ކާނިވާ ސަރަހައްދު: އެތަނުގައި މިރޭ އެމްޑީޕީގެ ކެމްޕޭން ޖަލްސާ ބާއްވަން ދުލެއް ނުކުރި.
04 މެއި 2017 - 20:46
އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެންމެ ފަހުގެ ކެމްޕޭން ޖަލްސާ މިރޭ ބާއްވަން ކާނިވާ ސަރަހައްދަށް އެދުމުން ހައުސިން މިނިސްޓްރީން މިހާތަނަށް ޖަވާބެއް ނުދިން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކެމްޕޭން ޖަލްސާ ކާނިވަލުގައި ބޭއްވުމަށް އެތަން ދޫކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީ އަށް މިދިޔަ މަހުގެ ފަހުކޮޅު ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ޖަވާބެއް ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖަލްސާ ބޭއްވުމަށް ވަރަށް ކުރިން އެދުނިން. ނަމަވެސް އަޅުގަނޑުމެންނަށް އެ ފުރުސަތެއް ހައުސިން މިނިސްޓްރީން ނުދިން،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ނުދިނުމުން އެ ޖަލްސާ އެމްޑީޕީގެ ހަރުގޭގައި މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.
"އަޅުގަނޑުމެންނަށް ޖަލްސާ ބާއްވާނެ ތަނެއް ނުދިން ނަމަވެސް ޕީޕީއެމް އަށް ޖަލްސާ ބާއްވަން ބޮޑުތަކުރުފާނުގެ މަގުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައި. މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާދަމާ ހަވީރު މާލޭގައި 13 ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން މާލޭގައި ވެހިކަލް ބުރެއް ބާއްވަން ނިންމައި އެކަން ފުލުހުންގެ ސަމާލުކަމަށް މިދިޔަ މަހުގެ 30 ގައި ވަނީ ސިޓީއަކުން ގެނެސްފަ އެވެ. އެކަމަކު ފުލުހުން އެ ޕާޓީ އަށް އެންގީ މިވަގުތު މާލޭގައި ލޮރީބުރެއް ބޭއްވުމަށް ހުއްދަ ދިނުމަކީ ދަތިކަމެއް ކަމަށާއި އެކަން ހުޅުމާލޭގައި ބޭއްވިދާނެ ކަމަށެވެ.
މާލޭގައި ލޮރީބުރު ބާއްވަން ހުއްދަ ނުދެވޭނެ ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ، މާލޭގެ މަގުތަކުގައި ތަފާތު އުމްރާނީ މަސައްކަތްތައް ކުރަމުން ގެންދިއުމާ ގުޅިގެން، މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވުމާއި މަގު ބޭނުންކުރާ އެންމެން އޭގެ ސަބަބުން ދަތިތައް ދިމާވާނެތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމާ ނަސީމް
05 May 2017
ކޮންވަގުތަކު ތިޔަބުނާ ޢުމްރާނީ މަސައްކަތެއް ނުކުރަނީ؟ މާލޭގެ މަގުތައް ޓްރެފިކް ޖޭމް ނުވާނެ އެއްގޮތެއްވެސް ނެތް ވެހިކަލް މަދުނުކޮށެއް. މިހާތަނަށް އިދިކޮޅު ބަޔަކު އެދިގެން ކޮން ކަމެއް ކޮށްދިނީ.......ޖަލްސާއެއް ބާއްވަން ކާނިވަ ހޯދަން އެދުނީމަ ހައުސިން މިނިސްޓްރީ އެއްކޮށް ބީރުވެއްޖެ. ސަރުކާރަށް އެނގޭ އެމް. ޑީ. ޕީ ޖަލްސާތަކަށް މީހުން ގެންދަން އާދޭސް ކުރާކަށް ނުޖެހޭނެކަން. ދާނީ ހިތުން ރުހުމުން އިޚްލާސްތެރިކަމާއެކީކަން. ޢަނެއްކާ ޖަލްސާއެއް ބޭއްވިޔަސް ލޮރީ ބުރެއް ބޭއްވިޔަސް ކޮޅާ ކޮލު ނުފެންނަ ވަރަށް މީހުން އަންނާނެކަން ލާރި ނުބެހިޔަސް. އެމަންޒަރު ބަލަން ލަދުން ސަރުކާރުން އެޅެން އޮތިއްޔާ އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ.
