ރިސޯޓުން އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީންތަކެއް.-- ފޮޓޯ: ޕޮލިސް
06 ނޮވެމްބަރ 2025 - 16:36
ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުން ކުރުމަށްފަހު އުކާލާ ތެޔޮ ވިއްކާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހަތަރު ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައިގެން ޕިކަޕަކަށް އަރުވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބަންގްލަދޭޝްގެ ފަސް މީހުން ހައްޔަރުކުރި ކަމަށެވެ.
ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، އެކަކު ދޫކޮށްލާފައިވާ ކަމަށާއި އަދި ބާކީ ތިބި ހަތަރު މީހުން 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ
- އަލް އަމީން ބޮޔަޓި
- ދުލާލް މިއާހް
- މޮހަންމަދު ރަސެލް މިއާހް
- މަންވަރު ހޮސައިން
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައި ފާސްކުރިއިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށެވެ.
ރިސޯޓުތަކުން އުކާލާ ތެޔޮ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ބޭނުންކުރާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެ އެވެ.
ދާދިފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައިވަނީ އެފަދަ ތަންތަނުން އުކާލާ ތެޔޮ، ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެހި ނޫންކަން ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެޔޮވަޅު
07 November 2025
ތިކަމުގަ ރިސޯޓްގެ އިހުމާލު ވަރައްބޮޱު މަށައްހީވަނީ ރިސޯޓް އޮޕްރޭޓްކުރުމުގެ ޤަވާއިދުގަ އޮންނަހެން ކޮންމެރިސޯޓއްގަ އިންސިނިރޭޓަރ މިޝިނެއްހުންނަން ޖެހޭނެކަމަށް އަދި އެމެޝިނުގަ ވޭސްޓް އޮއިލް ބާނާރއެއް ހަރުކުރެފަ އެންނަން ޖެނޭނެ ކަމަށް. މަގޭ މައުލޫމާތު ކުށްނަމަ އެނގޭކުއްޖަކު ހުރިއްޔާ އޮޅުންފިލުވަދީ އޮންނަގޮތެއް.
ކަޅު ހުކުރު
07 November 2025
ތިޔަމީހުން ޖެހޭނީ މުޅި އުމުރައް ޑީޕޯރޓް ކުރަން.، ދިވެހި ރައްޔަތުންގެ ސިއްހަތައް ގެއްލުންދީ ހަރާން ކުރެއްވި މަސްތެލުލައިފަ ހުންނަ ތެޔޮ ދިވެހިރައްޔަތުން ނައްކާންދީ ހަދަމުން ތިޔަ ދިޔައީ ކިތައް އަހަރު ކަމެއްވެސް ނޭގެ. ތިޔަ މުދާ އުފުލި ދޯނިވެސް ދައުލަތައް ނަގާ ވެރިފަރާތް ޖޫރިމަނާ ކުރަންޖެހެ
އަފްރާސިޔާބު
07 November 2025
ހުރިހާ ބާވަތެއްގެ ކުށަށް މި މީހުން އަރައިގަންނަ އިރުވެސް ސަރުކާރަށް އެޅޭނެ ފިޔަވަޅެއް އޮތްކަމަކަށް ނުވާނެ. ތިމީހުންނަށް ރާއްޖޭގައި އުނގުވިޔަފާރި ކުރުމުގެ ހުއްދަ ހޯދައިދިން ފަރާތަކުން ޒިންމާ އުފުލަންޖެހޭނެ. ރަނގަޅަށްވިއްޔާ ތިޔައީ ޓޫރިސްޓުންގެ ގޮތުގައި އެތެރެވި ބައެއް.
އާދަނު33
07 November 2025
އޫރުމަސް ތެލުލާފަ އުކާލާ ތެޔޮ ގެނެސް މިވިއްކަނީ މާލޭގެ އަގުހެޔޮކޮށްހިންގާ ހޮޓާ/ކެފޭ ތަކަަށް. ދެން އެކާންމިދެނީ ދިވެހީންނަށް،!! އެހެންނޫނަށް އެއްފަހަރު ބޭނުންކޮށްފަހުންނަތެލަކީ ސަރުބީގިނަ ތެލެއް.
