ސުޕްރީމް ކޯޓު: ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ މައްޗަށް ގޭ ބަންދުގެ ހުކުމެއް އައިސްފައިވާތީ --ފޮޓޯ/މިހާރު
24 އެޕްރީލް 2017 - 10:10
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ވިލުފުށީ ކައުންސިލަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށްވާ ހުސައިން ޖަބީން ގޭ ބަންދު ކުރަން ހުކުމް ކޮށްފައިވާތީ، އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
މިހާރު އޮތް ވިލުފުށީ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ޖަބީންގެ މައްޗަށް ހަ މަހުގެ ގޭ ބަންދުގެ ހުކުމެއް ވިލުފުށީ ކޯޓުން އިއްވީ އެމްއާރުޑީސީން އެ ރަށުގައި މަޝްރޫއެއް ހިންގުމަށް ޖަހާފައިވާ ދަގަނޑެއް 2015 ގައި އޭނާ ނައްޓާލައި، އެއްލައިލި މައްސަލާގައި ކުރި ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމާ އެކު ކައުންސިލަރު ކަމުން ވެސް ޖަބީން ވަނީ ވަކިވެފަ އެވެ.
އަންނަ މަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޖަބީނަށް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރީ ގޭ ބަންދުގެ އެ ހުކުމާ ގުޅިގެން އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ހުށަހެޅުމުންނެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ، ކައުންސިލަރު ކަމުން ވަކިވާނެ އެވެ. އަދި އެފަދަ ހުކުމެއް އައިސްފި ނަމަ ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތެއް ވެސް އުނިވީ އެވެ.
ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްވީ އެހެން ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވުމުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިޚާބަށް ނިކުމެފައިވާތީ އެވެ. ގާނޫނު ބުނާގޮތުން ޕްރައިމަރީއަކުން ބަލިވެއްޖެ ނަމަ އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބެއްގައި އެ މީހަކަށް ވާދައެއް ނުކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
24 April 2017
އެހެންވިއަސް ހެޔޮ، އިދިކޮޅު ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރި ނުވެވޭގޮތަށް ގޭ ކޯޓުން ހުކުމެއް ކުރުވިއަސް ހަމަ ބޮޑު ވަރިހަމަ، ދަރުބާރު ފެކްޝަނުގެ އެއްވެސް މީހަކަށް ވޯޓެއް ނުލާނަން، ދިވެހި އެއްވެސް ރައްޔިތަކު ދަރުބާރު ފެކްޝަނުގެ ކެންޑީޑޭޓަކަށް ވޯޓު ނުދިނުމަށް އަޅުގަނޑު ގޮވާލަން.
ހެހެހެހެހެ
24 April 2017
މިވަރުން ވިލުފުށީ ކައުންސިލްގެ މެޖޯރިޓީ ދަރުބާރު ފެކްޝަނަށް ލިބޭނެހެން ހީވަނީ...
ސާބަސް
24 April 2017
ބަރާބަރު.
އ
24 April 2017
ސަރުކާރާ އިދިކޮޅު މީހަކަށް ތިފަދަ ކަމެއް ނުވާ ދުވަހެއް ދޭތަ.
ޕްރިންސެސް
24 April 2017
ކުށަކަށްވިޔަސް ނުވިޔަސް ތިކަމެއް ހިނގީ މީގެ 2_އަހަރުކުރިން...އެކަމަކު ހުކުމްނުކޮށް މަޑުކުރީ ދާއިރާގެ މޕ ގެ އޯޑަރަށް...ބޭނުމަކީ ލޯކަލް އިލެކްޝަން ކައިރިކޮށްފައި ހުކުމް ކުރުން.ތާއީދު އޮންނަބަޔަކު މިއޮއްގަންނަ ބިރަކުން ހަމަ އަޖާއިބުވޭ....
އޯކޭ
24 April 2017
ރާއްޖޭގެ ކަންތައް މިފަދަގޮތަކައް ދިޔަޔަސް ރާއްޖޭގަ އަދިވެސް ގަމާރު މީހުން ގިނަ. އުތުރުގެ ކުދި ރައްތަކުގަ އުޅޭ މީހުން 500 އަައް ވޯޓު ވިއްކާ.. މިކަންތައް ނޭގޭ ދިވެއްސެއް މަދުވާނެ.
އޯކޭ
24 April 2017
ރާއްޖޭގެ ކަންތައް މިފަދަގޮތަކައް ދިޔަޔަސް ރާއްޖޭގަ އަދިވެސް ގަމާރު މީހުން ގިނަ. އުތުރުގެ ކުދި ރައްތަކުގަ އުޅޭ މީހުން 500 އަައް ވޯޓު ވިއްކާ.. މިކަންތައް ނޭގޭ ދިވެއްސެއް މަދުވާނެ.