ޚަބަރު / އަބްދުﷲ މަސީހް މުހައްމަދު

މަސީހަށް ލަތީފްގެ ސިޓީއެއް: "ޑިމޮކްރެޓިކް ނިޒާމް ފުނޑާނުލައްވާ"!

ލަތީފު (ކ) އާއި މަޖިލިހުގެ ރައީސް މަސީހު: ލަތީފު ވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސިޓީއެއް ފޮނުއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އަބްދުﷲ މަސީހު ހުންނަވައިގެން، ހުރިހާ ބާރުތައް އެއް ދިމާއަކަށް ޖަމާކުރައްވައި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ޑިމޮކްރެޓިކް ނިޒާމް "ފުނޑާލައްވަން" ހިންގަވާ އަމަލުތައް ހުއްޓާލައްވަން އެދިވަޑައިގެން އެމަނިކުފާނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ސިޓީއެއް މިއަދު ފޮނުއްވައިފި އެވެ.

އެ ސިޓީގައި ލަތީފް ވަނީ، މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަށް މަޖިލިސް ތެރެއިން މަސީހު ހެއްދެވި "ގޯސްތައް" ހަނދާން ކޮށްދެއްވައިފަ އެވެ. މި އަމަލުތައް ހިންގެވީ މާތްﷲ ގަންދީ ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފަށް، އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ވެސް ފުށުއަރާ ގޮތަށް ކަަމަށް ވިދާޅުވެފައިވެ އެވެ.

މަސީހުގެ އަމަލުފުޅުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ލަތީފް ވިދާޅުވީ މަސީހުގެ މަގާމް ދިފާއުކޮށްދެއްވަން ތިން ފަހަރަށް އޭނާ ވޯޓު ދެއްވާފައިވާނެ ކަމަށެވެ. އެއީ ރިޔާސަތަށް އޭނާ ގެންނަވަން ދެއްވި ވޯޓާއި، އިތުރުބާރު އޮތް ކަމަށް ދެއްވި ވޯޓާއި ރިޔާސަތާ ދެކޮޅަށް މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއި އޮވެގެން ކަމަށް ކަނޑައެޅި ބަދަލަށް ދެއްވި ވޯޓު ކަމަށް ވިދާޅުވި އެވެ.

ލަތީފު ވިދާޅުވި ގޮތުގައި މަސީހު ހިމާޔަތްކުރަން އެންމެ ފަހު ދެ ފަހަރު ވޯޓު ދެއްވުމަކީ ކިހާ ބޮޑު ގުރުބާނީއެއްކަން އެ އޮތީ މަޖިލީހުގެ ރެކޯޑުތަކުން ފެންނާށެވެ.

މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބިފައިވާއިރު ވެސް މެމްބަރުން ފަހައި ސަރުކާރުން ދުވާއިރު މަސީހު "ހަނުހުންނަވަނީ" ކޮން ބޭފުޅެއްގެ ބަހަށް ހެއްލިގެންތޯ ސިޓީގައި އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

އެއްވެސް ކަމަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތް ނުކުރައްވައި މަގާމުގައި ދެމިހުންނެވީ އެއްވެސް މަޖުބޫރީ ހާލަތެއް މެދުވެރިވެގެންތޯ ވެސް ސުވާލުކުރެއްވި އެވެ.

"ތިޔަ ގޮތަށް ހުންނަވައިގެން ހުރިހާ ބާރުތަކެއް އެއް ދިމާއަކަށް ޖަމާކޮށް ދެއްވަމުން ގެންދަވަނީ، ރައްޔިތުންނަށް އެއްވެސް އިޚްލާސްތެރިކަމެއް ނެތި އަދި ކުރައްވައިގެން ހުންނެވި ހުވަޔާ ޚިލާފަށް ނޫންތޯ އެވެ. މަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ތިޔަ ގެންދަވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހެދިފައިވާ ގަވާއިދުތަކާ ވެސް ފުށުއަރާ ގޮތަށް ނޫންތޯ އެވެ. އެހެންކަމަށް ވުމާ އެކު ތިޔަ މަގާމްގައި ހުންނަވައިގެން ތިޔަ ގޮތަށް ކަންކަން ކުރެއްވުމަށް ވުރެ މަނިކުފާނު އިންތިޚާބު ކުރެއްވި ދާއިރާ ތަމްސީލްކުރެއްވުން ބުއްދިވެރި ވާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވާހަކަ ދެންނެވީމެވެ،" ލަތީފް ވިދާޅުވި އެވެ.

