މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
29 ނޮވެމްބަރ 2017 - 21:43
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށް، މަޖިލިސް ޗުއްޓީ އަށް ހިނގައްޖެ އެވެ.
މިރޭ 9:00 ގައި ބޭއްވި މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް
ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމައި، އެ އެއްބަސްވުން ކުރިއަށް ގެންދަން ނިންމީ އެންމެ ބައިގަޑިއިރު ތެރޭގައި މާބޮޑު ދިރާސާއަކާ ނުލައި އެވެ.
ކުއްލި ގޮތަކަށް މަޖިލީހަށް ހުށަހެޅި، އަދި އަވަސް އަރުވާލައިގެން މި މައްސަލާގައި ގޮތެއް ނިންމުމާ ގުޅިގެން އިދިކޮޅު މެމްބަރުން ވަރަށް ބޮޑަށް ދަނީ ސަރުކާރަށް ފާޑުކިއުންތައް އަމާޒު ކުރައްވަމުންނެވެ.
"ފްރީ ޓްރޭޑް އެގްރީމެންޓް ބިޓްވީން ދަ ގަވަމެންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަމެންޓް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް" ނަމުގައި ކުރިއަށް ގެންދާ އެއްބަސްވުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ކަރުދާހުގެ އަދަދު 500 އަށް ވުރެ ގިނަ ކަމަށް އެނގިފައިވެ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާ އަށް ފަހު، މި އަހަރުގެ ތިން ވަނަ ދައުރު މަޖިލީހުގެ ޗުއްޓީ ވަނީ ފެށިފަ އެވެ. މަޖިލީހުގެ ދެން އަންނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮންމެ އަހަރެއްގެ ތިން ވަނަ ދަައުރު ނިމުމުން ދެ މަސް ދުވަހަށް މަޖިލިސް ޗުއްޓީ ވާނެ އެވެ.
އެކަމަކު، އޭގެ ކުރިން ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވަން ފެނިއްޖެ ނަމަ، މަޖިލީހުގެ ގަވާއިދުގައި އެ ފުރުސަތު އޮވެ އެވެ. މި އަހަރުގެ ތިން ވަނަ ދައުރަކީ މާ ބޮޑު މަސައްކަތެއް ނެތް، އެންމެ މަދުން ޖަލްސާތައް ބޭއްވި ދައުރަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމި
30 November 2017
ތިތަނަށް މަޖިލީސްނުކިޔާ ދައުލަތުގެ ހުރިހާ މުއައްސަސާއެއް މިސަރުކާރު އައުމުން ބަދަލުވީ ޕާޓީޖަގަހަތަކަށް މިހާރު މުއައްސަސާތަކެއް ނުހުރޭ ދެން އަތްޖަހާ
ސާނިޔާ ރަޝީދު
30 November 2017
ޢަނގަ ކަސްރަތު ޑިމޮކުރަސީގައި ބޭނުންނޫން ކަމަށްބުނެ ހިތައްއެރިގޮތަކަށް ކަންކޮށްފައި ރައްޔެތުންގެ ފައިސާއިން މުސާރަނަގައިގެން ހިތައް އެރިގޮތކަށް އުޅޭއިރު މިނޫންދުވަހެއް އޮތްކަމާއި.ޖަވާބުދާރީވާން ޖެހޭނެކަން ދަންނާތި ކަރުދާސްކޮޅުގައި ޖަހާފާހަގަ ނުބެލޭނެ
ހޮޓްކިންގ
30 November 2017
އިދިކޮޅުމީހުން ފާޑުނުކިޔާނެ އެއްކަމެއްވެސް ސަރުކާރަށް ނުކުރެވޭނެ. ސަރުކާރުން ހުށަހެޅި ކޮންކަމެއް ފާސްކުރަންތޯ އިދިކޮޅުން ވޯޓް ދިނީ؟ ބަޖެޓް ފާސްކުރަންވެސް ވޯޓް ނުދޭ. ދެން ކިޔަނީ އެމީހުންގެ ދާއިރާއަށް ކަމެއް ކޮށް ދޭން ފައިސާނުދޭވާހަކަ. ދިރާސާ ކުރިޔަސް ނުކުރިޔަސް ތިޔަ އެއްބަސްވުން ތަންފީޒުކުރަން ފާސްކުރަންވީ. އެއީ އެތައް ދުވަހެއްގެ މަޝްވަރާއާއި ދިރާސާގެ އަލީގައި އެކުލަވާލި އެއްބަސްވުމެއް. އެއީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް. އެހެންވީމާ އިދިކޮޅުން ރުހޭތޯ ނުރުހޭތޯ ބަލަން ތިބޭކަށް ނުޖެހޭނެހެން ހީވަނީ.
