ޚަބަރު / އަހުމަދު ޒުހޫރު

ސަރުކާރު ފިއްތަން މަސައްކަތް ކުރޭ، އެކަން ކާމިޔާބު ނުވާނެ: ޒުހޫރު

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މިނިސްޓަރު ޒުހޫރު (ކ) ވާހަކަ ދައްކަވަނީ، ބިންތައް ނެގުމުގައި ވަކި ބޭފުޅަކާ މެދު ތަފާތު ކުރުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މަސައްކަތް ކުރާތީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ލިމިޓެޑުން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ވެސް ފްރީޒް ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ވިލާ އާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު ވެސް ވަނީ އަތުލައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާ ޒުހޫރު ވިދާޅުވީ ބިންތަކާއި އެކިއެކި ވިޔަފާރިތަކަށް ދޫކޮށްފައި ހުންނަ ރަށްތައް އެކި ފަރާތްތަކުގެ އަތުން ދައުލަތަށް ނެގުމުގައި ސަރުކާރުން ވަކި މީހަކާ މެދު ތަފާތު ކުރަމުން ނުދާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ސަރުކާރުން މި ދަނީ ތަރައްގީ ނުވެފައި ހުރި ތަންތަން އަތުލަމުން. އެ ތަންތަނަށް ނުދައްކާ ހުރި ފައިސާއެއް ވެއްޖެނަމަ، ހޯދުމަށް މަސައްކަތް ކުރަމުން،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ "ފައިސާ ހުރި ބޭފުޅަކާ" މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތް ފެށުމާއެކު، ފެންނަނީ ސިޔާސީ ގޮތުން ސަރުކާރު ފިއްތަން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އެކަމަކު ބަޔަކު ފިއްތާތީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށް ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މ.ކުނޫޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ދައުލަތަށް ދައްކަވަން ޖެހޭ އެންމެ ބޮޑު ލާރިއެއް ވެސް ނޯންނާނެ ކަމަށާއި އޭނާގެ ވިޔަފާރި އާއި އެ ވިޔަފާރީގެ މަސްލަހަތާ ގުޅިފައިވާ މުވައްޒަފުންނަށް ބޭއިންސާފުން އަނިޔާ ދެމުން ދަނީ ޒާތީ ހަސަދައާ ހެދި ކަމަށެވެ.

ގާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނޫސްވެރިންނާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ވަކި މީހަކަށް ބެލުމެއް ނެތި ރާއްޖޭގެ ތަރައްގީގެ ކަންކަމަށް ހުރި ފައިސާ ހިފަހައްޓައިގެން ތިބި ބޭފުޅުންގެ އަތުން އެ ފައިސާ ހޯދާނެ ކަމަށެވެ. އަދި މި ދުވަސްކޮޅާ ދިމާކޮށް ވަކި ބަޔަކާ މެދު ފިޔަވަޅު އަޅާ ކަމަށް ދެކެވޭ ވާހަކަތައް ޒުހޫރު ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށާއި އެކަން ކުރަނީ ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލާގައި ޒުހޫރު ވިދާޅުވި ގޮތުގައި ވިލާ އަތުން އެ ތަން އަތުލީ ސަރުކާރުން ތަރައްގީ ކުރަން ބޭނުންވާ ވަރަށް އެއާޕޯޓު ތަރައްގީވެފައި ނުވާތީ އެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅީމަ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރަށް އެކިއެކި ފިއްތުންތައް ކުރިމަތިކުރަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިއީ މި ދުވަސްކޮޅާ ދިމާކޮށް އަޅަމުން ދާ ފިޔަވަޅެއް ނޫން. މީގެ ކުރިން ވެސް އަޅުމުން އައި ފިޔަވަޅެއް،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހޫރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ 2011 އިން ފެށިގެން މިހާތަނަށް އައިއިރު މީރާ އިން 4.9 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. މީރާ އިން މަސައްކަތް ކުރަނީ ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުގެ މަތިން ކަންކަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ހަމައެކަނި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކަންކަމެއް ނުކުރެވޭނެ އެވެ. އާމްދަނީ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި މުނައްވަރު ވިދާޅުވީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި މީރާ އިން ކުރަނީ މުހިންމު މަސައްކަތެއް ކަމަށެވެ.

