ތަހުގީގު އޮފިޝަލުން ސަން އައިލެންޑްގެ ސްޓޯރު ބަލާ ފާސްކުރަނީ
20 ޖެނުއަރީ 2018 - 09:18
ރިސޯޓުތަކުގައި ހުރި މުދާތަކާއި ތަކެތި ގެންގޮސް، ރިސޯޓުތައް ހުއްޓުވުމަކީ ދިވެހި އެތައް އާއިލާއަކަށް ދެވޭ އަނިޔާއެއް ކަމަށް އދ. މާމިގިލީ ކައުންސިލުން ރޭ ބުނެފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެތެރެ ކޮށްފައި ހުރި އޫރުމަހާއި ހުރިހާ ބަނގުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކުން ގެންދާނެ ކަން ކަސްޓަމުން މިހާރު ވަނީ އެ ރިސޯޓްތަކަށް އަންގައިފަ އެވެ. އެ ރިސޯޓުތަކަކީ ސަން އައިލޭންޑް ރިސޯޓާއި، ޕެރަޑައިސް އައިލޭންޑް ރިސޯޓާއި ހޮލިޑޭ އައިލޭންޑް ރިސޯޓް އަދި ފަން އައިލޭންޑް ރިސޯޓެވެ.
މާމިގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އަންނަ ގޮތަށް ހަމައެއް ލަމަައެއްނެތި ކޯޓު އަމުރާ ވެސް ހިލާފަށް ތަނުގެ މުދަލާއި ތަކެތި ގެންދިއުމަކީ އަަނިޔަވާރިކަމާއި ގަަދަބާރުން ކަންކުރުމުގެ ސަގާފަތުގެ ތެރެއިން ހިންގާ ޖަރީމާއެއް ކަމަށެވެ.
އދ. އަަތޮޅުގެ ރިސޯޓުތަކަކީ އދ.އަތޮޅުގެ ގިނަަ މީހުން، ހާއްސަކޮށް މާމިގިލީގެ ގިނަ ރައްޔިތުން ވަަޒީފާ އަދާކުރާ ތަންތަން ކަމަށްވެފައި، އެ ރިސޯޓްތައް ހުއްޓުމަކަށް އައުމަކީ މާމިގިލީގެ އެތަކެއް އާއިލާތަކަށް ދެވޭނެ އަނިޔާއެއް ކަަމަށާއި، އޭގެ ސަބަބުން އަގު ނުކުރެވޭވަރުގެ ގެއްލުމާއި ހިތްދަތިކަަންވެސް ކުރިމަތިލާންޖެހޭނެ ކަމަށް ވެސް މާމިގިލީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ވިލާގެ ރިސޯޓްތަކަށް އަރައި އެތަނުގައި ތިބި ފަތުރުވެރިންނާއި މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ކަސްޓަމާއި ފުލުހުންގެ އޮފިޝަލުން ރިސޯޓުތަކަށް އަރައި ބަލައި ފާސް ކުރުމަކީ މާމިގިލީގެ ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ހުއްޓާލުމަށް ވެސް މާމިގިލީ ކައުންސިލްގެ ބަޔާނުގައި ގޮވާލި އެވެ. އަދި ގާސިމަށް ލިބޭ ކޮންމެ ގެއްލުމަކީ މާމިގިލީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ދިނުމުގެ ބަދަލުގައި އެފަދަ ވިޔަފާރިތައް ނެތިކޮށްލުމަށް ކުރެވޭ އަނިޔާވެރި އަމަލެއްގެ ދަށުން އަދި ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށް ވިލާ ކުންފުނީގެ ރިސޯޓުތަކަށް ސީދާ އަމާޒުކޮށް ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތައް ކައުންސިލުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮތީ ބާތިލްކޮށްފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ކަސްޓަމުން ބުނި ގޮތުގައި ހިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ އެވެ.
