އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވްލެތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ސްވަޔާ ޖެނުއަރީ 2016 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރައީސް ޔާމީނާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
01 ނޮވެމްބަރ 2017 - 18:52
އިނގިިރޭސި ވިލާތަކީ އެހެން ގައުމުތަކުން ކަންކަން ކުރާ ގޮތް ބަލައިގެން ދަސްކުރާ ބައެއް ކަމަށާއި ރާއްޖެއިން ނަގައިދިން ފިލާވަޅުތައް ވެސް އެ ގައުމުން މިހާރު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހާރު އަތޮޅުތެރެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދު އަށް ހަވީރު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އިނގިރޭސިންނަކީ އަބަދުވެސް ވަރަށް ގިނަ ކަންކަން އީޖާދު ކުރާ ބައެއް ކަމަށާއި އެކަމަކު އެ މީހުންނަށް ވުރެ ކުދި ގައުމުތަކުން އެ މީހުންނަށް ވުރެ މޮޅަށް އެ ކަންކަން ކުރާ ކަމަށެވެ.
"އެ އޮތް ބޮޑު ދައުލަތަށް، އެ އޮތް ބޯޑު އެމްޕަރާ އަށް އިރުއޮއްސިއްޖެ." އިނގިރޭސިން ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތްއިރު، އެ ގައުމުގެ ދިދަ އަށް އިރުއޮއްސުމެއް ނެތް ކަމަށް އެ މީހުން ބުނެ އުޅުނު އުޅުމަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން ވިދާޅުވި އެވެ.
މާ ގިނަ ފިލާވަޅުތަކެއް އިނގިރޭސިން އަތުން ރާއްޖެ ހޯދަން ނުޖެހޭކަން ފާހަގަކުރައްވަމުން، ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އިން ދަސްކޮށްދިން ފިލާވަޅުތައް އިނގިރޭސިން މިހާރު ނަގަމުން އަންނަ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ ރާއްޖެ ކޮމަންވެލްތުން ވަކިވެފައި ވަނިކޮށް އިނގިރޭސި ވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމެވެ. އަދި އދ. ގެ ވޯކިން ގްރޫޕްގެ ނިންމުން ރާއްޖެ އިން ބަލައިނުގެންފައި ވަނިކޮށް، އިނގިރޭސި ވިލާތާ ގުޅުން ހުރި މައްސަލައެއް އެ ގްރޫޕުން ނިންމުމުން އެ ނިންމުން ބަލައިގަތުމަށް އެ ގައުމުން ވެސް ދެކޮޅު ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ
"އެހެންވީމަ އިނގިރޭސިންނަކީ ހަގީގަތުގައި މިކަހަލަ ވަރަށް ގިނަ ކަންތައް ދުނިޔޭގެ އެހެން ގައުމުތަކުން ދަސްކުރަން އުޅޭ ބައެއް. އަޅުގަނޑުމެންނަކީ ކުޑަ ގައުމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ހޭލުންތެރިކަމާ އެކީ ދުނިޔޭގެ ސަފުތަކުގައި ފައި ހަމަ ކުރަން މަސައްކަތް ކުރާ ބައެއް." ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެެ އިން ފަށައިގެން އުޅެނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދިގު ދަތުރެއް ކަމަށާއި ތިން ބާރު ވަކިކޮށް، މުއައްސަސާތަކެއް އުފައްދާ ބާރުތަކެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ޑިމޮކްރަސީގެ ބައެއް އުސޫލުތައް ގަބޫލުކުރަން ބައެއް ލީޑަރުން ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވި އެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ހަމަހަމަ ކަން އޮންނަން އިދިކޮޅު ލީޑަރުން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރަސީގެ އޮންނަ އުސޫލާ އެއްގޮތަށް ކަންކަން ކުރާ ނަމަ އެންމެ ފުރަތަމަ ވެސް މި އޮންނަނީ އިސްލާމްދީނުގައި މިއޮންނަ މަތިވެރި މާތް އުސޫލު. ޖިނާއީ އަދުލުގެ ނިޒާމުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެކޭ. ކުށެއް ކޮށްފި ކަމަށް ވަންޏާ އެ ކުށުގެ ހައްގު އަދަބު ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފުތު
02 November 2017
ފާޑުކިއަނީކީނޫން. އެހެން ގައުމުތަކުން މިގައުމާ ކުޅެލަން ބޭނުންވެ ޔާމީންގެ ސިޔާސަތުގެ ވަރުގަދަ ކަމުން އެކަންތައް ނުވެ އޮތީ.