ބިދޭސީންނަށް ދިވެހިރާއްޖެ އިން ބިން މިލްކުކުރެވޭ އިސްލާހާ މެދު ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުއްޓައި އަވަސް އަރުވާލައިގެން އެ ބިލް ފާސްކޮށްފައިވާ މައްސަލާގައި ވެސް މަސީހުގެ އިހުމާލު ބޮޑު ކަން ލަތީފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ޒުވާނުން ބޭނުން ވަނީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއްގެ މަތީގައި ރާއްޖެ ދެމިއޮތުމަށް ކަމަށެވެ. އެ ނިޒާމް ހަރުދަނާ ވާނީ ރައްޔިތުންނާ މެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރުމުގެ މަތިވެރި ރޫހު އެތަނެއްގައި އޮވެގެން ކަން ވެސް ފާހަގަކުރެއްވި އެވެ.

"މަނިކުފާނު ކަންކަން ކުރައްވާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ހިތްހަމަނުޖެހުން ބޮޑުވެ، ރިޔާސަތުގެ މައްޗަށް މެންބަރުންގެ އިތުބާރު ގެއްލެމުން ގޮސް ރައީސް ކަމުގެ މަގާމު ގެއްލޭ ހިސާބަށް ކަންތައްތައް ދިޔަ ނުދެއްވައި، ރީތި ގޮތުގައި އަދަބު އިހްތިރާމާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ،" ލަތީފް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ނިޒާމެއް ފުރިހަމަވާނީ ސަރުކާރު ހިންގާ ޕާޓީ އާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބަޔަކު ތިބެގެން ކަމަށް ވެސް، ފާޑުވިދާޅުވެ މަސީހަށް މެމްބަރަކު ފޮނުއްވި ފުރަތަމަ ސިޓީގައި ލިއުއްވާފައިވެ އެވެ.

"މަނިކުފާނުގެ ނަޒަރުގައި އިދިކޮޅު މީހުންނަކީ ނެތް ބަޔެކެވެ. ހުރިހާ ވެސް ބަޔަކީ ޕީޕީއެމްގެ ސުޕަ މެޖޯރިޓީ ކަމަށް ގަބޫލުކުރެވުމެވެ. މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން އިދިކޮޅު މެންބަރުންނަށް އެއްވެސް ގަދަރެއް، އިހްތިރާމެއް ނެތި ހިތުހުރިހައި ގޮތަކަށް ކަންކަން ކުރައްވަމުން، އެމީހުންގެ އަޑު ކަނޑުވާލަމުން ތިޔަ ގެންދަވަނީ ޕީޕީއެމް މަޖިލީހުގެ މެންބަރުން އައްޑަނައަކަށް ހައްދަވައިގެން ނޫންތޯ އެވެ،" ލަތީފް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

47 ކޮމެންޓް, 182 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަޝީދު

06 July 2017

ކޮންމެ ޕާޓީއަކުން ރައީސަކު އަޔަސް ހަމަ ކަންތައް ކުރާނީ އެޕާޓީއަކުން ނިންމާ ގޮތަކަށް. އެހެންވީމަ މަސީހު މަޖިލީހުގައި ނިންމާ ކަންތައް ތަކަކީ ޕޕމ އިން ނިންމާ ކަންތައްތައް. އެއީކީ މަސީހު އަމިއްލައަށް ނިންމާ ކަންތަކެއް ނޫން. ކޮންމެހެން މަސީހު ބޮލުގައި އަޅުވާފައި ސަލާމަތެއް ނުވެވޭނެ.

The name is already taken The name is available. Register?

