ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
31 ޖުލައި 2017 - 21:01
އަންހެނުން އިސް މަގާމުތައް އަދާކުރުން ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް މަނާ ނުކުރާ ކަމަށާއި ދިވެހި އަންހެނުން ވަނީ ގާބިލްކަން ސާބިތުކޮށްދީފައި ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މި ވަނީ ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސުމަކީ އިސްލާމީ ޝަރީއަތް ހުއްދަކުުރާ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވުމުން އެކަން ބޮޑު ބަހުސަކަށް ވެފައި ވަނިކޮށެވެ.
Our religion, constitution & laws do not ban women from any public office, even the highest. Maldivian women have proven their capability.
— Dunya Maumoon (@dunyamaumoon) July 31, 2017
ދުންޔާ ކުރެއްވި ޓުވީޓު.
މި ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާގެ މި ޓުވީޓަށްފަހު، އަންހެނަކަށް ސިޔާސީ އަދި ޝަރުއީ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމަށް އިސްލާމީ ޝަރީއާ އިން ސާބިތުވާ ކަމަށް ވިދާޅުވެ ބައްޕާފުޅު މައުމޫން ކުރައްވާފައިވާ ޓުވީޓް ރިޓްވީޓް ކުރައްވާފައިވެ އެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ ގޮތުން މި ބަހުސް އުފެދިފައި މި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން ވަކިކުރައްވައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް އުއްތަމަ ފަނޑިޔާރުކަން ދޭން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރަކަށް އާޒިމާ ހަމަޖައްސަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، އެ މީހުން އެކަން ސިފަކުރަނީ ސަރުކާރުން ހިންގަން އުޅޭ "ޖަރީމާ"އެއްގެ ގޮތުގަ އެވެ.
އިދިކޮޅު ފަރާތްތަކުގެ މި ވާހަކަތަށް، ސަރުކާރު ހިންގާ ޕީޕީއެމުން ދޮގު ކުރެ އެވެ. ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަނީ އެ ކޯޓުގައި ހުރި ބައެއް މަައްސަލަތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަަޑިގިއްލާ
01 August 2017
އަޅުގަނޑަކީ ދީނީ އިލްމުވެރިއެއްނޫން! އެހެންނަމަވެސް އެފަދަ މަޤާމަކަށް އާޒިމާ ތަސައްރަފު ނުފުދޭކަން ޔަޤީން!
ޝާޔަދު
01 August 2017
އެއްބަނޑު އެއްބަފާ ކޮއްކޮ އަށް އެއްވެސް ހައްގަކާނުލާ ސަރުކާރުން އަނިޔާވެރިވަމުންދާއިރު އެކަމަށް ބަހެއްނުބުނެ އެހެން ކަންތައްތަކަށް ބަސްބުނަށް ކެރުނީތީ ހައިރާންވެ އަންތަރީސް ހިވޭ ހަމަ. ދީނުގަ އަންހެނުންނަށް ބާރުވެރިކަންދީފަ އޮންނަ ގޮތްދޮ އެއީ
އަމީން
01 August 2017
ދީނީ ޢިލްމުވެރިން މިކަހަލަ ކަންތައްތަކުގައި ދަލީލު ތަކަށް ބުރަދަންވެ ހުރެ ވާހަކަ ދެއްކުން ބުއްދިވެރި. ކަމަނާގެ ދާއިރާއެއް ނޫން.
ހަބޭސް
01 August 2017
މިގައުމުގައި ﷲއަށް ބިރުވެތިވާ އިޚުލާސްތެރި އަންހެނުނާއި ފިރިހެންމަދު ދުނިޔެވީކަންކަމުގައި ގާބިލުވުމަކީ ހުރިހާކަމެއް ހަމަވުމެއްނޫން
މުޙައްމަދު
01 August 2017
އަންހެނުންނަށް އިޙްތިރާމް އަދާކުރަން! އިސްމަޤާމު ތައް އަދާކުރުމުގެ ތެރޭގައި ޤައުމުތަކުގެ ރައީސްކަމާއި، އުއްތަމަ ފަނޑިޔާރުކަން އަންހެނުން އަދާނުކުރެއްވިޔަސް މަތީ މަޤާމުތައް އަދާ ކުރެއްވުމުގެ އެރީތި ނަމެއް ނުގެއްލޭނެކަމުގައި ދެކެން.
ކަލޯ
01 August 2017
ފިރިހެނުންނާއި އަންހެނުން ހަމަހަމަ. އެއީ ﷲތަޢާލާ އެދެމީހުން ޚަލްޤް ކުރެއްވީ އެކެއްކިބައިން އަނަކަކަށް ޚިދުމަތް ލިބިގަތުމަށްޓަކައި. އަދި އަންހެނާ އިތުރަށް މަތް ކުރައްވައި ފަރުދާ ކުރެއްވި. ބުރަމަސައްކަތްކުރުމަށް ގެއިންބޭރަށް ދާނީފިރިހެނާ. އަންހެނުންގެ ޖިސްމާނީ ހަށިގަނޑުބަލަިވީމާ. ވުމާއިއެކެ އަންހެނާއަށް ފައިދާހުރީ އަދިޡަވާބު އިތުރުކަންބޮޑީ މީހުންގެ ތެރެއަށް ނިކުމެ ނޫޅުން.
ޞޮބާހް
01 August 2017
ދީނުގައި އެއްބަޔަކު ހުއްދައޭ ބުނާ ކަންކަން އަނެއް ބަޔަކު މަނާ ކުރޭ ދީނުގައި ވަކިގޮތަކަށް އެކަންކަމުގެ ހުކުމް އަންގަވާފައި ނުވާކަންކަމަށް މިފަދައިން އަމަލުކުރެވޭ. ޢެންމެންނަކީ ދީނީތައުލީމުގެ ބައެއް ނޫން. އެހެންވީމާ މިފަދަ މީހުން ނަށް އޮތްގޮތަކީ ކަންކަމާ ފާޑުކިޔުމުގެ ބަދަލުގައި ރަނގަޅުގޮތަކީ ކޮބައިކަން ހޯދުން.
ޕޮއް
01 August 2017
އަގަފެޅީތަ..... ތީމިހާރު އަހަރުމެން އިތުބާރު ކުރާފަރާތެއްނޫން މަޤާމުގެ ދަހިވެތި ކަމަުގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ
ޕްރިންސެސް
31 July 2017
ކޮބާތަ ދީނުގައި ތިޔަބުނާ ކަމަކަށް ހުއްދަ ދޭ ކަމުގެ ހެއްކަކީ....
އަހުމަދުބެ
31 July 2017
ދީނީ ކަންކަން ދީނީ އިލްމުވެރީންގެ މައްޗަށް ދޫކޮށްލާށެވެ.