ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން: މާލޭގެ ތޮއްޖެހުން ކުޑަކުރަން ރާއްޖޭގެ އެންމެން މާލެއަށް

މާލޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ވަނަ ބުރީގައި ހުންނައިރު، އިމާރާތްތަކުން މާލެ ތޮއްޖެހި ބާރުވެފައިވާ މިންވަރު ރަނގަޅަށް އިހުސާސް ކުރެވޭނެ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަހުމަދު އަބްދުﷲ

28 ނޮވެމްބަރ 2017 - 08:31

55 comments

ތޮއްޖެހުން މާނަކުރެވޭ ގޮތާ މެދު މިހާރު ވަރަށް ބޮޑަށް އޮޅުންއަރައިފި އެވެ. ސަރުކާރުން ގެދޮރުއެޅުމުގެ ބިޔަ މަޝްރޫޢުތައް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދަނީ، މާލޭގެ ރައްޔިތުންގެ ގެދޮރު ނެތިގެން ދިރިއުޅެމުންދާ ދަތި، ތޮއްޖެހިފައިވާ މާޙައުލުން ދުރަށް ގެންދިއުމަށް ކަމަށްވެ އެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އެ ބޭފުޅުން ދައްކަވާ ވާހަކަ އެވެ.

މި މަޝްރޫޢު ފެށުނު ގޮތް ހޯދަން ބޭނުންވާ މީހަކަށް ވަރަށް ފަސޭހައިން، ކުރީ ޒަމާނުގެ ކެބިނެޓް ކަރުދާހުންނާއި، ޓެކްނިކަލް ކޮމިޓީތަކުގެ ރިޕޯޓުތަކުންނާއި، ޕުލޭނިންގެ މިނިސްޓްރީގެ ދިރާސާ ކަރުދާސްތަކުންނާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާއިންނާއި، ސަހަރު ފަދަ ތަންތަން އާރާސްތުކޮށް، ފަރުމާ ކުރުމާ ބެހޭ ގޮތުން އެ ޒަމާނުގައި އުފައްދާފައި އޮތް ޚާއްޞަ އޮފީހުގެ ހުށަހެޅުންތަކުންނާއި ދިރާސާތަކުންނާއި، ކުރެހުންތަކުން ހޯދިދާނެ އެވެ. މާލޭގެ ރައްޔިތުން ތަޙައްމަލުކުރަމުން އަންނަ ތޮއްޖެހިފައިވާ މާހައުލު އެންމެ ކުޑަކުރެވޭނީ މާލޭގައި ގިނަ ފަންގިފިލާގެ އިމާރާތްތައް އިތުރު ކުރެވުނު ވަރަކުން ބާވަ އެވެ؟ ދިހަ ފަންގިިފިލާ އިން، ބާރައިން، ސާދައިން، ވިހިން، ފަންސަވީސް ފަންގިފިލާ އަށެވެ.

މާލެ އަކީ ކުޑަކުޑަ ރަށެކެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އާއި، ކޮންމެ ދުވަހަކު މާލެ އަށް އަރާފައިބާ މީހުންގެ އާބާދީއާ އެކު މާލެ އިން ކޮންމެ ދުވަހަކު ލޮލަށް ފެންނަ، ނުވަތަ ތަޙައްމަލު ކުރަން ޖެހޭ އާބާދީ ދާއިމީ އާބާދީ އަށް ވުރެ އެތައް ގުނައެއް އިތުރު ވެ އެވެ. މަގުމައްޗަށް ދުއްވާ އެއްޗެއްގައި ނުކުންނަ މީހުންނަށާއި، މާލޭގެ މަގުމަތީގައި ހިނގާބިނގާ އުޅޭ މީހުންނަށާއި، ބާޒާރު ކުރުމަށް ފިހާރަތަކަށް ވަންނަ މީހުންނަށް މި އާބާދީ ރަނގަޅަށް ތަހައްމަލުވާނެ އެވެ.

