ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު ސިރުހާން.
27 އޮކްޓޯބަރ 2025 - 16:23
ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކަށް ދީފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ހޯދުންތަކުން އެނގިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކު އަދި އަބްދުﷲ ހަސަން ނަމަކަށް ކިޔާ މީހެކެވެ. ކޮމިޓީގެ ރިޕޯޓްގައި އެ ދެ މީހުންގެ އައިޑީކާޑު ނަންބަރު ވެސް ހާމަކޮށްފައި އޮތެވެ.
ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް ޑިސެމްބަރު 9، 2023 ގައި އެތެރެކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލިހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާން އެވެ.
އެކަމަކު، އޭރު އެއީ ރައްޔިތުންގެ މެމްބަރެއް ނޫނެވެ. ސިރުހާން މެމްބަރުކަމަށް ހޮވުނީ އޭޕްރީލް 2024 ގައި ބޭއްވި 20 ވަނަ މަޖިލިހުގެ އިންތިހާބުގަ އެވެ.
ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފަ އެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.
ނަމަވެސް ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އަނެއްކާ ވެސް އޮތީ އެ ކުންފުނީގެ ހިއްސާދާރުން ބަދަލުކޮށްފަ އެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.
މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް އެތެރެކުރީ އެހެން ކުންފުންޏަކަށް އެކްސްކްލޫސިވިޓީ އޮންނަ ބްރޭންޑެއްގެ ނަމުގަ އެވެ. އެހެންވެ، އެ ސިގިނރެޓްތައް ބޭރުކުރުން ހުއްޓުވަން އެ ކުންފުނިން ކޯޓަށް ދިއުމުން، އެގްޒޮޓިކްގެ ސިނގިރެޓް ކްލިއާ ނުކުރުމުގެ ވަގުތީ އަމުރެއް ނެރުނެވެ.
އެހެންވެ، އެ ސިނގިރެޓްތައް ބެހެއްޓީ އެގްޒޮޓިކްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސް [ގުދަނުގެ ވެރިފަރާތާ އެކު ކަސްޓަމަސްގެ ވެސް ބާރުހިނގާ ގޮތަށް ހިންގާ ގުދަނެއް] ގަ އެވެ. ނަމަވެސް އެ ކަސްޓަމްސް އަށް ނޭނގި އެ ސިނގިރެޓްތައް ނެރެގެން ގެން ގޮސް، ގުދަން ވެސް އުވާލާފައިވާކަން ކަސްޓަމްސް އަށް އެނގުނީ މަޖިލީހުގެ 241 ކޮމިޓީން ދިން މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުންނެވެ،
ކޮމިޓީ ރިޕޯޓްގައި ކަސްޓަމްސްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ގާނޫނާ ހިލާފަށް ނެރުނު އެ ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަަށް ދައްކަން ޖެހޭ 47.1 މިލިޔަން ރުފިޔާ ދައްކަން އަންގާ ކަމަށެވެ. އެކަމަކު، އެ ފައިސާ ނުދެއްކުމުން މިހާރު ވަނީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ައަޅިކެނޑި
28 October 2025
މިހާރު ރާއްޖޭގަ އުޅުއްވާހެން ހީނުވޭ
ހ7ހު8
28 October 2025
ކަމާ ނުގުޅޭ ބަޔަކު ހައްޔަރުކޮށްގެން ބަޔަކަށް ޑުރާމާ ކުޅެވިދާނެ...
ރަދީފްއޮފިޝަލް /
28 October 2025
މިވެސް ދެން މެމްބަރެއް.ހެހެހެހެހެ
ވެނލާ
28 October 2025
ރައީސަށް ކަމެއްކުރެވުނުކަމަކަށް ވާނީ ތި މެމްބަރުގެ މައްސަލަ ޝަރީއަތަށް ފޮނުވައި އަދި މައްސަލަ ޕީއެންސީގެ ލެވެލްގައިވެސް ބެލުން. ޕާޓީ ހަރަކާތްތަކުން ސަސްޕެންޑު ކުރުމަކީ ދެންތިބި މެންބަރުންނަށް ވެސް ފިލާވަޅަކަށް ވާނެކަމެއް.
