ޚަބަރު / ޖުޑީޝަރީ

އަޅުގަނޑަށް އިންސާފެއް ނުލިބުނު، މިއީ ޖުޑިޝަރީއަށް ދިން ހަމަލާއެެއް: އަޒްމިރަލްދާ

ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ: އިންސާފެއް ނުލިބުނު ކަމަށާއި މިއީ ޖުޑިޝަރީއަށް ދިން ހަމަލާއެެއް ކަމަށް ވިދާޅުވި - ފަޔާޒު މޫސާ / މިހާރު

ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިކުރުމާ އެކު، އަޒްމިރަލްދާ ނެރުއްވި ދިގު ބަޔާނެއްގައި ވިދާޅުވީ އޭނާއަށް މިއަދު އިންސާފެއް ނުލިބުނު ކަމަށެވެ. އެކަމަކު މިއީ ހަމައެކަނި އޭނާ އާއި މިއަދު މަގާމުން ދެން ވަކިކުރި ފަނޑިޔާރު މަހާޒު އާލީ ޒާހިރާއި އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަށް ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.

"ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުންމީދު ކުރަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ،" ފަނޑިޔާރުގެ ބަޔާނުގައި ވެ އެވެ.

އަޒްމިރަލްދާ ވިދާޅުވީ، ސަރުކާރާއި މިނިވަންކަމަށް ބުނާ ހުރިހާ މުއައްސަސާތައް ހިމެނޭހެން ދައުލަތުގެ ތިން ބާރުގެ ވެސް ކޮންޓްރޯލް އޮތީ ކިހިނެއްކަން މި މައްސަލާގައި އިންސާފު ހޯދުމަށް މަސައްކަތް ފެށިއިރު ވެސް އޮޅިފައި ނުވާ ކަމަށެވެ. ކިތަންމެ ދަތި އުނދަގޫ ހާލަތްތަކެއްގައި ވިޔަސް ރާއްޖޭގެ އެންމެހައި މެއިންސްޓްރީމް މީޑިއާތަކުން އޭނާގެ މައްސަލަތަކުގެ ޚަބަރުތައް ތަފްސީލުކޮށް ރިޕޯޓު ނުކުރެއްވި ނަމަ ސިއްރިޔާތުގައި މީގެ މާކުރިން އޭނާ ހުންނާނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ވެސް އަޒްމިރަލްދާ ވިދާޅުވި އެވެ.

"މީޑިއާއިން މި މައްސަލައަށް ދެއްވި ސަމާލުކަމަށާއި ހަގީގަތްތައް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވުމުގައި އަދާކުރެއްވި ދައުރަށް ޝުކުރު ދަންނަވަމެވެ. މީޑިއާތަކުން މި މައްސަލައަށް މިހާ ޝައުގުވެރިކަން ދެއްވީ އެއީ ހަތަރުވަނަ ބާރަށްވާތީވެ، ގާނޫނުއަސާސީ އާއި ގާނޫނުތައް ދަމަހައްޓައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ފާރަވެރިއަކަށް ވާތީ ކަމުގައި ދެކެމެވެ. މީޑިއާއިން ނެންގެވީ އަޅުގަނޑުގެ ކޮޅެއް ނޫނެވެ. ގާނޫނުގެ ކޮޅެވެ،" އަޒްމިރަލްދާ ވިދާޅުވި އެވެ.