ވިލިމާލެ ވުޖޫދަށް ގެނެވުނީ ވެސް މާލޭގެ ރައްޔިތުންގެ ގެދޮރުގެ ހޯދުމުގެ އުނދަގުލަށް ލުޔެއް ގެނައުމަށެވެ. އެ ވަރަކުން ނުފުދުނެވެ. ދެން އުފަން ކުރެވުނީ ހުޅުމާލެ އެވެ. ވަރަށް ބޮޑަށް ރޭވިގެންނެވެ. ރަނގަޅު ރޭވުމެއް ނެތި މާލެ ތަރައްޤީ ވަމުން ދިއުމުން ނުކުތް މައްސަލަތަކަށް ބެލެވި މި ޒަމާނުގެ ފަސޭހަތަކާއި، އެ ރަށުގައި ދިރިއުޅޭ ބަޔަކަށް ރައްޓެހި ތިމާވެއްޓެއް އޮންނާނެ ގޮތަކަށް ވިސްނައިގެންނެވެ. ވޯޓު ހޯދޭނެ މަގެއް ކަމަށް ބެލެވިގެނެއް ނޫނެވެ. މެޑެލި ޖެހިދާނެ ގޮތެއް ކަމަށް ވެސް ބެލެވިގެންނެއް ނޫނެވެ. ދެވަނަ ސަހަރެއްގެ ގޮތުގައި ހުޅުމާލޭ ތަރައްޤީ ކުރަން ނިންމީ، މާލެ އަކީ އެންމެންގެ ރަށަކަށް ވާތީވެ، މާލެ އިތުރަށް ތަރައްޤީކޮށް، ހިތްފަސޭހަކަން ގެންނާކަށެއް ނޫނެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަމުގެ ފަސޭހަކަމެއް ހޯދައިދިނުމަށެވެ. މާލެ އަކީ ވެރިކަން ކުރާ ރަށަށް ވުމާ އެކު، މާލެ އަކީ އެންމެންގެ ރަށެކެވެ. އެކަމަށް މީހަކު ދަޢުވަތު ދިނަސް ނުވަތަ ނުދިނަސް އެ ޙަޤީޤަތް އޮންނާނީ އެ ގޮތަށެވެ. ހުރިހާ ތަނެއްގައި ވެސް އޮންނަނީ އެ ގޮތަށެވެ.

ހުޅުމާލެ އިން ފުރަަތަމަ ގޯތި ލިބުނު މީހުން ވަރަށް އުފައުވި އެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ދުރަށް ދެވޭ ގޮތް ވުމުންނެވެ. އެޕާޓްމެންޓްތައް ލިބުނު މީހުން ވެސް އެހާ އުފާވި އެވެ. ހިމޭން، ބައި މަދު، ގުދުރަތާ ރައްޓެހި މާހައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމުންނެވެ. ޚާއްޞަކޮށް ޖަޒީރާއެއްގައި ދިރިއުޅެމުން، ޖަޒީރާއެއްގައި ދިރިއުޅޭ މީހުންނަށް ލިބިފައި އޮންނަ ތިމާވެއްޓާއި އުފައުވެރިކަން ލިބޭ ގޮތް ވުމުންނެވެ.

ހުޅުމާލޭގެ ފޭސް އެކެއްގައި ޗައިނާ ސަރުކާރުގެ ލޯނުގެ އެހީގައި ހަދާފައިވާ ފްލެޓްތަކެއް.

