންސާފުވެރިކޮން ކޮށްފައިވާ ކަމެއް ނޫން. އަތްފައި ކޮށައި މަށައިގެން ވަރުގަދަ އެސައިންމަންޓުތަކާއި ޓެސްޓްތައް ހަދައިގެން ފުރަތަމަ ޑިގްރީ ނެގި މީހުންނަށް އެންމެ ރަނގަޅު ދެއްތޯ ފުރަތަމަ މާސްޓަރސްއިން ޑިގްރީއެއްގެ ޕޭމަންޓް އުނިކޮށްލަދޭން ދައުލަތުން އެބައި ކޮލެޖަށް ދައްކާލަދޭން
ލުހޭ
15 February 2025
ތިޔައީ ތާކުންތާކު ލައްވާނުލާ ގޮތަށް ފަށާފައި އޮތް ބޮޑު ސްކޭމެއް. ދައުލަތުން ބޮޑު ޚަރަދެއް ހިނގާފައި، ދައުލަތަށް ބޭނުންވާ ފަންނީ ގާބިލު މީހުންވެސް ނޫފެދޭ ގޮތަށް ފެށިކަމެއް. ނަތީޖާއަކީ ތާކުންތާކު ލައްވާނުލާގޮތަށް ހުސް ކަރުދާކޮޅު އޮތް ބަޔަކު ތިބުން. ކިޔަވައިދިނުމުގެ ނަމުގައި ކުޅޭކުޅޭ ގޮތަށް ކިޔަވައިދީ ސެޓްފިކެޓް ބެހި ކަމެއް.
ހަވޭލި
15 February 2025
އިބޫ ވިދާޅުވެފައިވަނީ "އަޅުގަޑުމެން" ތައާރަފުކުރިއޭ .... ދެން ވިދާޅުވަނީ "އަޅުގަޑުގެ" ވެރިކަމުގައޭ. ދޭހަވަނީ ކޮންއެއްޗެއް. އިބޫ ވިދާޅެއްނުވޭ "އަޅުގަޑު" ތައާރަފު ކުރިއެކޭ .... އެމްޑީޕީން އެކުލަވާލި ޕޮލިސީ ތައާރަފުކޮށް ހިންގީ އިބޫގެ ވެރިކަމުގަ. މީގައި ދެން ވަކިމީހަކު ކުރެޑިޓް ނަގަން އުޅުމުގެ ބޭނުމަކީކޮބާ
ކަނޑުގައި މުޑިޖެހުން
15 February 2025
ބްރިޖުން ރަށްތައް ގުޅާލުމަކީ ސީދާ ރައީސް މައުމޫނުގެ ވިސްނުމެއް. އެކަމަކު އޭގެ ކްރެޑިޓް ބައެއް ފަހަރު ނަޝީދު ވެސް ނަގަން ދިމާކުރޭދޯ؟
ވަހީދުގެްސް
15 February 2025
އިބޫ އާއި މުޢިއްޒު ވެރިކަމަށް އައީ ދާދި އެއްގޮތަކަށް، ނަޝީދަށް ކުރިމަތި ނުލެވޭގޮތް ހެދީމަ އިބޫ ނެރުނީ. ޔާމީނަށް ކުރިމަތި ނުލެވޭގޮތް ހެދީމަ މުޢިއްޒު ނެރުނީ. ދެމީހުން ވެސް ކަންކުރީ އެއްގޮތަކަށް.
ސަވޭރާ
15 February 2025
ތިޔައީ މައުމޫނުގެ ތަސައްވަރެއް.
ކަތްދައްތަ
15 February 2025
ހިލޭ ޑިގްރީގެ ފަސްފަހަތް ބަލާބަލަ. ފަހާކޯސް ނިންމާފަ ތިބިމީހުން "ހިލޭ" ވީމާ ގާނޫނޫ ޑިގްރީ ހަދަން އެބަ އެލިޖިބަލް ކުރޭ. ބޭނުމަކީ ރުފިޔާ ކޮޅު ކޮލެޖް ހިންގާ މީހުން ދަމައި ގަތުން. ހަމަ އާސަންދަ ކަހަލަ ޕޮންޒީ ސްކީމެއް ހިލޭ ޑިގްރީ އަކީ.