އަޒްމިރަލްދާ ވިދާޅުވީ އޭނާގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ ކޮންމެ އިދާރާއަކަށް ހުށަހެޅި ކޮންމެ މައްސަލައެއް އަދި ޝަކުވާއެއްގައި ހިމެނޭ ކޮންމެ ކަމެއް އަކުރުން އަކުރަށް ސާބިތުކޮށް ދެވޭނެ ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ. ނެތީ އެ ވާހަކަތައް އަޑުއަހައި، ތަހުގީގުކޮށް އިންސާފު ގާއިމް ކުރާނެ ބަޔަކު ތިބި އިދާރާއެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވަޒީފާއާ ހެދި އަޅުގަނޑުގެ ފިރިމީހާއާ އާއިލާ ތަހައްމަލު ކުރަންޖެހުނު ކަހަލަ ކަންކަން އެހެން އެއްވެސް މީހެއްގެ މައްޗަށް އަންނާކަށް އަޅުގަނޑު ނޭދެމެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމް މީހުން ފްރޭމް ކުރުމުގައި ބައިވެރިވެ ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާއަތަކުން ހައްގު އަދަބު ލިބޭތަން ދެކެން އަޅުގަނޑު ބޭނުމެވެ،" އަޒްމިރަލްދާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް އަދި ޝަރުއީ ނިޒާމަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އަޅުގަނޑު އަބަދުވެސް އެދެމެވެ."

އަޒްމިރަލްދާ ވިދާޅުވީ:

- ގާނޫނީ، ޝަރުއީ ދާއިރާގައި ހޭދަކުރެއްވި ސައުވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް މަގާމުގެ ނަހަމަ ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށްޓަކައި ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ވެސް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ ކަމަށާއި އެފަދަ ކަމެއް ކުރެއްވި ކަމަށްު ބުނެ ހެކި ދެއްކޭނެ މީހަކު ވެސް ނުހުންނާނެ ކަމަށް.

- ހުރިހާ ކަމެއްގެ ތެރޭގައި ވެސް ނުފޫޒަށް ނުވަތަ ޕްރެޝަރަށް ދީލާ ނުލައި، ވަކި ފިކުރަކަށް ބައިއަތު ނުހިފައި، އަބުރާއި ނަފްސު ދިފާއު ކުރުމަށް ނުކުތީ މި މައްސަލަ ނިމޭނީ މި ނަތީޖާއިންކަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށާއި ބޭނުންވެވަޑައިގަތީ ފަސޭހަ ގޮތް އިހްތިޔާރު ކުރުމަކަށް ނޫން ކަމަށް. އަދި ބޭނުންވެވަޑައިގަތީ ދިވެހިރާއްޖޭގައި ފަނޑިޔާރުން ތިބި ނިކަމެތި ހާލަތު މުޅި ގައުމަށް ފެންނަން ކަމަށް.

- ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރު މިނިވަންކޮށް ހިނގުމަށް ގާނޫނުއަސާސީ ތަސައްވަރު ކުރިޔަސް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް މި މިނިވަންކަން އޮންނަނީ ހަނިކުރެވިފައި ކަމަށް އަދި އިދާރީ އެންމެހައި ކަންކަމާއި މާލީ އެންމެހައި ކަންކަން އޮންނަނީ އަނެއް ދެ ބާރަށް ގޮތް ކަނޑައެޅުން ޝާމިލުވާ ގޮތަށް ކަމަށް. އަނެއް ދެ ބާރުގައި ތިއްބަވައިގެން ވަކި ވަކި ފަރުދުންނާ ޚިލާފަށް، ރާއްޖޭގެ ކޮންމެ ފަނޑިޔާރެއްގެ ވަޒީފާ އޮންނަނީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ދަށުވެފައި ކަމަށް.

- ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދެވެންޖެހޭ ކަމަށާއި އަނެއް ދެ ބާރު ދަށު ނުވާ، އެކަމަކު އެ ދެ ބާރުން ފާރަވެރިވާ ބާރެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް

- ރާއްޖޭގެ އެއްވެސް އިދާރާއަކުން އޭނާ ހުށަހެޅުއްވި ޝަކުވާއެއް ނުބަލާ ކަމަށާއި ޖޭއެސްސީން ޚިޔާރުކުރީ ދޮގު ރިޕޯޓެއް ހަދައިގެން އޭނާގެ މަގާމުން ވަކިކުރުމަށް ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޚިޔާރުކުރީ ކޮރަޕްޝަން ހިންގައި ސުޕްރީމް ކޯޓު ވައުކޮށްލުން ކަމަށް.

އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ދެ ބޭފުޅުންނާ މެދު އެ މައްސަލަ ބަލައި ތަހުގީގު ހިންގާފައިވަނީ އިޖުރާއަތް ފުރިހަމަނުކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީއަށް ފިލްޒާ ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލު ކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށް ކަމަށެވެ.

ނަމަވެސް، ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ އެ މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އަދި ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ 'މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ' އިން މައްސަލައެއް ނުބެލުމަށް ނިންމާ ހާލަތުގައި ވެސް އެ މައްސަލައެއް ބެލުމަށް ނިންމުމުގެ ބާރު ޖޭއެސްސީގެ ގާނޫނުން ކޮމިޝަނަށް ލިބިދޭ ކަމަށާއި އަދި ކޮމިޝަނުން އިސްވެ މައްސަލަ ބަލަން ނިންމައި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގަތެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް، ކޮމިޓީން އެ ފުރުސަތު ދީފައެއް ނުވެ އެވެ.

28 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 41%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަހްމަދު ފަޔާ

15 May 2025

މިމީހުންނަން މިހާތަނަށް އާންމުންގެ މީހުންނަން ކަންކުރި ގޮތަށް މިމީހުންވެސް މިވީ ……..

The name is already taken The name is available. Register?

ދޫލަ

15 May 2025

މުސްލިމުންގެ ބޭނުމަށް ކަތިލާ ޖަނާވަރު ވެސް ކަތިލާން އަންވާފައިވަނީ، އެއަށް ފެން ދިނުމަށް ފަހު، ކަތިލާ ވަޅި ތޫނުކޮށްގެން، ނަމަވެސް، މި ފަނޑިޔާރުންނަށް އެވަރުގެ ފުރުސަތެއް ވެސް ނުދިން.

The name is already taken The name is available. Register?

‫ވާންޗޯ

15 May 2025

‫އަސާސީ ފެންވަރު ގެ ބޭފުޅެ އެއް ކަޑާލީ ޑރ ފެންވަރު ގެ ބޭފުޅުން

The name is already taken The name is available. Register?

ބިދޭސީި

15 May 2025

ރައްޔިތު އަހަންމަދުގެ ދޭސީޚިޔާލް

The name is already taken The name is available. Register?

raajje

15 May 2025

މިރާއްޖޭގެކޯޓުތަކުންނާ ޕޮލިހުންނާ ޖެންޑާފަދަތަންތަނުން އިންސާފުނުލިބޭނެކަމަކީ އަހަރެމެންމާކުރިންދަސްކޮށް ބާކޮށްފައޮތްކަމެއް، މިތަނުގައި އަހަރެން އަޖައިބުވާއެއްވެސްމައުލޫމާތެއްނެތް، އިންސާފުމިރާއްޖޭގައި ލިބޭނީ ޕައިސާހުރީމާ، ހުރިހާވެސްއެއްޗަކީ ޕައިސާ ޕައިސާ ޕައިސާ، ޕައިސާނެތި ވާގޮތަކީ މައްސަލަތަކުގައި ފައިޓުވެސްނުކުރެވޭ ވަގުތެއްނޯވޭ، އަދި މީހާދަށްކާވާހަކަ މީހުންގެކަންފަތައް އަޑުއިވެނީ އެއީ ޕައިސާހުރިމީހެއްކަން އެނގޭނަމަ، ކޮންއިންސާފެއްމިތާއޮތީ

The name is already taken The name is available. Register?

ފޮޅިމީޑީއާ

15 May 2025

ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.

The name is already taken The name is available. Register?

