ފަޅު ބޭނުންކުރާ ފަރާތްތަކާ އެކު މޭޔަރު އާޒިމް މަޝްވަރާކުރައްވަނީ.
07 ސެޕްޓެމްބަރ 2025 - 13:18
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިތުރު ދެ ފަޅެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
މަގުގެ މަސައްކަތް މިދިޔަ މަހުގެ 21 ގައި އެމްޓީސީސީން ފެށުމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އެ ސަރަހައްދަށް ގާތް ކުރަމުންދިޔަ އަތޮޅު ފެރީތަކާއި ލޯންޗުތަކަށް އިތުރު ދެ ސަރަހައްދެއް ބޭނުންކުރެވޭނެ ކަމަށް ބުނެފަ އެވެ.
ލޯންޗުތައް ގާތްކުރަން އެމްޕީއެލް އިން ހަމަޖެއްސީ އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތު ވެސްޓް ހާބަރު (ޓީޖެޓީ) ސަރަހައްދެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެތަނުން ހިދުމަތް ދޭނެ އެމްޕީއެލް އިން ބުނެފައިވެ އެވެ.
ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް މާލެއަށް އަރާފޭބުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދުން ޖާގަ ހަމަޖެއްސުމަށް އެ ސަރަހައްދު ބޭނުންކުރާ ބައެއް ފަރާތްތަކާއި މޭޔަރ @adamazim… pic.twitter.com/C3HbXdK6X0
— Malé City Council (@MaleCitymv) September 7, 2025
ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް މާލެއަށް އަރައި ފޭބުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިތުރު ދެ ސަރަހައްދަކަށް ލޯންޗުތަކަށް ގާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ސަރަަހައްދުގެ ފަޅު ބޭނުންކުރާ ފަރާތްތަކާ އެކު އެކަމުގެ މޭޔަރު އާދަމް އާޒިމް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެކަމަކު ލޯންޗުތައް ގާތްކުރަން ހަމަޖައްސާނީ ވަކި ކޮން ދެ ސަރަހައްދެއް ކަމަށް ނޭނގެ އެވެ.
ގިނަ އަދަދެއްގެ އަތޮޅު ފެރީތަކާއި އިތުރު ލޯންޗުތައް ވެސް ގާތްކުރާ އެމްއެމްއޭ ކައިރީ ފަޅު ބަންދުކުރުމާ އެކު އެހެން ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ.
އެމްއެމްއޭ ކައިރިން ފެށިގެން ބޭރު މަގު ތަރައްގީކުރަނީ މަގު ފުޅާކޮށް ހަތަރު ލޭނު އޮންނަ ގޮތަށެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 455 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށް 144 މިލިއަން ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޏޮލޭ
08 September 2025
އިތުރު 2 ފަޅު، އެއީ ކުއްގޮތެއް..2 ސަރަހައްދު، އެއީ ރަނގަޅު ގޮތް
ޚިޔާލެއް
07 September 2025
ހުޅުމާލޭގަ ނޫނީ ހުޅުލޭގަ ލޯންޗްތަށް ވަދެ ނިކުންނަން ހާއްސަ ބޮޑުސަރަހައްދެއް ހަދާ ރަންނުކުރެވޭނެތަ ؟؟؟؟ އެމްޓީސީސީ އެތަން އޮޕަރޭޓްކުރާގޮތަށް. މާލެއަށް ހުރިހާކަމެއް ޖަމާކުރުން ހުއްޓުމަކަށް ގެންނަން ހިފަމާ.
ރާވެރިބެ
07 September 2025
މާލެއަށް އަންނަ ލޯންޗުތަކާ އެހެނިހެން އުޅަދުތަކަށް ފަސޭހައިން އަރާފޭބޭނެ އިންތިޒާމެއް ވަރަށް ބޭނުން. އެގޮތުން އުޅަދުތަށް ކެޓެގަރީތަކަށް ބަހާލައިގެން ތަފާރު އުޅަދުތަށް ލަފާ ކައިރިކުރާނެ ފާލަން ހަދަންޖެހޭ. މިކަން ކުރަން އެއްގޮތަކީ ޕޯޓު ތިލަފުއްޓަށް ބަދަލުކުރާ އިރު މިހާރުގެ ކަސްޓަމްސް އާ ޕޯޓު ސަރަހައްދު މެރީނާ އަކަށް ތަރައްގީ ކުރުން. މިކަން ކުރަން މިހާރު އާގުބޯޓު ކައިރި ކުރާ ސަރަހައްދުގަ ކަނޑުން ޝީޓް ޕައިލްކޮށް މެރީނާ ބޮޑުކުރެވިދާނެ.
ފޫހި
07 September 2025
މޮޔައިންކުރާޒާތުގެ ބޭކާރު ހަރަދުތައް ނުކޮށްބަލަ. މިހާރުވެސް ބޮޑު ލޯންޗެއް ހުރަސްނުކުރެވޭވަރުގެ ޖާގަކުޑަ ފަޅުގަ. އަދި އެތަނުން ބައެއްނެގުމުން ދެން ދަތިވާނެވަރު ވިސްނާބަލަ. ތިޔަ މަގު ފުޅާނުކުރިއަސް ތާރުއަޅާފަ ޕާކް ނުކުރެވޭގޮތް ހަދާބަލަ. އޭރު އެއްވެސް ދައްޗެއްނުވާނެ.
ފުތަރަމަ
07 September 2025
އޭރުންވެސް ކަކޭ ހޮސް އެތާޕާކު ކުރާނެ،