އެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ނައްތާލަން ރޯކޮށްލަނީ: ބޮންޑެޑް ވެއާހައުސްއަކުން ވަގަށް ނެރުނު ސިނގިރޭޓަށް 47 މިލިއަން ދައްކަން ކުންފުންޏަކަށް ވަނީ ހުކުމްކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
28 އޮކްޓޯބަރ 2025 - 10:28
އެގްޒޯޓިކް އެންޓަޕްރައިސަސް އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ "ގެއްލުނު" މައްސަލައިގައި އެ ކުންފުނިން 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ 14 ދުވަސް ތެރޭ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ކަސްޓްމަސް އިން ކުރި ދައުވާގައި ބުނެފައިވަނީ ވައިގެ މަގުން 180 ކޭސް ކެމަލް ޔެލޯ، 300 ކޭސް މެންޗެސްޓާ ރޯޔަލް ރެޑް ފިލްޓާ އަދި 110 ކޭސް އެމެރިކަން ލެޖެންޑް އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ. މިގޮތަށް ބަހައްޓާ ތަކެއްޗަކީ ކަސްޓަމްސްގެ ހުއްދަ ލިބިގެން، ޑިއުޓީ ދެއްކުމަށް ފަހުގައި ނޫނީ ނެރެގެން ވާނެ އެއްޗެހި ނޫން ކަމަށް ވިޔަސް އެ ތަނުން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ އެކަނި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެކަމަކު އެ ވެއާހައުސްގައި ދެން ހުރި ހުރިހާ ސިނގިރެޓެއް ވަނީ ގެއްލިފަ އެވެ. އެހެންވެ، ކަސްޓަމްސް އިން މިދިޔަ ޖުލައި މަހު ދައުވާކޮށްފައި އޮތީ، ވެއާހައުސް އިން ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޮޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47،182،011.86ރ. ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.
ކަސްޓަމްސް އިން ދައުވާގައި ބުނެފައިވާ ގޮތުގައި ޑިިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އެގްޒޮޓިކް ކުންފުންޏަށް އެންގުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ، އެ ފައިސާ ދައްކަން ހުކުމްކޮށްދިނުމަށް ކޯޓުގައި އެދުނީ އެވެ.
ދައުވާގެ ލިޔެކިޔުންތައް އެގްޒޮޓިކް ކުންފުންޏަށް ރައްދު ކުރުމުން ވެސް އެ ލިޔުންތަކާ ހަވާލުވި ކަމުގެ ލިޔުމެއް ވެސް އަދި ދައުވާއަށް ރައްދެއް ވެސް، ގާނޫނުގައި ބުނާ 14 ދުވަސް ތެރޭ ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ މިއީ ޣައިރު ހާޒިރުގައި ނިންމޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވައި ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު ވަނީ ކަސްޓަމްސް އިން އެދުނު ގޮތަށް ހުކުމް ކުރައްވައިފަ އެވެ.
Exotic ge 575 case cigarette gellunukan engumuge kurin kunfuneege hissaa othee badhalu koffai
The most trusted news source in the Maldives
Mihaaru
އެގްޒޯޓިކްގެ ބޮންޑެޑުން ސިނގިރެޓް ގެއްލުވާލުމަކީ ބޮޑު ރޭވުމެއް ކަމަށް ވަނީ ތުހުމަތުކޮށްފައި
އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސް އިން ސިނގިރެޓް ގެއްލުނުކަން އެނގުނީ ކަސްޓަމްސް ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސިނގިރެޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުގެ ގޮތުގައި ތިބި މީހުން ބަދަލުވެ، ވެއާހައުސްގެ ސްޓޮކް ގުނައިދޭން އެދި ހުށަހެޅުމުންނެވެ. ފަހުން ގޮސް ބެލި އިރު ވެއާހައުސްގައި ސިނގިރޭޓެއް ނެތެވެ.
