ޚަބަރު / ފާރިސް މައުމޫން

އެންމެ ސިކުންތަކަށް ވެސް ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: އިދިކޮޅު ޕާޓީތައް

ނިއުސް ކޮންފަރެންސެއްގައި ފާރިސް މައުމޫން ވާހަކަ ދައްކަވަނީ: އޭނާ ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވޭ---މިހާރު ފޮޓޯ: ނިޝާން އަލީ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ގެންގުޅެނީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އެންމެ ސިކުންތަކަށް ވެސް އޭނާ ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާނޫނީ ވަކީލު، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ފާރިސް ބަންދުކޮށްގެން މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާއާ ދޭތެރޭ އަމަލުކުރަމުން ދަނީ ގާނޫނީ އިމުން ބޭރުން ކަމަށެވެ. ފާރިސް ބަންދުކޮށްގެން އުޅެނީ ގާނޫނީ އެއްވެސް ހުއްޖަތެއްގެ މައްޗަށް ނޫން ކަމަށް ވާތީ އޭނާ ވަގުތުން މިނިވަންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ފާރިސް ބަންދުކޮށްފައިވާއިރު، ހަމަ އެފަދަ މައްސަލައެއްގައި ބަންދުކުރި އެކަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު ވެސް ފާރިސް ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށް ކަން ސާބިތުވާ ކަމަށް އަލީ ވިދާޅުވި އެވެ.

ހަމަ މިފަދަ މައްސަލައެއްގައި، ހައި ކޯޓުން ގޮތްތަކެއް ނިންމާފައިވާ ހުކުމަށް ބަލާއިރު ވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ބަންދުގައި ނުބެހެއްޓޭނެ ކަން ސާބިތުވާ ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ޝާފިއުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތަށެވެ. ކްރިމިނަލް ކޯޓުން ޝާފިއު ދޫކޮށްލުމާ ގުޅިގެން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރުމުން ނިންމީ، އޭނާ ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.

މިއީ އެއްކަހަލަ ދެ މައްސަލައަކަށް ވާއިރު، ފާރިސްގެ މައްސަލަ ނުނިންމައި ދިގު ދަންމަނީ ކީއްވެތޯ އަލީ ސުވާލު އުފެއްދެވި އެވެ.

"ފާރިސް ހުށަހެޅި އިސްތިއުނާފް މައްސަލާގައި ހުކުމާ ހަމައަށް ގޮސްފައި އޮއްވައި ކުއްލިއަކަށް ލަސްކުރުމާއި މައްސަލަ ބަލާ ފަނޑިޔާރު ބަދަލުކޮށް އިސް ފަނޑިޔާރުގެ ބިއުރޯ އަށް ބަދަލުކުރުން ފަދަ ކަންކަމަކީ އަޅުގަނޑުމެންނަށް ސުވާލު އުފެދިގެންދާ ކަންކަން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާރިސް ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ގާނޫނާ ޚިލާފުވެފަ އެވެ. ސަބަބަކީ ނުހައްގުން ބަންދުކޮށް ފާރިސަށް އަނިޔާ ދެމުން ދާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސްގެ ވަކީލް މަހްފޫޒް ވިދާޅުވީ ބަންދުގައި ހުންނަވާއިރު ފާރިސް އަށް ފޯރުކޮށްދޭން ޖެހޭ އެންމެ އަސާސީ ހައްގުތަކަށް ވެސް ދަނީ ހުރަސްއަޅަމުން ކަަމަށެވެ. އޭގެ ތެރޭގައި ވަކީލުންގެ ބައްދަލުވުންތަކަށް ފުރުސަތު ނުދިނުމާއި މަޖިލީހަށް ހާޒިރުނުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްފޫޒު ވިދާޅުވީ ގާނޫނީ ގޮތުން ބަލާއިރު، ފާރިސް ބަންދުގައި ބެހެއްޓޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެކަމަކު ވެސް، ފާރިސަށް އިންސާފު ހޯދައި ނުދީ ލަސްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ފާރިސްގެ ފަރާތުން 40 ސިޓީ މަޖިލީހަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޖަވާބު ލިބުނީ އެންމެ ސިޓީއަކަށް ކަމަށާއި އެ ސިޓީ އަށް ވެސް ޖަވާބު ދިނީ، "ތި ވިދާޅުވާ މައުލޫމާތު މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ" ކަމަށެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު މަޖިލީހުގެ ވެބްސައިޓު ބެއްލެވިއިރު، މަޖިލީހުން ވަކިކޮށްފައިވާ މެމްބަރުންތަކެއް ވެސް ލިސްޓުގައި ހިމެނޭ ކަމަށާއި އޭގައި ރަސްމީ ތައްގަނޑު ޖަހައިދޭން މަޖިލީހުން ދެކޮޅު ހަދާފައިވާ ކަން ވެސް މަހްލޫފް ފާހަގަކުރެއްވި އެވެ.

