އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ގާޒީ ބާރީ: ބާރީ މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި.---މިހާރު ފައިލް ފޮޓޯ
11 ޖުލައި 2017 - 00:19
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބަދަލުކޮށްފި އެވެ.
ޖޭއެސްސީން ބުނިގޮތުގައި ބާރީ އާއި ޝަކީލް ދެ ކޯޓަކަށް ބަދަލުކުރުމަށް، މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމީ، އެކަމަށް އެދި ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
ބާރީ އާއި ޝަކީލް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތްތަކުގެ ބެންޗުގައި ވެސް އެ ދެ ބޭފުޅުން ތިއްބަވަ އެވެ. ބާރީ އާއި ޝަކީލްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން އިންނަވަނީ ގާޒީ އާދަމް އާރިފް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން މިރޭ 7:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް ޝަރީއަތުގެ އެ މަޖިލީހަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުނުވެގެން ވަނީ އެ މައްސަލަތައް ކޯޓުން ބޭރުކޮށްލައިފަ އެވެ. އެކަމަކު ޕީޖީގެ އޮފީހުން ފަހުން މީޑީއާގައި ބުނީ ގާސިމްގެ އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މާދަމާ އަށް ފަސްކޮށްދޭން އެދިފައި ވަނިކޮށް ކަމަށެވެ.
މައްސަލަ ބޭރުކޮށްލަން ނިންމިކަން އިއުލާން ކުރަމުން ކޯޓުން ބުނި ގޮތުގައި ޕީޖީ ވަކީލުން ކޯޓަށް ހާޒިރުވާން ވަނީ ދެކޮޅު ހަދައިފަ އެވެ.
ބާރީ ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ހަ މަސް ވަންދެން ކުރައްވައިފަ އެވެ. އެކަމަކު އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން އޭނާ ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްގޮވާ
12 December 2019
ވަރަށް ހިތާމަހުރިކަމެއް ބާރީފަދަ ބޭފުޅުން މިކަހަލަ ކަންކަމުގައި ތާށިވާތީ. އެހާވަރަށް ސިޔާސީ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާ އުޅުއްވާފައި.
ކުޑަދޫއަހްމަދު
11 July 2017
ނަގޫ ގޮށްޖެހޭނީ އެމީހުން އެމީހުނާއި، މިއީ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްފުޅެކެވެ.! މި ބަސްފުޅުގެ ތެދުކަން މިއަދު ނުފެނޭތޯއެވެ؟ ރައީސް ނަޝީދަކީ ހާދަހާވާ ސިޔާސީ ހިކުމަތްތެރި ބޭފުޅެކެވެ. މަގުމައްޗަށް ދިވެހިން ނުނެރެ ވެރިކަން ބަދަލުވެގެން، ބަލިވެގެން ވެއްޓިގެން އެދަނީ ނަޝީދުގެ ކުޅަދާނަކަމާއި ހިކުމަތްތެރިކަމުންނެވެ. އަޅެފަހެ، މޮޅު ބޭފުޅެއްދޯއެވެ
ފޮނިޓައްޕު ހަސަނު
11 July 2017
ރާކަނިމަސް ކެވިފަ އޮންނާނީ.
އުދުހޭ
11 July 2017
ވަކި މައްސަލަތަކެއް ވަކި ކޮޅަކަށް ނުނިމެންޏާ ގާޒީން މި ބަދަލުކުރަނީ ދެއްތޯ؟ މިއީ އަދުލުއިންސާފުކަމަކަށް އަޅުގަޑަށް ގަބޫލެއް ނުކުރެވޭ! މިހެން ބުނީމާ ދެން އަޅުގަނޑު ގެންގޮސް އަނދަގޮަނޑިޖަހާ! ޖެހިޔަސް ބުނެވެން އޮތީ ހައްގު ބަސް!
އުވަ
11 July 2017
ސަރުކާރު ބޭރުން ފެންނަ ވީރާނާ ކަމަށްވުރެ އެތެރޭގެ ހާލު ވަކިން ރަބގަޅެއް ނޫން ހުރިހާދިމާލަކަށް ފެތުރިފަ
ރަށުމީހާ
11 July 2017
އަސްލު އެވިދާޅުވީ ހަމަ ތެދުފުޅެކެވެ. "އަޅުގަނޑު ޖުޑީޝިއަރީއަށް އަތެއް ނުބާނަމެވެ."މިއީ ހަމަ ހަގީގަތުގަވެސް ތެދެކެވެ. ސަބަބަކީ، ޖުޑީޝިއަރީ އަކީ ފެންއަޅާ ކަންވާރު، ގުޅި ރުނބާ ފަދަ އެއްޗަކަށް ނުވުމެވެ. މީހުން އަބަދުވެސް އަތްބާނާ އުޅެނީ މިފަދަ އެއްޗެއްސަށެވެ. ޖުޑީޝިއަރީ އަކީ އިންސްޓިއުޓަކަށްވުމުން އެތަނަށް އަތްބޭނޭނެތޯއެވެ. ފަހަރެއްގައި ދޮރަކުން ތަންޑެއްނައްޓަން އަތް ބޭނިދާނެ ތޯޗެ..........