ހުޅުމާލޭގެ މުސްތަޤްބަލް އޮތީ ކިހިނެއް ބާވަ އެވެ؟ ޔަޤީނުން ވެސް އެނގޭ އެއް ކަމެއް އެބަ އޮތެވެ. މިހާރުގެ ސަރުކާރުން ޢާޢްމު ކޮށްފައިވާ ހުޅުމާލޭ އާބާދު ކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ އަކީ ތޮއްޖެހިފައިވާ ރަށަކަށް ވާނެ ކަމެވެ. ޕީޕީއެމްގެ ވެރިކަން ހޯދުމުގެ ވަޢުދުނާމާ އިން ބޭރުން އެ ޕާޓީގެ ވެރިން އަމަލީ ގޮތުން ގެންގުޅޭ ތިމާވެއްޓާ ބެހޭ ސިޔާސަތަކީ ހަމައެކަނި ކުރު ރާސްތާ ފެންނަ ސިޔާސަތެކެވެ. ދުރެއް ނުފެނެ އެވެ. އަމާޒު ގެއްލެ އެވެ. މުޅި ގައުމުގައި ހިންގާ ކަންތައްތަކަށް ބަލާއިރު ދެކޮޅު ނުޖެހޭ ސިޔާސަތެކެވެ.

ކަނޑު ދަތުރަކަށް، ތިރީސް މިނިޓަށް ވުރެ ގިނައިރު ނަގާ ކޮންމެ ސަރަހައްދެއްގައި، އެއާޕޯޓެއް ހަދާ ގޮތަށް ހަމަޖައްސަނީ ކޮން ބަޔަކު ދަތުރު ކުރަން ބާވަ އެވެ؟ ކޮންމެ ރަށެއްގައި ފެންވަރު ރަނގަޅު ބަނދަރެއް ހަދަނީ ކޮން ބައެއްގެ މަސްދޯނިފަހަރު ބަނދަރު ކުރަން ބާވަ އެވެ؟ މަސްދޯނިފަހަރު ބަނދަރު ކުރިއަސް، އެ ދޯނިފަހަރު ދުއްވާނީ ކޮން ބައެއް ބާވަ އެވެ؟ ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާކޮށް ފެތުރެމުންދާއިރު ފަތުރުވެރިކަމުގެ ރަށްތަކުގައި މަސައްކަތް ކުރަން ދިވެހިން ހޯދާނީ ކޮން ތާކުން ބާވަ އެވެ؟ މާލޭގައި ޢާއިލާ ތިބެފައި ތިލަދުންމައްޗަށް މަސައްކަތް ކުރަން ދާންވީ ބާވަ އެވެ؟ މިއީ ޢާއިލީ ގުޅުން ބަދަހިކުރުމަށް އެޅޭ ފިޔަވަޅެއް ބާވަ އެވެ؟

މާލޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ވަނަ ބުރީގައި ހުންނައިރު، މާލެ ފެންނަނީ ކޮންކްރީޓް "ޖަންގަލި" އެއްގެ ގޮތަށް---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުން މާލޭގައި ދިރިއުޅުމަށް އައުމުންނެވެ. މާލެ އަށް ހިޖުރަކުރާ މީހުން ވަޒީފާ ހޯދަނީ ކިހިނެއްތޯ އެވެ؟ އެއާޕޯޓު ފަދަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވަޒީފާ ލިބޭނީ ކިތަކަށް މީހުންނަށްތޯ އެވެ؟ ހުޅުމާލޭގެ އާބާދީ ބޮޑުވަމުން ދާއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ ބިމުން ކިތައް އަކަފޫޓް ލިބޭނެ ބާވަ އެވެ؟ އިތުރުކުރެވޭ އާބާދީ އަށް ބޭނުންވާނެ ސްކޫލް އާއި، ޕްރީސްކޫލް އާއި ކުޅިވަރު ކުޅޭނެ ތަންތަނާއި، މުނިފޫހިފިލުވާނެ ތަންތަން އާބާދީއަށް ފުދޭވަރަށް ހުންނާނެ ބާވަ އެވެ؟ ހުޅުމާލެ އަށް އުފަންވުމުގެ ސަބަބުން ކޮންމެ އަހަރަކު އިތުރުވާ އާބާދީގެ މުސްތަޤްބަލަށް ރިޢާޔަތް ކުރެވިފައިވޭ ބާވަ އެވެ؟ ވަޒަންވެރިވާ އާބާދީގެ އިތުރުންނެވެ.

