ރާއްޖެ އައި އިންޑިއާގެ އަސްކަރިއްޔާގެ ވަފުދުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ އިއްޔެ ބައްދަލުކުރަނީ.
28 އޯގަސްޓް 2017 - 14:22
އެކުވެރިކަމުގެ ދަތުރެއްގައި އިންޑިއާގެ ކޯސްޓް ގާޑުގެ ވަފުދެއް ވެސް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
އަވައްޓެރި އިންޑިއާގެ އަސްކަރިއްޔާގެ ވަފުދެއް ރާއްޖެ ހަރަކާތްތެރިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާ ގާތްގުޅުމެއް ބަދަހިކުރަމުން އަންނަ ޗައިނާގެ ތިން މަނަވަރެއް ވެސް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.
ރާއްޖެ އައީ އިންޑިއާގެ ކޯސްޓްގާޑު އެއާ ކްރާފްޓްގެ ހަ މީހުންގެ ވަފުދެކެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ވެސް އެ ވަފުދުން އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.
ރާއްޖެ އަށް އިއްޔެ އައި ޗައިނާގެ ނޭވީ މަނަވަރުގެ ތެރެއިން އެއް މަނަވަރު.--ފޮޓޯ: ހުސެން ވަހީދު /މިހާރު
އެމްއެންޑީއެފްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެފަދަ ވަފުދުތައް ދޭތެރެ ދޭތެރެއިން ރާއްޖެ އައިސް އަސްކަރީ އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާ އެވެ. މި ފަހަރު ވެސް އައީ އެފަދަ ވަފުދެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާގެ ތިން މަނަވަރު ފުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ޗައިނާ އިން އިންޑިއާ ކަނޑުގައި ބާރުގަދަ ކުރަން އުޅޭ ކަމަށް ބުނެ ދެ ގައުމުގެ މެދުގައި ސިޔާސީ ގޮތުން ނުތަނަސްކަން އުފެދިފައިވާތާ ވެސް ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި ދެ ގައުމު ގުޅުނު ބޯޑަރު ސަރަހައްދަށް އިންޑިއާގެ 300 ސިފައިން ޖަމާކުރި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެފައިވެ އެވެ. އިންޑިއާގެ ސިފައިން އެ ބޯޑަރަށް ޖަމާކުރީ، ޗައިނާ އިން އިންޑިއާގެ ބޯޑަރާ ދިމާލަށް މަގެއް ހަދަން ފެށުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނަވަރު
30 August 2017
ތީ މަނަވަރެއް ނޫން، ތިއީ ހާބަރ ޕެޓްރޯލް އެމީހުންގެ...ރާއްޖޭ މީހުން އާކަޑަ ހެދީގެން އުޅެނީ. މަވެސް ހީމެނޭގޮތަށް.
ހޭކެނޑޭ
28 August 2017
މި ފެނިގެންދަނީ ރަޢީސް ނަޝީދު ވިދާޅުވި ވާހަކަ. މެދު އިރުމަތިން ފެށިގެން އޭޝިއާގައި ވާ ޤައުމު ތަކުގެ މެދުގައި އުފެދިފައިވާ މައްސަލަ ތައް މި ކުޑަކުޑަ ރާއްޖެ އަށް މި ސަރުކާރުން އެނގިގެން ނަމަވެސް ނުވަތަ ނޭގި ނަމަވެސް ގެންނަން މަސައްކަތް ފަށާފައިވާ ކަމުގެ އަލާމާތް.
ހޭ ބަލިވާ
29 August 2017
ރައީސް ނަޝީދު ބުނި ކީރިތި ޤުރުއާޏާ ސުންނަތް ނޫން އެހެން އޯލްޓަނޭޓިވް ގޮތެއް މި ޤައުމަށް ބޭނުންވާވާހަކަވެސް. ބޮވެން ޖެހޭނެ ވާހަކަވެސް ބުނި.
