ޚަބަރު / އެސްއީޒެޑް

ފ. މަޝްރޫއު ހުއްޓުވިހެން، އިގުތިސާދީ ހާއްސަ ސަރަހައްދުތައް ދެން ނުހުއްޓުވޭނެ: ޝުޖާއު

ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިންރާހިމް ޝުޖާއު.-- ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވީ އިދިކޮޅު އެމްޑީޕީން ކަމަށާއި ބޮޑު ނަފާއެއް ލިބޭ އެފަދަ މަޝްރޫއުތައް ދެން ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ އިސް މެންބަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ގާނޫނަށް ބަދަލުތަކެެއް ގެންނަން ސަރުކާރުގެ ފަރާތުން ޝުޖާއު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ، އެ ބިލުގައިވާ މުހިއްމު އިސްލާހުތައް، އެސްއީޒެޑް ގާނޫނަށް ގެނެސް، "އިގުތިސާދީ އާ ދޮރެއް" ހުޅުވާލާއިރަށް އިދިކޮޅު އެމްޑީޕީން އެކަމާ ދެކޮޅު ހަދައި ރާއްޖެ ހަލަބޮލިކުރަން ނުކުންނާނެ ކަމަށެވެ.

ފ. މަޝްރޫއުއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ރާއްޖޭގައި ހިންގަން އުޅުނު ތަރައްގީގެ ބޮޑު މަޝްރޫއުއެއް ކަަމާއި އެ މަޝްރޫއު ހުއްޓުނީ ރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ތަނެއް ނޫން ކަމަށް ދައްކަން އެމްޑީޕީން ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ޖެހެނީ އަލުން މި ކަހަލަ މަސައްކަތްތައް ފަށަން. އެހެން ނަމަވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މިއަދު އަަޅުގަނޑުމެން މި ފަށާ މަަސައްކަތުގައި، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިގައުމު އާރާސްތުކޮށް، ފަތުުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބޮޑެތި އިކޮނޮމިކް ޒޯންތައް ގާއިމްކޮށް، އެ ތަންތަނުން ދިވެހި ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ކުރުމުގެ މަޝްރޫއު ނުހުއްޓޭނެ އެމްޑީޕީއަކަށް ދެނެއް،" ޝުޖާއު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަކީ ސައުދީ ޝާހީ އާއިލާ އަށް އެ އަތޮޅު ވިއްކާލުން ކަމަށް އެމްޑީޕީން އޭރު ސިފަކޮށް، ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ.

އެމްޑީޕީގެ އެ ވާހަކަތަކާ އެކު، އެ މަޝްރޫއު އެއްކޮށް ވަނީ އޭރު ހުއްޓާލައިފަ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، އެ ގޮތަށް ކަންތައް ކޮށް އެ މަޝްރޫއު ނުހުއްޓުނު ނަމަ ރާއްޖެ އަށް އިގުތިސާދީ ގޮތުން ވަރަށް ބޮޑެތި ފައިދާތައް ވީހެވެ.

"އެ ދުވަހު އެ މަޝްރޫއު ހަގީގަތަކަށް ވެގެން ދިޔަ ނަމަ ދިވެހިރާއްޖެ އަށް މިލިބޭ، މިހާރު ޓެކުހުގެ ގޮތުގައި މިލިބޭ [ޖުމްލަ] އާމްދަނީ އަށް ވުރެން ބޮޑު އާމްދަނީއެއް އަޅުގަނޑުމެންގެ ގައުމަށް ޓެކުހުގެ ގޮތުގައި ހަމަ އެކަނި އެ ޒޯނުން އަޅުގަނޑުމެންނަށް ލިބިގެންދޭ،" ޝުޖާއު ވިދާޅުވި އެވެ.

އެސްއީޒެޑް ގާނޫނަށް ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން ޝުޖާއު މިއަދު ހުށަހެޅުއްވި ބިލުން ގެންނަ އެންމެ ބޮޑު ބަދަލަކީ މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް އިގުތިސާދީ ހާއްސަ ސަރަހައްދުތަކުގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ލިބުމެވެ. އެ ބިލުގައިވާ ގޮތުން އެފަދަ ޓައުންޝިޕެއް ތަރައްގީ ކުރަން ހުއްދަ ދޭނީ އެންމެ މަދުވެގެން 500 މިލިޔަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށެވެ.

ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު

ސައުދީގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަކީ އެ އާއިލާ އަށް އެ އަތޮޅު ވިއްކާލުން ކަމަށް އެމްޑީޕީން ސިފަކުރަން ފެށުމުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ސަަރުކާރުން އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި ހިންގަން އުޅުނީ 10 ބިލިއަން ޑޮލަރުގެ އަގު ހުރި މަޝްރޫއުއެއް ކަމަށެވެ.

ޕީޕީއެމުން މާޗު 1، 2017 ގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ފ. އަތޮޅު މަޝްރޫއުއަކީ "މީހަކު މޭކަރަން ޖެހޭވަރުގެ ކަމެއް ނޫން" ކަމަށެވެ. އެ އަތޮޅަށް އަންނަން އުޅެނީ ރާއްޖެ އަށް ދުވަހަކު ވެސް ނާންނަ ވަރުގެ ބިޔަ މަޝްރޫއެއް ކަމަށް ވިދާޅުވެ، މަޝްރޫއާ އެކު ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ޔާމީން ދެއްވި އެވެ.

"ފ. އަތޮޅަށް އަންނަން މިއޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ ނެގޯސިއޭޝަންތަކުގެ ތެރޭގައި އެއް އެސްޓިމޭޓަކަށް ގާތްގަނޑަކަށް 10 ހާސް ބިލިއަން ނުވަތަ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް މިއީ،" ފ. އަތޮޅުގައި ހިންގާ މަޝްރޫއާ ބެހޭ ގިނަ މައުލޫމާތުތަކެއް ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން ޔާމީނު އޭރު ވިދާޅުވި އެވެ.

ސައުދީ ޝާހީ އާއިލާއިން ފ. އަތޮޅުގައި ހިގަން އުޅުނު މަޝްރޫއާ މެދު އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ އެ މަޝްރޫއުގެ ތަފްސީލު ހާމަނުކުރުމެވެ، އެ ކަންބޮވުންތަކަށް ވެސް އެ ޖަލްސާގައި ޔާމީން ރައްދު ދެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހެ އެވެ. އެ ތަފްސީލުތައް ހާމަކުރާނީ، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބުން ކަމަށް ވިދާޅުވި އެވެ.

ޔާމީނު އޭރު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން "ހީނުކުރާ މިންވަރަށް" ފ. އަތޮޅު ތަރައްގީ ވާނެ ކަމަށެވެ. އޭގެ ނަފާ ލިބެން އޮތީ ހަމައެކަނި އެ އަތޮޅުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ފ. މަޝްރޫއުގެ ވާހަކަ ފެންމަތިވެފައި ވަނިކޮށް، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާޗު 18، 2017 ގައި ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ވެސް ފަސްކުރެއްވި އެވެ. އޭގެ ފަހުން އެ ގައުމުގެ ސައޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ރާއްޖެ އަށް ވަޑައެއް ނުގަންނަވަ އެވެ.

16 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮޔަވެދާނެ4

22 October 2025

"ފ. އަތޮޅަށް އަންނަން މިއޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް..." މާނަ އަކީ މަދުވެގެން 2 ނުވަތަ 3 ޓްރިލިއަން ޑޮލަރޭ! އެއީ އެމެރިކާ ޑޮލަރި ދެއްތޯ؟ އިންޑޮނީޝިއާ ރުޕީ އެއް ނޫން ދޯ...

The name is already taken The name is available. Register?

މިމިސްޓަރ ޓިނޭ

21 October 2025

މުޅިގައުމު ވިއްކާލަން ވީނު، އެވަރުން ވެސް ބަނޑު ނުފުރެނީ ވިއްޔާ،، ފެންފޮދަކާ ނުލާ ގައުމު ދިރުވާލަން. ވީނު

The name is already taken The name is available. Register?

ޒަކީބެ

21 October 2025

ސުޖާބޭ ވަރަށް ހިތާމައާއި އެކު ދަންނަވަން އެފަދަ މަސްރޫއެއް ހުއްޓުވާކަށް ދެން ނުޖެހޭނެ، އެވަރުގެ މަސްރޫއެއް މި ގައުމަށް ގެނެވޭނެވަރު ހިޔާލާއި ވިސްނުމާއި ހުރި މީހަކު ނޫންކަން އިންގޭ ވެރިއަކަށް ހުރީ އެހެންކަމުން އެކަމާ ކަންބޮޑުވާނެ ކަމެއްނެއް، ރައްރަށުގަ ފްބްރިކޭޓެޑް އޭޓީއެމް ހުޅުވުން މިހާރުގެ ވެރިޔާގެ ސްކޭލްއަކީ

The name is already taken The name is available. Register?