ހުޅުމާލެ އަކީ މީގެ ކުރިން ވަރަށް ބޮޑަށް ރޭވިގެން މި ހުރިހާ ކަމަކަށް ބެލެވިގެން ތަރައްޤީ ކުރަމުން އައި ރަށެކެވެ. އަދި ތަރައްޤީގެ އެކި ފިޔަވަހީގެ މަޢުލޫމާތު ޢާއްމު ކުރަމުން، އޮޅުން ފިލުވައިދެމުން ގެންދިޔަ އެވެ. މިހާރު ކަންތައް ހިނގާ ގޮތަށް ބަލައިލާއިރު ތަރައްޤީގެ މަޝްރޫޢު ރޭވެނީ ބޯމަތިވާ އިންތިޚާބަކަށް ބަލާފަ އެވެ. އިޢްލާން ކުރެވެނީ ބޮޑު ޢަދަދެކެވެ. އެއާ ގުޅިގެން ވާނެ ކަންތައްތަކެއް ނޭނގެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި ދިރިއުޅޭނީ ކިތައް މީހުންތޯ އެވެ؟ ރާއްޖޭގެ އެވްރެޖް ޢާއިލާއެއްގެ ބޮޑުމިނަކީ ކޮބައިތޯ އެވެ؟ ޢާއިލާގައި ތިބި އުމުރުން ދުވަސްވީ މައިންބަފައިންނަށް ވާނީ ކިހިނެއްތޯ އެވެ؟ މި ޒަމާނުގައި ޢާއްމުންނަށް އިމާރާތެއް ދޫކުރެވޭ އިރު އެޔާ އެކު ލިބެން ހުންނަ ޢާއްމު ޚިދުމަތްތައް ވެސް އެނގެން ބޭނުންވާނެ އެވެ. އިމާރާތް އަންނަން ވާނީ އެ ހުރިހާ ޚިދުމަތްތަކާ އެކުގަ އެވެ. މާލެ ތޮއްޖެހުން ކުޑަކުރުމަށް އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ އެންމެން މާލޭ ސަރަހައްދަށް ގެނައުން ބާވަ އެވެ؟ އަރަތެކެވެ!

55 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 7%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަބީން

29 November 2017

މިގަައުމަކީ ފޮނި ބަޔަކު އުޅޭ ގައުމެއް، ނިދަންއޮންނާނެ ބާލީހެއް ނެތަސް އެންމެ ފަހުގެ ފޯނާ ސައިކާ އައިނާ ގެންގުޅޭނެ. ރަށްތަކަށް ތަރައްގީ މިމީހުން ބޭނުންވާ ފެންވަރަކަށް ނުގެނެވޭނެ، އެހެންނު ވާނީ އެފެންވަރަކީ އެމެރިކާ ފެންވަރުވީމަ، ކުރަންދަންނަ މަސައްކަތެއް އާމްދަނީ ރަގަޅަސް ކޮށްގެން ނުވޭ، ފިނި ކޮޓަރިގަ ޓައީ އަޅާފަ ނުތިބެވެންޏާ، މީ މިމީހުންގެ ވަރަކީ... ހިތްމަތިކަމާ ޝުކުރު ނުކުރުމުގެ ލާމަސީލު، މިމީހުން ހިތްރުހޭ ވެރިއަކު ނުގެނޭވޭނެ، މިގައުމަށް ތަރައްގީ އެއްވެސް ނުގެނޭވެ.

The name is already taken The name is available. Register?

ސިންތިލީ ވޫމް

28 November 2017

މާލެ 2 ބުރިޔައް ބިން ދާގެން ނުގޮސްފީޔާމުން ރަގަޅު.

The name is already taken The name is available. Register?

ޖޫލިއަސް ޝީޒާ

28 November 2017

ރައީސް ކުރީދުވަހު އެންމެން މާލެ އަންނާށޭ ބުނީމަ މިހިރީ މާލެއައިސް، މިހާރު ހަފްތާއެއްމިވަނީ، ވަންނާނެތަނެއް އަދިވެސް ނުލިބޭ، ކައިބޮއެ ނިދަނީ އޮޑީގަ. ބޮޑު ދޯކާއެއް މިލިބުނީ، އެހެންވީމަ ވޯޓެއްނުދެވޭނެތާ.

