އައިޖީއެމްއެޗް: އަނިޔާވި މީހާއަށް ފަރުވާދެނީ އެ ހޮސްޕިޓަލުގައި..-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 އެޕްރީލް 2025 - 09:42
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލު ފިރިހެނަކު ރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ކުރިކީލަ މަގުގައި އެ މީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ 12 ޖަހަނިކޮށް ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި ނޭޕާލް މީހާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަޔަސް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. ނޭޕާލް މީހާ އަަށް ހަމަލަދިން މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
16 April 2025
މިއުޅޭ ބޮންދުންތަކާ އެއްވަރަށް އިމިގްރޭޝަން ފަދަ އިދާރާތައް ތަރައްގީވާންވެއްޖެ. އެހެންވެސް ވާނެ. ނުކަތާ ވަރަށް އެބައޮތް ވިއްޔަ އޭގެ މީހުންތައް އަޅާލައިފަ
އަލްޖިިބްރރާ
16 April 2025
ބޮންދުންގެ ފޯނުތަކުން އެކްސްޕެޓް ޕޯޓަލްއަށް ވަދެފައި ކޯޓާއަށް އެޕްލައިކޮށް ވޯރކްޕަރމިޓަށް އެޕްލައިކުރަނީވެސް. ހޯދަން އުޅޭބަޔަކަށް ފެންނާނީ.
އަލްޖިބްރރާ
16 April 2025
ބޮންދުން ހިންގާ ޓޭކްއަވޭ ، ކުދިކެފޭތަކަށް ނޭޕާލް އަންހެންކުދިން ގެނެސްފުރައިފި. އިމިގްރޭޝަނުން އެތަންތަން ޗެކްކުރާނީ ކޮންދުވަހަކުން. އެކްސްޕެޓް ޕޯޓަލްއަށް ބޮންދުންގެ ފޯނުތަކުން ވަދެފަ ކޯޓާހޯދަން އެޕްލައިކޮށްލަނީ. ހޯދަން އުޅޭބަޔަކަށް ފެންނާނެ
ބޮންދު ދެނީ
16 April 2025
އެންމެ ކޮރަޕްޓް މިހާ މިރާއްޖޭގެ ދިވެހި މީހާ އަބަދު ބާހަކަ ހުންނަނީ ބޭރުމީހާ ގޯސް މިކޮންބައްތަރު