14 ޖޫން 2025 - 20:32
މީގެ ހަތަރު އަހަރު ކުރިން 600 މިލިއަންގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު ގެއްލުމުގެ އަދަދު 2.8 މިލިއަނަށް ކުޑަކޮށްފައިވާ ކަން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑު ބަލިމަޑުކަމާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމުގެ ކުރިން އައިލެންޑް އޭވިއޭޝަނަކީ ފައިދާގައި ހިންގަމުން އައި ކުންފުންޏެވެ. މިގޮތުން، 2019 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ވަނީ 93 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ.
އެކަމަކު، ކޮވިޑާ އެކު މުޅި ދުނިޔޭގެ ވެސް ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކާ އެކު، އޭގެ ވިދިގެން އައި 2020 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 570 މިލިއަންގެ ގެއްލުމެއް ލިބިފަ އެވެ.
މިދިޔަ 10 އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އައިލެންޑް އޭވިއޭޝަނަށް 2021 ވަނަ ލިބުނު 647 މިލިއަންގެ ގެއްލުމަކީ، އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރެވެ.
ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެ، ވިޔަފާރި ހިނގައިގަތުމާ އެކު 2022 ވަނަ އަހަރު އެ ކުންފުނީގެ ގެއްލުން ވަނީ 493 މިލިއަނަށް ކުޑަކޮށްފަ އެވެ.
އޭގެ ފަހުން 2023 ވަނަ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ ހިންގުމަށް ލިބުނު ކުރިއެރުންތަކާ އެކު، އެ އަދަދު 75 މިލިއަން ރުފިޔާ އަށް ދަށްކުރި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިއޭއެސްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އައިލެންޑް އޭވިއޭޝަނުން ފައިނޭންސިން ހަރަދާއި ޓެކްސް އަށް ދެއްކި ފައިސާ ކެނޑުމުން، މިދިޔަ އަހަރު ލިބުނު ގެއްލުން ވަނީ 2.82 މިލިއަން ރުފިޔާ އަށް ކުޑަވެފަ އެވެ.
މިއީ، އެ ކުންފުންޏަށް މިދިޔަ އަހަރު ތަކުގައި ކުރިމަތިވެފައިވާ ގެއްލުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، އަލުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް، ވިޔަފާރިތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ އެވެ.
މިގޮތުން، އެ ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް، ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އަމާޒު ހިފައިފަ އެވެ. އަދި އެތެރޭގެ އުދުހުންތަކުގައި މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް ބާވެ، މެއިންޓެނަންސްގެ ހަރަދުތައް އިތުރުވާތީ، އެ ބޯޓުތައް ފަހުގެ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދް
15 June 2025
އެމްޑީޕީ ސަރުކާރުގަ ކޮވިޑް ޖެހެންދެން ފައިދާވި ތަނެއްތީ، ކޮވިޑު ނެތި ގެއްލުންވުންތީ ވަރަށް ދެރަ ކަމެއް
ހައުލަތް އިސްމާއިލް
15 June 2025
ކަން ކުރަން އިނގޭ މީހުން ވެރިކަމަށް އައީމަ ތަފާތު މިފެންނަނީ. މިކަހަލަ ބަގުރޫޓް ވެފައިވާ ކުންފުނިތައްވެސް ކޮޅަށް މިޖަހަނީ މަޑު މަޑުން ގޮސް
އިބުރާ
15 June 2025
އެއޮތީ ކަންވީ ގޮތް ކިޔައިދީފަ، އެކުންފުންޏަކީ އަބަދުވެސް ބޮޑު ފައިދާގައި ހިންގަމުން އައި ކުންފުންޏެއް. ދަރަނިވެރިވީ މުޅި ދުނިޔެއަށް ދިމާވި އާލަމީ ވަބާއާއި ހެދި. ކޮންމެހެން އެހެން ކަމެއް ވީކީ ނޫން. ދެ އަހަރަކަށް ފަހު ރިކަވާ ވާން ފަށައި މިހާރު 2މ އަށް ކުޑަކުރެވުނު ކަމަށް އެއޮތީ
ނިހާލް ސަލީމް
15 June 2025
ކޮންމެ ގޮތެއް ވިޔަސް މިސަރުކާރުން އައިލެންޑް އޭވިއޭޝަން ރަނގަޅު ކުރަން ނުހަނު ގިނަ ކަންކަން އެބަ ކުރޭ. މިސާލަކަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް
ޝަހުމް އާދަމް
15 June 2025
ރައީސް މުއިއްޒްގެ ޒައާމަތުގައި މިއަދު ކުންފުނިތައް ހިންގުން ވަރަށް ބޮޑަށް ހަރުދަނާކޮށް މިދަނީ ރަނގަޅު ކުރަމުން.