ރާއްޖެ

21 October 2025

ފާފު ޕްރޮޖެކްޓް އެއީ މިހާރުގެ ނިއޯމް. އެމްޑީޕީގެ ސަބަބުން މި ރާއްޖެއަށް ގެއްލުމެއް ނޫނީ ނުލިބޭ.

The name is already taken The name is available. Register?

ފެކްޓްް

21 October 2025

މިމީހުންނަށް ހީވާ ކަހަލަ ދެން ތިބެނީ މުޅިންވެސް .... ންކަމަށް! ވޯޓުލީ މީހުންގެ 55 ޕަސެންޓު ވޯޓުން ހޮވުނީމާ އެއީ ދެން އޮތް އިދިކޮޅޭ ތިބުނާ 45 ޕަސެންޓު މީހުން ބޮލާލާ ޖަހަންވީ ސަބަބެއްނޫން. އަދި ކޮބާ ވޯޓުނުލާ 1 ލައްކަ އޮތް. ވެދުން. ޕނސ "ރައްޔިތުން" މާނަކުރަނީ އެޕާޓީގެ ދަފްތަރަށް އެކަނި. ދެން ތިބޭނީ މުޅިންވެސް އިދިކޮޅު. އެހެންނޫންތޯ...

The name is already taken The name is available. Register?

ހޯސްފޯސް

22 October 2025

މޑޕ މިހާތަނަށް އެންމެ ގިނައިން އެގޮތަށް މާނަކުރަނީ

The name is already taken The name is available. Register?

ގެދޮރޭ

21 October 2025

މި މައިކް މީ ލަދެއް ޙަޔާތެއް ހުންނަމީހެއްވެސް ނޫންތަ އަޅެ. ރައްޔިތުންގެ ފައިސާއިން ނުސީދާކޮށް މިލިއަނުން ނަގައިގެން އަދިވެސް ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ހެދޮގެން މި އުޅެނީ. ލަދު ކޮބާ? ދެން އޯކޭ. އަތްޖަހާ މީހުން އެބަ އުޅޭތާ

The name is already taken The name is available. Register?

ކާންދޭ އަތް

21 October 2025

ދޮގެއް ދޮގެއް. ފާފު އަތޮޅު ވިއްކާލުމަށް އޭރު މަސައްކަތް ކުރީ. ސަލްމާން ރަސްގެފާނު އިންޑޮނީޝިއާއިން ރާއްޖެ އައިސް، އެ އަތޮޅު ގަތުމުގެ ޑީލް ފައިނަލް ކުރަން ރޭވީ. އެކަމާ ރައްޔިތުން ނުތެދުވި ނަމަ، މިއަދު ފާފު އަތޮޅަކީ ސައުދީ ޝާހީ އާއިލާގެ ތަރިކަ މުދަލަކަށްވެފަ އޮތީހީ...

The name is already taken The name is available. Register?

ބސވަވ

21 October 2025

ޔެލޯޕާޓޯ އަކީ ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން. އަބަދުވެސް ބަޔަކަށް ގައުމު ވިއްކާނުލެވިގެން އުޅޭނީ. ޕ. ޕުރޮޖެކްޓު ފެއިލްކުރޔމަށްފަހި އިންޑިޔާގެ ބޮޑު ލޯނެއްގައ އެޅި އެފައިސާވެސް އިސްރާފުކުރީ. މިހާރު މިޖެހެނީ ދިވެހިން އެވޭންއުފުލަން. ހުރިހާ ދެރަކަމެއް ނިކަނެތި ރައްޔިތުންނަަށް.

The name is already taken The name is available. Register?

ާއަހުމޭ

21 October 2025

ކޮންފަދަ ފާފު އަތޮޅު ތަރައްގީއައް ދިންނަމަ. ނިއޯމް ޕުރޮޖެކްޓް ބަދަލުގައި ސައުދީން ބޮޑު އަދަދެއް ރާއްޖެއައް އިންވެސްޓް ކުރަން އުޅުނީ. މިއަދު އެހެންނޫންނަމަ ފާފު އަތޮޅުވާނީ ދެވަނަ ދުބާއީއައް ވިތް ނެޗަރަލް ބީޗެސް

The name is already taken The name is available. Register?