The name is already taken The name is available. Register?

ހާދަދެރައޭ

28 November 2017

މާލެ ތޮއްޖެއްސިވަރަކަށް ބިމުގެ ރަންކުލަ ގަދަވެ އަގު ބޮޑުވާނެ. މިއީ ޤަސްދުގައި ކުރުވާކަމެއް. އަދި އެންމެ ދެރައީ ހިޖްރަކުރާ މީހުންނަށް ބިންކޮޅެއް ނުލިބޭނެ ހުރިހާ މަކަރުވެރި ސިޔާސަތެއް ވަނީ ރާވާފަ. ނަތީޖާއަކީ ހިޖްރަކުރާ މީހުންނާއި އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިން ތާއަބަދު ކުލީގެ ޗޭނަކުން ބަދެވުން. އެމީހުންނަށް ކުލި ސަލާމަތް ވެވެންނެތުން. އާއިލާއަކަށް ބިންކޮޅެއް ދިންނަމަ އެމީހުންނަށްވެސް ކޮންމެވެސް ދުވަހަކުން ގޭގައި ހިލޭ ދިރިއުޅެވޭނެ. އެކަމަކު އެ ފުރުޞަތު ހިޖްރަކުރާ މީހުންނަށްވަނީ ގެއްލިފަ.

The name is already taken The name is available. Register?

ތަކުރުބެ

28 November 2017

ތަކުރުބެ މިއުޅެނީ އަލަށް ހެދި އަމީން ފްލެއްޓެގައި ކުއްޔަށް. ތަކުރު މި އުޅޭ ބަޔާއި އަދި އެހެން ބައެއް ބުރި ތަކަށް މިހާރުވެސް ފެން ޕްރެޝަރުގެ ނާދޭ. އެއެއް މިއެއް ނުބަލާ ތަންތަން އަޅާއިރު ، އެތަންތަނަށް ކަތާ ވަރަށް ޚިދުމަތްތަކުގެ އިންފްރާސްޓްރަކުޗަރު ނެތި ކަންތައް ކުރީމަ ވާނެ ގޮތޭ މީ. އެޗްޑީސީ ވެއްޖެ އެއްނުންތޯ މިކަންކަން ބަލަން. ހަމައެކަނި އިމަރާތްތައް ފުލުފުލުގައި އެޅިޔަކަސް ނުފުދޭ ދޯ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

28 November 2017

މިހަރުނޫހައް ސުކުރުދަންނަވަން މިފަދަ ފުރިހަމަ ލިއުމެއް ގެނެސް ދެއްވީތި! ލިއުމުގައިން އަޅުގަނޑައް ފާހަގަ ކުރެވޭ މުހިންމު ޕޮއެންޓެއްމީ މާލޭގައި ޢާއިލާ ތިބެފައި ތިލަދުންމައްޗަށް މަސައްކަތް ކުރަން ދާންވީ ބާވަ އެވެ؟ މިއީ ޢާއިލީ ގުޅުން ބަދަހިކުރުމަށް އެޅޭ ފިޔަވަޅެއް ބާވަ އެވެ؟ އަޅުގަނޑައް އަންނީގެ ސިޔާސަތައް ތާއީދު ކުރެވެނީ މިހެންވެ އައިލާޔާ ގާތުގަ ވަޒީފާ އަދާކުރެވޭ ގޮތްތަކައް މަގުފައި ކޮއްދެއްވަން މަސައްކަތްކޮއް ދެއްވީތި! މިތާ ކޮމެއްޓުކުރާ ކޮކޯޑިނޭޓަރައް އެނގޭބާ މުޅި އުތުރުގަ 10 ހާނުން މަތީ އާބާދީޔެއް އޮތީ ކުދުޅުއްފުށި އެކަނިކަން ދެކުނުގަ ސ. ހިތަދުއާ ފޯމުލަކާ ތިނަދޫގަކަން މި ހަތަރު ރައް ފިޔަވާ އެހެން ރައްރަށުމީހުން ހުޅުމާލެޔައް ބަދަލު ކުރުމުގެ ތަސައްރެއް ގެންގުޅެއްޏާ އެރައްށުގަ މާލެޔައް ވުރެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ގާއިމުކުރުގެ ވާހަޔަކީ ކޮންފަދަ ބޮޑު އޮޅުވާލުމެއްތޯ

The name is already taken The name is available. Register?

