ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: އެމްޑީޕީ ސަރުކާރުގައި ދެމަފިރިންނަށް ފްލެޓެއް ނުދޭ ކަމަށް އަކްރަމް ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
16 އޮކްޓޯބަރ 2025 - 13:11
އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެއްވެސް ދެމަފިރިއަކަށް އެކުގައި ފްލެޓު ދީފައިނުވާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު ކުރީގެ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނިކޮށް، އެމްޑީޕީގެ ހައުސިން ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އެގޮތަށް އެއްވެސް ބަޔަކަށް ފްލެޓް ދީފައިނުވާނެ ކަމަށެވެ.
"މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ އަޅުގަނޑުމެން ސަރުކާރުގައި 900 އެތައް ބަޔަކަށް އަޅުގަނޑުމެން އެގޮތަށް ފްލެޓް ދިނޭ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް. އެއީ އޮޅުވާލުމެއް،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކުރިން ފްލެޓް ލިބިފައިވާނަމަ، އެ މީހުންނަށް ފްލެޓް ދޭން އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށެވެ. އަދި ފްލެޓަށް އެދި އަނބިމީހާ އާއި ފިރިމީހާ ވެސް ވަކިން ފޯމު ހުށަހަޅާފައިވާ ނަމަ، އެ ދެމަފިރިންނަށް އެލޮކޭޓްކޮށްފައި ވާނީ އެއް ފްލެޓެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ދެމަފިރިން ކުރެ އެކަކަށް ފްލެޓް ކަނޑައެޅުމަށްފަހު، އެއާ މެދު ދެމަފިރިން ގޮތެއް ނިންމަންދެން ފްލެޓް ހުންނާނީ ހޯލްޑްކޮށްފަ އެވެ.
"އަނބިމީހާ އާއި ފިރިމީހާއަށް ވަކިން މި ސްކީމަށް ފޯމު ހުށަހަޅާފައިވާ ނަމަ، އެ ދެމަފިރިންނަށް އެލޮކޭޓްކޮށްފައި ވަނީ އެއް ފްލެޓް. އަނބިމީހާ އާއި ފިރިމީހާއަށް މި ސްކީމުގައި ވަކިން 2 ރޫމް ކެޓަގަރީއަށް ނޫނީ 3 ރޫމް ކެޓަގަރީއަށް ލާފައިވާނަމަ، އެ ދެމަފިރިން ހިޔާރު ކުރަންދެން ހުންނާނީ ހޯލްޑް ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ 76 ޕޮއިންޓުން މަތިން މާކްސް ލިބުނު މީހުންނަށް ފްލެޓް ނުދީ ހުރި ކަމަށް ބުނާ ސަބަބަކީ އެއީ ކަމަށާއި އެކަމަކު މި ސަރުކާރަށް ވެސް އެކަން ހިނގާފައި އޮތް ގޮތް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީއަށް އެފަދަ އޮޅުންތައް އަރާ ސަބަބަކީ އޭރު ފްލެޓްގެ މަސައްކަތް ކުރި ސިވިލް ސްޓާފުން އެ މަސައްކަތުން ބޭރުކޮށްލާފައިވާތީ އެވެ.