‫ނާޑުވާ

21 October 2025

‫ރާއްޖެއަކަށް ނޫން. އެ އިންވެސްޓްމެންޓް އަންނާނީ ރާއްޖޭގެ ސަރަހައްދުގަ އޮތް ސައޫދީގެ އަމިއްލަ ފަސްގަނޑަކަށް އެތާ ވަޒަންވެރިވެގެބް އުޅޭނީވެސް ހަމަ އެވެރިން. މި އުޅެނީ އަތޮޅުގަ ދިވެހިން ހިންގާ ރިސޯރޓުގަނޑެއްގެ މަންފާ އަތޮޅަށް ނުލިބިގެން. ދެން މިލްކުވެރިކަމާއެކު ވިއްކާލީމަ ވާނެގޮތް ވިސްނާލަބަލަ.

The name is already taken The name is available. Register?

‫ނާޑުވާ

21 October 2025

‫ފާފު އަތޮޅުގެ މިލްކުވެރިކަން ވިއްކާލަން އުޅުނީ. އެތަނުން ދިވެހި ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނޯންނާނެ. ރާއްޖޭގައި ހިމެނޭ ބޭރު ޤަުމެއްގެ ސަރަހައްދަކަށް އެތަންވެ ސަރުކާރާ ރައްޔިތުންގެ ބާރުކެނޑި އެތައް ދާޚިލީ މައްސަލަތަކެއް ކުރިމަތިވާން އޮތް ޕްރޮޖެކްޓެއް އޭރު ހުއްޓުވީ. މިހާރު އަނެއްކާވެސް ފައިސާކޮޅެއްގެ ދަހިވެތިކަމިގަ ޤައުމުން ބައެއް ވިއްކާލަން ތައްޔާރުވާތަން މި ފެންނަނީ.

The name is already taken The name is available. Register?

އަބުދުލް ޤާދިރު

21 October 2025

ވައްކަންކުރާ މީހުންނަށް އަބަދު ވެސް ހީވާނެ ދެން ތިބޭނީ ހުސްވަގުންހެން. އެމް.ޑީ.ޕީގެ ވެރިކަމުގައި ޤައުމުގެ ހުރިހައި ހަރުމުދަލެއް ވިއްކައި ނުވިތާކަށް ސަރުކާރުގެ މުހިންމު ބިނާތައް މޯގޭޖުކޮށް ފައިސާ ނަގައިގެން ކޮޅުގޮހޮރަށް ދިރުވާލައިގެން ތިބި މީހުން. އެ މީހުންނަށް ހީވާނެ ޤައުމަށް ފައިދާ ހުރި ކަމެއް ކުރަންޏާ އެ އުޅެނީ ޤައުމު ވިއްކާލާށޭ. ފަތުރުވެރިން އަޔަ ނުދިނުމަށް ޓަކައި މުޅި ދުނިޔޭގައި އަތްފުނާ އަޅައި ދިވެހިން ބަނޑަށް ޖައްސަން އުޅުނު ބައެއްނުންތީ

The name is already taken The name is available. Register?

ޤާބޭ

21 October 2025

ކޮން އެމްޑީޕީޕީ އެއްްކިޔާކަށް! ކަލޭ ހިޔާލީދުނިޔެއެއްގަތަ ތިއުޅެނީ!

The name is already taken The name is available. Register?

ޢަބްދުލް ނާދިރު

21 October 2025

‫ތިޔަ ބުނާ އެމްޑީޕީ ސަރުކާރުގަ ވިއްކާލި ހަރުމުދަލެއް ވިއްކީ ކޮން ބަޔަކަށްތޯ. އެމީހުން ވެސް ދެން އައި މީހުން އަދި މިމީހުންވެސް ކުރީ ވައްކަން. އެކަމަކު ރައްޔިތުންގެ ފަސްގަނޑުން އިންޗިއެއްވެސް ބޭރުބައެއްގެ މިލްކުވެރިކަމަކަށް ނުދޭ. މިހާރު އެ އުޅެނީ އެހެންބައެއްގެ ވަޒަނަކަށް މި ބުމުން ބައެއް ހަދަން. ސިޔާސީ ވުމަކީ ހަމަބުއްދި ފިލާދިއުމަށް ނުހައްދަވާ.

The name is already taken The name is available. Register?

ޗިޕުނެތް ނާޑުވާ

21 October 2025

ތިކަހަލަ ޗިޕުލެސް މީހުން ގިނަވެގެން މުޅިގައުމު މިއޮއް އޮޔާދަނީ. ދައުލަތައް އާމްދަނީ ހޯދަން ކުރާ ހުރިހާ މަސައްކަތެއް ހުއްޓުވާ އެބަ. އެކަމު ނަރުދަމާޔާ ފުޓްސަލް ދަނޑުވެސް އަޅަންބޭނުންވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454