"މި އަހަރު މިހާ ހިސާބަށް ދެ މިލިއަން ރުފިޔާ ވަނީ ހޯދާފައި. އެއީ ރިކޯޑު އަދަދެއް. ޖެނުއަރީ އަހަރަށް ބެލިޔަސް ރިކޯޑު އަދަދަކަށް ވަނީ ހޯދާފައި. އެހެންވީމަ މިއީ މުހިންމު މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ހޯދައިގެން ރައްޔިތުންނަށް ހިދުމަތްދީ ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށެވެ.

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލަ އަށް އިޝާރާތް ކުރައްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަކީ، މައްސަލަ ކާމިޔާބުވި ފަރާތުގެ ހައްގު ނުލިބޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މަތީ ކޯޓަކުން ވަކި ގޮތަކަށް އަމުރު ނުކުރާ ހިނދަކު، މީރާ އިންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ހުކުމް ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީރާ އަކީ މިނިވަންކަމާއެކު މަސައްކަތް ކުރާ އޮތޯރިޓީއެއް ކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ ޓެކްސް ނުދައްކާ ކުންފުނިތަކުން ލުއިތައް ވެސް ދީފައި އެބަހުރި ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރަން މަސައްކަތްކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީރާ އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 1،824 މީހަކާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގައި ވިޔަފާރި ކުރާ 270 ފަރާތެއް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.

އޭގެ ތެރޭގައި މިހާރު ހިންގަމުންގެންދާ 8 ރިސޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލު ކޮށްފައިވާ 9 ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.

30 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭބުއްދި

20 April 2017

ޒުހޫުރު އަށްއިގި ނުލަަަަަށްވަނީި ރާއްޖޭގައި މިހާރު ހަމަޖެހިފައިވާ ދިމަގުރަތީ ނިޒާމް އާއި ދައުލަތާައި އަދި ސަރުކާރުގެ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް.ހަމަ އެފަދައިން އިދިކޮޅު ފަރާތްތަކުގެމަސްއޫލިއްޔަތަކުގެ ޒިންމާ އާއި ވާޖިބްތައް. ދައުލަތުން ސިޔާސީ ޕާރޓީ ތަކަށް ކޮންމެ އަހަރަކު ބަޖެޓުން ބޮޑުހޭދައެއް ކުރަމުން އަންނަނީކީ އެބައި މީހުން މާލޫދު ކިޔާކަށްނޫން. ސަރުކާރު ފިންތަންޖެހޭ ހާލަތްތަކުގަ ފިއްތައި ސަރުކަރު ޖަވާބު ދާރީކުރުވުމަކީ ސިޔާސީ ޕާރޓީ ތަކަށް ދައުލަތުން ކުރާ ހޭދައިގެ އަގު.އަދި ސިޔާސީ ގައުމީ ވާޖިބެއް.

The name is already taken The name is available. Register?

ނޭނގޭމީހާ

06 April 2017

އަސްލު ފިތެމުންދާކޮޅަކީ ކޮބާތަ ތިވެސް މާނަކުރަން ޖެހިއްޖެ ކަމެއް

The name is already taken The name is available. Register?

ވަދޫދު

06 April 2017

ފިތިބަ ތިއްބެވި ބޭފުޅުން އެބަ އެނގޭ ތިޔަ މޫނުތަކުން

The name is already taken The name is available. Register?

ވާނުވާ

06 April 2017

ފިއްތާކަށް ނުޖެހޭ .. އަމިއްލައަށް ފިތިފަ ތިތިބީ!!!!!

The name is already taken The name is available. Register?

މރ. ހަދާނެއް ނުނެތޭ.

05 April 2017

ސަރުކާރު ފިއްތަން މަސައްކަތް ކުރޭ:ޒުހޫރު، އެކަން ކުރަން ޖެހޭކަން ޒުހޫރަށް ނުވިސްނުމަކީ އޅުގަނޑުމެން ކުރާނެ ކަމެއް ނޫން، ސަރުކާރު ނުވަތު ބުރުޖަހަންޏާ އެކަން ހުއްޓުވުމަކީ ރައްޔިތުންގެ ޒިންމާއެއް ނޫންބާ!

The name is already taken The name is available. Register?

