ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވާހަކަ ދައްކަވަނީ. ފޮޓޯ: މިހާރު
20 ޖުލައި 2017 - 12:54
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ބޮޑު ޖޯކަކަށް ވެފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވި ގޮތުގައި ހަތަރު މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުގެ ބާރެއް އެ ކޮމިޝަނަށް ލިބިގެނެއް ނުވެ އެވެ. އެކަމަކު މި ފެންނަނީ ސިޔާސީ ޕާޓީއަކުން ފޮނުވާ ސިޓީއަކުން މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު ފިޔަވައި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ މީގެ ކުރިން ޕީޕީއެމުން ކަނޑާލާފައި ތިބި މެމްބަރުންނެވެ. ލަތީފަކީ މި މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރެކެވެ.
ނަމަވެސް އެ މެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ބުނެ، ވަކިނުވާ ކަމަށް ނިންމުމަށް ފަހު، ސުޕްރީމް ކޯޓުން މެމްބަރުންނާ ގުޅޭ ގޮތުން ކުރި ހުކުމުގެ ފަހުން އެ މެމްބަރުން ވަކިވި ކަމަށް ޕާޓީން ނިންމުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ހޮޅުދޫ ދާއިރާގެ އަލީ މުހައްމަދާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝީދު އެމްޑީޕީން ވަކިވިކަން މިހާތަނަށް އަންގާފައެއް ނުވާނެ އެވެ. އެ ތިން މެމްބަރުން މިހާރު މަސައްކަތް ކުރައްވަނީ ވެރިކަން ކުރާ ޕީޕީއެމްގަ އެވެ.
އެ ތިން މެމްބަރުންގެ އިތުރުން ޕީޕީއެމާ ދާދި ފަހުން ގުޅިވަޑައިގެންނެވި ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަކީ އެމްޑީޕީ އަށް އިންތިހާ އަށް ގެއްލުން ދެމުން އަންނަ މެމްބަރުން ކަމަށާއި އެމްޑީޕީން ދިއްކޮށްލާ ސިޓީއަކުން އެ ގޮނޑިތައް ގެއްލޭ ނަމަ، އެކަން ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި އީސީގެ ރައީސް ސުލައިމާނަކީ "ތަންދޮރު" ދަންނަ ބޭފުޅެއް ނޫނެވެ. އަދި އީސީގެ ނިންމުންތަކަކީ ސީދާ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ނިންމަވާ ނިންމެވުންތަކެއް ކަމަށާއި ރައީސް ޔާމީން އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިޚާބުވި އިރު ހުރި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ހިނގައްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަމަކު އެ ހުކުމުގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ހުކުމް އައުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް، ހުކުމުގެ އުސޫލެއް ނުހިނގާނެ އެވެ.
ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކިކޮށްފަ އެވެ. ދިއްދޫ ދާއިރާގެ ލަތީފު، އަމިއްލަ އަށް ޕީޕީއެމުން ވަކިވެވަޑައިގަތީ ވެސް އެ ހުކުރުމުގެ ކުރިންނެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާ ބުނާ ގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާ މެެދު ސުވާލު އުފެއްދިއްޖެ ނަމަ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސޭނުބެ
30 November 2017
ކަލޭމެންތީ އެންމެ ބޮޑެތި ޖޯކަރުން!!!
ފާއިޒް
22 July 2017
އިލެކްޝަން ގެ އަމަލު ޖޯކަކަށްވާއިރު މީނާ ފެނުނަސް ޖޯކަކަށްވޭ އިސްކޯޅާ ނުގުޅޭ ބޮޑެތި ވާހަކަ ދައްކާތީ...
ޔެސް
20 July 2017
ތިޔަބުނާ ގޮތަށް ރީކޯގެ ގޮނޑި ގެއްލެން އޮތްނަމަ އަވަހަށް އެކަން ކުރަންވީ. މިހާރުވެސް ޕީޕީއެމް ފާޑުގެ ހަމަނުޖެހޭ ކަންކަން ކުރަންފަށައިފި.
މުރާސިލް
20 July 2017
ޙަސަނާއެވެ. އިލެކްޝަން ކޮމިޝަނަށްވުރެ ހަސަނުމެންގެ ޖޯކުކަން ބޮޑެވެ. ކެނެރީގޭ ނަޝީދު އެންމެންނަށް އެނގޭގޮތަށް ހިންގި އަދި އަމިއްލައަށަ އިޢުތިރާފުވި ޓެރެރިޒަމްގެ ކުށް އެއީ ނުކުރާ ކުށެއްކަމަށް ހަދަން ތިކުރާ މަސައްކަތާއި ދައްކާ ވާހަކަ އެއީ މިޤަރުނުގެ ބޮޑު ޖޯކެވެ.
ހޯބޯ
20 July 2017
ހަސަން ލަތީފަށް ކިހިނެއްވީބާ؟ ވަރަށް ބޮޑަށް ބަދަލުވެފަ ހުރިތަން މިފެނުނީ. ވެރިކަން ބަދަލު ނުކުރެވިގެން ވަރަށް ބޮޑަށް ބޮލަށް ބާރު ކޮށްފަ ހުރިކަމަށް ފެންނަނީ!
އަލީ
20 July 2017
ރަގަޅަށް ފޭވެފައި ތެތިބީ.
ވައްޑެ
20 July 2017
ޅަތީފޫ ހާދަ ޅައޭ !! މައުމޫން އެމް ޑީ ޕީ ލީޑަރަކަށް ވުން އެއީ ކިހާ ބޮނޑު ޖޯކެއް !!!!
ކޭޑު
20 July 2017
ދެން މީނަޔޯ މިޤައުމުގަ ތަނާ ދޮރު ދޮރާ ހުންނަތަން އެނގެނީ. އެހެންތާ ވާނީ މަގުމަތީގަ އުޅޭ ކުދިންނަށް ބޮޑަށް އެނގޭނީ. ލޮލް
ޚިޔާލް123
20 July 2017
ދެން އީސީ ގެ ހުރި ވަރެއް ބަލައިލަން ރީކޯ މޫސަޔާ އަލީމުހައްމަދާއި ވެލިދޫ ޔާމީން އެމް ޑީ ޕީ ކެޑިއްޖެކަން އީސީ އަށް އަންގަންވީ އެމް ޑީ ޕީ ން ދެން މިކަން ކޮއްފަ ހިގައި އަތްޖަހައި ހޭން ތިބެމާ ލާހިކެއްނޫން އީސީ އަކަށް އެމެންބަރުންގެ ގޮނޑިހުސްވިކަމަށް އިއުލާކޮއލައިކަށް ކިހަލަ ދެކޮޅު ނުޖެހޭ ކަންކަން މިކުރަނީ ސްޕްރީމް ކޯރޓް ބޭނުންކޮއްގެން...
ހަތަރުކަށިމަތި މާލޭ މީހާ
20 July 2017
ހެހެހެހެ. ރޯދައިގެ ފަހުން ދިން އުފާވެރި ޚަބަރުން އެންމެންތައް އުފަލުން އަވަދިވަނީ. ދެން ކޮން ރުޅިއެއްތަ ތިއަންނަނީ؟