ޚަބަރު / އެމްއެންޑީއެފް

ރާއްޖެ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިއާއިން ތައިލެންޑަށް: އެމްއެންޑީއެފް

ކޯސްޓްގާޑްގެ ޝިޕް ހުރަވީ ލޯންޗު މާލެ ކައިރީގައި މަޑުކޮށްލައިގެން: ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ރޭ ވަދެ އުޅުނު ބޭރުގެ މަސްބޯޓު ފެނުނީ ކޯސްޓްގާޑަށް.---ފޮޓޯ: މިހާރު

12 ޖެނުއަރީ 2018 - 11:47

10 comments

ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަދެ އުޅެނިކޮށް، ރޭ ފެނުނު ބޭރުގެ މަސްބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިއާއިން ތައިލެންޑަށް ކަމަށް އެ ބޯޓުގެ ފަޅުވެރިންނާ ހަވާލާދީ ދިވެހި ސިފައިން މިއަދު ބުނެފި އެވެ.

ރޭ 10:50 ހާއިރު، ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނު މަސްބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިވަގުތު މަސްބޯޓު އޮތީ އެމްއެންޑީއެފް ކޯސްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށުގައި،" ތައިލެންޑުގެ 10 ފަޅުވެރިއަކު ތިބި މަސްބޯޓާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުންޏެވެ.

ދިވެހި ސިފައިންނަށް މި ބޯޓު ފެނުނިއިރު އޭގައި 200 ޓަނުގެ މަސް ހުރި ކަމަށް އެ ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ. އަދި ބޯޓު ފެނުނުއިރު އޭގައި ހުރީ ސޯމާލިއާގެ ދިދައެއް ނަގާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ދިވެހި ސިފައިން ބުނިގޮތުގައި، މަސްބޯޓާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެންނެވެ.

10 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 12%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮއިލަރު

13 January 2018

ތީ މާމޮޅުގޮތެއް.. ރާއްޖޭގެ ކަނޑަށް ވަދެ މަސްކޮޅު ކަހާލައިގެން އުޅެނިކޮށް އަތުލައިގަތީމަ މިބުނަނީ ތައިލެންޑް އަށްދާ މަގުމަތީގަޢޭ... ބޯޓުވެސް މަސްކޮޅުވެސް އަނބުރާދޭނި ކަމެއްނެތް!

The name is already taken The name is available. Register?

އަރޫ

12 January 2018

އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކޮށްފަބާ ދިޔައީ...

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

12 January 2018

ކީއްކުރާނީ މުސްކުޅިބޯދާ ނާޒީންގެ ޒަމާނުގައި ގަނޑުވަރުން ނޫނީ ކަންކަން ނުނިންމޭފަދަ ވިސްނުމާއި ފިކުރު ހުންނާތީ ތ އަތޮޅަށް ވަގަށް ވަދެގެން އުޅޭބޯޓް މާލެ ގެންނާންޖެހެނީ. ގައިމު ތައިލެންޓް ގެ ޗޮންބޫރީ ، ރޭޔޮންގ ، ޕަޓަޔާ ، ސޮންގކަލާ، ސަމުއި، ރަޓްޗަރބުރީ، އަދި ޗޮންބޫރި ފަދަ ކަނޑުގެ އައްސޭރި ފަށުން ކޯސްޓްގާޑް އަތުލައިގަންނަ އުޅަނދު ތައް ބެންގކޮކަށް ގެންގޮސްގެން ރަސްގެފާނަށް ނުވަތަ ރާނީއަށް ދައްކާކަށް ނުޖެހޭ.

The name is already taken The name is available. Register?

ތޮށަލި

12 January 2018

މާލެ ގެންދަނީ އޭގެ އެމް.އާރު.އައި ހައްދަން.

The name is already taken The name is available. Register?

