އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 ނޮވެމްބަރ 2017 - 11:55
ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބަޔަކު ވަންނަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ގާނޫނުއަސާސީއާ އެއްގޮތަށް ހިންގާ އިންތިހާބެއްގެ ތެރެއަށް އެއްވެސް ބަޔަކު ވަންނަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް އަންނަ ޕްރެޝަރަށް ސަރުކާރުން ބޯނުލަނބާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް އަންނަ ޕްރެޝަރަކަށް މި ސަރުކާރަކުން ބޯނުލަނބާނެ. މި ސަރުކާރުން އިޖާބައެއް ވެސް ނުދޭނެ. މަޝްވަރާތަކުގައި ވެސް ބައިވެރިއެއް ނުވާނަން،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އެ ގައުމުން ގަބޫލުކުރާ ގޮތުގެ ފަލްސަފާއެއް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ސްރީ ލަންކާ އިން މިސާލު ނަންގަވަމުން ޒަމީރު ވިދާޅުވީ އެ ގައުމުގައި ނިމުނު ދާހިލީ ހަނގުރާމަ އަށް ފަހު ދިމާވި ކަންތައްތަކާ ގުޅޭގޮތުން ޔޫރަޕުން ދެކޭ ގޮތް "ލޮބީ" ކުރަމުން ދިޔަ ކަމަށެވެ. އެއީ އެ ގައުމުގެ ގާނޫނުތަކާ ހިލާފަށް ކަންތައްތައް ކުރުމަށް އަންނަ ޕްރެޝަރެއް ނޫން ކަމަށް ވެސް ޕީޕީއެމްގެ ނައިބު ލީޑަރު ޒަމީރު ވިދާޅުވި އެވެ.
ޒަމީރު އެހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަންގައި ހުންނަވައިގެން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، އިންތިހާބުގައި އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށާއި އެމެރިކާ އާއި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gatu
10 November 2017
ތިހުރިހާ ވާހަކަ ނުދައްކާ ދޭންބުނި ލެލްޓޮޕްދީބަލަ
ފާތުން
09 November 2017
މާތްﷲގެ އިރާދަފުޅުން 2018 ގަ ޒަމީރުމެން ވަރަށް ރީތިކޮށް ބަލިވާނެ، އައި މިހާތަނަށް ކަލޭމެން ކޮށްފައިވާ ހުރިހާ ނުބައިކަމެއްވެސް ފަޅާ އަރާނެ. އަހަރުމެން މިތިބީ އަހަރުމެންގެ ހައްގަށް ޓަކައި މެދުނުކެނޑި މަސައްކަތްކުރަން. ގޭގަ ބަންދުކުރިއަސް، ޖަލަށް ލިޔަސް، ދުނިޔޭގަ ހުރިހާ އިރަކު މާތްﷲއަށް ދުވާ ދެންނެވޭނެ! މިމީހުންގެ ކިބައި ސަލާމަތްވާން ބޭނުން ހުރިހާ އެންމެން ހަމަ މެދު ނުކެޑި ދުވާ ކުރޭ!
ވާލުސޮރު
09 November 2017
ކޮއިފުޅުމެނޭ މި ސޮރުމެން ދުރުގަ ތިއްބަސް މިހާރުވެސް ޕްރެޝަރ ބޮޑުވެ ފަރާތްފަރާތުން ލީކުވާންފަށައިފިކަން މުޖައްރިބު ވެއްޖެ! ދެމީހަކަށް އެކައްޗެއް ނުކިޔިގެން ތިއުޅޭ ސަބަބުވެސް މާ ލަހެއްނުވެ އާންމު ރައްޔިތުންނާ ހަމައަށް ތިލަވާނެ. މަމެން މިތިބީ ކުޅުދުއްފުށީގަ ނޫނެއްކަމަކު "ކުޅި" ބަލަން.
އަފިންގެރޮށިޔޯ
09 November 2017
މަނިދެކެން ޔާމީނިވަރި ތަރައްގީ މިގައުމާ ގެންނަވެރިޔަކި
ރަސްގެތީމު ކޮއިމަލާ ރަސްގެފާނު
09 November 2017
އެކޮއެ މާގިނައިން އަނގަގަދަނުކުރޭ! މީހުން ކިޔާގޮތުންވިއްޔާ ތީ މިހާރުގެ ޢަދީބު! މިދައްކަނީ ވަރަށްގިނަފައިސާގެވާހަކަ...