ޒާ

06 July 2017

ލަތީފު ސިޓީ ނުފޮނުވިއްޔާ ރަނގަޅީ. ލަތީފު ރައީސް ޔާމީނަށް ސިޓީއެއް ފޮނުވާފައި ބުނިކަމަށްވަނީ މިސަރުކާރުން ޒުވާނުންނަށްވެސް އެއްކަމެއްވެސް ކޮށް ނުދެއޭ. އެހެންވީމާ ޕީޕީއެމުން ވަކިވާ ސަބަބުތަކުގެ ތެރޭގައި އެކަންވެސް ހިމެނޭކަމަށް. ނަމަވެސް އިއްޔެ ޒުވާނުންގެ ބޮޑު އަދަދެއް ކާނިވަލަށް އެއްވެ އަޑުހަރުކޮށް ގޮވަމުންދިޔަ ރައީސް ޔާމީނުވަރަށް ޒުވާނުންނަށް ކަންކަން ކޮށްދޭ ވެރިއަކުނެތޭ. ދެން ލަތީފު ކޮންވާހަކައެއް ދައްކާފަތަ ސިޓީފޮނުވަނީ.

The name is already taken The name is available. Register?

އަހްމަދު ޢަލީ

06 July 2017

އިއްޔެ ކާނިވާ ސަރަހައްދަށް އެއްވި ޒުވާނުންނަށްވުރެން، އެއްނުވާ ޒުވާނުން ގިނައީ. އެއްވި ޒުވާނުންނަށް ކަންކަން ކޮށްދޭކަން އެނގެޔޭ، ކޮށްދޭތީތާ ކާންބޯން މަސައްކަތެއްނުކޮށް އެތިބެނީ ހެވިދިލިފަ..

The name is already taken The name is available. Register?

ބަލާ

06 July 2017

އަތުގަހިފާފަވެސް މީނަ މިހާރު މިތަނުން ބޭރުކުރަން އެބަޖެހޭ... މީނަ ބޭނުން ނޫކަމައް މަޖްލިސްގެ އަޚްލަބިއްޔަތުން (މާނަޔަކީ ރައްޔިތުންގެ މެޖޯރިޓީ) ވަނީ ނިންމާފަ.... އަސްލު 45 މެމްބަރުންގެ ސޮޔާއިއެއްކޮއް ވެއްދީމަ ވޯޓަކައްވެސް އަހާކައް ނުޖެހޭނެ.

The name is already taken The name is available. Register?

ނަގޫރޯޅި

05 July 2017

މަޖްލިސްގެ ރައީސް ބޮލައްހުރާކަމެއްތިކަންޑާލީ މެންބަރު ހިތުން ދެންތިބީހުސްގަޅިންތަ؟؟؟

The name is already taken The name is available. Register?

ސަލާމީ

05 July 2017

ސާބަހޭ ތިއީ ގައުމުދެކެ ލޯބިވާ ދަރިންނަކީ...

The name is already taken The name is available. Register?

ޖޯއީ

05 July 2017

މެމްބަރުން ފާސްކޮށްފައިވާ ނޭއްގާނީ ކަންކަން ފޮރުވުމަށްަޓަކައި ކަތިލެވޭ ކަންބަޅިއަކަށް މަޖްލިސް ރައީސް ހެއްދެވުން އެހާ ރަނގަޅެއް ނޫން. އެހެންނަމަވެސް ސަރުކާރުގެ ނޭއްގާނީ ސިޔާސަތުތައް ހުއްޓުވުމަށްޓަކައި މަޖްލީހުގައި ސަރުކާރުގެ ބާރު ނެތްކަން ސާބިތުކުރުމަށްޓަކައި މަޖްލިސް ރައީސްގެ ނޯ ކޮންފިޑެންސް މޯޝަން ފާސްކުރަންޖެހޭ. މަސީހުއަކީ ސާބިތުމީހެއް އިރު އިރުކޮޅުން ޕާރޓީ ބަދަލުކޮށް ސިޔާސީ ވިސްނުންން ބަދަލުކުރާނެ މީހެއް ނޫން. އެހެންވީމަ ސަރުކާރާ ދެކޮޅަށް މަޖްލިސްތެރެއިން ކުޅެން ފަސޭހަ ވާނީ މެސީ ބަދަލުކޮށްގެން

The name is already taken The name is available. Register?