GAN Island
11 July 2017
ދިވެހި ދައުލަތާއި މި ޤައުމުގެ ކަންކަމުގައި ''އަހަރުމެން ދިވެހި ރައްޔިތުންނަށް ވުރެން މަތިން'' ބަސްބުނެ ވާހަކަ ދައްކާނެ ހަމަ އެހެން އެއްވެސް ފަރާތެއްނޯންނާނެ. . . . އެހެން ކަމުން ދައުލަތް ހިންގުމަށް އިސްކުރާނެ މީހަކާއި ޤާނޫނު ހަދާ މަޖިލީހަށް ހޮވާނެ މެންބަރުން ކަޑައަޅާނީ އަހަރުމެން ދިވެހި ރައްޔިތުން. . . ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އަންނަ ދައުލަތުގެ މުހިންމު ބާރެއް ކަމުގައިވާ ސްޕްރީމް ކޯޓް ނުވަތަ އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރަކީ ވެސް ހަޤީގަތުގައި ''ރައްޔިތުންގެ ބާރެއް'' ކަމަށް ވަނީ މިހެން ވުމުގެ ސަބަބުން.
ހުއްބުލްވަތަން
11 July 2017
ސަރުކާރަކުން ކޯޓުތަކަށް އަތް ބާނާ ނަހަދާކަން އަންގައިދޭ އަލިގަދަ ހެއްކެއް. އަދިވެސް ސަރުކާރަށް ތާއިދުކުރާ ސަރުކާރު ދިފާއުކުރަން އުޅުއްވާ ބޭފުޅުން ވިދާޅުވާނެ އަދުލުއިންސާފު ގާއިމުކުރަން ތިއްބަވާ ބޭފުޅުންނަށް އެއްވެސް ބިރެއްނެތޭ؟ ކޮބާތޯ ބިރުނެތިފަ؟ ހަމަ ހިތްހަމަ ނުޖެހޭއިރަށް މާމަކުނުދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކޮށްލަނީ. ގައުމެއް ވާ ނެތް. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ. އަޅަމެން މި ނާއިންސާފުވެރި ދުވަސްތަކުން މިންޖުކޮށްދެއްވާންދޭ. އާމިން
ދެރަ
11 July 2017
ކޯޓްތަކަށް ވާ އަތެއްނުބާނާ. ސަރުކާރުން އެދޭގޮތަށް ޙުކުމް ނައިސްފިނަމަ އެމީހަކު ބޭރު. ދެން ކިހިނެއް ފަޑިޔާރުގެ މިނިވަންވާނީ. ބަލަ އެއީ ކޯޓޭ. ސާބިތުނުވާނަމަ ޤާޒީއަށް ހުކުމް ކުރެވޭނެތަ؟ އެއީ ގާޒީގެ މައްސަލައެއްނޫނޭ. ދެން ޤާޒީން ވިސްނަންވީ ހަމަ ބުނާހާގޮތަކަށް ކަންކަން ކޮށްދިނަސް ލިބޭނެ މޮޅެއް ނެތްކަން. ބޭނުންވާ ކަންކަން ކޮށްލެވުމުން ނަގާ އެއްލާލާނެކަން.
ހަސަނު
11 July 2017
އެހެންނު ވާނީ.. ޓަސްލާފަ ކުރިމިނަލް ކޯޓު ވެސް ޕާޓީ ބަދަލުކުރިތަން ފެނުނީމަ..... ރިޔާޒު ގެ މައްސަލަ ދިޔަ ގޮތުން އެނގިއްޖެ ކުރިމިނަލް ކޯޓުވެސް ޕާޓީ ބަދަލުކޮށްފިކަން.. ފަނޑިޔާރަކު ޕާޓީ ބަދަލުކޮށްފިނަމަ އެކަމުގެ އަދަބަކީ ޖުވެނައިލް ކޯޓަށް އަރުވާލުން......