މި މައްސަލަ ފަޅާއަރައި ކޯޓާ ހިސާބަށް ދިއުމުގެ ކުރިން ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި އޮތީ މިހާ ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށް މިވަރުގެ ވިޔަފާރިއެއް ކުރުމުގެ ގާބިލްކަމެއް އެއްވެސް ވަރަކަށް ހުރި ބަޔަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްބާސް
28 October 2025
ވަރަށް ރަގަޅު, ދެން ކޮށްލަން ފެންނަ ކަމަކީ ރަޢީސްގެ ޚާއްސަ އަފްވާމެއްގެ ދަށުން ކުށަށް މަޢާފް ކޮށްލަދިނުން. އޭރުން ހުރިހާ ކަމެއް ހަމަވީ. އެންމެން ހެޕީ ވީ.
ކޫޓީ
28 October 2025
ތީނހޯދަން މާބޮޑު ކަމެއް ނޫން. ޓިކަމުގައި އުޅުނު ހުރިހާ މީ ހުންނާ ކުންފުނީގެ ވިޔަފާރި އެކައުންޓްން ފައިސާ ދައުރު ވެފައިހުރި ގޮތެއް ތަޙްޤީޤު ކުރީމާ ތިޔަ އަދަދަށް ފައިސާ ވަދެފައި ވާކަން އެގެން ހުންނާނެ. އެހެންވީމާ ފައިސާ ދެއްކޭނެ ކަމްވެސް އެނގެން ހުންނާނެ. ސިގިރެޓް ހުލިވިޔަސް ރުފިޔާ އެކައުންޓްނއިންނާނެ
ޣާޟަޜެ
28 October 2025
ތި ފައިސާ ލިބޭނެބާ ނޫނީ ރައްޔިތުންގެ ލޮލުގާ އަޅުވާ އަންދުނެއްތީ ތިކަން ނިންމާލާން
ރާވެރިބެ
28 October 2025
14 ދުވަސްތެރޭ 47 މިލިއަން ދައްކަން ހުކުމް ކޮށްގެން ނުނިމޭ. މީ ވަރަށް ބޮޑަށް ރެވިގެން ހިންގާފަ އޮތް ބޮޑު ޖަރީމާއެއްގެ ތަންކޮޅެއް ކަމަށް އަހަރެން ގަބޫލު ކުރަނީ. ވީމާ ތިޔަ ކުންފުނީގެ ކުރީގެ ހިއްސާދާރުންނާ މިހާރުގެ ހިއްސާދާރުންނާ ދެންވެސް މިކަމުގަ ޝަމިލްވާ އެންމެންގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް ދެކެން. ތި ފައިސާ އެއް ނުދައްކާނެ. ނުވެސް ހުންނާނެ. ދެނޯ؟ ކޮންމެވެސް ބޮޑެއްގެ އެހީ ލިބިގެންބާ މިއުޅެނީ؟
މަންސާ
28 October 2025
އަމިއްލަ ގޭގަ ބޮންޑެޑް ވެއަރހައުސް ހަދަން ހުއްދަ ދިން ބަޔަކާ އެގޮތަށް އުސޫލު އެކުލަވާލި ބަޔަކުވެސް މީގައި ކުށްވެރިވާންޖެހޭނެ، މާމޮޅު ކަމަކަށް ހަދައިގެން އެލުވާ ތަޅެއް ގުދަނުގައި އަޅުވާ އޭގެ ތަޅުދަނޑި ކަސްޓަމްސްގައި ބޭއްވީމަ ސިގިރޭޓް ރައްކާތެރިކުރެވުނީ ކަމުގައި ދެއްކި މީހުންގެ މައްސަލަ ބަލަންޖެހޭ،
ރާވެރިބެ
28 October 2025
ހަމަ ބަޔަކު ބޭނުންވާ އިރަށް ގޭގޭ ގެ ސިޓިން ރޫމްގަޔާ ކޮޓަރި ތަކުގަ ދެތަޅުލާފަ "ބޮންޑެޑް ވެއަރހައުސް" ހަދަން ހުއްދަ ދޭންފެށީ ކޮން އިރަކު ކޮން ސަރުކާރަކުން؟ އެހިސާބުން އެއޮތީ ރަލާ އެހެނިހެން އެއްޗިއްސަށް މަގު ހުޅުވިފަ. ބޮންޑެޑް ވެއަރ ހައުސް ހުންނަން ޖެހޭނީ އެއާރޕޯޓު ނުވަތަ ސީޕޯޓުގަ ކަސަޓަމްސް ސަރަހައްދުގަ ނުވަތަ އެފަދަ ރައްކާތެރި ތަނެއްގަ. ދެން މިކިޔަނީ ގެއްލުނީ އޭ ކުންފުނީގެ ހިއްސާދާރުން ބަދަލުވީއޭ އޭއްޗެކޭ މީއްޗެކޭ. ތި ހުރިހާ އެންމެން ކުށްވެރިވޭ.