ގޯތީގެ މައްސަލާގައި އަކްރަމް ވިދާޅުވީ ފަޅުން ގޯތި ދިނީ ހިއްކޭނެ ކަމުގެ ޔަގީން އޭރުގެ ސަރުކާރަށް އޮވެގެން ކަމަށެވެ. އަދި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރީ އެ ސަބަބާ ހުރެ ކަމަށާއި ގޯތި ދޭން ބިން ހިއްކުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގައި ބަހައްޓާފައި ހުއްޓާ އެ ފައިސާ މި ސަރުކާރުން އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އެއް އާއިލާއަކަށް ދެ ފްލެޓް ދިނުމަކީ ރަނގަޅު ގޮތް ކަމަށް އެމްޑީޕީން ވެސް ގަބޫލު ނުކުރާ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެއްބަސްވުން ހަދާފައިވާ މީހުންނަށް، އެމީހުންނަށް ދިން ފްލެޓް ނޫން އެހެން ފްލެޓްތައް މި ސަރުކާރުން ހަވާލުކުރަމުންދާ ކަމަށެވެ. އަދި ފްލެޓް އެލޮކޭޓްކުރި މީހުންނަށް ފްލެޓް ނުދީ، އެހެން ބަޔަކަށް ފްލެޓް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވެފައިވަނީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށާއި އޭގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 މީހަކު ހިމެނޭ ކަމަށެވެ.
އެކަމަކު އެ މީހުންނަށް ފްލެޓް ނުލިބޭ ގޮތް ހަދަން ވަރަށް މަސައްކަތް ކުރި ނަމަވެސް ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތުމުން އިތުރު ފްލެޓެއް ނުދެވޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ފްލެޓް ދޭން ކުރީގެ ސަރުކާރުން އެންމެ ބޮޑަށް ދެއްކީ ރާއްޖޭގެ ވަރީގެ ހާލަތު އޮތްގޮތުގެ ވާހަކަ އެވެ. އަދި މީހުން ފަސޭހައިން ވަރިވާއިރު އޭގެ ސަބަބުން ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ނުވާނެ ކަމަށް ބުނެ، އެ މީހުންނަށް ފްލެޓް ދޭން ވަކާލާތުކުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަހަަ
19 October 2025
ދީފަހުރީ. ވަރަށް ސާފުކޮށް އެގެން އެބަހުރި
ޚަކިނި
17 October 2025
ތެދެށް ދެމަފިރިންނަށް ފުލެޓެއްނުދޭނެ އެށްގޮތަކަށްވެސް ކަލޭ ޕާޓީކުދިންނަށް ބަހާލީ ގޮތެއްފޮތެެށް ނުބަލާ ހުޅިމާލޭ ފޭސް2 އިންވެސް އެހެރީ ޕާޓީކުދިންނަށް ބިންތަށް ލަށްގާފަ ވަކިބަޔަކަށް މީނާ ދޮގެއްނުހަދާނެ ހުދު ފޮތިކޮޅެއްތީ އެބުނީވެސް އޭނާޔަށް ހެދެންއޮތް އެންމެބޮޑުދގ
425 އަކަފޫޓު ގެއްލުނު
16 October 2025
ޖޮއިން ވުމުން ފުރުސަތުއޮތް، މިހެން ކިޔާފަ، ވަކިން ލާފަ ތިބި ބައެއް މީހުން ލައްވާ ޖޮއިން ކުރުވާފަ، ފަހުން ޖޮއިން ނުކޮށް ކުރިން ޝަރުތުހަމަނުވި މީހުންނަށް ވަކިން ގޯތި ދިން. މި ޖަރީމާ ބަލަންޖެހޭ. ދެން ބުނޭ މިވެސް ދޮގޭ!
ހަސަންބޭބޭ
16 October 2025
ކޮންމެ ސަރުކާރަކުންވެސް ގާތްމީހުނަށް ރަށްޓެހިންނަށް ޕާޓީއާއިއެކު މަގުމަތީ ހަޅޭއްލަވާ މީހުނަށް އެކިގޮތްގޮތުން ފިތިބާރުވެގެން ފުލެޓުބަހަނީ.ފުލެޓުދޭންޖެހޭ މީހާ ކޮންމެ ފަހަރަކުވެސް ފޯމުލީމަ ފޯމު ކެންސަލް. މިފަހަރު މިކަން ރަގަޅު ކުރަންވެގެން އައި ސަރުކާރުވެސް މިކަމުގައި ފެއިލްވެ އެގިގެންތިބެ ނުހައްގުން ފުލެޓު ބަހާހުސްކޮށްލީ. ފުލުހުންގެ ތިޖޫރީގައި ހުންނަފައިސާ ވަގަށްނެގޭ ޕޯޓުގައި ހުންނަ ބިޔަ ކޮންޓެއިނާ ވަގަށް ނެގޭގައުމެއްގައި ހައްގަކީ ކޮންއެއްޗެއް!!
