ބަންދުކޮށްފައި ތިބި މެމްބަރުންގެ ވަކީލުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
10 އޯގަސްޓް 2017 - 16:54
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހައްޔަރުކޮށް، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ ވަކީލުން މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ.ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ތިން މެމްބަރުންގެ ވަކީލުން ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ކަމަށް ބުނެ، މެންބަރުން ބަންދުކޮށްގެން ގެންގުޅެނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. ތިން މެމްބަރުން ހައްޔަރުކޮށްގެން ގެންގުޅޭ ސަބަބީ މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ އިދާރާ އަށް ވަންނަން އުޅުން ކަމަށް ތުހުމަތުކުރާއިރު، އަމީތާއި ސައުދު އަދި ވަހީދަކީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ޕީޕީއެމުން އެ ތިން މެމްބަރުން ވަކިވެވަޑައިގެންފައި ވަނިކޮށް، ޕީޕީއެމުން އިލެކްޝަންސްގައި އެދިގެން އެ ޕާޓީން ބޭނުންވާ ތާރީހެއްގައި މެމްބަރުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަނުން ނިންމިއަސް، އެއީ އަދިވެސް މަޖިލީހުގެ މެމްބަރުން ކަމަށް ވަކީލުން ވިދާޅުވި އެވެ.
އަމީތުގެ ވަކީލް، އަލީ ޒާހިރު ވިދާޅުވީ އިންސާފު ނުލިބި ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ވެސް އެ މެމްބަރުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިގެންދާ ދުވަސްތަކެއް ކަމަށެވެ. ގާނޫނާ ޚިލާފަށް ބަންދުކޮށްފައި ބޭތިއްބުމުގެ އިތުރުން ވެސް އިތުރު އަދަބުތަކެއް ދެމުންދާ ކަމަށް ވިދާޅުވި އެވެ.
"ދޫނިދޫގައި މި ބޭފުޅުން ބައިތިއްބާފައި ތިބި ތަނުގެ ކަންކަން ހުރީ ވަރަށް އިހާނެތިކޮށް، ދެރަވަރުކޮށް. އެ ބޭފުޅުންނަށް އެކަންޏެއް ނޫން، އެ ޖަލުގައި އާއްމުންނާ ދޭތެރޭގައި ވެސް ކަންކަން ހުރީ މިގޮތަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި މެމްބަރުން ބައިތިއްބާފައި ވަނީ ހޫނު ގަދަ ގޮޅިތަކެއްގަ އެވެ. ސާފު ބޯފެން ފޮދެއް ލިބެނީ ވެސް ބޭސް ސިޓީގައި ޑޮކްޓަރު ލިއުއްވުމުން ކަމަށް ވިދާޅުވި އެވެ. އެހެން ނޫނީ، މެމްބަރުން ބޯން ޖެހެނީ ނަޖިސް ފެން ކަމަށް ވެސް ވިދާޅުވި އެވެ.
ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު ބައްލަވައި ވަގުތުން ފިޔަވަޅު އަޅަން ވެސް ވަކީލުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.
ސައުދު އޮންނެވި، ގޮޅި ސިފަކުރައްވަމުން ވަކީލް އަލީ ޝާހު ވިދާޅުވީ އެއީ "މަސް ހިއްކާ އައްޓެއް" ފަދަ ތަނެއް ކަމަށެވެ. ހައްޔަރުކޮށް، އަމަލުކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ވިދާޅުވި އެވެ. ސައުދު ބަންދުކޮށްފައި ވަނީ ފިލާފާނެތީ ކަމަށް ފުލުހުން ބުނާއިރު، ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައި އޮތް މީހަކަށް ފިލޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"ސައުދު ހުސެއިން ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި، މީހަކު ބަންދުކޮށްގެން ގެންގުޅޭނެ ފަދަ ހެއްކެއް ދެއްކިފައެއް ނުވޭ،" ޝާހު ވިދާޅުވި އެވެ.