ރާނީ
02 November 2017
ގަންނާކުރެއްވި ބިރެއްގެ ސަބަބުން، މިފަހަރު އިނގިރޭސި ރާނީ ތަޚުތު ދޫކޮށް ރައީސް ނަޝީދު ގޮވައިގެން ކެނެރީގެއަށް ނައިއްސިއްޔާ ރަނގަޅެވެ.
326598
02 November 2017
އާޜޖެންޓް: އަބްލޯ ސައީދާ މަސީހާ ޔާމީނުގެ މާލީ ބަޔާން ވަރަށް އަވަހަށް ބޭނުން ހުރިހާ ވަޒީރުންގެ މާލީ ބަޔާންވެސް ބޭނުން. ޤާނޫނު އަސާސީގައި ހާމަކުރަން ނެތްތަ. ނެތިއްޔަ ދެން ވޯޓު ދިނުން އޮތީ ހާމަކުރަން ލިޔާނެ ސަރުކާރަކަށް.
ސަރުތު
02 November 2017
ދުނިޔޭގެ ސުޕަރޕަވަރ ވުމައް ހަމައެކަނި އެންމެ ކަމެއް މަދީ،،،،،،، ނިއުކްލިއަރ ޕލަންޓް އެއް ނެތް ކަން އެކަނި،،،،ގަޓު ހުރި ރައީސް އެއް އެބަހުރި
މެންޓަލިސްޓް
02 November 2017
އެއީތެދުފުޅެއް ،،، އިނފިރޭސީން ރިހާކުރު ކައްކަން ދަސްކުރީ ދިފެހިންގެ ފަރާތުން ،، ދޯނި ބަންނަން ދަސްކުރި ދިވެހިންގެ ފަރާތުން ،،، ދިޔާހަކުރު ދަސްކުރީވެސް ރާއްޖެއިން ،،، ވެލާބިސްކާންވެސް ދަސްކުރީ ދިވެހިންގެ ފަރާތުން ،، އިނގިރޭސި ރާނީވެސް އަބަދުވެސް ފަރިއްކުޅުވާނީ އައްޑޫބޮނޑި އެވެސް ރާއްޖޭގެ އައްޑޫއިން ދަސްކުރިކަމެށް ،، މިހެންގޮސް ލޭޑީޑަޔާނާވެސް ކަންކަން ދަސްކުރެއްވީވެސް ރާޢްޖޭގެ މެޑަމްތައް ކައިިރިން ،، ކުޅޭށެކުރިކެޓް ބަހާއި އަމަލުން ،،، އެކަންވެސް ދަސްކުރީ ދިވެހިންކައިރިން ،،،،، ވަރަށްވެދުން
ރުގިއްޔާ
02 November 2017
މިވަރުގެ ރައީސެއް އެހެން ގައުމަކަށް ނުލިބުނިއްޔާ ރަގަޅީ އިގިރޭސިން ވެސް މިރައީސް ކުރައްވާހާ ކަމަކަށް ކަމެއް ނުކޮއްބަލަ!