ކޮރަލް
07 November 2025
ޑިޕޯޓް ކުރަނީ ނޫންތޯ އެވެ؟ ކޯޓް އަކަށް ނުގެން ދެއެވެ. މަގުމަތީން ބަލާފާސް ކޮށް ވިސާ ހަމަ އަށް ހުއްޓަސް ހުއްދަ ދީފަ ހުރި ތަން ނޫން ތަނެއްގަ މަސައްކަތް ކުރާނަމަ ހައްޔަރު ކޮށް ޑިޕޯޓް ކުރަނީ އެވެ. މިއީ މާ ބޮޑު ކަމެކެވެ. ކޯޓް އަށް ދިޔައީމަ އެކަކު ދޫކޮށްލީ އެވެ.
ގޮނުއަނގަ
07 November 2025
މީ އެމީހުންގެ ރާއްޖެ. ބޭނުން ގޮތެއް. މާދަމާ ދޫކޮށްލާނެ. މިހާރު ކައިގެން މިއުޅެވޭނީ އެމީހުން ކައްކާފަ ދިން އެއްޗެއް. މިނޫންގޮތެއް ދިބެހިންނަކަށް ނޯންނާނެ. އަހަރެން ދިޔާމަ ކާކު ގޭގަ ކައްކާނީ. ފާޚާނާ ސާފުކުރާނީ. ކުނިއުކާނީ. ދެން ކާކު މައްސަލަ ހުންނާނީ.
ރައްޔިތެއް
07 November 2025
އެނގޭބާ ވަރަށް ގިނަ އޮންލައިން ފުޑް ޑެލިވަރީ ސަރވިސްތަކަކީ އަދި ފިހާރަތަކުގައި ވިއްކާ ލުއިކާނާ ޕެކެޓްތަކަކީ ބޭރު މީހުން އަޑީގަ އާއި މަތީގައި ތިބެގެން ތައްޔާރުކޮށް ވިއްކާ އަދި ސަޕްލައިކުރާ އެއްޗެހިކަން! ކާކަށް އެނގެނީ މީގެ ގިނަ ސާމާނަކީ ތީގެ ތެޔޮ އަޅައިގެން ތައްޔާރުކުރާ ސާމާނުނޫންކަން؟ ސަރުކާރުގެ މިކަންކަން ބެލުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާތައް ކޮބައިބާއޭ ހިތަށްއަރާ!
ރަދީފްއޮފިޝަލް /
06 November 2025
މިއަދު އަހަރެން ގެއަށް ވަންނަން އައިއިރު 2 ބުޅާ ދޮރުމަތީގަ ކުރަން ނުޖެހޭ ކަހަލަ ކަމެއް (އެންމެނަށް އެނގޭނެ) ކުރަން ބިޒީވެފަ ތިބީ.މަ ވަގުތުން 2 ބުޅާ ފައްސާލިން.ފިރިހެން ބުޅާ ދުރަށް ގޮސް މަށާ ދިމާލަށް ވަރަށް ރުޅިއައިސްފަ ބަލަން އޮތް.ހެހެހެހެހެހެ
ކަމީލާ
06 November 2025
މީގެ ކޮންމެ މީހެއްގެ ފަހަތުގަ ދިވެހި “ހަރުދަނާ” މީހެއް ހުންނާނެ! އެމީހުން ސަލާމަތް ވާނެ.
ވެންގަބޯ
06 November 2025
ތިޔަ ދޫކޮށްލީ މީހާއަކީީީ ގަވާއިދާ އެއްގޮތަށް އުޅޭ މީހެއްތޯ ދެން ކީއްވެގެން އެމީހުންގެ ތެރޭގައި އެމީހާ ހުންނަންވީީ މަށަށް ހީވަނީ ތީ ކޮންމެވެސް ބޮޑަކާ ގުޅިފައިވާ މީހެއްހެން ތި ދޫކޮށްލީ