ޖިލްބާބު ހަބީބު

05 April 2017

މިމީހުންނަށް ހީވަނީ ތޯއްޗެއް ތިމަންމެން ދައްކާ މަކަރުވެރި ވާހަކަތަކާއި ރައްޔިތުންނަށް ކަންކަން އޮޅުވާލަން ކުރާ މަސައްކަތް ރައްޔިތުންނަށް އޮޅިފައި ތިބިހެން. ވެރިކަމަށް އެރިތާ އަހަރެއް ނުވަނީސް ދައުލަތަށް އާމްދަނީ ވަންނަ ހުރިހާ މުއައްސަސާތަކަށް މަކަރުވެރި އެކްޓިވިސްޓުން ލައި ދައުލަތަށް ވަންނަ ފައިސާ މީރާއަށް ދެއްކުމުގެ ބަދަލުގައި އެތަންތަނަށް ޖަމާކޮށް ޚިޔާނާތްތެރިން މެދުވެރިކުރުވައިގެން އެފައިސާ ދަމައިގަތްކަން ރައްޔިތުންނަށް ނޭގޭތީ އަޅާނުލާ ތިބެނީ ކަމަށް ހީކުރަނީއުތަ؟ ޒުހޫރުމެން ތިގޮތަށް ބައިސާ ކަނޑަކަނޑާ ތިއްބާ ސަރުކާރު މިއޮތްގެން ބޮލާފޮށާ އެޅެނީ ނޫންތަ؟ އިދިކޮޅުމީހުންނޭ މުއްސަނދިންނޭ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަނީއޭ ކިޔާއިރު އަމިއްލަ ސޯޓްބޭލޭއިރު ނޭގޭ ފަދަ މަސްތީ ވެރިކަމެއް ފައިބުޑަށް ތިރިވަމުންދާކަން ނޭގޭނަމަ ދެން ބުނާނޭ އެއްޗެއް. 3 މީހަކުވެގެން ތިންރޭ ތިން ނޫސްކޮންފަރެންސް ބޭއްވިޔަކަސް ވަމުންދާ ކަމެއް ނުވާކަމަކަށް ނުވާނެދޯ؟

The name is already taken The name is available. Register?

ގޫފިއްތިޔަ

05 April 2017

އަޑުއަހާމީހަކަށް ނޭގޭނެ މިހާރު ގަބޫލުކުރަންވީ ކޮންވާހަކައެއްކަމެއް. އެއްފަހަރުބުނެފާނެ އިދިކޮޅުބަަަޔަކުނެތޭ، އެއްވެސް ކަމެއްކުރެވޭ ބަޔެއްނޫނޯ އިދިކޮޅުގަތިބީ، ދެން މިހާރުތިބުނީ ޕުރެޝަރޭ.

The name is already taken The name is available. Register?

GAN Island

05 April 2017

އަހަރުމެން އިސްލާޙަށް މަސައްކަތް ކުރާމީހުންނާއި ދިވެހި ޤައުމަށް ހެޔޮއެދޭ ފަރާތް ތަކުން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އެއްވެސް ހާލެއްގައި ފިއްތުން ފިއްތާކަށްނޫން. މިހާރު އަހަރުމެން ހިފާފައި މިތިބީ ތިބޭފުޅުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ތިބޭފުޅުން ރައްޔިތުންގެ ކަންކަމުން ދުރުކޮށް ދައުލަތް ހިންގާނެ ތެދުވެރި ބަޔަކާއި ދައުލަތް ހަވާލު ކުރުމުގެ މަސައްކަތް.

The name is already taken The name is available. Register?

ބޯލަބޭ

05 April 2017

ސަރުކާރު ފިއްތަން މަަސައްކަތްކުރާބަޔަކު ކުރަނީ އެފަދަގޮތްގޮތަށް ސަރުކާރުންވެސް މަސައްކަތްކުރާތީކަމަށް ބެލެވޭ. ސަރުކާރަށް ތާއީދު ކުރަމުންދާއިރު ސަރުކާރަށް ބައެއް ފަރާތްތަކުން ދައްކަންޖެހޭ ފައިސާއޮތަސް ތިޔަ ވިދާޅުވާ މީރާއިން އެފަރާތްތަކުގެ އެކައުންޓްތައް ފްރީޒްކުރާތަނެއް ނުފެނޭ. ހަމަ ދެބަސްވުމާއެކު ހުރިހާކަމެއްވެސް ބާރަށް ހިނގައިގަނޭ.

The name is already taken The name is available. Register?

އައިއެފް

05 April 2017

ތިޔަވިދާޅުވީ ތެދުފުޅެއް. ބޮޑުދަތި ދޭތެރެއަށް މިސަރުކާރުލާ ފިއްތާލާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454