ކޮވާރޓު
28 August 2017
ދެން ބޮޑު ދެބާރެއްގެ ގުޅަކުޅޭ ފަސްގަނޑަކަށް މިގައުމު ނުހަދާ ހުއްޓާލާ
ދޮންބަބުރުސޮރު
28 August 2017
ކޮން ބޮޑު2ބަަރެއްތޯ؟އަމިއްލަޔަށް މަބޮޑޭ؟
މާމަ
28 August 2017
އިންޑިޔާ އިން ހާދަފޯރިއެއް އެބަހުއްޓޭދޯ
ނުލިޔެވޭ
28 August 2017
އަހަރުމެންގެ ޗައިނީސް އޯވަރލޯރޑސް އާއި އިންޑިއާ ހަނގުރާމަޔަކަށް ދާން އުޅޭވާހަކަ މީގެ ދުވަސްކޮޅެއް ކުރިން އަޑުއެހިން. އެކަމަކު މިހާރު އެމީހުނަ ކުރިމަތިލުމަކަށް ނުދެޔޯ. ރާއްޖެއަށް އަހަރުމެންގެ ޗައިނީސް އޯވަރލޯރޑސްގެ މަނަވަރު ތައް އައީ، އެ ދެގައުމް ހަނގުރާމައަކަށް ގޮއްސިއްޔާ ރާއްޖޭގަ އެމީހުނަށް ބަނދަރުކުރުމުގެ ފުރުސަތު އޮތްކަން ދައްކައިލަން. އަހަރުމެންގެ ޗައިނީސް އޯވަރލޯރޑސް ވަނީ މިހާރު ސައުތް އޭޝިއާ އާއި އެފްރިކާގެ އިކޮނޮމިކް ކޮންޓްރޯލް ހޯދައިފައަ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
28 August 2017
ޔާމީން އަބުދުލް ޤައްޔޫމް ގެ ވެރިކަން ނިމިގެންގޮސް 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބު ކުރާ "ރައްޔިތުންގެ ސަރުކާރު" ދައުލަތް ހިންގުމާއި ހަވާލުވާއިރު "ވައްކަން ކޮށް ލޫޓުވާލާ ތޮށިގަނޑަކަށް ހަދާލާފައިވާ ތިޖޫރީ" ގެ އިތުރަށް އިންޑިޔާ ކަނޑު ގަޑުބަނޑުކޮށް މިތުރުން ހަތުރުންނަށް ހަދާ ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ދެމުން މިދާ ގެއްލުން ފޫބައްދަން ބުރަ އުދަގޫ މަސައްކަތް ތަކެއް ކުރާން ޖެހޭނެ. . . . . މިފަދަ ކަންކަމާ ހުރެ ސިޔާސީ މީހުން ބުނަނީ "މިސަރުކާރު ވެރިކަމުގައި ދެމިއޮންނަ ކޮންމެ ދުވަހަކީ ޤައުމަށް ރައްޔިތުންނަށް ދެރަލިބޭނެ ދުވަސްތަކެއް" ކަމަށް
ހުސޭނުބެ
28 August 2017
ކަލޭގެ ސިކުނޑިންތަ ތިވިސްނަނީ!!!