އައިއެފް
04 May 2017
ހުއްދަ ނެގުމަކީ ބޭކާރު ކަމެއް. ހުއްދައަށް އެދުނަސް ބޮޑުމަންޒަރު ފެނިދާނެތީ އަމުދުން ނުދޭނެ. ހުއްދަ ނެގުމުގެ ބޭނުމެއްނެތް. ޖަލްސާ ބާއްވާންވީ.
އިބޫ
04 May 2017
މި މިއިއްޒު އަދި ހަމަ ބިމަށް ތިރިވާނެ. ﷲ އިރާދަފުލުން މިޙުދުމުހުތާރު މީހުންގެ ކިބަިއން މި ގައުމު ވަރަށް އަވަހަށް ސަލާމަތް ވާނެ
ައަޒީލު
04 May 2017
ނުކެރޭނެ ދޭކަށެއް. ބޮޑުމަންޒަރު ފެނިދާނެތީ ދެންބުނާނެ ޖަލްސާގަންޑެއްވެސް ބާއްވާކަށް ނުކެރުނޭ. ކުޑަކޮޓަރިއެއްގަޔޭ ޖަލްސާބާއްވަނީ މި ޕިންކީން ޖަލްސާ ބާއްވަންވީމަ ހެޔޮ އައިޖީއެމް އެޗްތެރެވިޔަސް އިސްލާމީމަރުކަޒުތެރެވިޔަސް ހަދާނުނިމޭ ބުރިޖްވިޔަސް އޯކޭ
އަލީ
04 May 2017
ފުލުހުންވިޔަސް ބޯސަކަރާތް ވާހަކަ ނުދައްކާ. "ތިކަމެއް ނުކުރެވޭނެ" މިޖަވާބު ދެވޭނެ ބައިވަރު އިބާރާތްތައް ދިވެހި ބަހުގައި ހުންނާނެކަން އެންމެނަށްވެސް އެނގޭނެ. ޓްރެފިކް ބާރުބޮޑުވަނީ ވަކިބަޔަކު އެފަދަ ހަރަކާތެއް ބާއްވަންވީމަބާ ؟ ޕީޕީއެމްގެ ޖަލްސާ ބާއްވަން ބޮޑުތަކުރުފާނުގެ ބޮޑުބައެއް ބަންދުކޮށް ސިނާއީ ސަރަހައްދު ހޯދަން އެޕާޓީ އިން ހައުސިން މިނިސްޓްރީއަށް ފޮނުވި އެންމެ ސިޓީއެއް އޮތަސް ތީއަޖައިބެއްފަދަ ކަމެއް.
ޢަލީ
04 May 2017
ޔާމީނު ޖަލްސާބާއްވަންވީމަ ޓުރެފިކްވެސް ބެލެހެއްޓޭ ދައްޗެއްވެސްނުވޭ ކޮބާމީނާގެ ދިގުއަތްނުފޯރާތަނެއް
ލޮލް
04 May 2017
ޑިމޮކްރަސީ އިޒް އަ ބޭބީ.
