ބަންޑުން ޖަހާލައިފައި އޮތް ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ. ފޮޓޯ: ޕޮލިސް
16 އޮކްޓޯބަރ 2025 - 07:04
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ގއ. ދާންދޫ ސަރުސޫނުގޭ އަހުމަދު ޝިފާން، 38.
ފުލުހުން ދެންމެ ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް. ދެން ގެއްލިގެން ހޯދަނީ އިންޑިއާ މީހަކާއި ސްރީ ލަންކާގެ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި.
ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް މީޑިއާއާ ހިއްސާއެއް ނުކުރޭ.
ހަތް މީހުންނާ އެކު ދަތުރުކުރި ލޭންޑިންކްރާފްޓް "އަލްމާކް ފިޔަ" ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި. އޭގެ ތެރެއިން ހަތަރު މީހަކު ކޯސްޓް ގާޑުން ސަލާމަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވޭ. ރޭގެ 3:48 ހާއިރު އެ އެންމެން ސަލާމަތް ކުރެވުނަސް ބާކީ ތިން މީހުން ގެއްލިގެން ހޯދަން ފެށި. އެ ތިން މީހުންގެ ތެރެއިން ފެނުނު މީހާ މަރުވެފައިވާއިރު ބާކީ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނި.
ފުލުހުން ދެންމެ ބުނީ، ލޭންޑިންކްރާފްޓް ބަންޑުން ޖަހާލައި ގެއްލުނު ތިން މީހުންގެ ތެރެއިން ފެނުނު މީހާ އޮތީ މަރުވެފައި ކަމަށް. އޭނާގެ ހަށިގަނޑު ފެނުނީ ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމަށް ކަމަށް ފުލުހުން ބުނި. މަރުވެފައި އޮއްވައި އެ މީހާ ފެނުނީ މިއަދުގެ ހެނދުނު 8:04 ހާއިރު ކަމަށް ފުލުހުން މީޑިއާ ހިއްސާކުރި މެސެެޖެއްގައި ވޭ.
އެމްއެންޑީއެފުން ބުނިގޮތުގައި ކޮޅުވެއްޓި ދަތުރުކުރީ ރީތި ރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިއަދޫ އަށް ކަމުގެ މައުލޫމާތު ވަނީ ލިބިފައި.
އެމްއެންޑީއެފުން ދެންމެ ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް. އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރޭ.
މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހަކު ގެއްލިއްޖެ އެވެ.
މި ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫންގެ، އަހްމަދު ޝިފާން، 38 އެވެ.
މެރިން ފުލުހުން ބުނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި ހަތަރު މީހަކު ސަލާމްތްކޮށްފައިވާ ކަމަށެވެ. އެ މީހުން ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރު ކަމަށް ވެސް ބުންޏެވެ.
ގެއްލުނު ތިން މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެރިން ފުލުހުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުންޏެވެ.
ބަންޑުން ޖަހާލައިފައި އޮތް ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ. ފޮޓޯ: ޕޮލިސް
އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މެރިން ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިކޮ
16 October 2025
އެކްސްކޯރިއޭޓާ އަކީ ކޮންއެއްޗެއްތޯ؟
ކޮޅުވެއްޓި
16 October 2025
ހެޔޮނުވާނެ، ތި ހަބަރުގެ ތަފްސީލު ނިކަން ގެނެސްދީބަލަ، ގެއްލިގެން އުޅެނީ ދިވެހި ރައްޔިތުންތޯ އަދި ނިޔާވި ކޮންގައުމެއްގެ މީހެއްކަން އެޓްލީސްޓޮ ބުނެލަދޭންވީ ނޫންތޯ!
ބަޔެއް ހާލަތްތަކުގަ.
16 October 2025
އެތެރެއަށް ފެން ކޮންމެވެސް ވަރަކަށް އެޅޭގޮތަށް ބިލްޑް ކުރަން ނުފެނޭތަ. މާ ގިނައިން ދޯ ބަނޑުންޖަހާލަނީ މި.
ތިމާވެށި
16 October 2025
މޫސުން ގޯސް ވީމަ ރައްކާތެރި ކަމުގެ ގޮތުން ފުލުހުންނާ ސިފައިންނާ ކޯސްޓްގާޑުން އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ.
މަޖަލޭހާދަ
16 October 2025
ކަލޭ ކަނޑުދަތުރު ނުކޮށް އޮތީޔާ ކީއްވާނީ ޔެލޯ އެލާޓު ނެރުނީމަ.
ނާނާ
16 October 2025
އިތުރަށް އެމީހުން ކުރަންވީ މަސައްކަތެއް ބުނެލަދިންނަމަ. އެލާޓް ނެރުނީމަ ނުފުރާނަމަދޯ؟ އަދިވެސް ފުލުހުންދޯ މިގޯސްވީ؟
ކޮރަލް
16 October 2025
މޫސުން ގޯސްވެ ، ބޮޑެތި އުނަދު ފަހަރު ފުރުމުގެ ކުރީން ކްރޫ ލިސްޓް ކޯސްޓް ގާޑް އާ ހަވާލުކުރަން މަޖްބޫރު ކުރަން ވީ އެވެ. ހާދިސާ ހިނގައިގެން އޭގަ ހުރީ ކިތައް މީހުންކަން ނޭނގިގެން އެބަ އުޅެ އެވެ. މޫސުން ގޯސް އިރު ފުރުމުގެ ކުރީން ކޯސްޓް ގާޑް ބަޔަކު އެއުޅަނދު ބަލާޗެކް ކޮށްފަ ނޫނީ ފުރަން ހުއްދަ ދޭނެ ކަމެއް ނެތެވެ. ސަރަހައްދުގަ ކެމެރާ ހަރު ކޮށް، ކުޑަ މިނުން އެކަން ކެމެރާ އިން ވެސް ބަލާ ލެވިދާނެ އެވެ.