ކަނަން

28 November 2017

ޓެކސްނަގަނީ ދިވެހިން އަތުން ހުރިހާރަށަކުން. ލޯންދޭންވީމަ މާލެއަށް. މީ މައްސަލަޔަކީ. ކުޑައިންޓަރެސްޓްގައި ރޢްޖޭގެ ކޮންމެރށެއްޗައި ގެދޮރު އިމާރާތްކުރުމުގެ ލޯނު ދޫކޮށްބަލަ. ތިޔަ ސަކަރާތެއް ޖަހާކަށް ނުޖެހޭނެ. ވެރި ކަމަށްވެސް އެމީހަކަށް އާދެވޭނެ. ރައްޔަތުން އުފާވެސް ވާނެ. ރައްތަކުގައި ދިރިއުޅެން ބޭނުންވާމީހުންނަށް ދިރިވެސް އުޅެވޭނެ. މީހާރުމައްސަލަކީ މުޅިއުމުރު މާލޭގައި ހޭދަކޮށް މުސްކުޅިވާދުވަހު ވަންނާނެ ތަނެއްވެސް ނެތުން.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

28 November 2017

މާމޮޅު އިކޮނޮމިސްޓެއް ކަމަށް ހެދިގެން އުޅުނަސް ތިޔަ ގެންގުޅޭ “ކުލީ އަޅުވެރި ކަމުގެ ތަރައްޤީ” މިރާއްޖޭގައި ތަންފީޒުކޮށްފިނަމަ “ދިވެހި ދައުލަތުގެ ސިފަ ބަދަލުވެ ރާއްޖޭގެ ޗާޓް އެހެން ގޮތަކަށް ކުރަހާންޖެހިދާނެ” ކަމާއި މެދު އިކޮނޮމިސްޓް ވިސްނާލެއްވިންތޯ ؟! ރާއްޖޭގެއަތޮޅެއްގެ ގޮތުގައި އޮތްކަމަށްބުނާ “މަލިކް ރައްޔިތުން ނަށް އިހްތިޔާރީ ވޯޓެއްގެ ފުރުސަތު ލިބުމުން އިންޑިޔާ ސަރުކާރުގެ ދަށަށް ދިއުމަށް ނިންމި” ސަބަބާއި، ބޮޑު ތިލަދުންމަތީ ރައްޔިތުން ބައްތެލި ތަކުގައި މާލެ ފަޅު ފުރާލި ގޮތާއި “ހުވަދޫ މުލައް އައްޑޫ ރައްޔިތުން މާލޭ ސަރުކާރުގެ ދަށުން ނެއްޓިގަންނާން މެދުވެރިކުރި މަޖުވޫރީ ހާލަތު” އެއްވެސް ވަރަކަށް އެގި އެކަމުގެ މާނަވީ މައުލޫމާތު ހުރިނަމަ ތިޔަ “ކުލީ އަޅުވެތި ތަރައްޤީ” ކުރިއަށް ގެންދިއުމުގެ ބަދަލުގައި “ރައްޔިތުން އެދޭ ލާމަރުކަޒީ ބާރު” ރައްޔިތުންނަށް ދޫކޮށް ޖަޒީރާ ޤައުމެއްގެ ގޮތުގައި ސަރަހައްދީ ތަރައްޤީ އެއް މިރާއްޖޭގައި ފަތުރާނެ. “މިސިޔާސަތުގެ ހިތިރަހަ ކުރީފަހަރު ތަކަށްވުރެން ގޯސްވެދާނެ”

The name is already taken The name is available. Register?