އައިއޭމް
30 November 2017
ޗައިނާ އާއި ރާއްޖެ އާއި ދެމެދު ފްރީ ޓްރޭޑް އެއްބަސްވުން ނެހެދި ވޭތޯ ރަންރީނދޫ ބޮޑޭ އާއި އެމެންގެ ޓްވިޓަރޭ އާއި އަދި ކިއްލިތަޅާ ޕްރޯ މެން މަރުފަލި ޖެހި ރައްޔިތުންނަށް އެމެންގެ މަކަރާއި ހީލަތުގެ ވިސްނުން ރައްޔިތުންނަށް ވިސްނާދެވޭތޯ. އެކަމަކު މަމެން ޕިންކީން ކުރާ މަސައްކަތުން ރައްޔިތުންނަށް ދަނީ އެކަން ކަމުގެ ހަގީގަތް ހާމަ ވަމުންނޭ. ދެން ޕްރޯ އަށް ވެސް އަދި ރަންރީނދޫ ބޮޑޭ އަށް ވެސް އެމެން 2007 އަދި 2008 ގައި އެމެން ރައްޔިތުންނަށް ހެދި ދޮގާއި މަކަރާއި ހީލަތް ނެހެދޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އެމެންނަށް ވުރެން މަމެން ޕިންކީން ހަޔާތް މާ ބޮޑަށް ކުޑަ ވާނެ ސިޔާސީ ކަންކަމުގައި. ޗައިނާ އާއި ރާއްޖެ ގުޅިގެން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހަދާނަމޭ ތަމެން އޮބާ ބާއްވައިގެން ނަމަވެސް. އައި އޭމް ސޯ ހެޕީ އޮން ދިސް. އައި އޭމް ސޯ ހެޕީ އައި އޭމް ސޯ ހެޕީ އައި އޭމް ސޯ ހެޕީ އައި އޭމް ސޯ ހެޕީ..
އޯއްޔޭއް
30 November 2017
ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެއްބަސްވުން ހެދުން އެއީ ގާތް ގަނޑަކަށް ދުނިޔޭގެ އެއްވަނަ އިގްތިސާދާއި އެކު ފްރީ ޓްރޭޑް އެއްބަސްވުން ހެދުމެވެ. ޗައިނާ ފަހާލެވޭ ވަރުގެ މަހެއް ދެން ދުނިޔޭގެ އިގްތިސާދީ ކަނޑަށް ނާރާނެއެވެ. ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެެއްބަސްވުން ހެދުމުން މިހާރު ސަރުކާރުގެ ކުންފުނި ތަކުން އިއުލާން ކުރާ ޓަވަރުތައް އަޅަން ޗައިނާގެ ކުންފުނި ތަކަށް ޗައިނާގެ ބޭންކްސް ތަކުން ލޯން ނަގައިގެން ދިނީމާ ހުންނާނީ ރަނގަޅަށެވެ. އެއިރުން ރާއްޖޭގެ އާބާދީގެ %95 މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ދީ ރާއްޖޭގައި 10 ހާހުން ދަށުގެ އާބާދީ މާލެ ސަރަހައްދަށް ބަދަލު ކޮށް މާލެ ސަރަހައްދަކީ އެންމެ ވަރުގަދަ ކޮންޒިއުމަރ ސްޕެންޑިންގް ޕަވަރ އޮތް ތަނަށް ހެދޭނެއެވެ. އެއިރުން ރާއްޖޭގެ ބަޖެޓް ވެސް އަރަނިވެ ޑޮލަރެއް ވިއްކާ އަގު 1 ރުފިޔާ އަށް ތިރި ވެގެން ދާނެއެވެ. ދީސް އާރ ދަ ތިންގްސް ދެޓް އައި ކާންޓް އިގްނޯރ. އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައި ލައި ލައި ލައިފް. އޯއް ޔޭއް.
ގައުމު
30 November 2017
އައުމު ވިއްކާލާ އެއްބަސްވުންތައް އާއްމުގޮތެއްގައި މިސަރުކާރުގެ މަޖިލީހުން ނިންމަނީ ބައިގަޑިއެއްހާއިރުން އެހެންވީމާ ހައިރާނެއްނުވާނެ ދޯ ދެން އަތްޖަހާ
މަހަށް
30 November 2017
ތަމެން އެމްޑީޕީން ނޫންތޭ ކަނޑު ފައްތާ ފިލްމް ކުޅެން ކަޓް ހޯދަން ވެގެން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލީ ދޯ. މަހަށް ދޭބަލަ މަހަށް ދޭބަލަ މަހަށް ދޭބަލަ ދެން.