މެންޓަލިސްޓް
09 November 2017
ޒަމީރުއަށް ތިޔަކިޔޭއެއްޗެއް އެބައިނގޭތޯ ؟؟؟ އެމެރިކާއާއި އީޔޫއިން ރާއްޖޭގައި މަނީލޯންޑްރިންއޮތް ކަމަށްބުނެ ނިއުޔޯކްތްރޫކޮށް ދާހުރިހާ ޕޭމަންޓްތަކެށް ހުއްޓުވާލިއަސް ،،،، މުޅިގައުމު އަތަށްގޮވާނީ ،،،، އަދި ރާއްޖޭގެ ބޮޑެތިމީސްމީހުންނަށް ދަތިކުރުމުގެ ފިޔަވަޅެއްއެޅިޔަސް ވާނީ އެހެން ،،، ޗައިނާއާޢި ކިތަންމެ ގުޅުންއޮތަސް ކުރާނެކަމެށްނޯންނާނެ ،،،، އެހެންވީމައި ބޭރުމީހުނޭކިޔައިގެން ޒާތްޒާތުގެ ވާހަކަނުދެއްކުންއެދެން ،،،، އެތައްލައްކަ ރައްޔަތުންގެ ފައިސާ އަށް ޕީޕީއެމް ސަރުކާރުން ޙިޔާނަތްތެރިވީމައި ،،، އެހިސާބުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ރައްޔަތުންގެ ހައްގުހޯދައިދޭން އުޅުމަކީ ކުރަންޖެހޭކަމެށް ،،،، އެއީ އިންސާނީ ވާޖިބެއް ،،،، ޒަމީރުމެން ވާހަކަދައްކާއިރު ޕިރަމިޑްޖެހި ޑޮލަރު ގެންގުޅެން މިޖެހެނީކީއްވެކަން އެބައިނގޭބާ ،،،،، ވަރަށްވެދުން
ޔުނައިޓެޑް އައްޑޫ
09 November 2017
ގުޅި ލާމެހިފައިވާ ދުނިޔެއްގައި ތިމަންނަމެންނާ އެއްވެސް ބަޔަކަށް ނުބެހެވޭނޭ ކިޔައި ހަޅޭއްލެވިޔަކަސް ކަމަކުނުދާނެ.
އެނީޒާއާބިދާ
09 November 2017
ވެރިކަމުގެ ނިޒާމު 8 އަހަރައް ބަދަލުކޮއްލުންވަރައް އެދެން 5 އަހަރު ތަންކޮޅެއްކުރު ކުޅުދުއްފުއްޓާ ނޮޅިވަރަމާ ދެމެދުބުރިޖެެއް އަޅާވެސް ނުލެވޭނެ 5 އަހަރަކުން 8 އަހަރުގެ ދެދައުރު ރަނގަޅު ބޭކާރު ހަރަދު ކޮއްފަ އިންތިހާބު ބާއްވާނި ކަމެއްނެތް ކޮންއިންތިހާބެއްތަ ލަންޑަނުގަ ހުރެގެން ވެރިކަންކޮއްބަލަ ނޫނީ ލަންކާގަހުރެގެން
ރަދީފް
09 November 2017
ޕީއޭގެ މީހުން އައިސް މުޅި ގައުމު ހިސޯރުކޮއްގެން ތިބެ ތިކަހަލަ ގަދަ ބަސް ބުނީމަ ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް.ލަދުކޮބާ؟؟
ދޫނި ރާއްޖެ
09 November 2017
މީހަކު ބުނި އެއްޗެކޭ ކިޔާފައި ނޫހެއްގައި ޚަބަރެއް ޖެހީމާ މިބަޔަކު ހާދަވަރެއް މިވަނީ. 2016 އަހަރު ކުރީކޮޅުގައި ތި ފެކްޝަންގެ މަޖިލިސް މެންބަރަކު ވިދާޅުވި ނަޝީދު ބޭސްފަރުވާއަށްވެސް ރާއްޖޭން ބޭރަށް ފޮނުވާފިއްޔާ މިރައީސްގެ ނޯކޮންފިޑެންސް މަޖިލިސްއަށް ހުށަހަޅާނަމޭ، އެހެން ބުނިތާ މަހެއްވެސް ނުވަނީސް ޑިޕްލޮމެޓިކް ޕާސްޕޯޓްގައި އިގިރޭސިވިލާތަށް ނައްޓާލީ. ރާއްޖޭގެ ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ޤައިދީއަކު ބޭސްފަރުވާއަށް ވިލާތަށް ދިޔަފަހަރުކަމަށްވެސް ވެދާނެ އެއީ. އެހެންކަމުން ބޭރުގެ ޕްރެޝަރ ކަންކަމުގައި ހުރިވަރު އެކަމުންވެސް އެގޭ. ތިބޭފުޅުން ބުނާއެއްޗެއްގެ އެކޮޅުކޮޅުން ނެގީމައި އެބުނާ އެއްޗެއް ރަނގަޅަށް ފަހުމްވާނީ. ވަރަށްވެދުން.