ދިވެހި ސިފައިން އަސްކަރީ ތަމްރީންތަކެއް ފުރިހަމަ ކުރަނީ: ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން ތަމްރީނުތަކެއް ބާއްވަން ރާވާފައިވާ ކަމަށް ބުނާ ވާހަކަތައް ދިވެހި ސިފައިން ދޮގުކުރޭ.---ފައިލް ފޮޓޯ: އެމްއެމްޑީއެފް
04 ސެޕްޓެމްބަރ 2017 - 22:50
ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ރާވާފައި ނެތް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
މިއަންމާގެ ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، މިއަންމާއާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން އިއްޔެ ނިންމުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެއް ކަމަކީ ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގަން ރާވާފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކާ ގުޅިގެންނެވެ.
ޓައިމްސް އޮފް އިންޑިއާ ގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ބުނީ، ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިންނާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް އިންޑިއާގެ އަސްކަރިއްޔާ އިން ނިންމާފައިވާ ކަމަށެވެ.
އިންޑިއާގެ ސިފައިންގެ އިސް އޮފިސަރަކާ ހަވާލާދީ ލިޔެފަައިވާ އެ ޚަބަރުގައި ބުނީ ތިން ގައުމު ގުޅިގެން ހިންގާ އެ ތަމްރީނުތައް އިންޑިއާގެ ޕޫނާ ނުވަތަ ބެލްޖިއަމްގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ. އެކަމަކު ތަމްރީނުތައް ފަށާނެ ތާރީޚެއް ބުނެފައެއް ނެތެވެ.
ސިފައިންތަކެއް ރަށެއްގައި ތަމްރީނު ހަދަނީ.---ފައިލް ފޮޓޯ: އެމްއެންޑީއެފް
ނަމަވެސް މިކަމާ ގުޅިގެން ދިވެހި ސިފައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ ހަގީގަތާ ޚިލާފު ޚަބަރެއް ކަމަށެވެ. ދިވެހި އަސްކަރިއްޔާ އާއި މިއަންމާގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.
"އަދި ކުރިމަގުގައި އެފަދަ އަސްކަރީ ތަމްރީނުތަކެއް މިޔަންމާ އަސްކަރިއްޔާއާ އެކު ހިންގުމަށް ތާވަލުކޮށްފައި ނެތް ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ދިވެހި އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.
މިއަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިން އަނިވާވެރިވާން ފެށީ މިިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ބަޔަކު އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެންނެވެ. އޭރު ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އެކަން ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.
މި މައްސަލާގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
05 September 2017
ތެލުގެ ވިޔަފާރިވެސް ކުރީ ސިންގަޕޫރު ކުންފުންޏަކާ އެކީއޭ އެކިޔަނީ.
އެމް.އެމް،ޖީ އިބޫ
05 September 2017
ރާއްޖެ ތަމްރީނު ހަދަނީ އިންޑިޔާއާއިއެކު، މިޔަންމާވެސް ތަމްރީނު ހަދަނީ އިންޑިޔާޢާއިއެކު...ފަހަރުގާ އިއްތިފާގުން އެއްވަގުތާ 2 ޤައުމަށްވެސް ދިމާވީތޯއްޗެއް؟
މޮގާބޭ
05 September 2017
އެމް އެން ޑީ އެފް އިން ސިފައިން އެކި އެކި ތުހުމަތުގައި ވަކިކޮށްފައި ، ވަކި ނުކުރަމޭ ބުނަނީ ދޮގު ހެނދުމުގެ ނިޔަތެއްގައެއް ނޫނެވެ. އެއީ އޮޅުވާލުމުގެ ގަސްތުގައެވެ.
ލުނބޯ
05 September 2017
މި ފަހުގެ ތާރީހެއްގަ ދިވެހި ސިފައިން ތެދެއް ހަދާފައެއް ނެތް
ޒެޑްސް 1
05 September 2017
ބަލަ ދިވެހި ސިފައިން ބުނިތަ ދިވެހި ސިފައިން ނާއި އިންޑިއާ އާއި އެކު ތަމްރީނުތަކެއް ރާވާފައި ނެތޭ. މިހެން ނުބުނާނެ. ހަމަ މި ގޮތަށް މިޔަންމާ ސިފައިން ވެސް ނުބުނާނެ ދިވެހި ސިފައިން ނާއި އެކު މިޔަންމާ ސިފައިންގެ ތަމްރީނު ތަކެއް ރާވާފައި އެބައޮތޭ ވެސް. ސަބަބަކީ އެކަން ރާވަނީ އިންޑިއާއިން. ކަން ހިންގަނީ އިންޑިއާ އިން. އިންޑިއާ ގެ އިސް އޮފިޝަލް އަކު އެބުނަނީ އިންޑިއާ އިން ވަނީ ދިވެހި ސިފައިން ނާއި މިޔަންމާ ސިފައިން ހިމެނޭ ގޮތަށް ތަމްރީން ތައް ވަނީ ރާވާފައޭ. ދެން ދިވެހި ސިފައިން ދޯ ނޫސް ބަޔާން ނެރުނީ އޯޑިއޯ ލީކުކޮށްލި މައްސަލައިގައި މީހަކު ނުކަނޑަމޭ ބުނެ. އަދި އޯޑިއޯ ގެ މައްސަލައިގައި ދިވެހި މީޑިއާގައި ފަތުރަނީ ދޮގު ވާހަކަ އޭ ބުނީ. ދެން މީޑިއާގައި އެ ކަނޑާލި ސިފައިން ގެ މީހާ ގެ ފޮޓޯ، އޭނަގެ ނަން، އޭނަގެ ރަށް ޖެހީމަ ދިވެހި ސިފައިން އެތިބީ ހައްޕު ކިޔައިގެން. ކަން އޮތީ މިހެން ކަމަށް ވާއިރު އިންޑިއާއިން އެހަދަނީ ދޮގެކޭ އަދި ނުބުނެވޭނެ.
