ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޖޭއެސްސީން އިސްކަންދިނީ ސަލީމާއި ހަމީދުގެ ނަމަށް

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން އިސްކަން ދިން ސަލީމާއި ހަމީދު

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ގެންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ މަގާމަށް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ފަނޑިޔާރު ސަލީމަށާއި ހަމީދަށެވެ.

އިންޓަވިއުގައި މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަލަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.

ފަނޑިޔާރު ސަލީމާއި ހަމީދުގެ އިތުރުން ހައި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލާއި ކުރީގެ ހަ ފަނޑިޔާރަކު ވެސް ކުރިމަތިލެއްވި އެވެ.

އެއީ:

1- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު.

2- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން.

3- ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް.

4- ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު.

5- ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު.

6- ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ

މީގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދާއި ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ގއ. ކޮނޑޭ މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި އެވެ.

19 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 5%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މހއމދ ރސދ އބރހމ

28 May 2025

ރައީސް އޮފީހުގައި އޮންނަ ސުޕްރީމް މަސްވަރާ މަޖިލީސް އުވާލައިގެން ތާހިރު ވެއްޖެއެއްނު. ދިވެހިން ވާނީ ދިވެހިނަށް. އެހިނގާނީ ދިވެހިން ބޭނުންވާ ގޮތަށް. އަވަހަސް ތިޔަތަން އުވާލާފައި މަސްވަރާ މަޖިލިސް ހަދާ. ވައްސަލާމް

The name is already taken The name is available. Register?

1818

27 May 2025

އެއްފަހަރު ބޭރުކޮށްފައި އަނެއްފަހަރު އެތެރެކުރުން! މީ “އުބަށް ޖެހުން”! މިތިބަ ފަޑިޔާރުންގެ ލަދު ވެސް ނެތީ ތަ؟

The name is already taken The name is available. Register?

ސުވާލުމާކު

27 May 2025

ސަލީމްއަކީ އެމްޑީޕީގެ ވެރިކަމުގައި ހައިކޯޓަށް އައްޔަންކުރެވި މިވެރިކަމުގައި ސުޕްރީމްކޯޓަށް ލެވޭ ބޭފުޅެއް. ޝަހީދްއަކީ ޔާމީނުގެ ދައުރު ކްރިމިނަލް ކޯޓަށް އައްޔަންކޮށް ނިކަން ބާރަށް ހައިކޯޓަށް ޕްރޮމޯޓްވެ އެމްޑީޕީން ހައިކޯޓު އިސްފަނޑިޔާރަކަށް ހެދުމަށްފަހު މިވެރިކަމުން ސުޕްރީމް ކޯޓަށް ބަދަލުވި ބޭފުޅެއް. މިބޭފުޅުން ވަކިއަތަކަށް ނުޖެހި ނަޒާހަތްތެރިކަމުން އެންމެންވެސް ރުހެނީތޯ ނޫނީ ހުރިހާ ސިޔާސީންނާ ގުޅުން އޮވެ ވެރިކަމަށް އާދެ ލައްބަ ކިޔަނީތޯ ނޭންގެ.

The name is already taken The name is available. Register?

ޝަރުތު ހަމަވޭ

27 May 2025

ހަޔާތުގައި ދުވަހަކު ވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރިޔަސް، ފަނޑިޔާރު ކަމުގައި މަސައްކަތް ކުރާތާ ދެތިން އަހަރު އަހަރު ނުވިޔަސް، މުއިއްޒު އަށް 2023ގައި ޓިކެޓް ލިބުނީ ޔާމީންގެ މައްސަލަ ލަސްކުރަން، ތި ސަލީމް ބެންކޮކަށް ދިޔައިމަ. އެހެންވީމާ ޝަރުތު މާ ރީއްޗަށް ވެސް ހަމަވާނެ!

The name is already taken The name is available. Register?

ީހީސަން ކާފަ

28 May 2025

އެހެންވީމާ ރިފޯމްގެ އައްޕަ އާ ކާފަކަމަށް ދައުވާ ކުރާ އެންޑިޕީއާ ދެން ތިިބި މިހުންނާ ތަފާތެއް ނެތެއްނު. އަޑަށް ބާރުލާފަ ސާފުކުރާނަމޭ ބްލީޗް ޖަހާނަމޭ ކިޔަަކަސް އެއީ އެހެން ދައްކާ ވާހަކައެއް ނުންކަން މިހާރު އެނގޭތާ

The name is already taken The name is available. Register?

