14 ޑިސެމްބަރ 2025 - 20:21
ދައުލަތުގެ މަސްކުންފުނި މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
މިފްކޯ އިން އެފްއެސްއެމާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ގެނައި އެ ބަދަލާ އެކު، މިއަދުން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި ހެޔޮވާނެ ކަމަށް މިފްކޯ އިން ބުންޏެވެ. އަދި ތިން ޓަނަށް ވުރެ މަތިން މަސްކިރާ މީހުންނަށް ތެލުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ އެވެ.
މިފްކޯ އިން ބުނި ގޮތުގައި އެ ކުންފުންޏަށް މަސްކިރާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ތެޔޮ ވިއްކާނީ ލިޓަރަކަށް 13.90 ލާރި އަށެވެ. ތިން ޓަނަށް ވުރެ އިތުރަށް މަސްކިރާ ނަމަ ލިޓަރެއް ވިއްކާނީ 13.72 ލާރި އަށް ކަމަށް ބުންޏެވެ.
މަސްވެރިންގެ އިތުރުން މިފްކޯގެ ސެންޓަރުތަކުން އާންމުންނަށް ތެޔޮ ވިއްކާ އަގު ވެސް މިއަދުން ފެށިގެން ވަނީ ހެޔޮކޮށްފަ އެވެ. އެއީ 14.43 ލާރި އެވެ.
މިފްކޯ އިން ބުނީ އެ ބަދަލުތައް ގެނައީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ އަގުހެޔޮކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮވާނެކަން އިއުލާން ކުރެއްވީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިފްކޯ އަށް އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން 16ރ. ގެ ރޭޓުން ގަންނަން ވަނީ ފަށައިފަ އެވެ. މީގެ ކުރިން ނަމަ މަސްވެރިންނަށް 16ރ. ލިބެނީ މިފްކޯ އަށް ކިރުވާ ދޮޅު ކިލޯ އިން ފެށިގެން މަތީގެ މަހަށެވެ. އެކަމަކު، މިއަދުން ފެށިގެން އެ ކުންފުންޏަށް ކިރުވާ އެއް ކިލޯ އިން ފެށިގެން މަތީގެ ހުރިހާ މަހަކަށް އާ ރޭޓު ހިނގާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮބީހާ
15 December 2025
މަސްވެރިންގެ މުހިއްމުކަން ކިތައްމެހާވެސް ބޮޑު, ނަމަވެސް މަސްވެރިންނަށް ވީތީ އަގުހެޔޮކޮށް ތެޔޮ ވިއްކަން ޖެހޭކަމަށް ގަބޫލެއް ނުކުރެވޭ,
އަބްދުﷲ
15 December 2025
މަސްވެރިން، މަސްވެރިން. އަޅެ ވިސްނާ ފިކުރު ކޮށްލަބަލަ މިރާއްޖޭގައި ކިހާ އަދަދެއްގެ މަސްވެރިން އުޅޭތޯ. ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް އައި ބަދަލާއި އެކު މިހާރު އެވަރެޖްކޮށް މަސްދޯންޏެއްގައި މަހައް ގޮސް އުޅެނީ 1 ނުވަރަ 2 ދިވެހިން. އެދޯންޏަކީ 12 މަސްވެރިން އުޅޭ ދޯންޏެއް ނަމަ އޭގައި އުޅެނީ 2 ދިވެހިން ބާކީ 10 މީހުންނަކީ ބަނގްލަދޭޝް މީހުން. ދައުލަތުން ތިޔަ ދޭ ސަބްސިޑީގެ %ގެ މަންފާ ކުރަނީ ބިދޭސީންނަށް.
އެމްސް
14 December 2025
ވިޔަފާރިވެރިންނަށް ތެޔޮ ހެޔޮއަގުގަ، ޢާއްމު މީހާއަށް ވިޔަފާރި ރޭޓްގައެވެ!
ޱރ ނަފާ
14 December 2025
މިފުކޯއަށް ނަފާލިބޭލެއް ބޮޱުވީމަ އަގުހެޔޮކުރީ އަދި ކުެރިއަށްއޮތް ތަނުގަ ތެޔޮ ހިލޭދޭނެ މިފުކޯއިން. ނޫސްވެރިން ހޯދަދީބަލަ ނިމި މިދާއަހަރު ކިތަކެއް ބިލިއަން ޱޮލަރުގެ ފައިދާ ވިތޯ؟
ސާލިހު
14 December 2025
ދިވެހި މަސްވެރިކަމަށް އަދު ފެންނަނީ ބަހާރެއް އައި ތަނެވެ. ދިވެހި މަސްވެރިކަމަށް އަދު މިވަނީ އެތައް މަގެއް ފައިވެފައެވެ. އަދި އެތައް ފަސޭހަތަކެއް ލިބިފައެެވެ.
ކަރީން
14 December 2025
ރައީސް ވިދާޅުވަމުންދާ ގޮތަަސް ގައުމުގެ އިގްތިސާދު ހަމަޖެހެމުން ދާވަރަކުން އެދަނީ މަސްވެރިން އެދެމުންދާ ކަންކަން ކޮށްދެއްވަމުން
އަދީބު އަހުމަދު
14 December 2025
މަސްވެރިން އިހުސާސް ތައް ރަނގަޅަށް ދަންނަކަން އެބަ އިހުސާސްވޭ
ދޮން އަހައްމަދު
14 December 2025
މަސްވެރިންގެ ހައްގުގައި ތެޔޮ އަގު ހެޔޮކޮށްދިނުމުން ދޭހަ ވެގެން ދަނީ މިސަރުކާރުން މަސްވެރިކަން ނެތި ދިއުމަށް ނޭދޭކަން، އަދި މަސްވެރި އާއިލާތަކުގެ އިހުސާސް ދަންނަކަން
ކުރުސީ ދޮންބެ
14 December 2025
ދެން ފެނިގެން ދާނީ މަސްވެރިންނަށް ހެޔޮ ކަަންކަން ވެގެން ދާތަން، މިސަރުކާެރުން މަސްވެރިން ނަގާ އެއްލައެއް ނުލާނެ
މމޗދފ
14 December 2025
މަސްވެރިންނަށް ތެލާއި ފެނާއި ދެންޖެހުނު އެއްޗެއްވެސް ދޭންމިޖެހެނީ ސަބްސިޑައިޒްޑް އަގެއްގައި، ނަމަވެސް މަސްވެރިން މިފްކޯއަށް ނުވަަތަ ސަރުކާރަށް މަސްވިއްކަންޖެހެނީ މާކެޓް ރޭޓަށްވުރެ ބޮޑު އަގުގަ، ދެކޮޅުންވެސް ސަރުކާރަށް ގެއްލުން، އާއްމު ޓެކްސް ޕޭޔަރުންގެ ފައިސާ ނަގައި މަސްވެރިންނަށް ދިނުމަށް ފޫގަޅާފައި ސަރުކާރު، ވޯޓުލާއިރު ބަލާލަންޖެހޭ ގިނައީ މަސްވެރިންތޯ ނޫނީ މަސްގަންނަ މީހުންތޯ،