ޕާކިސްތާނުގައި ކުއްޖަކަށް އަނިޔާކޮށް މަރާލި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ދެމަފިރިން.
18 ފެބުރުއަރީ 2025 - 20:42
ޕާކިސްތާނުގެ ގެއެއްގައި މަސައްކަތްކުރަން ގެންގުޅުނު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު އެ ގެއިން ޗޮކްލެޓެއް ވަގަށް ނެގި ކަމަށް ބުނެ ކުރި އަނިޔާގެ ސަބަބުން މަރުވެއްޖެ އެވެ.
ޕާކިސްތާނު ފުލުހުން ބުނީ މި މައްސަލައިގައި ދެމަފިރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިގްރާ ނަމަކަށް ކިޔާ ކުއްޖާއަށް ލިބިފައިވާ އެކި އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ބުދަ ދުވަހު ކަމަށެވެ. ތަހުގީގުގެ މިހާތަނަށް އެނގިފައިވާ ގޮތުގައި ކުއްޖާ ޒަހަމްވެފައިވަނީ އަނިޔާކުރުމުގެ ސަބަބުންކަން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާވަލްޕިންޑީގައި ހިންގި މި ލާއިންސާނީ އަމަލާ ގުޅިގެން ޕާކިސްތާނުގެ ސޯޝަލް މީޑިއާގައި ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ. އަދި ގޭގޭގައި މަސައްކަތްކުރަން ކުޑަކުދިން ގެންގުޅުން މުޅި ގައުމުގައި މަނާކުރުމުގެ ވާހަކަ އަނެއްކާވެސް ވަނީ ދެކެވެން ފަށައިފަ އެވެ.
ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާ ގުޅޭ ގާނޫނުތައް ޕާކިސްތާނުގެ އެކި ސްޓޭޓްތަކުގައި ތަފާތެވެ. ޕަންޖާބު ޕްރޮވިންސްގައި 15 އަހަރުން ދަށުގެ ކުދިން ގެވެށި މަސައްކަތްތެރިންގެ ގޮތުގައި ގެންގުޅުން މަނަލެވެ.
މަރުވި ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ގޭގެއަށް ގޮސް މަސައްކަތްކޮށްދޭން އުމުރުން 8 އަހަރުގައި ވަނީ ފަށައިފަ އެވެ. އެގޮތަށް މަޖުބޫރުވީ ވަރަށް ބޮޑަށް ދަރަނިވެރިވުމުން އެކަމުން ސަލާމަތްވާނެ ގޮތެއް ނެތުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އަނިޔާ ލިބުނު ގޭގައި މަސައްކަތްކުރަން ފެށީ އެކި މީހުންނަށް މަސައްކަތްކޮށްދެމުން ގޮސް މީގެ ދެ އަހަރު ކުރިން ކަމަށާއި އެއީ އަށް ދަރިން ތިބޭ ދެމަފިރިންގެ ގެއެއް ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ކުއްޖާއަށް މުސާރައަށް ލިބެނީ މަހަކު 28 ޑޮލަރު (7،800 ޕާކިސްތާން ރުޕީސް) އެވެ.
ފުލުހުން ބުނީ ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވެނީ ޗޮކްލެޓެއް ވަގަށް ނެގި ކަމަށް ބުނެފައި ކަމަށާއި އެކަމަކު އޭގެ ކުރިން ވެސް ކުއްޖާއަށް ތަކުރާރުކޮށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެބަހުރި ކަމަށެވެ. ބީބީސީން ބުނެފައިވާ ގޮތުގައި، ކުއްޖާގެ އަތާއި ފައިގެ ކަށިތަކުގައި ރެނދުލައި ބޮލަށް ބޮޑެތި އަނިޔާތައް ވެފައިވާ ފޮޓޯތައް ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
19 February 2025
ތިޕާކިސްތާނުގަ ގިނަވާނީ ދީނީތާކިހާ އަޅައިގެންތިބޭ ޖ
ޔަޤީންވަނީ
19 February 2025
އެއީ ރަނގަޅަށް ދީން ނުދަންނަ ވީދިފަ އޮތް ތާކިހަލެއް އަޅައިގެން އުޅޭ މީހުންގެ އަމަލެއް. ރަނގަޅަށް ދީނަށް އަމަލު ކުރާނަމަ ނުކުރާނެ މިކަހަލަ ކަމެއް.