ދަރުހޮވާ

05 July 2017

މަޖްލީހުގެ ރައީސް މަސީހު އަކީ އެއީ ދިއްދޫ ދާއިރާ ގެ މެމްބަރު ބުނެގެން އެމަގާމަށް ލި މީހެއް ނޫން. އެއީ މަމެންގެ ސަރުކާރަށް ފެނިގެން މަމެން ލި މީހެއް. މަޖްލީހުގެ ރައީސް ކަމުގައި މަސީހު ހުންނާނެ އެއީ ބޮޓަމް ލައިން އަކީ. އިތުރު ވާހަކަ ނުދައްކާ ދާން އުޅޭ ވަލަށް ދަރުހޮވަން ދާން އުޅޭ ދަގަ ދަގަ ދަގަ.

The name is already taken The name is available. Register?

ޖެނީ

05 July 2017

ދެ ލޯފުޅާ ލަތީފް! މަޖްލިސް ތެރެއިން ކަންކަން ނިންމަނީ ތިބޭފުޅުންގެ ވޯޓުންކަން ނޭނގޭ ކުޑަކުއްޖަކުވެސް މި ދިވެހިރާއްޖޭގައި މަދުވާނެ! އަމިއްލަ ނަފްސު އޮފުދާރު ކުރުމަށްޓަކައި ދެންހުރި މީހާގައި ކޫރު އެޅުމުގެ ބޭނުމެއްނެތް! ރައީސް އެޖެންޑާކުރާކަންކަން ފާސްނުކޮށް އަނބުރާ ފޮނުވާލުމުގެ ބާރު ، އަދި ސަރުކާރުންދޭ ބިލްތަށް ހުށަ ނޭޅުމުގެ ބާރު އޮންނަނީ ތިޔަ މެމްބަރުން އަތުގައި . މަޖްލިސް ރައީސަކީ ތިފަދަ އެއްވެސް ބާެރެއް އޮތް މީހެއް ނޫން. އެކަމަކުވެސް ސަރުކާރުގެ ބާރު ދެރަކުރެވެން އަންނަނީ މަޖްލިސް ރައީސް ބޭރުކޮށްގެން އެހެންވެ އެކަމަށް ތާއީދު ކުރެވޭ. އެއީ ކޮންމެހެން މަޖްލިސްގެ ރައީސް ފަރުދީގޮތުން ކުރި ކަމެއްގެ ސަބަބަކުން ނޫން!

The name is already taken The name is available. Register?

ވިސްނާވިސްނާ

05 July 2017

އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ކަންކަން ފާލުން ނެއްޓި ހިންގުމުގެ ވައްޓަފާޅިއަށް އައި ނޭއްގާނީ ބަދަލުތަކުގެ ޒިންމާ ، މަޖްލިސް ރައީސަށްވުރެ ބޮޑަށް ނަންގަންވަންޖެހިވަޑައިގަންނަވާނީ ސަރުކާރު ބޭނުންވާގޮތައް ކަންކަން ބައްޓަންކުރުމަށް ވޯޓު ދެއްވި މެމްބަރުންނެވެ. މަޖްލިސް ރައީސަކީ ސުޕަރމެޖޯރިޓީ ގެ ބާރުވެރިކަމުގައި ތާށިވެފައި ހުންނެނެވި ބޭފުޅެއްކަމަށް ގަބޫލުކުރެވޭ. މަޖްލިސް މެމްބަރުން އޭރުވެސް މިހާރުވެސް ތި ބައްލަވަނީ ދެވޭ ވޯޓުން ރައްޔިތުންނަށް ކުރާ ފައިދާގެ ބަދަލުގައި ތިމާމެންނަށް ކުރާނެ ފައިދާއަށް ކަމަށް ބެލެވެނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުރ ކޮށްދެއްވުމަށް ހުށަހެޅި އިސްލާހާއި ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ފާސްވެގެން ދިޔަ ގޮތާއި އެ އިސްލާހަށް ވޯޓުދެއްވި މެމްބަރުންނަށް ވިސްނާލީމަ. ރަނގަޅު ވާހަކައެއް، އެބިލް އެޖެންޑާކުރީ މަސީހް، މެމްބަރުންގެ ވޯޓުން ފާސްވީ!

