ގަތަރުން ރާއްޖެ ކަނޑައަޅާފައި ހުންނެވި ސަފީރު ރާޝިދު ބިން ޝާފީއާ ރައީސް ޔާމީން ބައްދަލުކުރައްވަނީ: ގަތަރާ އެކު 33 އަހަރުވީ ސިޔާސީ ގުޅުން ރާއްޖެ އިން ވަނީ ކަނޑާލާފައި.
07 ޖޫން 2017 - 11:20
ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖޭން ކަނޑައިލި ނަމަވެސް އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ގަތަރު ރައްޔިތުން ރާއްޖޭގައި އުޅުމަށް ވެސް އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށެވެ. މިއާއެކު، އާއްމު ފަރުދުންގެ މެދުގައި ހިނގާ މުއާމަލާތްތައް ވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ގަތަރާ އެކު ވިޔަފާރީގެ ގުޅުން ކަނޑާނުލާކަން ފޮރިން މިނިސްޓްރީން ތަކުރާރުކޮށް ފާހަގަކުރެ އެވެ.
The Government of #Maldives confirms that there will be no travel restrictions to Qatari nationals to enter and travel in Maldives.
— MFA-Maldives (@MDVForeign) June 6, 2017
ފޮރިން މިނިސްޓްރީގެ ޓުވީޓް.
މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން ކަނޑާލީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމަށް ވާގިވެރިވާ މީހުންނާ އެކު ގުޅުން ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަކަށް ނުވާތީ އެވެ.
އެކަމަކު މިކަން ގަބޫލުނުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ގުޅުން ނިމުމަކަށް ގެނައީ ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ. ގަލްފު ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިޔާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.
ރާއްޖެ އަށް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ވަމުން އަންނަ ގަތަރާ އެކު ރާއްޖެ އިން ގުޅުން ކަނޑާލާފައި މިވަނީ، ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތަށް ފަސް ގައުމަކުން ގުޅުން ކަނޑައިލިކަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. މީގެ ސަބަބުން، ރާއްޖެ އަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާއަދުރޭ
08 June 2017
ސައޫދީން އޯކޭ ދިނީތަ. އަހަރެމެން ބޭނުންހާ ގޮތެއް ނެހެދޭނެ. ރަސްގެފާނު ހުއްދަނެތި އެއްވެސް ކަމެއް ނުކުރެވޭނެ.
ނިރު
07 June 2017
މިނިސްޓަރު ތި ވިދާޅުވާއެއްޗެއް ދިމަލެއްނުވޭ ޤަތަރުގެ ހުރިހާ ރައްޔެތުން މިޤައުމަށް އައުމުގެ ހުއްދަ އެބަލިބޭ ފްލައިޓްވެސް ޖެއްސޭ ވިޔަފާރިވެސް ކުރެވޭ އެކަމަކު ޤަތަރު މީހުންނަނީ ޓެރަރިޒަމާ ގުޅުންބަދަހި ކުރާބައެއް،.... ތިއީ ބައެއްގެ އަޅުވެތިވިޔަސް ބޮޑުވަރު ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ހިސާބައް މިހާރު ތިދަނީ
ހަސަންބެ.
07 June 2017
ގަތަރު ރައިޔަތުން އައުމަށް ހުރަހެއް ނެތް. ދިވެހިން ގަތަރަށް ދިއުން ހުރަހެއން ނެތް . ގަތަރާއި އެކީގައި ކުރާ ވިޔަފާރި އަށް ހުރަހެއް ނެތް. ގަތަރު އެއާރ ވޭސް އަށް ހުޅުލޭގައި ޖެއްސޭ . އުރީދު އޯކޭ . ދެން ކޮން ސިޔާސީ ގުޅުމެއް ތައް މިމީހުން ކަޑާއިގެން މިއުޅެނީ.
ޖޯޖް
07 June 2017
ކީކޭ ބުނާނީ ގަތަރު ރައްޔިތުން އައުމައް ހުރަސް ނާޅަނީ ކަލޭމެން ފައިސާޔާ މުދަލައް ދަހިވެފައި ވާތީ އެމީހުންނަށް ހުރައސް އަޅައިފިނަމަ ލިބޭ އެތިކޮޅު ނުލިބިދާނެތި އޭގެ ބަދަލުގައި ދިވެހި ނިަކމެތި ރައްޔިތު މީހާ ނިކަން ގަތަރަށް ދޭބަލަ ފަސޭހައިނ އުޅެވިދާނެތޯ ބަލާލަން އަދި ފަސޭހައިން ވިސާ ލިބި ހިތްހަމަ ޖެހިގެން ގަތަރުގައި އުޅެވޭނެތޯ
ގުޅުން
07 June 2017
އެހެންވީއިރު ކަނޑާލި ދެން ކޯޗެއް...؟
އެނޮން
07 June 2017
"ސައުދީއިން ފައިސާކޮޅެއް ހޯދަން ގުޅުން ކަނޑާލިޔަސް ގަތަރު މީހުންގެ ފައިސާވެސް އަހަރުމެން ބޭނުން." - ލާހޫރޭ ސަރުކާރު.
އަލީ
07 June 2017
ގަތަރު ރައްޔަތުން އެބަ އުޅޭތަ ދާނެ ތަނެއް ނެތިގެން
232
07 June 2017
ކޮބާ އެއޮތީ ފަޅާއަރާފައި. މިއީ އިޒްރޭލު ރުއްސަން ސައުދީން ކުރާކަމެއްކަން. ދިވެއްސަކަށް ވީތީ ލަދުގަނޭ. މިފަދަ ވެރިއަކު ހޮވުނީތީ އަދި އެއަށްވުރެ ލަދުގަނެ ހިތާމަކުރަން. ގައުމަށް އެކަންޏެއްނޫން އިސްލާމީ އުއްމަތަށްވެސް މިދެވުނީ ލަނޑެއްކަން އެގިއްޖެ ދޯ!
ދދ
07 June 2017
މުސްލިމު ބަޔެއްމީހުން އެއްބަޔަކު އަނެއްބަޔަކާއި ގުޅުން ކެންޑީމަ ހުރިހާ މުސްލިމުން ގުޅުން ގަނަޑަންޖެހޭބާ؟
ހެހެ
07 June 2017
މީ ދެން ބޮޑު ޖޯކެއްނު! ދެން އެހެންވީއިރު ސިޔާސީ ގުޅުން ކަޑާލައިގެން ކޮންކަމެއްތޯ ޙާސިލްކުރަން މިއުޅެނީ؟