ސަލީމް

12 January 2018

ތިޔައޮތީ ދިވެހިސިފައިންގެ ފެނވަރުރުގެ ކަމެއްކޮށްލެވިފަ މީދެންގައުމެއްގެ ދިފާއީބާރު އުޅެނޖެހޭފެންވަރުބާއޭ ހިތައްއަރާ ބަޔަކު އޮޅިގެންމިހިސާބަށް އާދެވުނީމަ ދެންއެމީހުންނަށް އެހީވުމުގެބަދަލުގަ މިވެސް ތިމަންވެރިންގެ ކުޅަދާނަކަންކަމަށް ރައްޔިތުންނަށް ދެއްކެންއުޅެނީ ހެހެހެ.

The name is already taken The name is available. Register?

ީިިި އިބްރާހިމް

12 January 2018

މިޓެކޮނޮލޮޖީގެ ޒަމާނުގައި އޮޅިގެން ބައެއްގެ ސަރަހައްދަށް ވަދެވޭނެ ކަމަކަށް ޤަބޫލު ނުކުރެވޭ...

The name is already taken The name is available. Register?

ހާމަ333

12 January 2018

އޮޅިގެން ކަލޭވެސް ޑިންގީއަކަށް އަރައިގެން އިންޑިއާ ނޫނީ ޕާކިސްތާނު ކަނޑުގެ ސަރަހައްދަށް ކާރިކޮށްލަބަލަ ވާއެއްޗެއް ބަލާލަން...ވިސްނުން ތިހުންނަނީ އަދި މާފަހަތުގަ

The name is already taken The name is available. Register?

އޮބްރަޔަން

12 January 2018

ހިތަށް އެރީ އިންޑިއާމީހުން ކަނޑުމަތިން ފެންނަ ކޮންމެ އެއްޗެއް ނިއުދިއްލީއަށް ނުގެންގޮސް ފަރުޖެހޭބާއޭ، އެމެރިކާމީހުން ކަނޑުމަތިން ހޮވާ އޮޑިފަހަރު ހަމަ ވަގުތުން ވޮޝިންޓަނަށް ނުގެންގޮސް ވާނެ ގޮތެއް އޮވޭބާއޭ.

The name is already taken The name is available. Register?

ހާމަ333

12 January 2018

ތިކިޔަނީ އެމެރިކާ ނިއުދިއްލީގެ ވާހަކަ މީ ދިވެހިރާއްޖެ (ޔައުނީ..... މާލެއާއި ހުޅުމާލެ) ދެން ރާއްޖެ ކަނޑުން ހޮވައިގެން ގެންނަ ތަކެތި ގެންދާނީ ރާއްޖެއަށްތާ...މިބުނީ މާލެވާހަކަ....މާލެ ދަރިކޮޅުން ވެރިކަން ކުރާހާ ހިދަކު ރާއްޖެއާއި ރާއްޖެތެރެ މިދެގައުމު ދެމި އޮންނާނެ ކަލޯ....

The name is already taken The name is available. Register?

ޙަސަން އަޙްމަދު

14 January 2018

ކަލޯ އިންޑިއާ އާ އެމެރިކާ އަކީ ސަރަހައްދު އެހާ ބޮޑު އެކި ސްޓޭޓްތަކުގައި ތަފާތު ގާނޫނު އޮންނަ ޓައިމްޒޯން ވެސް ތަފާތު ގައުމުތަކެއް. ދިވެހި ސިފައިން ކަމެއް ވާއިރަށް މާލެ ގެންނަހާ ފަސޭހައިން ވޮޝިންޓަން ޑީސީއަކަށް ނުގެންދެވޭނެ ބޭނުން ހުރި ކަމެއް ވެސް ނޫން. އެހެނޭ ކިޔާފަ އަހަރެމެން ނުޖެހޭ ކޮންމެ އަތޮޅެއް ވަކި ސްޓޭޓަކަށް ހަދައިގެން އިންޑިއާ އެމެރިކާ ހެދޭކަށް. ރާއްޖެ ކަހަލަ ކުދި އެކަމަކު ހެސްކިޔާފަ މުއްސަނދި އަދި ތަރައްގީ ގައުމުތައް ޔޫރަޕުގަ ވެސް އެބަހަރި. އެމީހުން ވެސް ނޫޅޭ އިންޑިޔާ އެމެރިކާ ސިސްޓަމަށް ނޫޅެވިގެނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454