The name is already taken The name is available. Register?

އޭ ކުޅުދުއްފުށީ މީހާ

05 July 2017

ކޮބާތަ މެމްބަރު ކުއްޓި ނަޝީދު؟ ކަލޭމެން އަޑުއިއްވަން ހޮވި މީހެއް ނޫންތަ އެއީ؟

The name is already taken The name is available. Register?

ގައުމީދޫ

05 July 2017

ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް. މަސީހު ގޯސްކޮށް ކަންކަން ކުރަމުން ދިޔަކަމަށް ބުނާއިރު ފާއިތުވި ނޯކޮންފިޑެންސް މޯޝަންތަކުގައި، މަސީހު ސަލާމަތްކުރަން ވޯޓް ދެއްވީ ކީއްވެގެންތޯއެވެ. އޭރު އިޚްލާސްތެރިވީ މާތްﷲ ގެ ހަޒްރަތައް ތޯ ނުވަތަ ރައްޔިތުންނަށްތޯ އަހާލާ ހިތްވެއެވެ. އަޅުގަނޑުވެސް ބޭނުންވަނީ މަސީހުގެ ދާޢިރާ ތަމްސީލްކުރުމަށް މަސީހް ޚާއްސަވެގެން ހުރުމެވެ. އެހެންނަމަވެސް، މަޖްލީހުގެ ކަންކަން ނިންމަނީ މަޖްލީހުގެ ރައީސް ބޭނުންވާގޮތަކަށްތޯ ނުވަތަ މަޖްލީހުގެ ގިނަ މެމްބަރުން ވޯޓުދެއްވާ ގޮތަކަށްތޯ ސާފުކޮށްލަން ބޭނުންވެއެވެ. ލަތީފް އެވެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް އިން ވޯޓްދޭގޮތް ކަނޑައަޅަނީ ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުންނެވެ. އަދި ސަރުކާރުން ބޭނުންވާގޮތަށް ވޯޓް ދެއްވުމަށް މެމްބަރުންނަށް ދަންނަވަނީ ޕާރލަމެންޓްރީ ގުރޫޕްގެ ލީޑަރު ނޫންތޯއެވެ. މަސީހު ރައީސްކަމުން ވަކިކުރުމަށް އަހަރެމެން ތާއީދުކުރަމެވެ. ނަމަވެސް މަސީހު ވަކި ކުރަނީ ވަކި ފަރުދީ މައްސަލައެއް ނުވަތަ ސިޔާސީ މައްސަލައެއް އޮވެގެން ނޫންކަމާއި ، ރާއްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކާއި އިދިކޮޅަށް ކަންކަން ނިންމުމަށް ފަސޭހަކުރުމަށްކަން އަޅުގަނޑުމެންނަށް ވިސްނެއެވެ. އެހެންވީމާ ދަންނަވަމެވެ. ތިޔަބޭފުޅުން ތަފާތު މަންފާތަކުގެ ބޭނުމުގައި ނިންމަމުން ދިޔަ ނިންމުންތައް ހަމަ އެކަނި މަސީހުގެ ބޮލަށް ޖަހަން އުޅުމަކީ އެހާ ފަސޭހައި ސިކުނޑިއަށް ނަގައިގަނެވޭކަށްނެތެވެ. މިހާރު މިގައުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައްޔިތުންގެ ކޮޅަށް އަރައި މަސައްކަތްކުރައްވާތީ ޝުކުރު އަދާކުރާ ހާލު ، އަޅުގަނޑުމެންނަށް ކަންކަން ނޯޅޭކަމާއި ތިބޭފުޅުން ގޯސް ނިންމަވާފައިވާ ނިންމެވުންތައް ރަނގަޅުކުރުމަށްޓަކއި ސާބިތުކަމާއިއެކު މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ދެކެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454