ރައްޔިތު މީހާއެވެ
15 June 2025
އެ ގޮތުން ޓިކެޓްގެ އަގު ބޮޑުކޮށް ރައްޔިތު މީހާ ފެލުން ވަނީ އިތުރުކޮށްފަ. ކައިރީގާ މިއޮށް ލަންކާ އަށްވެސް ދެވޭ ރާއްޖެތެރޭ ރަށަކަށް ދިއުމަށް ވުރެ އަގު ހެޔޮކޮށް.
2025
15 June 2025
2.8 މިލިޔަން ކުޑަކުރިޔަސް އާއްމު ރައްޔިތުމީހާއަށްވީ ގެއްލުން މިދިޔަ އަހަރަށްވުރެ މިއަހަރު އިންޑިޔާ ޑިކެޓް 1000 ރުފިޔާއަށްވުރެ ބޮޑު...... ބޮއިހަލަކި
ކޮރަލް
15 June 2025
އެކި ސަރުކާރުގަ ސިޔާސީ މީހުން ވިޔަފާރި ކުރަން ގެން ގުޅޭ ކުންފުންޔެކެވެ .
ޭއައިހަމް
15 June 2025
މިއީ މަގޭ ޑެޕުޓީ ފައިނޭންޝަލް ކޮނޓްރޯލްގެ މޮޅުކަން......
އިހްސާސް
15 June 2025
ބަންގާޅަށް ސީދާ ދަތުރުވެސް ކުރަން ފަށާ. ޔޫއެސް ބަންގުލާ އިންތިހާ ބޮޑުކޮށް ޓިކެޓު ވިއްކަނީ.
އޮނަރަބްލް އަފީފު ދީދީ
14 June 2025
ކުންފުނީގެ ބޯޑާއި ސީނިއަރ މެނޭޖްމަންޓްގައިތިބި ކުރީގެ Air Maldives ޓިކެޓިންގ ކައުންޓަރާއި ޗެކިންގ ކައުންޓަރ އަދި ބޯޑިންގޕާސް ކެޑުމަށާއި، ބެގޭޖް ޓެގް ހަރުކުރަންތިބީހުންގެ ބަދަލުގައި އެއަރލައިނެއް ހިންގޭނެ އިލްމީ ޤާބިލްކަންހުރި އަދި މެނޭޖްމަންޓް ދާއިރާއިން މަތީތަޢުލީމް ޙާސިލްކޮށް ތަޖުރިބާ ހޯދާފައިވާމީހުނަށް ޤައުމީ އެއަރލައިން ކުންފުނީގެ ބޯޑާއި ސީނިއަރ މެނޭޖްމަންޓުން ފުރުސަތު ދީގެންމެނުވީ ތިޔަކުންފުނި ސަލާމަތްކުރުމަކީ ކުރެވޭނެ ކަމެއްނޫން އިގޭތޯ.
ށާބެ
15 June 2025
ދެން ތިހާ ދިގު ގިނަ ކޮމެންޓުތަކެއް ނުކިޔޭނެ.
އޮނަރަބްލް އަފީފު ދީދީ
14 June 2025
ޑޮލަރުން އާމްދަނީލިބޭ ސީޕްލޭން ފުލީޓް ބޮޑުކުރަން މަސައްކަތްނުކޮށް މުޅިންތަފާތު ރޭވުންތަކެއްގެތެރެއިން "ބޭކާރު ގޮތުގައި ވީލްބޭސްޑް ފުލީޓް އިތުރުކޮށް" ގެއްލުމުގައި ކ.އަތޮޅު މާލެއިން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓް ތަކަށް ޑިރެކްޓް ޝެޑިއުލް ފްލައިޓް ބާއްވަނީ ކުންފުންޏާއި ވާދަވެރި އެހެން އެއަރލައިން ތަކެއްގެ މަސްލަޙަތު ރައްކާތެރިކޮށްދިނުމަށް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ވެރިންނާއި، ކުންފުނީގެ ބޯޑް އަދި ސީނިއަރ މެނޭޖްމަންޓް އެގޮތް ބޭނުންވާތީކަމަށް ވެދާނެ.
ކުރަނގިދެލޯ
15 June 2025
ކޮންމެވެސް މީހަކު މުއިއްޒު ކައިރީ ބުނެބަލަ އަފީފުދީދީއަށް މޯލްޑިވިއަން ހިންގަން ދޭށޭ.