ޢަހަންމަދާ

29 November 2017

އައްޑޫ މީހުންގެ އަގު ވައްޓަން ކޮން އައްޑޫސިޓީ އެކޭ ތި ޖަހަނީ. ނިކަން ކެރިގެން ތިމާގެ އަމިއްލަ ނަން ހަޖާބަލަ. އަމިއްލަ ރަށުގެ ނަން ޖަހާބަލަ. އައްޑޫ ޑޮކްޓަރުން ހޭބަލަިވެގެން ވެރިކަމާ ތޮޅެކަށް ނުއުޅޭނެ. ޢެހެންވީ މަ އެމިހުނަށް ނިސްބަތްކޮށްގެން ނުކިޔަން އިލްތިމާސް ކުރަން

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

28 November 2017

ރައްޔިތުންގެ ބުރަމަސައްކަތާއި އެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް “އިސްލާހް ކުރި ޤާނޫނު އަސާސީގައި ލާމަރުކަޒީ ބާބެއް އެކުލަވާލާ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން” ކަމަށް އޮތް އޮތުން މާލޭ ގައި ޤާއިމް ކުރެވޭ ސަރުކާރަށް އަދިވެސް ބަލައިގަތުން އުދަގޫ ކަމަކަށް މިއޮތީވެފަ. އޭގެ ނަތީޖާ އެއްގެ ގޮތުން “މާލެއަށް ކަންކަން ފަހިކުރުމަށް” ދައުލަތުން އެޗްޑީސީ ، އެމްއާރޑީސީ ސްޓެލްކޯ އާއި ޓީސީއެލް ފަދަ ކުންފުނިތައް ބޭނުން ކުރަމުންގެންދޭ. މިކަން ހުއްޓުވާ “ޤާނޫނީ ހަމަހަމަކަން ރައްޔިތުންގެ މެދުގައި ޤާއިމް ކުރުމަށް” ދައުލަތުގެ ކުންފުނިތަކުގެ ބާރުވެރިކަން އިދާރީ ދާއިރާ ތަކުގެ މައްޗަށް ދޫކޮށް ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކުގެ މެންބަރުންގެ މައްޗަށް އެކުލެވޭ މީހުން ކުންފުނިތަކުގައި ދައުލަތް ތަމްސީލު ކުރާގޮތަށް ކަޑައަޅާންޖެހޭ. އޭރުން އެމްޓީޑީސީ ފަދަ ކުންފުނިތައްވެސް ރަނގަޅުވެ އެމްއެމްއާރުޕީސީ ގެ ވައްކަންފަދަ ކަންކަންވެސް ހުއްޓުވި ހައްލު ހޯދޭނެ.

The name is already taken The name is available. Register?

ދަރޭޝިއޯ

28 November 2017

މާލެ އަކީ އެއީ ރާއްޖޭގެ ކެޕިޓަލް ސިޓީ އަދި އެންމެ ބޮޑު އެންމެ ހެވީ ޓެކްސްޕޭޔަރ އިން ތިބި ތަން. މާލެ އަކީ އެއީ ދިވެހިރާއްޖެ އަކީ. މާލެ ސަރަަހައްދަށް 1000 ރުފިޔާ އިންވެސްޓް ކުރާ ނަމަ ރާއްޖެ ތެރެއަށް 1 ރުފިޔާ އިންވެސްޓް ކުރުން ވެސް ރަނގަޅު ވާނެއެވެ. މީ އެ ރޭޝިއޯ ދިމާވާ ގޮތަކީ.

The name is already taken The name is available. Register?

ހަމީދުބެ

28 November 2017

މީގެން ހަމަ އެކައްޗެއް ވެސް ނޭނގުނު އިނގޭ

The name is already taken The name is available. Register?

ކަހީނު

28 November 2017

އެއްޗެއް އިނގޭނީ ކުޑަ ނަމަވެސް ބޮލެއްހުރިއްޔާަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454