"މިއީ ހާލަތު އިނގޭތޯ؟ ފާރިސް މަޖިލީހަށް ވަޑައިގަތުމަކީ އޭނާ އަށް ލިބިގެންވާ ހައްގެއް. އެއީ މަޖިލީހުގެ ރައީސް ކަމުން ވަކިކޮށްފައިވާ އަބްދުﷲ މަސީހު ބޭނުންވީމަ، ބޭނުންވާ ދުވަހަކު ފާރިސްއަށް ދޭން ޖެހޭ ހައްގެއް ނޫން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފާރިސް ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލާގައި ހުކުމް ކުރުން ލަސްކުރަމުން ދަނީ އޭނާ މިނިވަންވާނެތީ އެވެ. ފާރިސް ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އޭނާއާ ދެކޮޅަށް މައްސަލަ ނިންމޭނެ އެއްގޮތެއް ވެސް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

12 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 24%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚާދިމް 2

31 August 2017

ޚާދިމް ވެސް ތިކޮމެންޓް ކުރަނީ ސަރުކާރުން ކަންތައްކުރަނީ, ހަމަހަމަ އާއި އިންސާފަށްކަމަށް އެހެންވިއްޔާ ތިހާ އިންސާފުވެރި ސަރުކާރެއްނަމަ, ފައިސާ ގޯނި ހިފައިގެން ތިމަންނައޭ ބުނި މީހާ, މިނިވަން ކަމާއެކު އުޅެނީ ކީއްވެގެން ހެއްޔެވެ? އަމިއްލައަށް އިއުތިރާވީމަތޯ? ފާރިޝް ރިޝްވަތެއް ނުދެމޭ ބުނީމަ ކުޑަގޮޅިއަށްތޯ? ތަފާތުކުރުންތޯ ރަނގަޅީ މީތޯ ވަކިމީހަކަށް ވަކިގޮތެއް މީތޯ މިސަރުކާރުގެ އިންސާފަކީ? އަމިއްލަ މީހާގެ ގުދެއް ނުފެންނާނެ ބުރަކަށި ނުފެންނާތީ އެކަމަކު ކުރިމަތީގަ ފުރަގަސްދީގެން ހުރިމީހާގެ ގުދު އަބަދުވެސް ފެންނާނެ ދެއްތޯ ޚާދިމް?

The name is already taken The name is available. Register?

ސަމާއ

31 August 2017

އަނިޔާވެރިވެވޭނީ އިސްލާމްދީނުގެ އަޞްލު އުޞޫލްތަކާ ޚިލާފުވެ ހުރެ އަނިޔާވެރިވާ ވުމަކީ ލާދީނީ ސިފައެއް

The name is already taken The name is available. Register?

މަވަރެއްނެތް

31 August 2017

ބައްޕާފުޅުގެ ދިގު ވެރިކަމުގައި ހާދަ ގިނަބަޔަކަށް ތަހްގީގެއް ޝަރީއަތެއް ކުރުމަކާ ނުލައި ބަންދުގައި ބައިތިއްބައިގެން އަނިވެރި ވެވުނެވެ. ރިޔާސީ އިންތިހާބު ތަކުގައި ހަމަ އެކަނި ވޯޓު ނުދޭނަމޭ ބުނެގެންނާއި، ވޯޓުގައި ޖަހާ ފާހަނގަ ކަތީބުންނަށް ނުދެއްކުމުންނާއި، ގާނޫނު އަސާސީގައި ވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ހަދަން އުޅުމުންނާއި، ސަންދާނު، އައްޑުވަސް، ހުކުރު، ސަންގު، އުދަރެސް، ހަވީރު ފަދަ ނޫސްތަކުގައި ފާޅުކުރި ހިޔާލު ތަކުންނާއި، ކުރެހި ކާޓޫނު ތަކުންނާއި، ކަރަންޓް އަގުބޮޑުވެގެން ހިންހަމަނުޖެހުން ފާޅުކުރި މީހުންނާއި، ސަރުކާރާ މެދު ހިންހަމަނުޖެހިގެން އަމިއްލަ ޓީވީ ހަލާކުރި މީހުންނާއި، މިހެން ގޮސް މި ލިސްޓް ހާދަހާވާ ދިގެވެ. ބަންދުގައި ތިބެ މައިބަދަ ގުޑާ، ފުރަގަސް ފަރާތް ހަލާކުވި މީހުންނާއި މާފުށި ޖަލުގައި ބަޑިޖަހާ މަރުވި މީހުން ގެ އާއިލާތަކުންވެސް ހާދަ ވޭނެއް ތަހައްމަލު ކުރިއެވެ. ބައްޕާފުޅުގެ ވެރިކަމުގައި މިއަދު ތި ތަހައްމަލު ކުރާ ފަދަ ކަންކަން ނުވާ ހަރުދަނާ ނިޒާމެއް ގާއިމްކުރިނަ ރަނގަޅުވީސް.

