ބަނގުރަލާއެކު ހައްޔަރުކުރި ސްރީ ލަންކާ ތިން މީހުން: އެ ތިން މީހުން ޑީޕޯޓު ކޮށްލުމަށް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޯށްފައި.-- ފޮޓޯ: ޕޮލިސް
31 އޯގަސްޓް 2025 - 11:33
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ސްރީ ލަންކާގެ ތިން މީހަކާއި ބަންގްލަދޭޝް މީހެކެވެ. ލަންކާ ތިން މީހުންނަކީ ސެނިތު ހެޝަން ވިކްރަމަސިންހަ، 29، އާއި ދުލިތު މަޑުސާކާ، 39، އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން 24، އެވެ.
ބަންގަލަދޭޝް މީހަކީ ޖަހަންގިރު ހޮސައިން، 35، އެވެ.
ފުލުހުން ބުނީ ލަންކާ މީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށެވެ. ހެންވޭރު ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުހް ބުންޏެވެ.
ބަނގުރަލާއެކު ހައްޔަރުކުރި ޖަހަންގިރު ހޮސައިން، 35--
ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު އެވެ. ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް ޝައްކު ކުރެވިގެން ހުއްޓުވައި ފާސްކުރި އިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ނުވަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން ދީފަ އެވެ.
ބަނގުރާ ގެންގުޅުމާއި ވިއްކުމުގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މި ފަހުން ވެސް ހައްޔަރުކޮށްފައިވެ އެވެ. މާލޭގައި ރާ ކައްކައި ވިއްކަމުން ދިޔަ ބަޔަކު ވެސް މި ފަހުން އަތުލައިގެންފައިވެ އެވެ.
މިދިޔަ ބުސާފަތި ދުވަހު ބަނގުރާ ފުޅިތަކަކާ އެކު ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މަހު 25 ވަނަ ދުވަހު ފުލުހުން ވަނީ ޕިކަޕެއް ހުއްޓުވައި 144 ދަޅު ބަނގުރާ އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޖާ މަންޖެ
01 September 2025
ޑީޕޯޓުކުރވޭނީ އޮންނަ ގާނޫނީ އަދަބު ދީފަ. އެހެންނޫނީ ތީ ކިހާ މަޖާކަމެއް. އަތުލައިގަންފިއްޔާ އަނބުރާ ގައުމަށް،
އަހައްމަދޫ
31 August 2025
އެމީހުން ބުނާނެ އައިލް ބީ ބެކް
ފަންގަތީ
31 August 2025
ވަރަށް ރަނގަޅު. ގައުމު ބޮއްސުންލުން ހަރުފަތަކަށް ފަހު ހަރުފަތެއް އަޑިއަށް ފައިބަމުން މިދަނީ. ދެން މީ މިހާރު ވަރަށް ފަސޭގަ ގޮތެއް. ގޭންގު ތަކުން ކުޑަކުދިން ބޭނުން ކުރުމުގެ އިތުރުން ގޭންގްސްޓާ މާސަނަރީސް ކައިރި ގައުމުތަކުން އެބުނާ ފްރީ ވިސާގަ ގެނެސް އެމީހުން ލައްވާ އޮޕަރޭޝަންތައް މި ހިންގަނީ. ބަސްޓު ވީމަ ހާސްނުވޭ، ޑިޕޯޓު. ސަޅި ސަޅި.
އުސްމާނުބެ
31 August 2025
ގަވާއިދުގަ ކުއްކުރާ މީހުންނައް މިހެންތޯ އޮންނަނީ ، މިހެން ވީމަ އެބަޔަކު ކުރާނެ ކަމެއް ކުރަންވީ މާދަމާ ދުވަސް ޖެހުނީމަ ޑީޕޯޓް ، ދެން އެބުރި އަންނާނެ އެހެން ޕާސްޕޯޓެއްގައި މީފެންވަރު .
ކޮރަލް
31 August 2025
ބިދޭސީން ތެރޭ ގިނައި ފައިސާ އަށް ރާ ސަޕްލައި ކޮށްދޭ މީހުންނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާޜި ތަކުގަ މިލިއަނަރުންނަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝި މީހުންނެވެ. އެމީހުން ހުނަ ގޮތަށް ނުބަލާށެވެ. އެމީހުން ކުރާ އެއްވެސް ވިޔަފާރި އެއްގެ ވަތް ގަނޑާ ދިވެއްސަކު ކައިރި ވިޔަކަ ނުދޭނެ އެވެ. މާލޭގަ 90 ޕަސެންޓް ވިޔަފާރީ ގަ ބިދޭސީންނެވެ. ދުވާލަކު 25 ހާސް ފައިދާ ވިޔަސް ދިވެއްސަކަށް ވަޒީފާ ނުދޭނެ އެވެ. ސަރުކާރުން އަޅާވެސް ނުލަ އެވެ.
އަބްޑޫޅް +
31 August 2025
ޑިޕޯޓު ކުރަނީ ތަ، ނޫނީ ގަޔަށް ބޮލަށް އެރުމަށް ފަހުގަ، ޑިޕޯޓުކޮށްލަނީތަ؟
ލ.އަތޮޅު
31 August 2025
މާދަން އައްނާނެ ނަންބަދަލުކޮށް ސިފަވެސް ބަދަލުކޮށްގެން.. ބޭރުމީހުނަށް ރާއްޖެ މިއީ ދުނިޔެމަތީގެ ސުވަރުގެ
ދަނޑުން
31 August 2025
ޕޮލިސް ގުޑް ޖޮބް
އޮނަރަބްލް އަފީފު ދީދީ
31 August 2025
ޤާނޫނާއި ޙިލާފު ކުށްތައްކުރުމުން ޤާނޫނާއި އެއްގޮތަށް އެމީހުންނަށް ދޭންޖެހޭ އަދަބުދިނުމަށް މައްސަލަ ތަޙްޤީގުކޮށް ޝަރީއަތަށް ނުފޮނުވާ މިގޮތަށް ޑީޕޯޓްކުރާނަމަ އެފަދަ މީސްމީހުން ޑީޕޯޓްކުރާ މުއްދަތު އާންމުކޮށް އިއުލާންކުރުމަކީ ވަރަށް މުހިންމުކަމެއް. މިކަން މިހެން ކުރާންޖެހޭ ސަބަބަކީ ރާއްޖޭގެ ޔޫނިފޯމް އެޅި މުއައްސަސާތަކުގެ މައްޗަށް މިހާރު އިތުބާރު ކުރެވޭ މިންވަރު ދަށް ވެފައިވާތީ އާއި ޑިޕޯޓް ކުރާ މީހުން ދުވަސް ކޮޅެއް ފަހުން ރާއްޖެއިން ފެންނަމުން ދާތީ.
ބެޗާރާ
31 August 2025
ރަނަގަޅުވާހަކައެއް. އިމިގްރޭޝަން ރޭޑްގެ ތެރެއިން ހައްޔަރު ކޮށް ޑިޕޯޓްކުރި މީހަކު މާގިނަދުވަސްތަކެއްނުވެ އެބުރިއަތުވެއްޖެ. އައިސް ބުނަނީ ޑިޕޯޓްކުރިޔަސް އަންނާނަމޭ