ޚަބަރު / ޑރ. އަހުމަދު ޝަހީދު

ފ. އަތޮޅުގެ މައްސަލާގައި ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނާއި (ވ) އދ. ގެ ހާއްސަ މަންދޫބު ޝަހީދު.

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ދީނާއި ފިކުރީ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސޯޝަލް މީޑިއާގައި ބަދަލުކޮށްފި އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިއަދު ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކުއްލި ގޮތަކަށް އިއްޔެ ފަސްކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ފަތުރަމުންނެވެ.

"ފ. އަތޮޅު ސަލާމަތްވުމަކީ ރާއްޖޭގެ ޓޫރިޒަމް މަހުޖަނުން ވެސް އުފާ ކުރާނެ ކަމެއް،" ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވުމާ އެކު، ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.

"ސަތޭކަ ޕަސަންޓު އިސްލާމީ ގައުމަކާއެކު ވިޔަފާރި އާއި ތަރައްގީ ހާސިލް ކުރުމާ ދެކޮޅު ހަދާ ބަޔަކު އުޅޭނަމަ އެއީ މައްސަލައެއް،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު އޭގެ ފަހުން ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވައި ޝަހީދު ވިދާޅުވީ ވިދާޅުވީ މަކަރާއި ހީލަތް ހެދުމަކީ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިންވަރަށް އީމާން ނުވުމަކީ އީމާންކަން ނެތް ކަމުގެ "100 ޕަސަންޓު ސިއްކަ" އެއް ކަމަށެވެ. އަދި އިސްތިގުލާލު ނައްތާލަން މަދު ބަޔަކު ކުރި މަސައްކަތް ފެއިލް ވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެމްޑީޕީން "ކިތަންމެ ވަރަކަށް ތެޅި ފޮޅުނަސް" ރައީސް އަބްދުﷲ ޔާމީން، ރާއްޖެ ތަރައްގީ ކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅަށް ހުއްޓުމެއް ނާންނާނެ އެވެ. އަދި ރާއްޖެ އަށް 1-10 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓެއް.

ފ. އަތޮޅު ވިއްކުމާ ދެކޮޅުކަން ބައެއް މީހުން ހާމަ ކުރަމުން އަންނާތީ އެކަމަށް ރައްދު ދެއްވާ ނިހާނު ވިދާޅުވީ މުޅި މަންޒަރު ކަޝްފު ވެގެން ދިއުމުން މަންޒަރު ހާމަވެގެން ދާނެ ކަމަށެވެ. އަދި ތަނަކުން އިވޭ އަޑަކަށް ހެއްލެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓެއް.

އިއްޔެ ޓުވިޓާގައި އެންމެ ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވެގެން ދިޔައީ ނިހާނަށެވެ. ސަބަބަކީ، ދަތުރުފުޅު ފަސްކުރެއްވީ، ނިހާނު ބަޔަކާ އެކު ދެއްކެވި ވާހަކައެއްގެ އޯޑިއޯއެއް ލީކްވި ފަހުން ކަމަށް ވެފައި، އެ އޯޑިއޯގައި ފ. އަތޮޅުގެ މަޝްރޫއާ ބެހޭ ވަރަށް ގިނަ، އާންމުންނަށް ނޭނގޭ ވާހަކަތަކެއް ވެސް ހުރުމުންނެވެ. އެހެންވެ، އިދިކޮޅު ބައެއް ފަރާތްތަކުން މަލާމާތެއްގެ ގޮތުގައި ވެސް ނިހާނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝަހީދު ކުރެއްވި ޓުވީޓެއް.

ނިހާނު ވިދާޅުވީ މާތް ﷲ ގެ ހަޒްރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށާއި "ޝަހީދަށް ކާމިޔާބެއް ނެތް" ކަމަށެވެ. "ފަހަރުގައި ޝަހީދަށް އެއް ދިނަށްވުރެ ގިނަ ދީނަށް ތަބާވާ މީހަކަށް ވެދާނެ،" ނިހާނު ވިދާޅުވި އެވެ. އެއާއެކު ޝަހީދު ވިދާޅުވީ އޭނާގެ ދިނާއި ނިހާނާ ބެހޭ ކަމެއް ނޫން ކަމަށެވެ.

