އެމްއެންޔޫ ބޭއްވި ޑިސްކަޝަނެއްގައި އިނާޒް ވާހަކަދައްކަވަނީ -- ފޮޓޯ: ގައުމީ ޔުނިވާސިޓީ
17 ނޮވެމްބަރ 2025 - 20:58
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް އެކި ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ޕެންޝަން ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަދު ރައްދު ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް އަދި އެތެރޭގެ އުސޫލުތަކާ ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖުމަންޓުން އަމަލު ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ ސަަބަބުން ޕެންޝަން ފަންޑުގެ ސަސްޓެއިނަބިލިޓީ އަށް އަތުވެދާނެ ނޭދެވޭ އަސަރު ކުޑަކުރަން މަޝްވަރާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މި ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެމެވެ،" އިނާޒް ވިދާޅުވި އެވެ.
ޕެންޝަން އޮފީހާއި ގުޅުން ހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާއި ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ.
— Ahmed ĺnaz (@ahmedinaz1) November 17, 2025
އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ފައިސާ ޗާޕްކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެއީ ފައިސާ ޗާޕްކުރުން ނޫން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން "މިހާރު" އަށް ކުރިން ދިން ޖަވާބެއްގައި ބުނީ ސަރުކާރުން ޕެންޝަން ފަންޑަށް ވިއްކި ޓީބޮންޑުތައް ސެކަންޑަރީ މާކެޓުގައި އެމްއެމްއޭ އިން ގަންނަން ނިންމައި، އެ ފަންޑުން އަނެއްކާ ވެސް ސަރުކާރުން އިތުރު ޓީބޮންޑު އިޝޫ ކުރުމަކީ ރަނގަޅު މުއާމަލާތެއް ކަމަށެވެ.
"އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް. އެމްއެމްއޭ އިން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް،" ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު އޭރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލިކޮއެ/ހުޅުމާލެ
18 November 2025
ޜަނގަޅޭ. ގާނޫނޭ މީގަ ގޯހީ. ތިޔަ ބޭފުޅުން ބަރާބަރޭ!
11223344
18 November 2025
އެމްޑީޕީ ވެރިކަން ކުރަން ނޭގުމުގެ ސަބަބުން ރާއްޖެއަ ބޮޑެތި ގެއްލުންތަ ލިބިފަ ވަނީ.
ޕެންޝަން
18 November 2025
ޕެންޝަންގައި އެތައް ލައްކަ ހުރެމެ އެއިން މިހާރު ހައްޖަށް ދާން ފައިސާ ދެއްކުމަށް ދެކޮޅު ތިހަދަނީ ސީދާ ޤާނޫނާ ޚިލާފަށް. ގަވައިދެއް ޢުޞޫލެއްގައި ލިޔުމަކާ ނުލާ އެކަން އެހެން ނުވެސް ކުރެވޭނެ.
ކަމީން
18 November 2025
ޕެންޝަން ފައިސާއަކީ ހައްޖަށްދާން ރައްކާކުރާ ފައިސާއެއްނޫން. ހައްޖައްދާން ކަލޭ ވަކިން ފައިސާ ރައްކާކޮއްގެން ހައްޖަށްދޭ!
އާބިދާ
18 November 2025
އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ރައްޔިތުން ހިތްތަކުގައި ސަރުކާރުން ފައިސާ ޗާޕް ކުރާކަމުގެ ނަން އަޅުވަން ، ރައީސް ޑރ. މުޢިޒު ގެ ރިއާސީ ވައުދަކަށް ވާތީ
ކޮސް
17 November 2025
މަޤާމުގެ ދަހިވެތިކަމުގަ ތިހެން ކިޔަކިޔާ ހުރޭ. ދިވެހިންގެ މަދުބަޔަކު ހެއްލޭނީ ތިކަހަލަ ވާހަކައަށް. ރަޢީސް ރުއްސަންވެގެން ދައްކާ ވާހަކަ ތިއީ . ގުރޭޑު 10 ގެ ކުއްޖަކަށްވެސް އެނގޭ. މިއީ މިނިސްޓަރު ކަމުގަ އޭރުގެ އިދިކޮޅު ލީޑަރު ކާރަށްލައިގެން އުޅެން ހަދައިގެން މަޤާމް ގެއްލުނު ފަރާތެއް.
ހަމަޖެހޭ ވާހަކައެއް ނޫން
17 November 2025
މި ގައުމުގައި އަންއެތިކަލް ކަަންކަން ކުރަން ފުރަތަމަ ބަދަލުކުރަނީ ޤާނޫނުތަކާއި ގަވާއިދު. ބިޑަށް ނުމާ ޕްރޮޖެކްޓްތައް ބަހާލީވެސް ގަވައިދު ބަދަލުކޮށްގެން! އެމީހުންވެސް ގަވާއިދާ ހިލާފެއް ނިވޭ އެކަމަކު އެއީ ރަގަޅުކަމެއްތޯ! ޕެންޝަން ފަންޑުން ތިޔަބުނާ ބޮންޑެއް ތިޔަ ވިއްކާލީ ކިހާ ފައިދާއެއްގަތޯ؟
ޖަމަލުފޮ
17 November 2025
ވިއްކާފިތޯ؟ ކަންކަން ނުބަލާ ރޯނުއެނދުރު ނުވޭ.
ޡަންހާ
17 November 2025
އުނދަގޫ ދަނޑިވަޅެއް. ހިއްވަރު ކުރުމީ އުންމީދު އާވާކަމެއް.
އެއްޗެކޭ
17 November 2025
ކީއްވެތޯ ޕެންޝަން އޮފީހުގެ އެމްޑީ ފިއްލަވައިގެން ހުންނަވަނީ؟
މިވެސްއެއްޗެކޭ
18 November 2025
ޕެންޝަން އޮފީހުގެ އެމްޑީ އެއް ނުހުރޭ. ސާފު ވެެއްޖެ؟