ޕިސް
28 October 2025
ތިބުނާ ރައްކާތެރި ތަނެއްގަ ހުއްޓާދޯ 13 މިލިއަން ސިގިރޭޓު ހުރި 2 ކޮންޓެއިނަރ އިންގޮތަށް ގެއްލުވާލީ އިހަށްދުވަހު؟؟!!
ބަޑިތަކުރު
28 October 2025
ކުންފުނީގެ ހިއްސާ ބަދަލުކޮށްފައިވަނީވެސް ރޭވިގެންކަމަށްވުމާއެކު، ކުރިން އެތަކެތި އެތެރެކުރި ކުންފުނީގެ އިސްވެރިން ތިޔަކަމުގައި ޒިންމާކުރުވަންޖެހެއެވެ. އެއީ ގާނޫނުތަކާއި ގަވާއިދުތައް ހުރިގޮތުން ކުރެވެންނެތްކަމެއްނަމަ އެ ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްގެންވިޔަސް މިވަރުގެ ވައްކަން ކުރެވޭގޮތަށް އޮވެގެން ނުވާނެއެވެ. އެގޮތަށް އެކަން ބާއްވާނަމަ އެކަމުގައި ފެންނަންނެތް އެހެން އެތައް ބަޔަކުވެސް ބައިވެރިވަނީއެވެ.
މަންސާ
28 October 2025
ފަހުން ހިއްސާ ގަތް މީހުންނަށްވެސް އެގެންޖެހޭނެ ތިމަންނަަ މެން ހިއްސާ މިގަންނަނީ ކުންފުނިން ކުރިްނ ކޮށްފަހުރި ހުރިހާ މުއާމަލާތެއް ހިމެނޭ ގޮތަށްކަން، ކުންފުނީ ދަރަންޏާއި މިލްކިއްޔާތުވެސް ލިބޭ ގޮތަށްކަން، އާ ހިއްސާދާރުން ކީއްވެބާ ހިއްސާ ބަދަލުކޮށްގެން ކަސްޓަމްސް މީހުންލައްވާ ބޮންޑެޑް ވެއަރހައުސްގަ ހުރި މުދާ ގުނަންޖެހުނީ، ހިއްސާ ބަދަލު ކުރުމުގެ ކުރިން އެކަންކޮށްފައިނޫންތޯ ހިއްސާ ގަންނަ ޖެހޭނީ،
ކައްޒާބުދޮންތުއްތު
28 October 2025
ބޭންކުލޯނެއްނުނަގާ 14 ދުވަސްތޭރޭގާ 47 މިލިޔަން ދެއްކޭނެބާ؟
ޓުކީ
28 October 2025
ވަގަށް ނެގި ސިގިރެޓް ވިއްކި ފައިސާ އެކައުންޓުގައި ހުންނާނެ.
ހަސަންރަހާ
28 October 2025
"...ފަހުން ގޮސް ބެލި އިރު ވެއާހައުސްގައި ސިނގިރޭޓެއް ނެތެވެ." ނާޒިމު ވިދާޅުވީ ވެއަރހައުސް ވެސް ނެތޭ. ކަސްޓަމްސް ގެ ބޭފުޅަކު ވިދާޅުވީ ވެއަރހައުސް ޗެކް ކުރަން ދިޔައިރު ވެއަރހައުސް ހުރިތަނުގާ ހުރީ ފިހާރައެކޭ! އެހެންވީމާ މި 3 ގޮތުން ކުރެ ރަނގަޅު ގޮތެއް އަދި ސާފެއް ނުވޭ!