ޝަހީދު ކުރެއްވި ޓުވީޓެއް.

މީގެ އިތުރުން ނިހާނު ވިދާޅުވި ގޮތުގައި ޝަހީދަކީ "ސަލްމާން ރުޝްދީ" ކަހަލަ ލާދީނީ، މުސްލިމުންގެ އަދުއްވެކެވެ. ސަލްމާން ރުޝްދީ އަކީ އިސްލާމް ދީނާ ދެކޮޅަށް ތަފާތު ލިޔުންތައް ލިޔުނު މީހެކެވެ.

ނިހާން ކުރެއްވި ބައެއް ޓްވީޓްތަކާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ކޮންމެވެސް ގޮތެއް ނިންމަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބައިނަލް އަގުވާމީ ޑިޕްޕޭޓް ޝަހީދު ކުރެއްވި އެއް ޓްވީޓެއްގައި ވެ އެވެ.

ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ މުދަލަކަށް ހަދަން ކަމަށް ނިހާނުގެ އޯޑިއޯގައި ވެ އެވެ. ނިހާން ވިދާޅުވި ގޮތުގައި ފ. އަތޮޅުން ބައެއްގައި އިންވެސްޓް ކުރައްވަން އުޅުއްވަނީ ސައޫދީގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން އަބްދުލްއަޒީޒް އެވެ. އެހެން ނަމަވެސް، އެއީ ކޮން ބަޔަކާއެކު، ކޮން އިރަކު ދެއްކެވި ވާހަކަތަކެއް ކަމެއް ނޭނގެ އެވެ. އެ އޯޑިއޯއާ ބެހޭ ގޮތުން ނިހާން ވެސް މިހާތަނަށް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ސައުދީ ރަސްގެފާނުގެ އުންމީދީ ދަތުރުފުޅު ފަސް ކުރެއްވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ކަމަށް ފޮރިިން މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

110 ކޮމެންޓް, 161 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 24%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު

19 March 2017

ރަސްގެފާނު ރާއްޖެ ވަޑައިނުގަތަކަސް ވަރިހަމައެވެ. އެކަމަށް ސުކުރު ކުރަމެވެ. އަހަރެމެން އަހަރެމެންގެ ގޮތުގައި ތިބެވިއްޖެނަމަ އެވީއެވެ. ތިޔަބުނާ ކަން ތިޔަބުނާ ގޮތަށް ނިމިއްޖެނަމަ އެއާޕޯރޓްގެ ބަދަލުގެ އަގަށްވުރެ އެތަށް ގުނައެއް ބޮޑުއަގެއް ދައްކަން ޖެހޭނީ އަނެއްކާވެސް ދިވެހި ރައްޔިތުންނަށެވެ. މިހާރު ޓެކުހުގެ ގޮތުގައި ނަގާމިންވަރުން މިއުޅެނީ ބޯނުހިކިގެނެވެ. މުސާރައަކަށް އެނގުމެއް ވަނީކީނޫނެވެ. ކޮބާހޭ ސިވިލް ސަރވިސްގެ މުސާރަ!!!!!!!

The name is already taken The name is available. Register?

ފަޤީރުކަލޯ!

19 March 2017

މިހާރު މިސަރުކާރު މިހިންގަނީ އަންނިގެ ސްޓައިލަށެވެ. ނިހާނާއި ޝަހީދުގެ ކޯޅުމަށް ބަލާއިރު ޑރ ލިޔަންވީ ކާކުގެ ނަމުގެ ކުރިއަށް ކަމެއްވެސް ނޭގެއެވެ. ދެމީހުންވެސް ތި ތިބީ ގުއިރޯނުގައި ޖެހިފައެވެ.

The name is already taken The name is available. Register?