ވަހީދުގެ ވަކީލް، މަހްފޫޒް ސައީދު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރަނީ މެމްބަރަކަށް ނުވާއިރު މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރެއްވި ތުހުމަތެވެ. ވަހީދު ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ހައި ކޯޓަށް ހުށަހަޅައި އެ ކޯޓުން ބަލައިގަތް ނަމަވެސް އަދިވެސް އަޑު އެހުމެއް ބާއްވާފައި ނުވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
ވަހީދު ހައްޔަރުކޮށް ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން، ކޯޓުން އަނެއްކާ ވެސް ވަނީ ހަތަރު ދުވަސް އިތުރުކޮށްދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާ
11 August 2017
އަނިޔާ އެއީ މިހާރު މިރާއްޖެ ދަންނަ ކަމެއް ނޫނެވެ. ޑިކްޝަނަރީން ފޮހެލަންޖެހޭ ބަހެކެވެ.
ޢިންސާފް
11 August 2017
މެމްބަރަކަށް ވިޔަސް ކުއްވެރި ވީމަ ގެންދަން ޖެހޭތަނަކީ ޖަލު. ޖަލަކީ ރިސޯޓެއްނޫން ނުވަތަ ރެސްޓޯރެންޓެއް ވެސްނޫން ޝުކުރިއްޔާ.
ޖަލު
11 August 2017
ކަލޭދޯ ދިޔައީ
އަސުލު
11 August 2017
އެމީހުންނަކީ ކުއްވެރިންނެއްނޫން. ކުއްވެރިންތިބީ މަގުމަތީގައި އަދި ސަރުކާރުގައި.
ާދިވެހި ދަރިއެއް
11 August 2017
ހުރިހާނުބައެއް ހަދަނީ ހަމަތިޔަބައި މީހުން ހައްޔަރުކުރެވެނީ އެހެންވެ އަދި ކަމުންރެކެން އަތުނުވާން ދުވެ ގަދަހަދާތަން އެހުރީފެންނަން ވީއިރު އަނިޔާވާވަރު ކުޑަ ނަމަވެސް ޑިމޮކްރަސީގެ މަންމަ އިންޑިއާގައި ކުއްވެރިންގެ ކުއްތައް ސާބިތުކުރާގޮތަށް ރާއްޖޭގއިކުރާނަމަ ދެވަނަފަހަރަށް ކުއްކުރަން ޚިޔާލުވެސް ނުކުރާނެ މިގައުމުގަ އެކަހަލަ އެއްކަމެއްވެސް ފުލުހުންނުކުރޭ ނަމަަވެސްސަރުކާރު ބަދުނާމްކުރުން ނޫންކަމެއް މިތިބަ ބައިގަނޑަށް ކުރަން އިނގެނީ މިކަހަލަ ދޮގުހަދައިގެން ކަމަށްވާތީ ދައްކާ ދިގުވާހަކަ މިހުންނަނީ
މުރާސިލް
11 August 2017
ވަކީލުންގެ ނަމުގައިވެސް ޔިޔަ އުޅެނީ ހަމަ ހާޑްކޯ އެކްޓިވިސްޓުންނެވެ. ތިޔަމީހުން ދައްކާވާހަކަ ޤަބޫލުކުރެވޭނެ ހަމަ އެއްވެސްގޮތެއް ނެތެވެ. އަދި އަމުދުންތިޔަބުނާހާ އަރާމުލިބެނީ ދުނިޔޭގެ ކޮން ޖަލެއްގައި ހެއްޔެވެ؟ ފުރަތަމަ ތިޔަވަކީލުން ދަސްކުރަންވީ ޖަލަކީ ކޮބައިކަމެވެ. ޢޭގެ ފަހުން ޖަލާއި ބެހޭގޮތުން ވާހަކަ ދެއްކުން ރަނގަޅުވާނެއެވެ.
