ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ:--ފޮޓޯ: މުހައްމަދު ޝަރުހާން
11 އެޕްރީލް 2017 - 11:31
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ކުރައްވާއިރު، ސަރުކާރުގެ އިތުރުން އިދިކޮޅު ހަރަކާތުގައި ވެސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ތިއްބެވުމަކީ އެ މަސައްކަތްޕުޅުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ގައުމު އިސްލާހުކުރަން އިދިކޮޅު ލީޑަރުން ގުޅިގެން ހިންގާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓްތަކެއްގައި އަލީ ވަހީދު ވިދާޅުވީ، އެންމެން ހަނާވާއިރު މައުމޫންގެ އާއިލާގެ 50 ޕަސެންޓް އޮތީ އިއްތިހާދާ އެކު ކަމަށާއި އަނެއް 50 ޕަސެންޓް އޮތީ ސަރުކާރަށް ދީފައި ކަމަށެވެ. މިގޮތަށް، އަމަލުކުރައްވައިގެން ގައުމާއި ރައްޔިތުންނަށްޓަކައި ނެރެވޭ ނަތީޖާ، 100 ޕަސެންޓް ދިނުމާ ވަރަށް ތަފާތުވާނެ ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެކޮޅު އޮތަސް 50 ޕަސެންޓް، މިކޮޅު އަޔަސް 50 ޕަސެންޓް، ދެން ރަނގަޅުތާ ދެއްތޯ؟ އެއްޗެކޭ ބުނާ މީހާ ގޯސްވާނީ. ފެންނަން އޮތީ މި ހަގީގަތް. ގުނބޯ ނުހައްދާ،" މައުމޫން ޑީއާރުޕީ އުފެއްދެވިއިރު އެ ޕާޓީގައި އެމަނިކުފާނުގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއްގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ.
Enmen jalah laifi. Alhugandumen gaum dhookohlan jehunee aniyaa aa dhekolhah nikuthumun jalah leema.Minivankoh huri manikfaan gaumah vadaigen
— Ali Waheed (@ali20waheed) April 10, 2017
އަލީ ވަހީދު ކުރެއްވި ޓުވީޓެއް.
އޭނާގެ ފާޑުވިދާޅުވުން މި ގޮތަށް މި އަމާޒުކުރެއްވީ، މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އިދިކޮޅު ފަރާތްތަކާ އެކު ހަރަކާތްތެރިވާއިރު، ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނާއި ދުންޔާ މައުމޫން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމުންނެވެ.
މި ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޣައްސާން އަދާކުރައްވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.
"އެންމެން އަނިޔާ ތަހައްމަލްކުރާއިރު ގައްޔޫމް އާއިލާ ދެކޮޅުން ފަރިއްކުޅުއްވީމަ އަޅުގަނޑަކަށް އެކަން ގަބޫލެއް ނުކުރެވޭ، ހިޔާލަކީ ތަފާތު އެއްޗެއް،" އަލީ ވަހީދުު ވިދާޅުވި އެވެ.
"ހާންދާނީ ވެރިކަމާ ދެކޮޅު، ދެ އޮޑިއަށް ދެފައި ލައިގެން ތިބޭ މީހުންނާ ވެސް ދެކޮޅު."
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ހައްޔަރު ނުވެ ހުރި ހަމައެކަނި ލީޑަރަކީ މައުމޫން ކަން ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރައީސެއްގެ ގޮތުގައި ދެއްކެވީ މައުމޫން ކަމަށެވެ. އަދި އާއިލާ ދެކޮޅަށް ބައްސަވައިގެން ނުހުންނަވައި ގޯސް ރަނގަޅު ކުރައްވަން އޭނާ މައުމޫނަށް ގޮވާލެއްވި އެވެ.