އައިއޭމް
30 November 2017
ޗައިނާ އާއި ރާއްޖެ އާއި ދެމެދު ފްރީ ޓްރޭޑް އެއްބަސްވުން ހެދުމުން ދެން އިންޑިއާގެ މައްޗަށް ބަރޯސާ ވެފައިވާ ރާއްޖޭގެ އިގްތިސާދު ދުނިޔޭގެ ދެވަނަ އިގްތިސާދުގެ މައްޗަށް ބަރޯސާ ވެގެން ދާނެއެވެ. ދެން ހައްދަވަންވީ ގޮތަކީ މާލެ ސަރަހައްދުން ދޭންވީ ޗައިނާ އަށް ބޮޑެތި ފަޅު ތަކެއް ހިއްކައިގެން އެތަނުގައި އެސްއީޒެޑްގެ ދަށުން އިންޑަސްޓްރިއަލް ޕާރކްސް ހަދައިގެން ރޯ މެޓީރިއަލްސް އާއި ހިލަ އާއި ހިލަވެލި އަދި ދަގަނޑާއި ލަކުޑި އާއި އަދި ފްލައިވުޑް އަދި ފަރުނީޗަރާއި އަދި އިންޖީނާއި އެ ފަދަ ސާމާނު ސީދާ ޗައިނާ އިން މާލެ ސަރަަހައްދަށް ގެނެސްގެން މުޅި ސާރކް ސަރަހައްދަށް ޑިސްޕެޗް ކުރަން. މިކަން މިހެން ވެއްޖެނަމަ ޗައިނާ ފަހަތުން ސިންގަޕޯރ ރާއްޖެ އަށް އެޕްރޯޗް ކުރާނެ ކަން ޔަގީން. އެއިރުން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރިހޯދާނެ ކަން އެއީ ކަށަވަރު ކަމެއް. އޯއް ޔޭއް. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި. އައި ރިއަލީ ލައިކް އިޓް..
ނެޝަނަލިސްޓް
30 November 2017
ގައުމު ވިއްކާލީ!
ތިޅާ
30 November 2017
ތިއީ ކަލޭމެންގެ ޖީބު ފުރަން ވެގެން ހަދައިގެން އުޅޭ އެއްބަސްވުމެއް. ރައްޔިތުންގެ ބައިތުލްމާލު ދޮވެލަން. ރައްޔިތު މީހާއަށް ލިބޭ މަންފާއެއް ނޯންނާނެ ތި އެއްބަސްވުމުގެ ސަބަބުން
ދަވޭ
30 November 2017
ބޮޑު އެއްބަސްވުން ގާއިމް ކުރަން މަޖްލީހުން ރުހުން ދިނީމާ ދެން ތަމެން އެމްޑީޕީ ގެ ދުވަސް ދިޔާދޯ. މިހާރު ދެން ތަމެންގެ ތެރޭން މަޖްލީހުގެ ފާރު މަތިން ވެލާ ފުރޮޅާލި 12 މެމްބަރުން ދެން އަންނަ އަހަރު މަޖްލީހުގެ ގޯއްޗަށް ވަންނާނެ ކަމަށް މަމެންގެ ރަމަލު ތަކުން ނުދައްކައޭ ތަމެންނަށް އިނގޭތޭ މިކަން. ޗައިނާ ގެ ސިލްކް ރޫޓް ގައި ބައިވެރި ވުމަށް މަޖްލީހުން ރުހުން ދިނުން މީ މަމެން ގެ ރާއްޖެ އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދަން ލިބުނު ރަނުގެ ފުރުސަތެކެވެ. ދެން ހަަދަންވީ ގޮތަކީ ލަންކާ ގައި ދިރިއުޅޭ 15 ހާސް މީހުން ސުމަކަށް ގެނައުމަށް ޓަކައި ސަރުކާރުން ގަވާއިދެއް އެކަަށައަޅަންވީ ރާއްޖޭން ބޭރަށް ދެން ދިވެހިންނަށް ކިޔަވަން ވިސާ ދެވޭނީ ނޭޝަނަލް ޔުނިވަރސިޓީން ޑިގްރީ އެއް ކޮންމެވެސް އެއް ދާއިރާ އަކުން ހާސިލް ކުރުމުން ކަަމަށް. އެނޫން ނަމަ އެފަދަ މީހަކަށް ރާއްޖޭން ބޭރަށް ކިޔަވަން ދެވޭނީ މަހަކު 5000 ޑޮލަރުގެ ޓެކްސް އެއް ދައުލަތަށް ދައްކާ ގޮތަށް އެފަދަ ކުއްޖަކު ރާއްޖޭން ބޭރުގައި ކިޔަވަން ހުންނަ އިރު.