ހިޔާ

27 May 2025

ހަމީދު އަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ އެކަށީގެންވާ އެއް ފަރާތް. މަރުހަބާ ހަމީދު

The name is already taken The name is available. Register?

ބާއްޖަނީ

27 May 2025

ރާއްޖޭގެ ޖުޑިޝަރީއަށް ބޭނުންވަނީ އަރަބި އިސްލާމީ ތައުލީމު އުގެނިގެން ތިބި، މިޒަމާނު ދުނިޔޭގައި ހިނގާ ކަންކަމަށް ލޯހުޅުވިފައި ތިބި ބައެއް.އޒ.ޙަމީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގެނައުމަށް އެންމެ ޤާބިލް ބޭފުޅާ.ޖޭއެސްސީގެ ނިންމުން ގިނަ ރައްޔިތުން ބަލައިގަނެއެވެ.

The name is already taken The name is available. Register?

އަޖައިބު ހީވޭ

27 May 2025

ސުޕްރީމް ކޯޓުގެ ބެންޗަށް ނަގާވަރުގެ ތައުލީމެއް ތަޖުރިބާއެއްވެސް ނެތް ދެމީހުން. ހާއްސަކޮށް ސަލީމް. ވަކިކުރި މަހާޒުއާ އަޒްމިރާލްދާ އަދި ސުއޫދުގެ ކޮލިފިކޭޝަންސް ބަލާލާ އަދި ޝަހީދު ފިޔަވާ މިހާރު ސުޕްރީމް ކޯޓުގަ އެތިބި ފަނޑިޔާރުންގެ ކޮލިފިކޭޝަންސް ބަލާލާ. އޭރުން އެނގޭނެ ތިވާން އުޅޭގޮތް

The name is already taken The name is available. Register?

ހދހދހދދހ

27 May 2025

ހެހެހެހެ ސުޕްރީމް ކޯޓު އަނެއްކާވެސް ކުޅޭ ކުޅޭ ތަނަކަށްވީ ދޯ. ސަލީމް ސީރިއަސްލީ. ޝަރުތުވެސް ހަމަ ނުވާ މީހެއް ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް

The name is already taken The name is available. Register?

ކަތްދައްތަ

27 May 2025

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމެއް ނޫނެވެ. ސުޕްރީމް ކޯޓުން ހުސްކޮށްފައިވާ ދެ މަޤާމެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ހަމީދު އިމްޕީޗު ކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ ޖޭއެސްސީ ބަލައިގެން އެކޮމިޝަނަށް އިމްޕީޗުކުރަން ފެނިގެން މަޖިލީހަށް ފޮނުވީމާ ކުރިކަމެވެ. މިއަދު ހަމަ އެކޮމިޝަނުން އޭނާ ސުޕްރީމް ކޯޓަށް ލާން ފެނިއްޖެއެވެ. ހަމަ އެމަޖިލީހުން އޭނާ އެމަޤާމަށް ލާނެއެވެ. ނިޒާމެއް އޮޔާލާނީ މިހާކަށްހާވަރަށެވެ.

The name is already taken The name is available. Register?

ނަޒާޖީ

27 May 2025

ހާޑް ވެއްޖެ ދޯ؟އޒ.ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައިވަނީ ބޭއިންސާފުން.ލިބިދޭން ޖެހޭ ހައްގުތައް ލިބި ނުދީ ސިޔާސީ ގޮތުން ނިންމާފައިވާ ނިންމުމެއް. މަޖިލީހުން ޙަމީދު ވަކިކުރީ އެމްޑީޕީން 3 ލައިން ވިޕް ނެރެގެން ލަދެއް ނުގަނޭތޯ.

The name is already taken The name is available. Register?

ބސބޱހޱހ

27 May 2025

ހަމީދު އަކީ ކޮންތަނަކުން ކިޔެވި މީހެއްތަ

The name is already taken The name is available. Register?

ބަދް

27 May 2025

ނިހާޔަތު އެންމެ ކުފޫ ހަމަވަނީ

The name is already taken The name is available. Register?

ކޮރަލް

27 May 2025

ފަނޑީޔާރުންނަކީ އެންމެ ފައިސާ ގިނަ އެއް ބައެވެ. އެންމެ ބޮޑެތި ކުއްވެރީން މިނިވަން ވަނީ ހަމަ ހުރެފަ އެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454