ނަދީމް
05 September 2017
ދިވެހި ސިފައިންނަށް ނޭނގުނު މަޖިލީސް މެމްބަރުން މަޖިލީހަށް ވަނުންމަނާކުރީ ކާކުގެ އަމުރުކޮށްގެން ކަމެއްވެސް.
ޙަސަންދީ
05 September 2017
ތިޔަ މުއައްސަސާ އަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ވަރަށް ލޯބިވި އަދި އެހާމެ ޤަދަރާއި އިޙުތިރާމް ކުރިތަނެއް، އެހެންނަމަވެސް ފަހަކައްއައިސް ތިޔަ ފަޚުރުވެރި މުއައްސަސާގެ މަތިވެރި ޤަދަރާއި ޢިއްޒަތް ވަނީ ތިޔަ މުއައްސަސާއައް ނިސްބަތްވާ ބަޔަކު ނެތިކޮއް ޚަރާބު ކޮށްލާފައި، ކަޑައެޅިގެން ދޮގުހެދުމާއި ދައްކަންނުޖެހޭ ވާހަކަތައް ދައުލަތުގެ އެހެން ބާރުތަކައް ނިސްބަތްވާ މީހުންނާމެދު ދެއްކުމާއި ބައިވެރިވާން ނުޖެހޭ ކަންކަމުގެތެރެއައް ވަންނަމުން ދާކަމީ ތިޔަފަދަ ރިވެތި މާތް ތާރީޚެއް އޮތްތަނެއް ހަލާކުވުން ކަމުގައިވި، މިކަންކަމާހެދި ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަދި ކުރިން ތިޔަ މުއައްސަސާ އައްޓަކައި ފަޚުވެރިވި މީހެއްގެ ހައިސިއްޔަތުން ވަރައްދެރަވޭ އަދި އެހާމެ ލަދިގަނޭ
ޑާޑާޑާޑާ
05 September 2017
ގޭމް އެގިއްޖެތޭ
ލުގުމާން
05 September 2017
އަދި ބުނާނެ މިއަންމާ ސަރުކާރާ ގުޅިގެން ރޮހިންޔާ މުސްލިމުންނަށް ދޭހާ ހަމަލައެއް ދެމުން ދަނީ ދިވެހި ސިފައިން ނޭވެސް...???
ރާއްޖެ
05 September 2017
ސައުތު އޭޝިއާގެ ގައުމުތަކުގަ ފިތުނަ އުފައްދައިގެން މި ސަރަހައްދުގެ އެންމެ ނުފޫޒު ގަދަ ގައުމުގެ ގޮތުގައި ދެމި އޮވެވޭތޯ އިންޑިޔާ ކުޅޭ ގޭމް.
ހެއުހިތަކުން
05 September 2017
ކޮބާތޯ މައްސަލަޔަކީ ތިޔަ ތަމްރީނެއް ހިންގަން އޮތްކަމުގައިވިޔަސް އެދުވަހު އޮތީ ތަމްރީން ހިންގަން މިއަދު ދައުލަތުން ނިންމީ ލާއިންސާނީ އަމަލުތަކެއް ހާއްސަކޮށް މުސްލިމުންނާއި ދޭތެރޭ ހިންގަމުންދާތީ ވަކިހަކަލަ ގުޅުންތަކެއް ކަނޑާލަން މިކަމާއި %100 މުސްލިމު ގައުމެއްގައި ތިބި ރައްޔިތުން ތަކަކަށްވާތީ އުފާކުރަމާހިންގާ ފިތުނަ ފަސާދަ އުފައްދަން ނަހަދާ ރައްޔިތުންގެ ހަމަޖެހުމާއި މުޅިގައުމުގެ މަސްލަހަތު ކޮންމެ ބަޔަކުވެސް އިސްކުރައްވާ މާތް ﷲ މިގައުމާއި ރައްޔިތުން ފިތުނަވެރިކަމާއި ހަސަދަވެރި ވާމީހުންގެ ކިބައިން ސަލާމަތް ކުރައްވާށި "އާމީން"