24 ސެޕްޓެމްބަރ 2025 - 16:06
ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ނެގި ލޯނުގެ އަދަދު 3.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 45 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ ތިން އަހަރު ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވަ ލޯނުގެ އަދަދު ވަނީ 67 ޕަސެންޓަށް އިތުރު ވެފަ އެވެ.
ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓް ނިސްބަތް ވަނީ ރިއަލް އެސްޓޭޓަށެވެ. އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރަނީ ޓޫރިޒަމް ދާއިރާއަށެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކުތަކުން ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް ދޫކުރި ލޯނުގެ އަދަދު 12.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ރިއަލް އެސްޓޭޓްގެ އިތުރުން ކޮސްޓްރަކްޝަން ދާއިރާ އަށް ވެސް ޖުލައި މަހުގެ ނިޔަލަށް 6.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވެ އެވެ.
ޖުލައި މަހުގެ ނިޔަލަށް ބޭންކުތަކުން ޖުމްލަ ދޫކުރި ލޯނުގެ އަދަދު 35.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ޖޫން މަހަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހީން22
25 September 2025
ސަރުކާރުގެ ރަނގަޅު ނޫން ނިންމުމެއްގެ ސަބަބުން ރައްޔިތުން ބިކަވާކަން ސަރުކާރަށް އެނގޭބާ؟ ލޯނުގެ އިކުއިޓީ ދައްކާފަ ހުއްޓަ ބޭންކުން މިބުނަނީ، އެޗްޑީއެފްސީއަށް ނުވަތަ މީރާއަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމުގައި އެއްފަހަރު އެބައިނޭ މުއްދަތުން ކަޓާފަ. ލޯނު ދެން ލިބޭނީ 12 މަސްދުވަހު ޕާފެކްޓް ޕޭމަންޓް ހެދުމުންނޭ. ދެން ލޯނު ނުލިބުނީމަ އިކުއިޓީ ފައިސާކޮޅު މިދަނީ ރިއަލްއެސްޓޭޓް ކުންފުންޏަށް. ކޮންފަދަ ބޮޑު ގެއްލުމެއް ނިކަމެތި ރައްޔިތުންނަށް މިލިބެމުންދަނީ.
858965
25 September 2025
މީގެ 2 އަހަރު ކުރިން ޑައުންޕޭމަންޓް ދައްކާފަ ހުންނަ ތަންތަނަށް މިހާރު ލޯނު ހަމަނުޖެހެނީ މިއަހަރު ސަރުކާރުން ނިންމި ނިންމުމެއްގެ ސަބަބުން. އެހެން ވުމުން، ރައްޔިތުންގެ އަތުންބޮޑެތި ކުންފުނިތަކުން ނަގާފަ ހުންނަ ޑައުންޕޭމަންޓްތައް އެކުންފުނި ތަކަށް ލިބެނީ. ރައްޔިތު މީހާ އުމުރު ދުވަހު އެއްކުރި ފައިސާކޮޅު މިލިބެނީރިއަލްއެސްޓޭޓް ބޮޑުކުންފުންޏަށް. އާއްމު މީހާ ބިކަވެ ކަރުނަ އަޅަންޖެހެނީ. ހިތުގެބަލި އިތުރުވީމަ އާސަންދަ ދޭން އިންކާރު ނުކުރާނެކަމަށް ހީކުރަން
ޙހހހ
24 September 2025
ސޯޝަލް ހައުސިންގ ފްލެޓް އަގަކީ ލޯނުގޮތުގަ ބެލުމަށް ސަރުކާރުން ބޭންކުތަކަށް އެންގުމުގެ ސަބަބުން އަހަރެމެންކަހަލަ އާދައިގެ މީހުނަށް މިލިއަނުން ގެއްލުންވެއްޖެ. ބަދަލު ދޭންޖެހޭނެ.
މައްކުބެ
24 September 2025
ދިވެހިރާއްޖެްަށް އަށް އެންމެ ބޮޑު ގެއްލުނަކީ މާލޭގައި ކޮންކްރީޓް ބިލްޑިންގ އަޅަން ބޭންކް ގެ ލެންޑިންގ ކެޕޭސިޓީ އެއްކޮށް ހުސްކުރާތީ. ރަށްރަށް ލޯނެއް ލިބެނީ އެއް ނޫން ޑިމާންޑް އެއް ނެތޭކިޔާފަ، ކީއްވާނީ މަސްވެރިކަމަށް އެންމެ ދަށްވެގެން 10 % ވަރު ލޯންގެ ގޮތުގައި ދިނިއްޔާ، މިހާރު ދެނީ ދޯނީ ބަނުމުން އިންޖީނަށް އެކަނި ލޯން. ދޯނި ބަނދެ މަސަވެރިކަން ކުރުމުން ރަށްރަޑުގެ ރައްޔިތުންނަށް ޓޫޜިޒަމަށްވުރެ ސަސްޓެއިނަބްލްކޮށް އިންކަމް ލިބޭނެ
ޕަކިސިޕުނި
24 September 2025
މާތް ކަލާނގެޔާ ވަކީލު... ތިޔަ އަނބުރާ ދައްކައިފިއްޔާ ހާދަ ރަނގަޅޭ... ނޫނީ މުޅި އިގުތިސޯދު ދާނީ ފަޅައިގެން...