މޯލްޑިވިއަންގެ މަތިންދާބޯޓެއް: އެ ކުންފުނިން ގަމުން ހަތަރު ސިޓީއަކަށް މާލެ މެދުވެރިކޮށް ދަތުރުތައް ފަށާފައި.
11 އެޕްރީލް 2017 - 11:42
މޯލްޑިވިއަން އިން މާލެ މެދުވެރިކޮށް އިންޑިއާގެ ޓްރިވެންޑްރަމަށާއި ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާ އަށާއި ތައިލެންޑްގެ ބެންކޮކަށް ސ. ގަމުން ދަތުރުކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.
ގައުމީ އެއާލައިނުން ގަމާއި ޓްރިވެންޑްރަމާ ދެމެދު ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓެއް ވިއްކަނީ 286 ޑޮލަރު (4،410ރ) އަށެވެ. ޗެންނާއީ އަށް 328 ޑޮލަރު (5،057ރ) އަށް ދެކޮޅު ޓިކެޓެއް ވިއްކާއިރު، ޑާކާ އަށް 545 ޑޮލަރު (8،403ރ) އަށް އަދި ބެންކޮކް ޓިކެޓެއްގެ އަގަކީ 492 ޑޮލަރު (7،586ރ) އެވެ.
މޯލްޑިވިއަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫން އެ ހަތަރު ސިޓީ އަށް ދަތުރުކުރަން ބޭނުންވާ މީހުން މާލެ އައިސް އެއާޕޯޓުގައި މަޑުކުރަން ޖެހޭނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.
"އަޅުގަނޑުމެން މި އަގުތައް ހެދިއިރު ވަރަށް ބޮޑަށް ބަލާފައިވާނެ ގަމާއި މާލެއާ ދެމެދު ވިއްކާ ޓިކެޓަށާއި މަޑުކުރަން ޖެހޭ ވަގުތަށް. މި އަގުތަކަކީ ވަކިވަކިން ޓިކެޓް ގަނެގެން ދަތުރުކުރުމަށް ވުރެ ވަރަށް ބޮޑު ތަން ހެޔޮ އަގުތަކެއް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެގޮތަށް ދަތުރުތައް ހަމަޖެއްސީ ސީދާ އައްޑޫން ދަތުރުކުރަން ބޭނުންވެގެން ގިނަ ބަޔަކު އެދެން ފެށުމުން ކަމަށެވެ.
"މިހާރު އެ ހަތަރު ސިޓީ އަށް ދަތުރުކުރަން ބޭނުންވާ މީހުން މާލެ އައިސް ތަނެއް ކުއްޔަށް ހިފައިގެން މަޑުކުރާކަށް ނުޖެހޭނެ. އެއާޕޯޓުގައި ވަރަށް ކުޑަ ވަގުތުކޮޅަކަށް މަޑުކުރުމަށް ފަހު ފުރައިގެން ދެވޭނެ. މިއީ އައްޑޫގެ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ފަސޭހައެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖީބު
31 May 2017
އީންޑި ޔާޢަށް286 ޑޮލަރައް ދެވޭއިރު، ޓުއަރިސްޓަކައް ރާޖޭއެތޭރޭގެ އުދުހުމެއްގެ ހަނިމާދޫ މާލެ 400 ޑޮލަރުވަރު މިއީ ގެސްޓު ހައުސް ވިއަފާރި ކުރިއެރިޔަނުދޭން ކުރާކަމެއް
GAN Island
12 April 2017
ތިހުރިހާ ކަމެއް ކުރާނެ ކަމެއްނެތް. ސަރުކާރުން ކުރަން ބޭނުން ނޫން ކަމެއް ސްރީލަންކަން އެއަރލައިންސް އިން ކުރާނަމަ ސްރީލަންކަނަށް އަށް ދެއްވާފައި އޮތް ހުއްދަ އުވާލަން ފެނޭ. . . . ތިއީ އައްޑޫ އަށް ކަމެއްކޮށްދިނުމުގެ ބޭނުމުގައި ނުވަތަ ސަރަހައްދަށް ތަރައްޤީ އެއްގެނުވަން ކުރާ ކަމެއްނޫން
ސޭޓު
12 April 2017
ތިކަން ތިޔަހެން ވުމަކީ އަސްލު އަހަރެން ވަރަށް އުފާކުރާ ކަމެއް. ކޮންމެ ފަކަރަކުވެސް އައްޑޫ އިން އިންޑިޔާއަށް ދާން އެބަ އަރާ 7000 ރުފިޔާ. ތި އަގުތަކަށް ބަލާއިރު ގައިމުވެސް ޓިކެޓަށް ދާ ލާރިން 3000 ރުފިޔާ ސޭވް ކުރެވޭނެ. މާލެ އަރަން ނުޖެހި ދެވުމަކީ އަދި އިތުރަށް ހަރަދު ކުޑަ ވެގެންދާނެ ކަމެއް. އެކަމަކުވެސް ވެލާ އެއަރޕޯޓުގައި ޓުރާންސިޓު ކުރަން ޖެހުމުން ދަތުރު ދިގު ވެގެން ދާނެ ވަރަށް ބޮޑު ތަން.