ޔަތީނު
16 October 2025
ސީދާ ދޮގެއް. ދެމަފިރިންނާ ދަރިން ނައްވެސް ހުރީދީފަ. އެމްޑީޕީ ސަރުކާރުގައި އަކްރަމް މެން ކަންތައް ކުރީރަގަޅައްކައް ނޫން.
ޗގބވ×ދފބ
16 October 2025
އެނާ އެބުނަނީ ރަނގަޅަށް... އަނބި މީހާއަށް ދިނީ ފްލެޓް ފިރިމީހާއަށް ދިނީ ގޯތި... އާއްމުންނަށް ދިނީ ކަނޑުފަޅުން ގޯތި.
އމވއޑ
16 October 2025
އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ނެތް. 25އ ނުވާ، ދަރިޔަކުނެތް ކިތައްމެ ބަޔަކަށް ފުލެޓު ބަހާލާއިރު، އަހަރެންކަހަލަ އެތައްބަޔަކު އެބަތިބި. މާލޭގަ އުޅޭތާ 25އ، ކައިވެންޏަށް 15އ އަދި 18 ނުވާ ދަރިން އެބަތިބި. އެކަމަކު ހަމަ ގަސްތުގަ އަހަރެމެން ބާކީ ކޮއްފަ ދޮގު ފޯމުތައް ފުރި ޕާޓީ މީހުނަށް ދީފަހުރީ. އިންސާފޭ ކިޔާފަ މިސަރުކާރު އަދި މާނުބައި. ބޭއިންސާފުން ފުލެޓު ހޯދި މީހުންނަށާއި ހޯދައިދިން މީހުނަށް ހަލާކުހުރި
ރެޓޭ
16 October 2025
2 މަފިރިންނަށް ފުލެޓް ލިބޭނަ އެމާއްދާ ބާޠިލުކުރަން ކޯޓަށް ހުށަހަޅައިހެން އެކަން ބާޠިލްވެސް ކުރެވޭނެ! އިޖްތިމާޢީ ބޯހިޔާވަހިކަމަށް ަހުރަސް އެޅޭގޮތަށް ވަކިބަޔަކަށް ނާޖާއިޒް ފައިދާވާގޮތަށް އުސޫލެއްނުވެސް ހެދޭނެ!މީގަ ވާގޮތަކީ 2 ސަރުކާރުގެވެސް ނުފޫޒުގަދަ މީހުން މިހެން ފުލެޓް ހޯދާފައިވާތީ މިކަމަށް ހައްލެއް ނުލިބިގެން މި އުޅެނީ! މީ 2 ސަރުކާރުގެވެސް ނުފޫޒުގަފަ މީހުން ގުޅިގެން ހިންގާ ޖަރީމާ!
ބަރަކޫޑާ
16 October 2025
ދައުލަތުގެ ކުންފުންޏެއްގެ އެތައް މިލިއަން ރުފިޔާގެ ބިން ވަކި ގަބީލާއެއްގެ ބަޔަކަށް ހިލޭ ބަހާލީ ކަލޭމެންނޫންތަ. މޯލްޑިވިއަންގެ މަތިންދާބޯޓުފަހަރު ވަކިރަށެއްގެ ބަޔަކަށް ބަހާލުމާ އެކަމާ ކޮބާ ތަފާތަކީ.
ހައިވަކަރު
16 October 2025
ރޮޒޭނާއައް އެއްޗެއް ދިންތޯ މީނަކައިރީގަ އަހާލަބަލަ މީހަކު ލޮލް