ގަތަރުގެ ވެރިރަށް ދޯހާގެ ބަނދަރުގެ ކޮންޓެއިނާ ޓާމިނަލް: ގަތަރަށް ކާބޯތަކެތި ސަޕްލައި ކުރަން ދަނީ މަޝްވަރާ ކުރަމުން.
08 ޖޫން 2017 - 11:58
ދޯހާ (ޖޫން 8) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ އަދި އިގްތިސާދީ ގޮތުން ފިޔަވަޅުތައް އަޅާފައިވާތީ ގަތަރަށް ކާނާގެ ދަތިކަން ކުރިމަތިވެދާނެތީ އެ ގައުމަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށް ދިނުމަށް ތުރުކީ އާއި އީރާނާ އެކު މަޝްވަރާ ކުރަން ފަށައިފި އެވެ.
ގަތަރަށް ކާބޯތަކެތި އެންމެ ގިނައިން ސަޕްލައި ކުރި ދެ ގައުމަކީ ސައުދީ އަރަބިއާ އާއި ޔޫއޭއީ އެވެ. އެ ދެ ގައުމުން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެއްގަމާއި ކަނޑާއި ވައިގެ ބަނދަރުތައް ގަތަރަށް ބަންދުކޮށްފަ އެވެ.
"ގަތަރަށް ކާބޯތަކެތި ގެނައުމާ ގުޅޭ ގޮތުން ތުރުކީ އާއި އީރާނާ އެކު ދަނީ މަޝްވަރާ ކުރަމުން. އަދި އެހެން ބައެއް ގައުމުތަކާ ވެސް ދަނީ މަޝްވަރާ ކުރަމުން. ސަޕްލައި ގެނައުމަށް ހަމަޖެހިފައި ވަނީ ގަތަރު އެއާވޭސްގެ ކާގޯ ބޯޓުތަކުގައި،" ގަތަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމާ ގުޅިގެން ގަތަރުގައި ހޯމަ ދުވަހުން ފެށިގެން ވަނީ ކުއްލި އަކަށް ގިނަ ބަޔަކު ވިޔަފާރި ކުރަން ފެށުމުން ފިހާރަތަކުން މުދާ މަދުވެފަ އެވެ. ނަމަވެސް ގަތަރު ސަރުކާރުން އަންގާރަ ދުވަހު ވަނީ ސުޕަމާކެޓްތަކުގައި އެކަށީގެންވާ ވަރަށް މުދާ ހުރިކަން ދައްކުވައިދޭ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން ބުނެފައި ވަނީ އެއްގަމު މަހާއި ކިރުގެ ބާވަތްތައް ލިބުން ވަނީ ދަތިވެފައި ކަމަށެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގަތަރުގެ ދިފާއުގައި ނުކުންނަވައި އެ ގައުމަށް އެހީތެރިވެވެން އޮތް ގޮތަކުން އެހީވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގަތަރު މައްސަލަ ހައްލު ކުރުމުގައި އެހީތެރިވެ ދެއްވާނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕާޓް
09 June 2017
ތުރުކީ އާއި އިރާން ހާދަ ރަނގަޅޭ. މުސްލިމުން ތިބެންވާނީ މިހެން. އެއް މުސްލިމަކު ޙާލުގަ ޖެހުނީމަ ދެން ތިބި ބަޔަކު އެހީވާންވާނެ. ދިވެއްސަކަށް ވީތީ ލަދުގަންނަން މިއަދުގެ 'މިރައީސް' ރާއްޖޭގެ ރައްޔިތުންނަށް މަޖުބޫރުކުރުވާފަ މިއޮތީ، ވަރަށް ދެރަ
ބަޚްތިޔާރު
12 June 2017
ޢީރާްންއަކީ ސައޫދީއާ ޖައްސާލައިގެން އުޅޭބަޔެއް ސައޫދީއާ ދެކޮޅަށް ވެއްޖިއްޔާ އެބަޔަކާ އީރާން އެއްކޮޅުވާނެ އެކަމަު އީރާން ވަރަށް ރަގަޅަށް ކަންތައްކުރީ ވިޔަފާރީގެ އުސޫލުން ނަމަވެސް އެހީތެރިވެ ދީފިތާ. ޢީރާންގަ ގިނަވާނީ މުސްލިމުން ނަށް ނުފުދޭ މީހުންކަމަށް އެގިފައިވަނީ. ޢަލީގެފާނު މަތިވެރިކޮށް ރަސޫލާއަށް ފުރައްސާރަ ކުރާމީހުން ގިނަ ކަމަށްވަނީ. ބައެއްޖަމާއަތުގެ މީހުން ބަންގިގޮވާއިރު ވެސް އަލިއްޔުން ވަލިއްޔުﷲ ކިޔާކަމަށްވޭ.
ހަމްދު
09 June 2017
ގަތަރުވެސް ހަލާކު ކޮށްލަނީ އެމެރިކާ އަޑީގަ އޮވެގެން.
ހަނާ
09 June 2017
ރައްޔިތުން މިތިބޭ ނުބައި ނުލަފާ ސަރުކާރެއްގެ އަނިޔާވެރި ކަމެއްގެ ތެރޭގައި. ސަލާމަތް ވާނީ ކޮން އިރަކުންބާ. ސަޢުދީ ރަސްގެ ފާނު ގެންގުޅޭ ގޮނޑި ކޮއްކޮއަކަށް މިތަންވެ ނިމިއްޖެ. ކިހާވަރެއް ދީގެންބާ މިޔޮއްފަދަ ބަރަކާތްތެރި މަހުގަ އެނެއް މުސްލިމް ޤައުމުގެ ރައްޔިތުންގެ ހަލާކަށް މި ނުކުތީ.