އަލީ

19 March 2017

މަޖިލީހުގެ މެންބަރުކަމަށާއި ދިވެހިރާއްޖެއިން ދުނިޔޭގެ ގްއުމުތަކުގެ ޑިޕޮލޮމޭޓުންގެ ގޮތުގައި ކަނޑައެޅޭ މީހުންގެ ހުރި ތަޢުލީމާއި ސިކުނޑިފުޅުގެ ވިސްނުންފުޅުގަ ހުރި މިންވަރު އެނގިގެންމިދަނީ ޖަޒުބާތުގައި ޖެހިގެން މުޢާމަލާތް ތަކެއްކުރަންޖެހުނީމަ ކޮންޓުރޯލެއްނެތް ރުޅި އެހާގަދަ އަމިއްލަ ޕާޓީއާއި ގައުމު ބޮލާފޮށާއެޅުވޭއިރުވެސް ނޭންގެ

The name is already taken The name is available. Register?

ފައިޞަލް

19 March 2017

ބޭރުގެ ގާނޫނީ މާހިރުންގެ އެހީގައި ގާނޫނު އަސާސީ އާއި ގާނޫނުތައް ހަދާއިރު އެ ހެއްލެވެނީ އެމީހުންގެ ބަހަކަށް ނޫންބާ؟ އެ ގައްދާރު ވުމަކަށް ނުވާނެބާ؟

The name is already taken The name is available. Register?

ފާފަ

19 March 2017

އަހަނ ތަކުރާ ގައުމިއްޔަތު ނެތި ދަނީ

The name is already taken The name is available. Register?

ދެމާ

18 March 2017

ނިހާންމެން ދެންކީކޭ ބުނާނީ ގާނޫނު އަސާސީ ބަދަލުކުރީ ސައުދީ ސާހީއާއިލާ ބޭނުންވާ ގޮތަށޯ، ބަލަ މޮޔަޔާ ގާނޫނު އަސާސީވެސް ގާނޫނުވެސް ބަދަލުކުރަން ޖެހޭނީ ދިވެހި ރައީތުން ބޭނުންވާގޮތަށް. މިއަދު ނިހާންމެން ރައީތުންދެކެނީ ދިވެހި ގައުމަށް ގައދާރުވި އެންމެ އެންމެ ނުބައި މީހުންގެ ތެރެއިން.

The name is already taken The name is available. Register?

ކޯޑިނޭތަރު

18 March 2017

ކަލޭތަ އިންވެސްޓް ކުރަނީ.ތިހާ ތަފްސީލު ތި އިނގެނީ

The name is already taken The name is available. Register?

ޢWaހި

18 March 2017

ނިހާނާއެއްކޮޅު

The name is already taken The name is available. Register?

ައަހުމަދު 5533

18 March 2017

ކޮންމެ މީހަކުކުރިޔަސް އަތަށްނުގޮވާ ގޮތަށް އެއްކަމެއްވެސް ކުރާކަށްނޭނގޭ.

The name is already taken The name is available. Register?

ބޮޑުރިޔާ

18 March 2017

މުޅިގައުމުވިއްކާލަންވީނޫންތޯ އެމެރިކާއަށް އޭރުން ސައޫދީއަށްވުރެންބާރުގަދަވެފާ މުއްސަދިވެސްވާނެ މުޅި ދުނިޔެވެސް ގާތްގަނޑކަށް ބަރޯސާވަނީ އެމެރިކާޑޮލަރަށް ސައޫދީ ރިޔާލަޔަކަށްނޫން މިވެސް ތަރައްގީތަ މިއަށް ކިޔަނީތަރައްގީއެއްނޫން އަޅުވެތިކަން މިއަދު ނިހާނުމެން ވިއްކާނީ ސައޫދީއަށް މާދަމާ ދެންއަންނަބަޔަކު ވިއްކާނީ ކޮންމެވެސް އެހެން ގައުމަކަށް ހަމަ ގައުމުތަރައްގީކުރަން އާހިރުގާ ދިވެހިންގެ އަތުން ގެއްލޭނީ ދިވެހިންގެ ބިންތަށް ނިހާނުމެންނަށް ޖީއެމްއާރުން ތަރަށްގީކުރަންއުޅުނީމަ ކިހިނެއްވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454