ސަރުކާރާ ދެކޮޅަށް އިދިކޮޅު މީހުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ތަހުގީގު ހިންގަން ފެށުމުން އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރައްވައިގެން ހުންނެވި އަލީ ވަހީދު ވިދާޅުވީ އުމުރު ދުވަހު ރާއްޖެ ނުދެވި މަރުވިޔަސް ރައީސް ޔާމީނަށް އަމާން ނުދެއްވާނެ ކަމަށެވެ. މައުމޫނާ އެކު އެމްޑީޕީން އިސްލާހީ މަސައްކަތް ފަށައިގެން އުޅޭތީ، އެމްޑީޕީ މެމްބަރުން ނުރުހުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާސިމް އުމުރުން 67 އަހަރުގައި ކުޑަގޮޅީގައި ބާއްވާފައި ވަޒީރު ކަމުގައި ގައްޔޫމްމެން ތިބީމަ 'ނޭޝަން ފަސްޓް' އެއް ނުވޭ ނޫންތޯ؟ ޕޮލިޓިކްސް ތޯ އެއީ؟ ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުން ޖަލަށް ލީ އަނިޔާއާ ދެކޮޅަށް ނިކުތުމުން ކަމަށާއި މައުމޫނަކީ މިނިވަންކޮށް ހުންނެވި ލީޑަރަށް ވާތީ އެނބުރި ގައުމަށް ވަޑއިގަތުމަށް ވެސް އަލީ ވަހީދު ގޮވާލެއްވި އެވެ. މައުމޫން މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.
ގާނޫނުއަސާސީ ދެން ނެގެހެއްޓޭނީ، އަލީ ވަހީދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު
01 June 2017
އަލި ވަޙީދު ފުރަތަމަ އަލުގަނޑުމެންނަށް ސާފުކޮށްދެއްވަ ފާނަންތީ ކިއްލި ވިއްކަވައިގެން މާލެއިން ބައްލަަވައި ގަތް ގެ ގަތުމަށް ވިކުނީ ކިހާ ކިއްލި އެއްކަން؟ އެއީ ނޭޝަން ފަސްޓްތޯ/ އެއީ ތޯ އިދިކޮޅު މީހުން ދައްކަވަން ޖެހޭ ވާހަކައަކީ؟ ނޫން. އަޑުއައްސަވާ. ފިއްލަވައިގެން ހުރެ ތިގޮތަށް ކިޔާހާ ފާޑަކަށް ރައްޔިތުން ތާއީދެއް ނުކުރާނެ.
އީޖޯ
18 May 2017
އަލީވަހީދު ހުންނަންވާނީ އަލީވަހީދު ހުންނަން ބޭނުންވާގޮތަށް. އަހަރުން މިތިބީ އަހަރުން ބޭނުންވާގޮތަށް. ތިބުނާ ބުނުމަށް ބަލާއިރު ޔާމިނަކީ މައުމޫނާ ދުރު ބޭފުޅެއްތޯ. ސިޔާސީ ކަންކަމުގަ ވަރަށް ދަށު ދަރަޖައަކަށް ތިވެއްޓުނީ. އެއް އާއިލާއެއްގެ ތެރެއިން ތަފާތު ފިކުރުގެ ސިޔާސީ ލީޑަރުންނަށް ތާއީދު ކުރާމީހުން ޢުޅުން އެއީ ސިޔާސީ މިނިވަންކަން. ކުޑަކުޑަ މިސާލެއް ދަންނަވާނަން. އަހަރެންގެ މަންމަ ޕޕމ ދޮންތަ މިނިވަން ފިކުރު، 2ކޮއްކޮ މޑޕ އަދި އަހަންނަކީ މިނިވަންފިކުރުގެ މީހެއް. ގައުމު އިސްލާހު ކުރުމަށް އަހަރެން ތާއީދު ކުރަން. އަދި އެއްވާހަކަ. އަލީ މެންނަށް ތިލިބޭ ބައިވަރު އަހަރުމެންނަކަށް ނުލިބޭ.
ޖައިސް
13 April 2017
އަލީވަހީދު އަކީ މައުމޫނައް ފާދުކިޔެވަރުގެ މީހެއްނޫން. މިއަދޔފާޑުކިޔް ތިމަގާމަދެވުނޫވެސް މައުމޫނާހެދި. ލަދުކޮބާ...