The name is already taken The name is available. Register?

މެންޓަލިސްޓް

31 August 2017

އަލީޒާހިރަށް ވަރަށްސަލާމް ،،، ޝަރީޢަތްނިމެންދެން ބަންދުގައި ބެހެއްޓޫމަކީ ރާޢްޖޭގައި ކުރަމުންއަންނަަކަމެށް ،،، އެބަހުރި ދޫނިދޫކުޑަގޮޅީގައި 1-2 އަހަރުވަންދެން މިފަހުން މީހުންތިބެ އެންމެ ފަހުން ކުށްސާބިތުނުވެގެން ދޫކޮއްލާފައިވެސް ،، އެކަމުއޭގެ ބަދަލުގައި ލިބޭނެ ކޮންޕެންޒޭޝަންއެއްވެސް ނޯންނާނެ ،،، ދެން ފާރިޝްއަދި ޖަލުގައި ހުރެގެން ތިޔައުޅެނީ 1 މަސްދުވަހެއްނޫންތޯ ؟؟ ހަނދާންއެބަހުރިތޯ ޗައިނާމީހެއް ހުކުމަކާޢި ނުލައި މާފުށީޖަލުގައި އެތަށްއަހަރަކު ރައީސްމައުމޫން ދައުރުގައި ބެހެއްޓިހަނދާން ،،، އެއީ ރާޢްޖޭގެ ހާލަތަކީ ،، ،އޭރުކަން ދިމާކުރިގޮތުން މައުމޫންއަށް އެކަންނޭންގޭ ،،، އެއީ މައުމޫން ކިޔަވައިވިދާޅުވީ މިސްރުގެ އަޒްހަރުން ،، ދަންނަނީ އަރަބި އިނގިރޭސި ދިވެހި ،، ޗައިނާބަސް ނޭންގޭތީވެ ޗައިނާނަމެށްކިޔާމީހަކު ޖަލުގައި އެހާދުވަހު ހުރިކަންނޭންގުނީ ،،، ވަރަށްވެދުން

The name is already taken The name is available. Register?

ހަބީބު

31 August 2017

ދެކުނު ބެންޗު މާލެ މިގެނައީ މިކަންކުރަން ސަރުކާރުން ހުރިހާތާކައް އަތްބާނާ ކަމުގެ އަލިގަދަ ދަލީލެއް ނަމަވެސް ގިޔާމަތް ދުވަހު ހީނުކުރާތި ތިކަމުގެ ރަހަނުދެކި ސަލާމަތްވާނޭ ހަމަހިލާ އެހެންނަކުން ނުވާނެ

The name is already taken The name is available. Register?

ދިވެހިންގެ ހިއްވަރު

31 August 2017

ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކޮށްފައިވާ މީހަކު 30 މިނިޓް ތެރޭ ކޯޓަށް ހާޟިރުވުމަށް ޗިޓް ފޮނުވާފައި ހާޒިރު ނުވެއްހެ ނަމަ ޣައިރު ހާޟިރުގައި މައްސަލަ ނިންމާނެ ކަމަށް ޗިޓްގައި ލިޔެލުމުން، އިޖްރާޢަތު ފުރިހަމަ ވީކަމަށް ބަލާފައި ބަލި މީހާ އަށް ކޯޓްގެ މެސެޖް ރައްދު ކުރެވޭނެ ހާތެއް ނެތްކަން ވެސް އެގޭ ހާލުގައި ޣައިރު ހާޟިރުގައި ހުކުމް ކޮށްފައި އެވަރުން ނުވެގެން ބަލި މީހާއަށް ބޭސްފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ކޯޓްގެ ހުކުމުގައި އިން ނުޤުތާ ހުކުމުން ކަޑާލަން އިސްތިއުނާފަށް ދިޔަ ގޮތްކުޑަ ސަރުކާރަކުން ނުކުރާނެ އެއްކަމެއް ވެސް ނެތެވެ.