ކޮރަޕުސަން
27 October 2025
މިހާރު ނޯވޭ ވޯޓެއް ވިއްކާލައިގެން ފައިސާ ކޮޅެއް ލިބޭނެ ގޮތެއް މަޖުލިސްގައެއް! ޢެހެންވީމަ ހޯދުނުގޮތަކަށް ފައިސާ ހޯދަނީއެ!
ތަޅުދަނޑި
27 October 2025
ނަސީބު މިސޮރަށް ބައިއަޅާގޮތަށް ތެޔޮ ޝެޑު ހަދަން ބިން ދޫނުކުރިކަން،
މައިކް
27 October 2025
އަޑުގަދަ ބަޔާނެއް ނެރޭނެ
ކޮރަލް
27 October 2025
ކަސްޓަމްސް އަށް ނޭނގި އެ ސިނގިރެޓްތައް ނެރެގެން ގެން ގޮސްސި އެވެ. ކެމެރާ އަށް ނާރާ ތޯ އެވެ؟
އަފްރާސިޔާބު
27 October 2025
ކަސްޓަމްސަށް ނޭގި ނުވެސް ދެނެހުރި ސިގިރެޓެއް އެތާގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރިކަމެއްވެސް. އެމީހުންނަށް އެތާގެ ބެލުމުގެ ދަށުގައި އެއްޗެއް ބެހެއްޓިކަންވެސް އެނގުނީ 241 ކޮމިޓީ ކަސްޓަމަށް ރިޕޯޓް ކޮށްގެން ބެލިއިރު ކަސްޓަމްސް ބޭރުގައި ފާރުގައި ހުރި ލިއުމެއް ފެނިގެން. 241 އަށް އެނގުނީ ބޭރުން ދިޔަމީހަކު ހޯއްގޮވާފައި ހުންނީ ސިނގިރެޓް ކެވިފަޔޭ ބުނި އަޑަށް. އެއަޑެއް އައީ ހުޅަނގު ފަރާތުން އިސްތަންބޫލު ކައިރިން.
ގޮނުއަނގަ
27 October 2025
ދެރަކަމެއް. ކޮންމެ ވައްކަމެއްގައި މަޖިލީހުގެބމެމްބަރުންނާ ބާރުހިނގާ ނުފޫޒު ވަރުހަދަ މީހުން. އެމްޑީޕީއެއް ޕޕ އެއް ޕނސ އެއްނކިޔާނެނކަމެއް.ނެތް. ގުޅިގެން ހިމާޔަތް ހޯދައިގެން ވައްކަން. މީނޫން ދުވަހެއް އަންނާނީ ޕާޓީ ނިޒާމު އުވާލި ދުވަހަކުން. ހައްޤު މިންވަރުނހޯދައިދޭން އައި ބަޔަކަށް ރައްޔިތުން ކުރަން އަހާނުލައި ހުޅުވައިލަދިން ވަލު ދޮރެއް.
މުރީދުބެ
28 October 2025
ޕާރޓީ ނިޒާމުގެ މައްސަލައެއްނޫން މިއަކީ... މީހުންގެ ގޮތެއް ފޮތެއް ނެތްކަން! ކޮންމެ ނިޒާމެއް އޮތަސް މީހުން ރަނގަޅު ނޫންކަމަށް ވަންޏާ ޖެހޭނީ ހަމަ އެއްތާކު!
ކޮވެލި
27 October 2025
ކެބިނެޓް މިނިސްޓަރެއްގެ ފިރިމީހާ ދުންފަތުގެ ވިޔަފަާރި ކުރޭ. ދެން ކިހިނެއް ސިޔާސަތް ތަންފީޒު ކުރާނީ.