ލުއި ލޯނު
16 October 2025
ހެޔޮނުވާނެ ބޭފުޅާގެ ވިސްނުން ފަރަށް ތޫނު ވެފައި އެހާމެ ފުޅާ. އެކަމަކު ތިބޭފުޅާ ތި އުޅުއްވަނީ ވަލު މީހުން އުޅޭގައުމެއްގައި. މިތާގައި ނެތް އެއްވެސް ކަމެއްބަލާނެ ނިޒާމެއް. ފަސް އަހަރުން ވޯޓުން ވެރިން ހޮވުން އެއީ ޑިމޮކުރަސީއޭ ކިޔާ ގަބީލާވަންތަ ވެރިކަމެއް ކޮންމެ ފަސް އަހަރަކުން ރައިޔަތުން އެބަދޭ ކޮންމެވެސް ކުލައަކަށް . ވާކަމެއް ހަރާމް.
ރަދީފްއޮފިޝަލް /
16 October 2025
މާލެ ވަށައިގެން ކޮންމެ ދިމާލަކުން ވެސް ބޯޓު ، ދޯނި ، ކްރާފްޓް ، ލޯންޗް އަދި ޑިންގީ ފުރަންވީ.ސޯޝަލް ސެންޓަރު ކޮނެގެން ހުރިގޮތަށް ބޮޑު ބޯޓަކަށް ލައިގެން އެދިމާލުން ފުރައިގެން ދިޔަޔަސް އެނގުމެއް ވާނެހެން ހީނުވޭ.(ކަންކަން ނުބެލޭ މިންވަރާއި އަދި ގާނޫނު ތަންފީޒު ނުކުރެވޭ މިންވަރު އަންގައި ދިނުމުގެ މަޖާޒީ ކޮމެންޓެއް)
ދޫލަ
16 October 2025
ކޮޅުވެއްޓި ކިޔާފައި ދެން ކޮން ލޭންޑިން ކްރާފުޓެއް، މިއީ ފުލުހުން ވެސް ކިޔާގޮތް.
ހަލީމާ އިޒް ބެކް
16 October 2025
އެކްސްކޯރިއޭޓާ އެއީ ކޯއްޗެއް؟ އެނގޭ ކުއަޖަކު ކިޔާދީބަލަ. ދެވަނަކަމަކަށް މެޓުން އެލާޓް ނެރެފައި އޮތަވާ ފުރަން އެންގި މީހަކު ގެނެސް މައްސަލަ ތަހުގީގު ކުރޭ
ރަދީފްއޮފިޝަލް / ސޭފްޓީ
16 October 2025
މަރުވި މީހާއަށް ހެޔޮ ރަހްމަތް ލައްވާށި.ގަދަނޑު ކޮޅުވެއްޓި ބަންޑުން ޖަހާލުން މިދެން ރާއްޖޭގަ ތަކުރާރުކޮށް ހިނގާ ހާދިސާއަކަށް ވެއްޖެ.ކްރާފްޓަށް ވަރަށް ބަރު އެކްސްކަވޭޓަރު ފަދަ އެއްޗެއް / މުދާ އަރުވައިގެން ދަނިކޮށް ބިޔަ ރާޅުގަ ޖެހިއްޖެނަމަ ފިޒިކްސްގެ ލޯތައް ފުށުއަރާނެ ކިތަންމެ ކަމެއް ހިނގާނެކަން ޔަގީން.އެހެންވީމަ މުދާ ބަރުކުރުމުގައި ބެލެންސް ކުރުމާއިއެކީ ތަކެތި ރަނގަޅަަށް ދަގަނޑު ވަލުން އައްސާލުން އެއީ ރައްކާތެރިކަމަކަށްވާނެ.
އަބޫ
16 October 2025
އިން ޝާ ﷲ އެ ތިން މީހުންވެސް ގަދަވެ ހެޔޮ ޙާލުގައި ތިއްބާ ފެންނާނެ އަދި މި ހާދިސާގައި ގެއްލުނު މީހުންނަކީ މުސްލިމުން ކަމަށް ވެފައި އެމީހުން ނިޔާވެފައިވާނަމަ ޝަހީދުންގެ ދަރަޖަ ދެއްވައި ސުވަރުގޭނެ މަތިވެރި ނިޢުމަތުގައި ލައްވާށި!
ބޭބެ1
16 October 2025
ޔެލޯ އެލާރޓް އޮއްވާ ކޮންމެހެން ދާންޖެހޭ ތަނަކަށްނޫނީ ނުފުރުން. އަދި އެ ވަގުތުގައި ދިމާވާ ހާދިސާތަކަށް ސިފައިންނާއި ފުލުހުން އަދި އެނޫންވެސް އެކަމާ ގުޅުންހުރި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ޗާރޖްކުރުން. އެހެންނޫނީ ދިވެހިން ދުވަހަކުވެސް ތިކަމެއް ނުހުއްޓާނެ. އަހަރެމެން އުޅޭނީ ވެރިކަމާ ހިފަން. ހިޔާލުފާޅުނުކުރެވިގެން. އެންމެ އިންސާނަކީވެސް ހާދަ ބޮޑު ރައުސުލްމާލެކޭ ޤައުމަށް. މިކަހަލަ ޤާނޫނެއްހަދާބަލަ. އަހަރެމެންބަރުވެސް އުޅެނީ އދ މޅނ އހނ ކމކ.