The name is already taken The name is available. Register?

ހެޔޮހިތުން

31 August 2017

ޖިނާއީ ހުކުމަކާ ބެހޭ ޤަޒިއްޔާއެއް އޭޖީ އޮފީހުން އިސްތިއުނާފު ކުރުމަކީ އަނެއްކާވެސް އަނެއް ޝަރުޢީ އުސޫލް މުގުރާލުމެވެ.ޝަރުޢީ އުސޫލް ތަށް މުގުރާކުމުގެ އިސް ފަރާތް ތަކަކީ އިސް ކޯޓް ތަކެވެ.

The name is already taken The name is available. Register?

ވިސްނާ މީހާ

31 August 2017

ޔާމީނަށް ޓަކައި ފާޑު ފާޑުގެ ހުކުމްތަށް ތިއްވާފައި މީހުން ޖަލަށް ލުން ހުއްޓާލާކަށް ފަނޑިޔާރުން ނުވޭތޯއެވެ؟ސިޔާސީ ހުރިހާ ބޭފުޅުންނަކީ ޖިނާއީ މިންގަޑުން ކުށެއް ސާބިތު ނުވަނީސް އިޖްރާޢަތް ބްރޭކް ކޮށްފައި ޖަލަށް "ގަޅާލި" ބައެއްކަން ތި ފަނޑިޔާރުން ނަށް ވެސް ހަމަ ރަގަޅަށް އެގޭނެއެވެ ތިބޭފުޅުން ބައްޕަ ނުވަތަ ކޮށް ނުވަތަ ބޭބެ ނުވަތަ ދަރިފުޅު އަނިޔާވެރި ގޮތުގައި ޖަލަށް ލުމުން ތިބޭފުޅުން ނަށް ވާނެ ދެރަ ނިކަން ވުސްނަވާ ބައްލަވާށެވެ ޔާމީނުގެ ވެރިކަން ދިފާއު ކުރުމަކީ ސިޔާސީ ގޮތުން ޔާމީނު ކުރަން ޖެހޭ ކަމެކެވެ. ސިޔާސީ ގޮތުން ޔާމީނު ފެއިލް ވުމުން ޔާމީނުގެ ވެރިކަން ދިފާއު ކޮށްދިނުމަށް ޓަކައި އެންމެން ޖަލަށް ލައިދޭން ޤާޒީން ނަކަށް ނުޖެހެއެވެ."ނިޝާން ޖެހި ފަނޑިޔާރު." ޥިދާޅުވާހާ ގޮތެއް ހަދާދޭކަށް ވެސް ނުޖެހެއެވެ.

The name is already taken The name is available. Register?

އަލީ ނަސީރު

31 August 2017

ނޫން! އެއީކީ އަނިޔާ ވެރިވުމެއް ނޫން! ލަފުޒުގަ ހިފައިގެން ދަމަންޏާ، ކިޔާދީބަލަ، ބޭންކް އިންޓެރެސްޓް ރޭޓް ހަލާލް ވާނެގޮތް؟ ބޭންކް ތައް އެ ހިނގަނީ ދީނާ ހިލާފް މޮޑަލް އަކައް!

The name is already taken The name is available. Register?

ސިއާ

31 August 2017

އަދުލުވެރި ހަމަހަމަ ސަރުކާރު, ކޮބައިތޯ ފައިސާގޯނި ހިފައިގެން ބެހީމޭ ބުނިމީހާ? އަރާމުގައި ޗުއްޓީގަ, ނުދެމޭ ބުނިމީހާ ކުޑަގޮޅީގަ, މީތޯ އެންމެން ހަމަހަމަ ތަފާތުނުކުރާ ހެޔޮވެރިކަމަކީ? އަނިޔާވެރިން ނިކަމެތި ކުރައްވާ ނާކާމިޔާބު ކުރައްވާނދޭވެ!

The name is already taken The name is available. Register?

ގެދާނޯމޮސް

31 August 2017

ސިޔާސީ ބޭފުޅެއްނަމަ ހުރިހާ ރައްޔިތުން ޖެހޭނީ އިދިކޮޅު މީހުން އެބުނާ ނުކުރާ ކުށަކަށް ލިބޭ އަނިޔާ ގެ ވާހަކަ ވެރިމީހާ އިސްތިޢުފާ ދެންދެކަށް އަޑުއަހާ ށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454