މުޙައްމަދު2025
19 February 2025
އާދަ އަވަހަކަށް ދީނާ ތި ބައްސާލީ. ދީނީ ތާކިހާ ނާޅާ އިންޑިޔާ، ޔޫރަޕް ތަންތާނގައި ތިޔަކަހަލަ ކިތައް ހާދިސާ އެ ހިނގަނީ. އަހަރެމެންގެ މި ރާއްޖޭގައިވެސް އަނިޔާވެރި ކިތައް ހާދިސާ ހިނގާފައި ވަނީ. ކޮންމެ ބައެއްގެ ތެރޭގައިވެސް އަނިޔާވެރިން އުޅޭނެ. އެމެރިކާ ތަންތާ އެއްވެސް ކަމެއް ނުކުރާ އެތައް ބައެއްގެ ގަޔަށް ބަޑިޖަހާ އެ މަރާލަނީ.
ބޮހާރީ
19 February 2025
އަލުގަނޑަށް ހީވަނީ އެދެމީހުންގެ ހިތުގައި ވިންދުނުޖަހާހެން، އެހެންނަމަ އެމީހުންނައްވުރެ ނިކަމެތިމީހުންގެ ޅަދަރިން ތަޅައި މަރަން ކެރޭނަތަ. އެއުޅޭ ޔަހޫދީންނައްވުރެ މިބައިމީހުންގެ ހާލު ވަކިދެރެތަ!
ހަޤީޤަތަކީ
19 February 2025
ދިވެހިންގެ ތެރޭގަވެސް އުޅޭ ކިރިޔާ ކުޑަ ކުޑަ ކަމެއް ވާއިރަށް ތަޅާފޮޅާ މައިންބަފައިންނާއި ފިރިންނާ އަނބިންނާ އަދި އެނޫން އެކި އުރުފުރައިގެ މީހުން. އަހަރެންނަކީ މިގޮތަށް އަނިޔާ ލިބުނު ފަރާތެއް.
ލަސް
19 February 2025
އެއޮތީ އެމީހުންގެ ދީނުގެ އޮތްގޮތަށް ކަންކޮށްފަ. އަނިޔާވެރިކަން
ބަސް
19 February 2025
ކެކެ. ޔޫރަޕްގައި ކުޑަކުދިން އެމަރަނީ ކޮންދީނެއްގައި ކަންކުރަން އޮތްގޮތަކަށް ބާ؟ ވެއިޓް. ސިކުނޑީގައި މައްސަލަ ހުންނަ މީހުން ދޯ؟ ކެކެ
ބުރުހާން
19 February 2025
ޢިންޑިޔާގަ މިކަހަލަ ކަންތަށް ދުވާލު ދެ ދަޅައަށް ހިންގާ،
ހޭލާށޭ
19 February 2025
މުއްލާއިންގެ އަޅުވެތިކަމުގަ އޮތް ގައުމެއް ތިގައުމަކީ އާބާދީގެ ބޮޑުބަޔަކީ ތައުލީމުނެތް މީހުން މިކަހަލަ ހާލަތްތަކުގަ އޮންނަ ގަައުމުތަކުގަ ކުޑަކުދިން ލައްވާ މަސައްކަތް ކުރަންޖެހުންކަހަލަ އެތައް ހިތާމަވެރިކަންކަން ކުރިމަތިވޭ
މުޙައްމަދު2025
19 February 2025
ދީނާ ގުޅުވާލަންވީމާ ހާދަ ފޯރިއެއް ހުރެއޭ ދޯ. ޔޫރަޕް ޤައުމުތަކުގައި ތިޔަ ކަހަލަ ކިތައް ކަންތައް އެހިނގަނީ. ޕާކިސްތާނުގައި ވެރިކަން ކުރަނީ ތިބުނާ މުއްލާއިންނެއް ނޫން. ކޮންމެ ބައެއްގެ ތެރޭގައިވެސް ގޯސްކަންތައް ކުރާމީހުން އުޅޭނެ. އަހަރެމެން ބައި މިލިއަން ހަމުނުވާ ރާއްޖޭގައިވެސް އަނިޔާވެރި ކިތައް މީހުން މަރާފައި ވަނީ. އެއީ ވަކި ޤައުމެއް ވީމާ ވާކަމެއްނޫން.
ޑރ ވާންޗޯ
18 February 2025
ތިތަން ކިހިނެއް ރަނގަޅުވާނީ، ގިނަމީހުން ލާހޫރެނީ، އެހެންނުވާނީ އެންމެބޮޑު ވިޔަފާރިރަށައްވެސް މިކިޔަނީ ލާހޫރޭ!!!
ރަދީފްއޮފިޝަލް
18 February 2025
ވަރަށް އަގަލުކުޑަ ދެމަފިރިން. އިންސާނަކަށްވުރެ އަގު މަތިވީ ޗޮކްލެެޓެއް. ލަދު ކޮބާ؟؟