ވީއައިއޭގެ އާ ޓާމިނަލްގެ ބޭރު: އެއާޕޯޓުން ޑޮލަރު ފޭރުމުގައި ބައިވެރިވި މީހުން ހައްޔަރުކޮށް، އެ ވައްކަމުގައި ބޭނުންކުރި ލޯންޗު ވެސް ފުލުހުން ވަނީ ހޯދައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
27 އޮކްޓޯބަރ 2025 - 13:26
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށާއި އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި މައްސަަލައިގެ ތަހުގީގުކޮށް ވީހާ ވެސް އަވަސްކޮށް، ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް ތައުރީފުކުރަން،" އިހުސާން ވިދާޅުވި އެވެ.
ނަމަވެސް، ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
"މިހާރު" އަށް ޔަގީން ވެފައިވާ ގޮތުގައި، އެއާޕޯޓުން ފޭރިގަތް އެ ދަބަހުގައި 130،000 އާ ގާތްކުރާ އަދަދަކަށް ޑޮލަރު ހުއްޓެވެ.
އެކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި، ބީއެމްއެލްގެ ދެ މުވައްޒަފަކު ހިފައިގެން ދިޔަ އެ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ބުންޏެވެ.
"ވަޅިން ބިރު ދައްކާފައި ސޫޓް ކޭސް ޖަހައިގަނެގެން ދުއްވައިގަތީ،" އޭނާ ބުންޏެވެ.
އެ ވަގުތު އެ ތަނުގައި ތިބި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މޫނަށް ވެސް ވަގުންތައް ސްޕްރޭ ޖަހައި، ވަޅިން ބިރު ދައްކައި ސޫޓް ކޭސްއާ އެކު ދުއްވައިގަތީ ކަމަށް އެ ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެ ފައިސާ ފޭރިގަނެގެން އެމީހުން އެރީ ވީއައިއޭގެ ޖެޓީ ކައިރިއަަށް އެ ވަގުތު ކައިރި ކޮށްފައި އޮތް ލޯންޗަކަށް ކަމަށް ވެސް މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
22254
28 October 2025
ބީއެމްއެލްގެ މުވައްޒަފުންގެ އިހުމާލު މީގަ އޮތުމަކީ އެކަށީގެންވާ ކަމެއް. މިހާ ބައިވަރު ފައިސާ އެއްވެސް ސެކިއުރިޓީއެއް ނެތި އެއްތަނުން އަނެއްތަނަށް އުފުލިގެންވެސް ނުވާނެ. މިހާރު ގިނައިން ހިންގަނީ ޕްލޭންޑް ޖަރީމާ. ތަހުޤީގު ރަނގަޅަށް ގެންދިއުން މުހިންމު. އަނެއްކޮޅުން އެއާޕޯޓުގެ ސެކިއުރިޓީއާމެދުވެސް ސުވާލު އުފެދޭ.
ރޮކް12345
28 October 2025
ހަތިޔާރާއެކު ސިފައިން އެއަރޕޯޓްގެ ތެރޭ ޗެކްޕޮއިންޓް ހަދައިގެ ތިބުން މަޖުބޫރު..މީ އެންމެ ނުރައްކާ ކާޓެލްތައް މާލޭގަ އުޅޭ ޒަމާން.
ރަށީދު
27 October 2025
ކެމެރާ ހަލާކުވީދޯ.އެކުދިންގެ ފޮޓޯއެއް ނައިސްގެން މިއުޅެނީ.
މަވާ ކީކޭ ބުނާނީ؟
27 October 2025
ގޭންގުތައް މޮޅީތަ؟ ނޫނީ ސަލާމަތީ ބާރުތަކޭ މިކިޔާ ސިސްޓަމް ހިސާބަށްވުރެ ޑަމީ ނޫންތަ؟ ކުޑަ ފިއްޔޮއްސެއް ދިއްކޮށްލާފައި އެންމެ 2 ސެކިޔުރިޓީ މީހުން ފިއްކަނޑުވާފައި މޫނުއަޅައިގެން ލޯންޗެއްގައި އެއަރޕޯޓް ދަރަހައްދުން ފޭރޭން!!
އަފްރާސިޔާބު
27 October 2025
ތިޔަ ކިޔާލި ހުރިހާ ސިސްޓަމާއި މައި ސަރުކާރުވެސް ފޭލްވީ.
އައިމިނާ
27 October 2025
މެކްސިކޯ އަށްވުރެ ވަކި ދެރައެއްނޫންކަންނޭނގެ.
ކޮރަލް
27 October 2025
އެއަރޕޯޓް އަކީ ސެކިއުރިޓީ ވ ވަރުގަދަ ކޮށް އޮންނަން ޖެހޭ ތަނެކެވެ. އެކަމު އެކަން ނުފެނެ އެވެ. އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތް ކުރުމުގަ މައްސަލަ އެބަ އުޅެ އެވެ. ވަގުން އެއްތަނުން އަނެއް ތަނައް ދާއިރު އެދާ ހިސާބުގަ ހުންނަ ބަޔަކަށް އެކަން އަންގާ ހުއްޓުވަން މަސައްކަތް ކުރެވެން ޖެހެ އެވެ.
ފުލި
27 October 2025
ކޮބާ އެމީހުންގެ ވަނަވަރު؟ ކޮބާ އެމީހުންގެ ފޮޓޯ؟ އަނެއްކާ ސަރުކާރު ކޮންމެސް ބޭފުޅަކާއި ގުޅުން ހުރި ބަޔަކަށް ވީމަބާ ފޮޓޯ އާންމު ނުކުރަނީ؟
މިސްޓަރ ޓިނޭ
27 October 2025
ބީއެއެމްއެލް ވެ މުވައްޒަފުން ، ތި އިންފޯ ލީކު ކޮއްފަ ވާނީ،
ޢިބޫ
27 October 2025
ކޮބާތޯ ވަނަވަރު؟
ޖަބްރީން
27 October 2025
ޑޮލަރތައް ކޮބައިހޭ.މީހުން ހައްޔަރުކޮށްފި ލޯންޗް ހައްޔަރުކޮށްފަ ޑޮލަރ ކޮޅުވީތަނެއް ނޭންގޭ..މާދަން ބުނާނެ ލޯންްޗްގެ ލައިފްޖެކެެޓްތައްވެސް ފެނިއްޖޭ.އެމީހުން ލައިގެން ތިބި އަންނައުނުވެސް ފެނިއްޖޭ..އެމީހުން ދުއްވި ކަނޑުވެސް އެނގިއްޖޭ.
މިސްޓަރ ޓިނޭ
27 October 2025
ތަހުގީގު މަރުހަލާ ނިނެންދެން ހެކި ބަހައްޓާފަ، މަށްސަލަ ނިމޭއިރު ޑޮލަރުކޮޅު ވަޔަށް ގޮސް ހުސްވެފަ
އަފްރާސިޔާބު
27 October 2025
ޑޮލަރެއް ނުފެނުނު. ފެނުނުކަމަށްވާނީ ކައިފައި އެއްލާލާފައި އޮތް ނޫޓެއްގެ ކަނެއް.