ދޮންދައްތަ
11 April 2017
މަރުހަބާ.... އުފަލުން ރޮވިއްޖެ
ތަކުރު
11 April 2017
ކުރިން މިކަން ކުރުމުގެ ވިސްނުމެއްނައައީ ކީއްވެ. މިކަމަކީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރާކަމެއްކަމަށް، ކުރީގެ ތަޖުރިބާއަށް ބަލާފައި ގަބޫލުކުރަން ދަތި.
ބޮޑު އުތުރު
11 April 2017
ކޮން އިރަކުން ހަނިމާދޫން ފަށަނީ
ގުނަން
11 April 2017
ނުދާނަން...ސްރީލަންކަން ދަތުރު ނުކުރިއަސް ނުދާނަން....ސްރީލަންކަން މައްސަލައަކީ ޓްރިވެންޑްރަމް އަށް ދެކޮޅަށް ދާން ކޮޅަކަށް 1 ދުވަސް ގެއްލުމުން...
ރަދީފް
11 April 2017
ސޮރީ މޯލްޑިވިއަން.
ހާމަ333
11 April 2017
މޯލްޑިވިއަން އަށް ސްރީލަންކަން އިން ކާމިޔާބުކަމާއިއެކު ދަތުރުއަޅާތީ ކެތް ނުކުރެވުނީ ދެއްތޯ...މޯލްޑިވިއަން އަށްވުރެ ސްރީލަންކަންގެ ހޮސްޕިޓަލިޓީ މާ ސަޅި..ތިއީ ހުސް ފެންތައްޓަކާއި މެޓަލެއް ދީ ދިވެހިން އޮޅުވާލައިގެން ހިދުމަތްދޭ ބައެއް....ތި މޯލްޑިވިއަން ހިންގަނީ މައިގަނޑު ގޮތެއްގައި އައްޑޫ މާލެ ދަތުރުއަޅައިގެން އެއިން ލިބޭ މަންފާއަކުން...އެއީ އެންމެން ދަންނަ ކަމެއް.
އ ލ ޤ
11 April 2017
މާކުރިންވެސް ލަފާކުރެވުނު ކަމެކެވެ. އައްޑޫގައި އެހެންބަޔަކު ވައިގެ ޚިދުމަތް ދޭތަން ބަލަން މޯލްޑިވިއަން އަށް ކެތެއްނުވާނެއެވެ. 50 މީހުންގެ 5 ފްލައިޓް ދުވާލަކަށް އަޅާއިރު އެވްރެޖްކޮށް ދުވާލަކު 8 ލައްކަ ވަރަކަށް ރުފިޔާ ލިބެއެވެ. އޭގެ ގިނަ މީހުން ބޭރުދަރުތުކުރާތީ މިހާރު ބޭނުންވަނީ އެސެކްޓާރ ގެ ކޮންޓްރޯލް ނެގުމަށެވެ. އެއާއެކު އެއާލަންކާއަށް ޖެއްސުންކޮށް އެމީހުން ހުއްޓާލުމާއެކު އަލުން މޮނޮޕޮލީ ޤާއިމުވީއެވެ. އޯޝަން އެއާ، ޓީއެމް އޭ، ފްލައި މީ، މިތިން އެއާލައިންވެސް އައްޑޫ ސެކްޓާރ ދަތުރުތައް ހުއްޓުވާލީ ފާލޫގައި ޖެއްސުންކޮށްގެންނެވެ. މިއީ އައްޑުއަށް ބޭރުގެ ދަތުރުތަކުން މަންފާއެއް ކުރާހެން ހީވެ، މޭކަރަންފެށިކަމުގެ ފުރަތަމަ ސިގުނަލެވެ.
ހާމަ333
11 April 2017
ހަމަ ތެދެއް ތިބުނީ...އައްޑޫ މީހުންގެ ފަރާތުން މޯލްޑިވިއަން އަށް ވަރަށް ވެދުން... މޯލްޑިވިއަން އިން މާލެ ދިއުން ލަންކާ ޓިކެޓަކަށްވުރެ އަގުބޮޑު...މޯލްޑިވިއަންއަށް އެކަން އެގޭބާ؟