މުނިފޫހިފިލުވުން / ކުށްކުރުން

ކުޑަކުއްޖަކާއެކު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނެ ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރަށް ބޮޑެތި ތުހުމަތުތަކެއް

ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރު ކިމް ސުޔޫން.

13 މާޗް 2025 - 08:09

ކުޑަކުއްޖަކާ އެކު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނެ ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރު ކިމް ސުޔޫން އަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ކުއީން އޮފް ޓިއާސް" ކަހަލަ މަޝްހޫރު ކޮރެއާ ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ އުމުރުން 37 އަހަރުގެ ކިމް ސުޔޫން ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކުރަނީ، މިފަހުން އަމިއްލައަށް މަރުވި ދެކުނު ކޮރެއާގެ އެކްޓްރެސް ކިމް ސެރޮންއާ އެކުގަ އެވެ.

މި ތުހުމަތުތައް ފެންމަތިކުރީ ކިމް ސެރޮން މަރުވި ފަހުން ޔޫޓިއުބް ޗެނަލެއްގައި ބަޔަކު އާންމުކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯގައި ކިމް ސެރޮންގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ ކިމް ސެރޮންގެ އުމުރުން 15 އަހަރުގައި ކިމް ސުޔޫންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށެވެ. އޭރު ކިމް ސުޔޫންގެ އުމުރަކީ 27 އަހަރު ކަމަށާއި އެމީހުން ހަ އަހަރު ވަންދެން ރަށްޓެހިވެގެން އުޅުނު ކަމަށް ކިމް ސެރޮންގެ އާއިލާއިން ބުނެފައިވެ އެވެ.

އެމީހުން ވަރަށް ގައިގޯޅިކޮށް އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ.

ކޮރެއާގެ ބަޔަކު ހިންގާ އެ ޔޫޓިއުބް ޗެނަލްގެ އިތުރު ވީޑިއޯއެއްގައި ތުހުމަތުކުރި ގޮތުގައި ކިމް ސެރޮން އަމިއްލައަށް މަރުވާ ހިސާބަށް ދިޔައީ ކިމް ސުޔޫންގެ ސަބަބުންނެވެ.

ކިމް ސެރޮންގެ ޕީއާރު ކުރިން ބެލެހެއްޓީ ކިމް ސުޔޫންގެ ޕީއާރު ވެސް ބަލަހައްޓާ ޕީއާރު އެޖެންސީ ކަމަށްވާ ގޯލްޑް މެޑަލިސްޓުން ކަމަށާއި އެއީ ކިމް ސުޔޫންގެ އާއިލީ ގުޅުން އޮންނަ ބައެއްގެ އެޖެންސީއެއް ކަމަށް ވެސް އެ ޔޫޓިއުބް ވީޑިއޯގައި ބުންޏެވެ.

އެ ވީޑިއޯގައި ބުނި ގޮތުގައި، މަސްތުގެ ހާލަތުގައި ހުރެ ކިމް ސޮރެން ކާރު ދުއްވި މައްސަލައެއްގައި 2022 ވަނަ އަހަރު އޭނާ ހައްޔަރުކުރި އެވެ. އެހެންވެ، އެ މައްސަލާގައި ޕީއާރު އެޖެންސީއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 482،000 ޑޮލަރު ދައްކަން އޭނާއަށް އެންގި އެވެ. އަދި ފަހުން އެ ފައިސާ ހޯދަން އެ އެޖެންސީން ކޯޓަށް ވެސް ދިޔަ އެވެ.

ކިމް ސެރޮންގެ ފޯނުން ކިމް ސުޔޫން އަށް މިފަހުން ކޮށްފައިވާ މެސެޖުތަކެއްގައި މި ފައިސާ ދައްކަން އިތުރު މުއްދަތެއް ދިނުމަށް އޭނާ އާދޭސްކޮށްފައިވާ ކަމަށާއި އެކަމަކު އެ މެސެޖުތަކަށް ކިމް ސުޔޫން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ޔޫޓިއުބް ވީޑިއޯގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މި ކަހަލަ އެތައް ތުހުމަތުތަކެއް ކިމް ސުޔޫން އަށް ކުރަމުން ދާއިރުގައި، އޭނާގެ އެޖެންސީ ގޯލްޑް މެޑަލިސްޓުން ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކޮށްފަ އެވެ. މިއީ އޭނާގެ އަގުވައްޓާލަން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށާއި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ކިމް ސުޔޫން އަށް ކުރި ތުހުމަތުތަކާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިމް ސުޔޫން އަކީ ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރެވެ. އަދި އޭނާއަކީ ދުނިޔޭގެ މަޝްހޫރު 18 ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރު ވެސް މެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454