އެ ހަތަރު ރިސޯޓުގެ އިތުރުން ވިލާ އިން ހިންގަމުން އަންނަނީ ރޯޔަލް އައިލެންޑް ރިސޯޓެވެ. ކަސްޓަމްސް އިން ރިސޯޓުތަކަށް އަރާ ފާސް ކުރީ، ރޯޔަލް އަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އެކަމަކު ވިލާގެ ވަކީލުން ތަކުރާރުކޮށް ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
21 January 2018
އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފިތަ މިހާރު؟
އަހަންމާބެ
20 January 2018
ކައުންސިލްތައް ހޮވާފަތިބެނީކީ ވަކި ފަރުދެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަކަށްނޫން، ކައުންސިލަރުން އިންތިޚާބުވާން މުއްސަންޖެއްގެ ޖީބުން ޚަރަދުކުރިޔަސް، އެމީހަކު ނުޤަވާޢިދުން ކުރާ ކަންތައްތައް ޙިމާޔަތްކުރާކަށް ކައުންސިލްތަކަކަށް ނުޖެހޭނެ، ޤާނީނީ ޒިންމާއަކީ ކައުންސިލްތަކަށް ޤައުމާއި ރައްޔިތުން އިސްވުން، ގާސިމުގެ ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް ކައުންސިލުން ގޮވައިނުލެވުނީ ކައުންސިލްގެ ޤާނޫނީ ޒިންމާއިން ބަރީޢަވެ ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމަށް ހިތްވަރުދިނުމެއް، އެހެނީ ޤާނޫނާއި ޚިލާފުވެ ދައުލަތަށް ދައުލަތަށް ދައްކަންޖެހޭ އެތައް މިލިޔަން ޑޮލަރުގެ ޓެކްސް ނުދައްކައި އޮތުމުގެ ސަބަބުން އެޅި ޤާނޫނީ ފިޔަވަޅަކަށް ގޮންޖެހުމަށްފަހު އެހެން ދޮރަކުން ނާޖާއިޒުގޮތުގައި ވަގާއި ދޮގަށް ކަންކަން ކުރުމުން ޤާނޫނު ތަންފީޛު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅަކީ މީހަކަށް ދެވޭ ދެރައެއް ކަމަށް ސިފަކުރުމަކީ ޤާނޫނު އޮޅުވާލައި ޚާނޫނާއި ޚިލާފުވުމަށް ހިތްވަރުދިނުން.
އެހެންތޭ
20 January 2018
ރިސޯރޓް ތައް ހުއްޓުވުމަކީ އާއިލާ ތަކަށް ދެވޭ އަނިޔާ އެއް ކަމަށް މާމިގިލީ ކައުންސިލުން ޕްރޮޕެގެންޑާ ފަތުރާއިރު ވިލާ އިން ނުދައްކާ އޮތް އެތައް މިލިއަން ޑޮލަރުގެ ޓެކްސް އިން އާއިލާ ތަކަށް ލިބޭ އަނިޔާގެ ވާހަކަ ވެސް ދައްކާ ނަމަ ތަމެންގެ ވާހަކަ ބެލެންސް ވާނީ ދޯ.
ހުސޭނުބެ
20 January 2018
އާއިލާގެ ވާހަތައް ނުދައްކާ!! އާއިލާތައް ނިކަމެތިވަނީ ކުންފުނީގެ ޢަމަލުތައް ހުރިގޮތުން!!! ކުންފުނިން ގާނޫނާ ޚިލާފަށް ޢަމަލުކުރީމާ ސަރުކާރުން ކުންފުންޏާ ދޭތެރޭ އަޅާ ފިޔަވަޅަކުން އާއިލާތައް ނިކަމެތިވާ ނިކަމަތި ވުމަކީ ސަރުކާރުން އޭގެ ޒިންމާ ނަގަންޖެހޭ ކަމެއްނޫން!!! އެއީ ކުންފުނީގެ އަމަލުތަކުގެ ސަބަބުން އަންނަ ނިކަމެތި ކަމެއް!!! އެކަން ގަބޫލުކުރައްވާ!!!
ކޮލެޖް ބޯއީ
20 January 2018
ކައުންސިލް ސަސްޕެންޑް ކުރަން ގާތްވެއްޖެ
މޮދީ
20 January 2018
ވިޔަފާރިކުރަނީ އަދި މުދާ އެތެރަކުރަނީ ގާނޫނާއި އެއްގޮތަށްތޯ ބަލަން ނުޖެހޭތޯ!؟ އެހެން ނޫންކަމަށްވެއްޖެއްޔާމު ފިޔަވަޅު އަޅަންނުޖެހޭނެތޯ؟ ގާސިމްގެ ބިޔަފާރިޔަށްވީމަ ގާނޫނު ނުހުނގާ އެހެން މީހުންނަށް ގާނޫނު ހިންގަންޖެހޭތޯ؟
ސަލީމް1985
20 January 2018
އޫރުމަހާއި ބަނގުރާ ނުވިއްކާ ވެސް ރިސޯޓް ހިންގި ދާނެކަން ޤާސިމް ދައްކަންވީ ވަގުތު މިއީ. އަދި ކުރިއަށް އޮތްތަނުގަ ވިލާ ގުރޫޕްގެ ރިސޯޓްތަކުން އޫރުމަހާއި ބަނގުރާ ނުވިއްކާ ގޮތައް ހަދަންވީ.
އަހުމަ
20 January 2018
ބޮޑުއަނިޔާއެއް ނޫންތަ ރާއްޖޭގެ މަހުޖަނުން ހިންގާ ރިސޯޓުތަކުން ސާރވިސް ޗާޖް މަދުންދެނީ .. ބޭރު މެނޭޖްމަންޓްތައް އޮންނަ ރިސޯޓުތަކުން 1000ޑޮލަރަށް ވުރެ މަތީގައި އުޅޭއިރު ރާއްޖޭގެ މަހުޖަނުން ހިންގާ ރިސޯޓުތަކުން 300ޑޮލަރަށް ފިކްސް ކޮށްފައި.. މުވައްޒަފުންނަށް ކުރެވޭނެ ކަމެއްނެތް ވަޒީފާ ބޭނުމިއްޔާ އުޅެން މަޖްބޫރު..