ކަށިވެލި

15 May 2025

ބަލަގަ، އެމްޑީޕީ ގޯސް ވެގެން އިންޑިޔާ އައުޓު ކިޔާފައި އައި މީހުން އެއަށް ވުރެ ނުބައިވީމާ އެވާހަކަ ވެސް ލިޔާނެ، ބޭރުގެ ނޫސްވެރިންނާއި ތާރީޚްލިޔާ މީހުން ވެސް.

The name is already taken The name is available. Register?

ސަަލިމާ

15 May 2025

ބުނަން އަޒްމިރަލްދާ އަކީ ކިހިނެތް މަގާމަށް ގެނެއްސަ ހުރި މީހެއްތޯ ބަލާބަ. ފިރިމީހާ އެއްމެ ދުވަހަކު ހައްޔަރަށް ގެންދިޔާމަ ނުފޫޒު ބޭނުން ކޮށްފަ ހުރިކަން އެބަ އެނގޭ. އެހެނެއް ނުވާނެ މިކަމެއް

The name is already taken The name is available. Register?

ފެނަކަ ސައްތާރު

15 May 2025

މިއީ މިޤައުމުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރެވެ. ދެން ފެނަކަ ފަދަ ތަންތަނުން ކޮރަޕްޝަން ހިންގާވާހަކަ ނޫސްތަކުގައި ލިޔުނީއްޔާވަކި ކުރެވެނީ ކޮންކަމެއްތޯއެވެ؟

The name is already taken The name is available. Register?

ފަޑިޔާރު

15 May 2025

އިންސާފު ލިބޭނީ ތިޔަބޭފުޅުން ވެއްދިހެން ކުރިންތިބި ހުރިހާ ފަޑިޔާރުން ވަކިކޮއްފަ ތިޔަބޭފުޅުންނައް އަބުރާ ފަޑިޔާރުކަން ދިނީމަ

The name is already taken The name is available. Register?

ކަތްދައްތަ

15 May 2025

އަހަރަމެން. މިކަން މިހަދަނީ ޖޯކަކަށް ނުވަތަ މަޖަލަކަށެވެ. ނަމަވެސް އެކަނި އިދެ ވިސްނާލީމާ މިކަމުގެ ސީރިއަސްކަން ހާމަ ވެއެވެ. މާދަމާ މުޢިއްޒުގެ މައްޗަށް ދަޢުވާއެއް އުފުލި އޭނާގެ ބަސް އަޑުނާހާ އޭނާ ހުށަހަޅާ ހެކިން ބަލައިނުގަނެ ޖަލަށް ކަޑާލީމާ މިއަދު މިފަނޑިޔާރު މިިކުރާ އާދޭހުގެ އަސަރު ފެނިގެންދާނެއެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ހާލަތެކެވެ. ވީމާ އިންސާފުގެ އަސާސީ ހަމަތައް ފާޅުގައި މުގުރާލުމަކީ ޖޯކަކަށް ހަދާންވީ ކަމެއް ހެއްޔެވެ؟

The name is already taken The name is available. Register?

25222

15 May 2025

ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާކުރާ އެމްޑީޕީއިްނ ޖުޑީސަލްކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.

The name is already taken The name is available. Register?

ކަތްދައްތަ

15 May 2025

ދައިތަމެން މިވެރިކަން ގެނައީ ކުރިން ވެރިކަން ކުރި މީހުންނަށްވުރެ ނުބައިކަން ދައްކާތޯ ނުވަތަ އެއަށްވުރެ ނުލަފާކަން ދައްކާ ކަންކަންކުރެވޭތޯ ބަލާކަށް ނޫނެވެ. ވެރިކަން ކުރިމީހުން ނުބައިވީމާ ހެޔޮ ވެރިކަމެއް ކޮށްދޭތޯއެވެ؟ އާއެކެވެ. ދައިތަމެނަށް އަބަދުވެސް މިވާވަރަކީ ރިހޭފައިމައްޗަށް ފޮއިގެ ބަދަލުގައި ދައިވެސް ވައްޓާލެވެނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454