މާލޭ ސިޓީ
29 August 2017
ޔާމީނު ކެއީއޭ ކިޔާއިރު ކޮބާ 2009 ން ފެށިގެން 2011 ގެ ނިޔަލަށް ސަރުކާރުން ކަނޑައެޅި ބަޖެޓް. 50 ބިލއަން ރުފިޔާގެ މަސައްކަތް މިޤައުމުގައި ކުރެވިފައިވޭތަ. ތިޔަބުނާ އައްޑޫ ސިޓީގައި ހެދި ތަނެއް ހެދީވެސް މިޤައުމުގެ ސިފައިން ލައްވާ. އެލާރިވެސް ވީތަނެއް ނޭނގޭ. ޖީއެމްއާރަށް 170 މިލިއަނަށް ޤައުމު ދަރުވާލާފައި އެފައިސާވެސް ދައްކާ ޚަލާސް ކުރީ ޔާމީނޭ. ޔާމީނުގެ 4 އަހަރު ނިމޭއިރު ނޫނީ ކަލޯ ތިކިޔާ އައްޑޫ ސިޓީ ރައްޔަތުންނަށްވެސް ފައިދާހުރިކަމެއް ނެތޭ ކުރެވިފަ. ހިތަދޫ ބޮޑު މަގުގައި ތާރު އޅި ތަާރުގަނޑު ބަލާ މިހާރު. މިކަންވެސް ކުރީ ޖީއެމްއާރުގެ ބާރު އޮތް އެއަޜޕޯޓަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަޑައިނުގަންނަވާތި އައްޑޫ ގައި ސާކު ސަމިޓް ބޭއްވީ. އޭރުވެސް މިމީހުންގެ ކުންފުނިތަކުން ކޮރަޕްޓް ކަންތައް ހިނގާލީ. ނަޝީދަށް ވެސް ނޭޅުނު ހޮސްޕިޓަލް ޔާމީނު އަޅާއިދީގެން ޚިދުމަތް ހޯދަން ކަލޯއަށްވެސް ޖެހޭނީ ދާން. މީގެ ފަހުންވެސް އައްޑޫއޭ ކިޔާފައި މޮޔަނުގޮވާތި.
އަތްފުނާ
28 August 2017
އިންޑިޔާއަކީ ކަމަަކަށް ކަމެއް ކޮށްދޭ ބައެއް.ދެއްކުންތެރި ބައެއް.ޗައިނާއަށް ހަސަދަވެރިވާ ބައެއް.އަދި މިދާވަރުން ދަންޏާ އިންޑިއަން އޯށަން މިނަންވެސް ބަދަލު ކުރާނަން.
isis
28 August 2017
ޗައިނާގެދެބޯގެރި ރާއްޖެ
މެންޓަލިސްޓް
28 August 2017
އިންޑިޔާގެ މަނަވަރާއި ޗައިނާގެ މަނަވަރުތަށް ރާއްޖެއައިސްގެން ތިޔައުޅެނީ އަނެއްކާ ކޮންގޭސްގަނޑެއް އަންބުރާންތޯ ؟؟ 3 ވަނަބޮޑުހަނގުރާމަ ފަށަންތޯ ؟؟ ކޮންމެބަޔަކު ވާދައަށް ހަތިޔާރު އުފައްދައިގެން ދުނިޔެހިފަންތިޔައުޅެނީ ދާންއޮތް ތަނުގައި އެނބުރޭނޭ މާކަބޮޑުގޭސްގަނޑެއްނޯންނާނެ ،، ޗައިނާވެސް އިންޑީޔާވެސް ތިޔައުޅެނީ އިންސާނީ ހުދޫދުން ބޭރުވެގެން ހައްދުންނައްޓައިގެން ،،، ހަނގުރާމަކޮށް ގައުމުތަށް ހިފައި އެއްބަޔަކު އަނެއްބަޔަކު އަޅުވެތިކުރުވުމަކަށް ނޫން ދުނިޔެދެއްވީކީ ،،، ބޮލަށް ތެޔޮއަރާފައި ތިބޭލީޑަރުން ގައުމުތަށް ހިންގާންފެށީމައި ޕީސް އެންޑް ހާރމަނީ ގެއްލުވާލާނެ ،،، އެއީ ސައިކޯޕާތުންކަމަށް ބެލެވެން އޮތީ ،،، ވަރަށްވެދުން
މަވެސް
28 August 2017
އަޖަބެންނުވާނެތަ ގުޅުންބަދަހިކުރަނި މަނަވަރެއްއަންއިރައް ތިހާބިރުގަނނަނީ މިއީމިހަކުމަރުވާ ރާއްޖެއެއްނު