އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް: މަޖިލީހުގެ މަސައްކަތް މިިނިވަންކަމާ އެކު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި - ފޮޓޯ/މިހާރު
24 އޯގަސްޓް 2017 - 15:37
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މާހައުލެއް ގާއިމްކުރަން އެމެރިކާ އިން ރާއްޖެ އަށް ގޮވާލައިފި އެވެ.
މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުލް ކެޝަޕް ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ މަޖިލީހުގައި ހިނގަމުންދާ ކަންކަމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. މިނިވަންކަމާ އެކު މަޖިލީހުުގެ މަސައްކަތްތައް ކުރެވުމަކީ ޑިމޮކްރަސީއެއްގައި މުހިންމު ކަމެއް ކަން ފާހަގަކޮށް، އަތޫލް ގޮވާލެއްވީ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ސިފައިންގެ ހިމާޔަތުގައި ކުރިއަށް ގެންދަނީ.
ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން އެމެރިކާ އިން އަބަދުވެސް ދެމި އޮންނާނެ ކަމަށާއި ރާއްޖޭގެ ހަމަޖެހުމަށް އެމެރިކާއިން އަބަދުވެސް އެދޭ ކަމަށް ޓްވިޓާ މެދުވެރިކޮށް އަތޫލް ދެއްވި ސްޓޭޓްމަންޓްގައި ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ޖަލްސާއަށް ހުރަސް އަޅަމުންދާއިރު، އެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ދެމެދުގައި ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. މިއަދު ވެސް މަޖިލީހުގައި ވަނީ އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް ބިސް ޖަހައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
24 August 2017
އެމެރިކާއަކީ ޑިމަކްރަސީއޭ ކިޔައިގެން ވާހަކަ ދައްކަން ކޮންބައެއް ހެއްޔެވެ؟ ކަލޭމެން ޑިމަކްރަސީގެ ވާހަކަދައްކަން ލަދެއް ނުގަނޭ ހެއްޔެވެ؟
ޙާސަރު
24 August 2017
ޢެމެރިކާވެސް ތަޅަނީ ހުސްއަނގަ! މިރާއްޖޭގައި ޑިމޮކްރަސީ އެއްކޮށް ނެތިދިޔައީމަވެސް ހަމަ ބަޔާން ނެރުން ނޫންކަމެއް ނުކުރޭ! މިހާހިސާބަށް ކަންކަން ދިޔައީމަ ހުންނާނެ ކުރެވޭނެ ކިތައްމެ ކަމެއް.
ކުކަރޭ
24 August 2017
ނުބެހޭ ކަންތަކާ ކާޅުކެޔަސް ސޮއް ނުގޮވުން މާރަނގަޅުވާނެ
ނުހާ
24 August 2017
ރާއްޖޭގަ މިހާރު އިންސާފެއް ނެތް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
24 August 2017
ތިންބާރު ވަކިކޮށްފައި އޮތް ވެރިކަމުގެ ނިޒާމެއް އަހަރުމެން ރާއްޖޭގައި ޤާއިމް ކޮށްފައި ވަނިކޮށް ޤާނޫނު ހަދާ ބާރުގެ މައްޗަށް ނުޙައްޤު ބާރުތަކެއް ފޯރުވާ "ޤާނޫނު އަސާސީ ކޮށާލުމަށްފަހު" ވެރިކަމުގައި ދެމިތިބެވިދާނެ ކަމަށް ހީކޮށްގެން ނުވާނެ. . . އަހަރުމެން "ރައްޔިތުން އެދި މިގޮވަނީ" އެކުވެރު ދައުލަތް ތަކުގެ އެހީތެރިކަމާއި އެކުގައި މި ދަައުލަތް ސަލާމަތް ކޮށް ދިނުމަށް.
ހަސަނު
24 August 2017
އެމެރިކާ އާއި ބެހޭކަމެއްނޫން. ނަމަވެސް ހުރިހާކަމެއްވެސް ހިނގަންވާނީ އުސޫލުތަކުގެ ތެރެއިން.
ޙަސަން އަޙްމަދު
24 August 2017
އެއްވެސް ގައުމަކުން ދާޚިލީ ކަންކަމާ ބެހިގެން ނުވާނެ. ޢެކަމަކު، ވަކި ހިސާބަކަށް ކަން ގޮސް ގައުމެއް ހަފުސްވަމުން ދާއިރު އަޅައި ނުލުމަކީ ބައިނަލްއަގްވާމީ އަޚްލާގީ މިންގަނޑާ ޚިލާފު ކަމެއް. މި ގައުމުގެ ރައްޔިތުންގެ މައްޗަށް މިއޮތީ ގޭންގެއް ވެރިވެފަ. ހިތުހުރި ގޮތަކަށް އެދަނީ ސަރުކާރުގެ ޝަރުއިއްޔަތު (ގާނޫނީ ސައްހަކަން) ގެއްލިއްޖެ.
ޝަހާމު ޝަރީފް
24 August 2017
މިއީ އެމެރިކާއާ ބެހޭ ކަމެއްނޫން. އަމުދަކުން ރާއްޖޭގައި ހަމަނުޖެހުމެއް ނުހިނގާ. ހީވަނީ ރާއްޖޭގައި ހަމަޖެހުން ނުހިނގައިގެން އުޅޭ ބައެއްހެން. ހިނގާ ކަމެއްވަނީ ގެއެއްގެ ތެރޭގައި. އެއީ މަޖްލިސް ކުރާ ގެ. އެކަމަކުން އާންމު ރައްޔިތުންނަކަށް އެއްވެސް ދައްޖެއް ނުވޭ. ސަރުކާރުން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ބަރާބަރަަށް ލިބެމުންދަނީ. ދެން ކޮންކަމަކާ ހާސްވަނީ.
ޖަމީލު
24 August 2017
އެހެންހަދައިގެންނުވާނެ މިހެން ހަދައިގެންނުވާނެ . އެނިމުނީ ދޯ!! އަހަރެމެން ހަނާވަނީ އުސޫލެއް ޤަވައިދެއް ނުލިބިތިބެ
ވާލުސޮރު
24 August 2017
އެމެރިކާ ގެ ވާހަކައެކޭ މަސީހުގެ ވާހަކައެކޭ ތަފާތެއް ނެތް. މަސީހުވެސް މަސައްކަތް ކުރައްވަނީ އިސްލާމް ދީނާ ދިވެރި ރައްޔިތުންގެ ހައްގުގަ. އަނެއްކޮޅުން އެމެރިކާ ވެސް މަސައްކަތްކުރަނީ ގައުމުތަކުގެ ރައްޔިތުންނާ ޑިމޮކްރެސީގެ ހައްގުގަ. އެކަމަކު ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް ވެރިޔާ މިހާރުވެސް ހުންނެވީ އެމެރިކާގެ ދައުވަތަކަށް ވައިޓް ހައުސް ގަ. ކިހާ ތާހިރު!
ކެޗަޕް
24 August 2017
ކޮންމެވެސް ގޮވެލިފައްޗެއް ގޮވާލާ، ނޫނީ ކަންބޮޑުވޭވޭ ކަލޭމެން ތިބޭތި މިގައުމު ހަލާކުވެ ނެތިގެންދާއިރުވެސް.
ފޮނިކަލޯ
24 August 2017
އަހަރެމެންގެ ރައީސް ބުނީ މަޖްލީހުގައި އެހިނގާ ކަންތައްތަކަކީ ކަލެޔާ ބެހޭ ކަމެއްނޫނޭ ދެން ލަލަލާ