ކޮލެޖް ބޯއީ
02 November 2017
އިނގިރޭސީން އީޔޫ އިން ވަކިވީ، އެ ގައުމުގެ ރައްޔިތުން ގެ މެދުގައި އީޔޫ އިން ވަކިވާނީތޯ، ވަކިނުވާނީ ތޯ ބަލަން ނެގި ވޯޓަކުން، އެ ގައުމުގެ ގިނަ ރައްޔިތުންގެ ވޯޓުން ވަކިވާން އެދިގެން ވަކިވީ. މިކަމަކީ އިނގިރޭސީން ރާއްޖެއިން ނެގި ފިލާވަޅެއް ނޫން. ކޮމަންވެލްތުން ވަކިވާން ފެނބޭތޯ ބަލަން ރާއްޖޭގެ ރައްޔިތުން ނެގިތަ ވޯޓެއް؟ ނުނަގައޭ! ސަރުކާރަށް ކޮމަންވެލްތު ހަޖަމް ނުކުރެވިގެން އަމިއްލަ އަށް ސަރުކާރުގެ ވެރިން އެޅި ވަރަށް އަމިއްލަ ވަންތަ، އާއްމު ރައްޔިތުންގެ ބަހެއް ނުހޯދާ އެޅި ސަރުކާރީ ފިޔަވަޅެއް.
ރާއްޖެ
02 November 2017
ކޮމަންވެލްތް އިން ވަކިވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މަޖިލީހުން ނެނގި.
ސޮސް
02 November 2017
ކޮބާ އީޔޫ ބައްދަލު ކުރި މީހުން ފިސާރި އަޅާލިދޯ..........
ޕޮކަންޑިމޭން
02 November 2017
މިރައީސްއަށް ފާޑުނުކިޔޭނެ ޤައުމެއް ޖަމިއްޔާއެއް ނޯންނާނެ. އެހެންވެ އެމަނިކުފާނަށް 21 ވަނަ ޤަރުނުގެ އެންމެ ގަޓްހުރި ރައީސްގެ ލަގަބް ލިބިފައިވަނީ.
ޔޫކޭ
02 November 2017
އަހު މިހުރީ ލަދުން ދެފައިކައިރިކޮށްލަން ނުކެރިފަ. އެހެންވެތާ ކޮންޒަވޭޓިވް ޕާޓީއަށް ފިލާވަޅުދަސްކޮށްދެން ޕީޕީ ގެ ރޯނު އެދުރުންގެ ޓީމެއް އިނގިރޭސިވިލާތަށް މިފޮނުވީދޯ؟ ލަދުކޮބާ އަދިވެސް ފޮތެއް ޕްރިންޓްކޮށްލަންވިއަސް ހަމަ އިނގިރޭސިން. ބީޓެކް ހިންގަންވިއަސް ހަމަ އިނގެރޭސީން އެގްޒާމްވެސް ހަމަ އިނގިރޭސީން. މި އުޅެނީ އަދި އިސްލާމް ދިވެހި ޕޭޕަރ ހަދައިނުލެވިގެން. ދެން ބުނެލަން އޮތީ ޝަރުޢީ ނިޒާމްގެ ވާހަކަ ކޮންމެ ޕޯޑިއަމެއްގައި ތިޔަދައްކަނީ އޭގެތެރެއަށް އަތް ބާނުއްވާފައިވާ ކަން ރައްޔިތުންނަށް އެނގޭތީ ބޮޑެތި އަދަދުތަކުން ނުހައްޤުން ޖަލަށްލާފައިވާ ސިޔާސީ މީހުން ޖަލަށް ލާފައިވަނީ ހަމަ ރަނގަޅަށްކަމަށް ދިވެހިންގެ ބޮލަށް ވައްދައިދޭން. މަނިކުފާނު ނުރުހޭ އެންމެ ހުކުމެއް ކޯޓަކުން ނެރުނަސް މިޖިލިސް ވާކޮށްލިގޮތަށް މުޅި ޖުޑީޝަރީ ވާކޮށްލައްވާނެ. ހަމަހަމަ ކަމޭ އިންސާފޭ ކިޔާއިރު މަނިކުފާނުގެ އެކައުންޓަށް ފައިސާވަންކަން ފަޅާ އެރުމުން ފައިލް ކޮށްލީ. އިދިކޮޅަށް ބަސްބުނާނަމަ ހަމަ ދެ އަދަދުން ޖަލަށް.