9
09 June 2017
ޙަސަދަވެރިމަގެ އޮއިވަރުގަ ޖެހި މިއޮއް ރަމަޒާން މަހު އިސްލާމީ ޤައުމެއްގެ ރައްޔިތުން ބަޑަށް ޖައްސަނީ. މިކަމަށް އެހީވާން އިސްނެގި ތުރުކީ އަދި އީރާން. މަރްހަބާ
ހަސީނާ
08 June 2017
ރާއްޖެއިން ނޭޅިކަން ހަމަ ނަސީބު އެހެންނޫންނަމަ ގަތަރު މީހުންނަ ޖެހެޔނެެ ދުނިޔެ ދޫކޮއްފަދާން!!
ލޮލް
12 June 2017
ލޮލް
ކުރާނަމޭ
08 June 2017
ގަތަރުން ތިއަށް ވުރެން ރަނގަޅު ވާނެ ނޫންތޭ ގަތަރުގައި ހުރި ޓެރެރިސްޓުންގެ އޮފީސް ތައް ބަންދު ކުރިއްޔާ. ގަތަރުން އަދި ވެސް ބަލަނީ ޓެރެރިސްޓުންނަށް ހމާޔަތް ދެވޭތޯ ތޭ ގަތަރުގެ ރައްޔިތުން ބަނޑަށް ޖެހެމުން ދާއިރު ވެސް. ދެން ބަދަލު ކޮށްލާނީ ތިހެން ވެއްޖެނަމަ ގަތަރުގެ ސަރުކާރެވެ. އެނިމުނީ އެވެ.
ނުކުރެވޭނެ އެއްކަމެއްވެސް އިނގިއްޖެ
08 June 2017
ސައުދުއާއިލާ މަގުމަތި ވާކަށްދެން މާކަ ގިނަދުވަހެއްނެތް.
ނުކުރެވޭނެ
12 June 2017
ހަމާސްއާ މުސްލިމް ބްރަދަރހުޑް ޓެރަރިސްޓުންނަށްވަނީ ކިހިނެތް؟ ފަލަސްތީނަށް ހަމްދަރުދީވާތީ؟ އިޒްރޭލާ ދެކޮޅުވީމަ؟ ކަލޭ ދޭ އިޒްރޭލަށް ހެޔޮނުވާނެ. ޔޫ ބިލޯންގް ދެއަރ
ބަކުރު އެންޑް ޒުބޭރް
08 June 2017
އަޅެފަހެ ސައުދީ މިއުޅޭގޮތެއް ބަޔަކު މޮޔައެއްފަހެ ނުވާނެ މިއޮއްފަދަ ރޯދަމަހު. ބޯހަލާކު.
މުަހަމްމަދު
08 June 2017
މީއީ ސައުދީ ވެރީކަން ނެތީދާންއުޅޭކަމުގެ އަލާމާތެއް ކަަމައް ލަފާކުރެވެނީ..
ގގ
08 June 2017
ރައީސް ޓުރަމްޕް ހިޖާޒު ކަރަޔަށް ކުރި ފުރަތަމަ ދަތުރު ފުޅުގައި އުކާޒުގެ ބާޒާރުގައި ވިއްކާލަން ގެނާ މުދާކޮޅު ( ހަތިޔާރު ކޮޅު) ގަންނާނެ ޤަބީލާއެއް ނުވެގެން އަރަބި ޤަބީލާތަކުގެ މެދުގައި ދެބަސްވުން އުފެދި ކޯޅުމެއްގައި! ޓުރަމްޕަށް ދައުވަތު ދީގެން ގެނައި ޤަބީލާއިން ބުނީ މުދާ ގެންނާށޭ އުކާޒުގެ ބާޒާރުގައި ކިއްކާލެވޭނެޔޯ އެކަމަކު އެ ގަންނާނެ ޤަބީލާއެއްނުވި ޓުރަމްޕް ހުސްއަތާއި ދާންޖެހުނީ!
ޞިނގުބެ
08 June 2017
ޓްރަމްޕް ދިޔައީ ނަޖިދު ކަރައަށް. ރިޔާދް އަކީ ނަޖިދުގެ ސިޓީއެއް.
ހާދަދެރަވޭ
08 June 2017
ދެރަވޭ. މެދުއިރުމަތީގައި އޮތް މުއްސަދިޤައުމު ޔަހޫދީން އަޑީގައި އޮވެގެން ދުއްވާލަނީ. އާޅެ އިޒްރާއީލަށް އެހީވާ ޤައުމުތަކާ ގުޅުން ބާއްވަން އޯކޭވޭތަ؟
ޒާ
08 June 2017
މަގޭ ބާރެއް އޮތްނަމަ މިދަނޑިވަޅުގައި ޤަތަރަށް އެހީވާނަން. ރާއްޖޭން މަސްފޮނުވައިދޭނަން. ނަމަވެސް ދިވެހިސަރުކާރުވަނީ ގަތަރު ބަނޑަށް ޖެއްސުމުގައި ސައުދީއާއި ބައިވެރިވެފައި. މިކަން ދިވެހިރައްޔިތުންގެ ހިތުން ނުފިލާނެ.