ރ.މޫސަބެ
04 May 2017
ވީ ހައިވް އޯލް ޑިމޮކްރަސީސް......ޕަކާސް
ހާލަތު
04 May 2017
މި ސަރުކާރު ކަމުނުދަނީ ވަކި ރާއްސެއްގައި ވިހާފައި ތިބޭ މީހުންނާ މެދު ތަފާތު ކުރުމެއް ނުގެން ގުޅޭތީއޯ، މީހަކު އަޖައިބެއް ނުވާނެތަ؟؟ ޕީޕީއެމް އަށް ޖަލްސާ ބާއްވަން ބޮޑުތަކުރުފާނުގެ މަގުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައި. ކެމްޕޭން ޖަލްސާ ބާއްވަން އެމްޑީޕީއަށް ކާނިވާ ނުލިބުނު. އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާދަމާ ހަވީރު މާލޭގައި 13 ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބާއްވާ އިވެންޓް ނުބޭއްވޭނެ
އަފިހުން ގޮއްޔެ
05 May 2017
އެމްޑީޕީ ކެންޑިޑޭޓުންނަށް އިންތިޚާބަށް ކުރިމަތި ނުލެވޭނެކަމަށް އީސީން ނޭންގިކަން ނަސީބު، އޭރުން އަދި ވަރަށް ޑިމޮކްރެޓިކް ވީސް، މިސަރުކާރުން ބަތްކައްކާ ކުޅޭތީ މަގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫން.
ޕްލޭ
04 May 2017
ކެމްޕޭން ޖަލްސާ ބާއްވަން އެމްޑީޕީއަށް ކާނިވާ ނުލިބުނީ އެެއް ނޫނޭ އެސަރަހައްދުގައި ވާރޭވެހިގެން ފެންގަނޑު ބޮޑު ވެދާނެތީވެ އެކަމުން ފެތުރިދާނެ ބަލި މަޑުކަމަށް ޓަކައި ނުދިނީއޭ އިނގޭ. ދެން ވިއްސާރަ ހުއްޓާލުމުން ތަމެންނަށް ކާނިވާ ސަރަހައްދު ލިބިދާނެއޭ. ބައިދަވޭ ތަމެން ނަށް ލިބިދާނެއޭ ގުޅި ފަޅުން ޖަލްސާ ބާއްވާނެ ތަން ކޮޅެއް. ދަގަ ގުޅި ފަޅަށް އިނގޭ. ވަރަށް ކެރެން ވާނެ ދޯ ކަންކަމުގައި. އަވަހަށް ދަގަ ގުޅި ފަޅަށް. ޓު ބީ އަ ޓްރޫ ޕްލޭޔަރ ޔޫ ބެޓަރ ނޯ ހައު ޓު ޕްލޭ..
ގަމާރު
04 May 2017
ކަލޭ މަޖާވެފަ، ބީތާއެއްހެން މިތާގަ ޖެއްސުމަށް ކޮމެންޓް ކުަރަން ލަދެއް ނުގަނޭތަ؟ ކަލެއަށް މިކަންތައް މަޖާވިޔަސް މީ ދިވެހި ގައުމަށް ފާވެފަ އޮތް ބަލާއެއް. ؟
ޢަބްދުﷲނާފިޒު
05 May 2017
ﷲގެ އިރާދަފުޅުން ޕްލޭއަށް ގުޅީފަޅު، މިމަހުގެ ހަވަނަ ދުވަހު ދައްކާލާނަން، އިންތިޒާރު ކޮށްލައްވާ.
ޜައްދު
05 May 2017
ކަލޯ ގުޅީފަޅުގަ ބޭއްވިޔަސް އެތަނަށް ނުަކތާވަރަށް މީހުން ދާނެ. ކަލޭމެންހެން ލާރިބަހާ ބިރުދައްކާ ހީޒިރީ ބަލާކަށް ނުޖެހޭނެ ނުދާމީހުންނާ ދާމީހުން ބަލަން. ޕިންކީންތަކުގެ ޖަލްސާގަ މިހަރުވެސް މީހުން ނުގޮސްގެން ފަހަތަށް ބަންގާޅިން ލައިގެންވެސް ތަން ފަޅުފިލާވަރަށް މިހުން ނުލިބިފަ އޮތީ. ކެރެންޏާ ގުޅީފަޅުވެސް ދޭންވީ ނުން. މަންޒަރު ބަލަން ކެތް ވަންޏާ ހަމަޖައްސާ ކަލޭ އެތަންވެސް.