މާލޭގައި ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި މީހަކު ޕޯސްޓަރެއް ހިފަހައްޓައިގެން: ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 އޮކްޓޯބަރ 2025 - 19:53
އުތުރުގެ ރަށެއްގައި ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެ ޓީޗަރު ސަސްޕެންޑުކޮށްފަ އެވެ. އެއީ އެ ސްކޫލުގައި އިސްލާމް މާއްދާ ކިޔަވައިދޭ ފިރިހެން ޓީޗަރެކެވެ.
އުތުރުގެ އެހެން ރަށެއްގައި ސްކޫލެއްގެ ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން ބިދޭސީ ޓީޗަރަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދަރިވަރެއްގެ ގެއަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ވެސް ރޭ ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުޅުމާލެއިން ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެންސު
23 October 2025
އެހެންވީމަ ޓީޗަރު ކިޔަވަދޭ މާއްދާ މިޖަހަނީ އިސްލާމް ނޫނީ ޤުރުއާންް ވީމަދޯ.
ހާލުފޮޅިފޮޅި
23 October 2025
ކޮބާތަ ތިހުރިހާ ޓީޗަރުންގެ ފޮޓޯ... މާ ރީތި މޮޅު ކަމެއްނޫންދޯ އެކުރީކީ މައުލޫމާތާ ފޮޓޯ އާންމުނުކޮށް ސިއްރުކުރަން . .
އަބްޑޫޅް +
23 October 2025
ދަރިވަރު ހުމާ އިންހެން ހީވާތީ، ހޫނުތޯ ބަލާލަން އަތްލީ ކަމުގަ ވެދާނެ.
ވެންގަބޯ
22 October 2025
މިކަމުގެ ހައްލަކީ އަންހެން ފިރިހެން ސުކޫލްތައް ވަކިން އެޅުން އަންހެން ކުދިންނަށް ހުސް އަންހެން ޓީޗަރުންނާއި އަންހެން ޕުރިންސިޕަލް އަންހެން ސެކިއުރިޓީން ފިރިހެން ކުދިންނަށް ފިރިހެން ޓީޗަރުންނާއި ފިރިހެން ޕުރިންސިޕަލް އަދި ފިރިހެން ސެކިއުރިޓީން ތިބެންޖެހޭނީ ހައްލަކީމީ
ބޭބެ 1
23 October 2025
އަންހެނުންނަށް އެއްްގައުމު ފިރިހެނުންނަށް އަނެއްްގައުމު ހަދަންވީކީނޫން؟ ޓީޗަރުން ޓީޗަރުންނަށް ވާންވީ. މީހުންގެ ކުޑަކުޑަ ކުދިންނާދޭތެރޭ ނުބައިކޮށް ވިސްނީމަ އެދެން ޓީޗަރުކަމުން ކަނޑާލްނަވީ. ތިޔަ ހުރިހާ މީހުންވެސް ކަނޑާލުމަށް ގޮވާލަން.
ހާލުފޮޅިފޮޅި
23 October 2025
ތީ ހައްލެއް ނޫން.. އަންހެން ފިރިހެން ވަކިކުރިޔަސް މީހާރު އެ ބިރު އެބައޮތް.
ވެންގަބޯ
22 October 2025
މިކަމުގެ ހައްލަކީ އަންހެން ފިރިހެން ސުކޫލްތައް ވަކިން އެޅުން އަންހެން ކުދިންނަށް ހުސް އަންހެން ޓީޗަރުންނާއި އަންހެން ޕުރިންސިޕަލް އަންހެން ސެކިއުރިޓީން ފިރިހެން ކުދިންނަށް ފިރިހެން ޓީޗަރުންނާއި ފިރިހެން ޕުރިންސިޕަލް އަދި ފިރިހެން ސެކިއުރިޓީން ތިބެންޖެހޭނީ ހައްލަކީމީ
ބަލައިނުގަނެވޭ ޢަމަލެއް
22 October 2025
ލޯބިންވިޔަސް ދަރިވަރުންގައިގަ ބައްދާހެދުން، އެއްދުވަސް ވަރެއްގަ އެޑިއުކޭޝަނުން މަނާވެސްކުރި. ޢަންހެންޓީޗަރެއް އަންހެން ނޫނި ފިރިހެންވިޔަސް ކުޑަޔަސްބޮޑަސް ލޯބިންވިޔަސް ގައިގަ އަތްލައިގެން ނުވާނެ، އެހެނަސް މިހާރު މިކަން އެބަ ޢާންމުވޭ. ޕްރައިމަރީގްރޭޑްތަކަށް، ފ1 ހުޅުމާލޭގެސްކޫލަކަށްދާ އަޅުގަނޑުގެކުދިން ބުނީ، ކްލާސްޓީޗަރުންގެ އިތުރުން ލީޑިންޓީޗަރުންނާ އިސްލާމްޤުރުއާން، އަރަބިދިވެހި ބައެއް ޓީޗަރުންވެސް ބައެއްކުދިންގައިގަ ބައްދާއޮޅުލާ ހަގުކުރާ ވާހަކަ
ވޭމަންޑޫ
22 October 2025
ބުންޏޭ ބުންޏޭނުކިޔާ ޔަގީންކޮށްދީ މިހާރުދެން ދަރީން ކިޔަވަން ފޮނުވަންވެސް ޖެހިލުންވެ މަށަށްފެންނަނީ ޓީޗަރުންގެ ތިބޭތަން ބިއްލޫރި ޖަހާފައި ވަކިކުރަން ދެން އަޑުފޮށި ބަހައްޓައިގެން މައިކުރޯ ފޯންބޭނުން ކުރަންފަށަންވީ ނޫނީޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭންވީ ދަރިންގެ އިއްފަތްތެރިކަން ރައްކާތެރި ކުރަން އާއިލާއިން ބޭނުންވާނީ އަންހެން ފިރިހެން 2ޖިސްސު ވަކިކުރަންވީ ފިރިހެން ކުދިންނަށް ފިރިހެން ޓީޗަރުން އަންހެން ކުދިންނަށް އަންހެން ޓީޗަރުން ބައިތިއްބާ