ރޭ ބަންޑުންޖަހާލި ކޮޅުވެއްޓިން ސަލާމަތްވި ބައެއް މީހުން ކޮޅުވެއްޓީގެ ބަނޑުފިލާމަތީގައި --- ފޮޓޯ/އެމްއެންޑީއެފް
16 އޮކްޓޯބަރ 2025 - 11:20
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެއިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބި ހަތް މީހުންގެ ތެރެއިން، ޝިފާން ހިމެނޭ ގޮތުން ތިން މީހަކު ގެއްލުނެވެ. މަރުވެފައި އޮއްވާ ޝިފާން ފެނުނުއިރު ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ގެންދަނީ ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސްރީލަންކާގެ މީހަކާއި އިންޑިއާގެ މީހެކެވެ.
ބަންޑުން ޖަހާލައިފައި އޮތް ކޮޅުވެއްޓިއަކުން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ. ފޮޓޯ: އެމްއެންޑީއެފް
އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ހެނދުނު ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ރޭ ފަތިހު 4:30 އިން މިއަދު ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އަދި މިއަދު މެންދުރާ ހަމައަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުށްވެރިޔާ
16 October 2025
މީގަވެސް ކުށްވެރި މިވީ ސިފައިންނާއި ފުލުހުންތާ ދޯ. ބހލކ
ވިޔފާރި އެޔަށްވުރެ މުހިއްމު ދެއްތޮ!
16 October 2025
ކަނޑު ގަދައިރު ފުރުވައިގެން މީހުނަށް ލިބޭ ގެއްލުން ވެރިން ނަގަން ނުޖެހޭތަ. ފުރާނަތަށް ވިއްޔަ ؟؟؟
ވެނލާ
16 October 2025
ވަރަށްވެސް ހިތާމަވެރި ހަބަރެއް.
ހ. ހުސައިން
16 October 2025
މުޒާހަރާއެއްނެތީމާ އެމްއެންޑީއެފް އަދި މެރިން ޕޮލިހުން ކަނޑުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުން މަޑުޖައްލީ ދެއްތޯ