އެކްސްޕާޓް
10 August 2017
ފުލުހުން ތަހުޤީގުކުރާ މައްސަލަތަކާއިގުޅިގެން މީހުން ބަންދުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭނުންކުރާ ޖަލުތަކަކީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އަށް ހިންގާ ތަންތަން، ފުލުހުން މީހުން ބަންދުކުރާ ޖަލުތަކަކީ ޔޫއެން، އާއި ހިއުމަންރައިޓްސް ކޮމިޝަން އިން ކަނޑައަޅާފައިވާ ސްޓޭންޑަރޑް ތަކަށް ފެތޭ ޖަލުތަކެއް، ޔޫއެން އާއި ރެޑްކްރޮސް އިންނާއި އެނޫންވެސް ބޭރުގެ މިނިވަން މުއައްސަސާތަކާއި ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކުން ކުރިންއެނގުމަކާއިނުލާ ޖަލުތަކަށް ޒިޔާރަތްކޮށް ބަންދުމީހުންނާއި ސުވާލުކޮށްގެން އެއްވެސް ފަހަރަކު ޖަލުހިނގާގޮތާއި ބަންދުގައިތިބޭ މީހުންނާއިމެދު ބަލަހައްޓާ ފަރާތުން އިންސާނިއްޔަތާއި ހިލާފަށް އަމަލުކުރާކަމަށް ސާބިތުވެފައެއް ނެތް، ދެން މިބޭފުޅުން މިދައްކަނީ ކޮންވާހަކައެއްތޯ؟
ހުސޭނުބެ
10 August 2017
ކުށްކޮށްގެން ހައްޔަރުކޮށްފައިވާ ދިވެހި އެހެން ރައްޔިތުނޭ ހަމަ އެއްގޮތަށް މެމްބަރުންވެސް ހައްޔަރުކޮށްފައިވަނީ!! ތަފާތެއް ނެތް!! ވިއްޔާ ރަގަނޅަށް އިންތިޒާމް ހަމަޖެހިފައި އޮންނާނީ!! ދޮގު ހެދުމުގެ މާބޮޑު ބޭނުމެއް ނެތް!! ރައްޔިތުންނަށް ތީ ޖައްސާ ސްޓަންޓް ތަކެއްކަން!! ތި މިހާރަކު ނުހިނގާނެ!! ވާނުވާ މިހާރު އެނގޭ ގިނަ ދިވެހި ރައްޔިތުންނަށް!!!
ވިސްނާ
10 August 2017
މިހާރު މާރަގަޅު ބަޔަކަށް ވިޔަސް ތިވެސް ހަމަ ޤަށްދާރުން، ތިލިބެނީ ހަމަ އެމީހުން ބާރުގެ ބޭނުން ކޮށްގެން ރަށްޔިތުންނަށް ކުރިއަނިޔާގެ އަދަބު، އެމީހުން ވެސް އެރަހަ ދެކެން ޖެހޭނެ. ތިމީހުން ވޯޓްދީގެން މަޖިލީހުން ހުރިހާއަނިޔާވެރި ޤާނޫން ތަކެއް ފާސްކުރީވެސް. ކުރީގެސަރުކާރު ތަކުން ރަށްޔިތުންނަށް ފުލެޓްވެސް އެމީހުންގެ މުސާރައިން ހަމަޖެއްސޭވަރުގެ އަގުތަކެއްގައި ހަމަޖައްސާފައި ވަނިކޮށް ފުލެޓްގެ އަގު ބޮޑުކޮށް އެފައިސާ އެއްފަހަރާ ދޭގޮތަށް ބަދަލުކޮށްގެން އުޅެނީވެސް ތިޔާބައި މީހުންގެ އެއްބާރުލުމާއިއެކު.
އަތްފުނާ
10 August 2017
މެމްބަަރުންނަށް ކޮންަް އަނިޔާ އެއް ، ކަލޭމެން ގެ ސަބަބުން އަހަރެމެންނަށް ވާ އަނިޔާ އ ޯ