އައިޖީއެމްއެޗްގެ މުވައްޒަފުންތަކެއް މަސައްކަތުގައި. މާބަނޑު ހުރިހާ އަންހެނުންނަށް އިންފުލުއެންޒާ ވެކްސިން ދިނުމަށް އައިޖީއެމްއެޗުން ވަނީ ނިންމާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މާޗް 2017 - 13:17
ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ހުމާއި ރޯގާ އިން ދިފާއުވުމުގެ ގޮތުން މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވި ގޮތުގައި މާބަނޑު ކޮންމެ މީހަކަށް އިންފުލުއެންޒާ ވެކްސިން ދޭން ވަނީ ނިންމައިފަ އެވެ.
އެ ގޮތުން އައިޑީ ކާޑާއި ޕްރެގްނަންސީ ކާޑު ހިފައިގެން އައިޖީއެމްއެޗްގެ މާބަނޑު މީހުންގެ ކްލިނިކަށް ދިއުމުން އިންފުލުއެންޒާ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ވެކްސިން ޖެހޭނެ އެވެ.
"ވެކްސިނެއްގެ އަގަކީ 130ރ. މިއީ އާސަންދަ ކަވަރު ކުރާ ވެކްސިނެއް ނޫން. އެކަމަކު ޖަހައިދިނުމަށް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވޭ،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރަމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން އެ ތަނުގެ ލަފާގެ މަތިންނެވެ.
ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫގައި މި ވަގުތު އެންމެ ހާލު ބޮޑީ ވެސް މާބަނޑު މީހެކެވެ. އަދި ސްވައިން ފްލޫ ޖެހުނު މާބަނޑު މީހާ އާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅުގެ ހާލު ވެސް ވަރަށް ދެރަ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
މި ރޯގާގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 1،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މާލޭގައި ހުން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗާއި އޭޑީކޭގައި ހާއްސަ ކްލިނިކެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.
އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ހުން ފެތުރޭތީވެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނު
16 March 2017
މާބަނޑު މީހުން އުޅެނީ މާލޭގަ އެކަނިތަ؟
ާއޑކ
15 March 2017
ޢޭޑީކޭ އިން 165 ރުފިޔާ އަށް
ޕސްޓާރޖަޖް
15 March 2017
"މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށައިފި" އެއްގޮތުން ބަލާފިއާމު ރަގަޅު ޓެސްޓެކެވެ. ދެން ބަލަންވީ ތި ވެކްސިން ދިން މާބަނޑު މީހުން ލިބޭ ދަރިން ނުކުޅެދުމެއް އައިތޯއެވެ. އޭރުން ގެރެންޓީވީ ވެކްސިން ޖަހައިގެން ކުދިން އޯޓިޒަމް ކަހަލެ ކަންތަކަށް ވާރަތަ ކުރެވޭ ތުހުމަތަށްށެވެ.
ބެލެނިވެރިއެއް
15 March 2017
5 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖަހާދޭން ފަށަނީ ކޮން އިރަކުންތޯ
ޢަބްދުﷲނާފިޒު
15 March 2017
ރައީސުލް ޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ތިޔަވެކްސިން ހިލޭ ލިބޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށް އުއްމީދުކުރަން، އަދި ރާއްޖޭގެ ހުރިހާ މީހުނަށް ތިޔަ ވެކްސިން ފޯރުކޮށް ދޭނެކަމަށްވެސް އުއްމީދުކުރަން، ހަމަ ރައީސުލް ޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން.
އާދަނު
15 March 2017
ވެކްސިން ދެނީތޯ ވިއްކަނީތޯ؟
ފަގީރު ސޮރު
15 March 2017
އަވަހަށް ކައުންސިލްގެ މެޖޯރިޓީ އާއި މަޖްލިސް މެޖޯރިޓީ ސަރުކާރަށްދޭން ގޮވާލަމެވެ. އޭރުން ވެކްސިން ހިލޭ ލިބޭނެއެވެ. ނުވިތާކަށް 2018 ގެ ރިޔާސީ އިންތިޚާބުވެސް!!!!!!!!!!!!!!!!!!!!! ހަމަ ޔަގީން.
ޓޓ
15 March 2017
ކޮބާ ރާއްޖެތެރޭތިބި މާބަނޑު މީހުން
އަފިހުން ގޮއްޔެ
15 March 2017
މި ވެކްސިން ޖަހާދެނީ މާބަނޑު މީހުނަށް، ރަށުގަ ވެކްސިނެއް ނެތް، ރަށުން ފުރުން ހުއްދައެއް ނޫން.
އަހުމަދު
15 March 2017
މީގެއިން އިގެނީ ބޮޑުކަމެއްޖެހި ބޭނުންވާ ވަޤުތު އާސަންދަ ނު،ލިބޭކަން އެކަމަކު މިހާރު ހުސްނުވާ އާސަންދަ. ކިހިނެތް ހުސްނުވާ އާސަންދައެއްބާ؟
ޖީއެމްއާރް
15 March 2017
ބަލަ ތި ވެކްސިން ތީ އިންޑިޔާއިން 35 ރުޕީސްއަށް ލިބޭ އެއްޗެއް، މާލޭގަ ތިވިއްކަނީ އެކަތި 16 ވެކްސިންގެ އަގުގަ