އަބްދުއްލާ އަލީ
12 April 2017
މައުމޫނާ މައުމޫނުގެ އާއިލާއަށް އަލީވަހީދަށް ފާޑެއް ނުކިޔޭނެ ، ފިލަިގެން ގޮސް ލަންޑަނުގާ ހުރެފާ މައުމޫނަށް ފާޑުކިޔަން ތިޔައީ ކާކޫ ؟ ސިޔަސީމައިދާނަށް ނެރުނީ ކާކު ؟ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރަންދާ ކޯޓެއްދިނީ ކާކު ؟ މިހާރު ބޮޑު މުއްސަންޖެއް ؟ ފައިސާ ލިބުނީ ކިހިނެތް ؟
އލހ
12 April 2017
އަލީވަހީދު ކުރާކަމަކާ ހިތުގައިވާ އެއްޗެއް މަށަކަށްނޭގޭ! އަލީވަހީދު އެބުނާ އެއްޗަކަށް ވިސްނަން އެބަ މަޖުބޫރުވޭ. ޔަގީންވާކަމަކީ ރައީސް މައުމޫނުގެ ކުދިންނަކީ ކާންނުލިބިގެން ވަޒީފާއެއް އަދާކުރަންޖެހޭވަރުގެ ބައެއްނޫންކަން. އަދި ރައީސް މައުމޫންގެ ބޭފުޅުންނަކީ ވަޒީފާގެ ބޭނުމުގަ ބައްފައަށް ދެރައެއްދޭނެ ބައެއްކަމަށްވެސް ގަބޫލުކުރަންދަތި. މިވަނީ ކީއްބާވައޭ ވިސްނަން މަޖުބޫރުވޭ! މާސްޓަރ އޮފް ދަ ގޭމް ގެ އާ ޓްވިސްޓެއްބާ މިފެންނަނީ!
ސީނާއަހުމަދު
12 April 2017
މީނަ އެބައުޅޭތަ އަދިވެސްދުނިޔޭގަ؟ މިރާއްޖެއަކު ނެތް ކަލޯ ބަލައިގަންނަ މީހަކު؟ ހުރިހާކޮޅަކުން ކައިގެން ފުރުނީމަ ގޮސް ލަންޑަނުގަ ތިއޮތީ ....ޕާޓީ ހަނާވެގެންދާއިރު ކަލޯ އަށް ކޮން ކަމެއް ޕާޓީ އަށް ކޮށްދެވެނީ. އަހަރުމެން ޢާއްމުމެމްބަރުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ. ދެންވެސް ގުދޯގުދޯ ނުގޮވާ ހުރިއްޔާ ސޯޓް ނުބޭލޭނީ އޯކޭ.
މުހައްމަދު
12 April 2017
އަލީ ތިޔަބުނީ ތެދު ވާހަކައެއް. މައުމޫނަކީ އިޚުލާސްތެރިއެއް ނޫން.
މުޑުދާސް
12 April 2017
އަލީ ވަހީދުވެސް ދެކޮޅުން ކަނީ. އެއްކޮޅުން މައުމޫނަށް އެއްޗެތި ކިޔަނީ. އަނެއްކޮޅުން އިއްތިހާދު ބަލިކަށިކޮށްލަން ސަރުކާރަށް ފައިދާ ކޮށް ދެނީ. ސަބަހޭ! ތިޔަ އީ މީހުންނަކީ.
ފާރި
12 April 2017
އަލީ ވަހީދު ފިލާހުރެ ކޮންވާހަކައެއް ދައްކާކަށް. ކެރެންޏާ ނިކަން މިތަނަށް އާދެބަލަ..
ަޯއޯސަޅި
12 April 2017
ފޯއްވިއްކައިގެން ކިއްލިތަޅައިގެން ދަބަރު ތަޅައިގެން 20000 މިލިއަން. ޑޮލަރު