ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން: ވިދާޅުވަނީ ކީކޭތޯ؟

ސުޕްރީމް ކޯޓު: ރަޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޯޓުން އެންމެ ފަހުން ވަނީ ކަނޑައަޅާފައި.---ފޮޓޯ/މިހާރު

އަހުމަދު އަބްދުﷲ

08 ފެބުރުއަރީ 2018 - 08:19

7 comments

ގައުމުގެ އެންމެ އިސް ވެރިއަކަށް ރަސްކަލަކު ހުންނަވާ ގައުމުތަކުގައި ވެސް ރަސްގެފާނަށް ލިބިވަޑައިގަންނަވާފައި އޮންނަ ބާރުތައް ކަނޑައެޅިފައި އޮވެ އެވެ. ތަފާތު ގައުމުތަކުގައި ތަފާތު ކޮށެވެ. މި ޒަމާނުގައި ގިނަ ގައުމުތަކުގައި ރަސްގެފާނަކީ ރަމްޒީ ގޮތުން ގައުމުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ބޭފުޅެކެވެ. ބައެއް ގައުމުތަކުގައި ރަސްކަން ނުވަތަ ރަނިކަން ދެމިއޮންނަ ގޮތަށް ބާއްވަނީ އެ ގައުމުގެ ޤަދީމީ ސަގާފަތް ދެމެހެއްޓުމުގެ ގޮތުންނެވެ. އަނެއް ބައި ގައުމުތަކުގައި ރަސްގެފާނު ހުންނަވަނީ އެ ގައުމެއްގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލް ތައް ތަޞްދީޤު ކުރެއްވުމަށެވެ. ރަސްގެފާނަށް އެއްވެސް ސިޔާސީ ބާރެއް ނުއޮވެ އެވެ. ބައެއް ޖުމްހޫރިއްޔާތަކުގައި ރައީސްގެ ބާރު އޮންނަ ގޮތަށެވެ. ނަމަވެސް މި ޒަމާނުގައި ވެސް ރަސްގެފާނަށް ހުރިހާ ބާރުތަކެއް އޮންނަ ގައުމުތައް މަދުން ނަމަވެސް ހުރެ އެވެ. މެދު އިރުމަތީގަ އާއި އެފްރިކާގަ އެވެ.

ތިން ބާރު ވަކިވެފައި އޮންނަ ގައުމުތަކުގައި ގައުމުގެ އެންމެ އިސް ވެރިޔާ އަށް އޮންނަނީ ދައުލަތް ހިންގުމުގެ ބާރެވެ. ގާނޫނު ހެދުމުގެ ބާރެއް ނުއޮވެ އެވެ. އަދި ޢަދުލު އިންޞާފް ޤައިމު ކުރުމުގެ ބާރު އެއްގޮތަކަށް ވެސް ނުއޮވެ އެވެ. މުސްތަޤިއްލު މުއައްސަސާތައް އުފައްްދާފައި އޮންނަނީ ސަރުކާރު ހިމެނޭ ގޮތަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ ގޮތަށެވެ. ރައްޔިތުންނަށް އިތުބާރާ އެކު އިންޞާފު ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށެވެ.

ތިން ބާރު ވަކިވެފައި އޮންނަ ކަމަށް ކަރުދާހުގައި ލިޔެފައި އޮންނަ ގައުމުތަކުގައި ވެސް، އެެއްވެސް ބާރަކުން، ކަންތައް ކުރަމުން ގެންދަނީ ޤާނޫނުގައި، އެ ބާރަކަށް، ދީފައި އޮތް ޙުދޫދުން ބޭރުގައި ކަމަށް ވެރިކަން ހިންގުމުގެ ބާރަށް ފެނިއްޖެ ހިނދެއްގައި އެ ތަނެއްގެ މަސައްކަތް މަގަށް އެޅުވުމުގެ ބޭނުމުގައި ވަކި ގޮތަކަށް ކަންތައް ކުރުމަށް އެންގިދާނެ ބާވަ އެވެ؟ ތިން ބާރު ވަކި ވެފައި އޮންނަ ގައުމުތަކުގައި ބާރުތައް އިމުން ބޭރުވޭތޯ ބަލަނީ އެއް ބާރު އަނެއް ބާރުންނެވެ. މެދުވެރި އަކާ އެކުގަ އެވެ. ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައި އޮތީ އެ ތަނަށް ޤާނޫނުއަސާސީން ލިބިދޭ އިމުން ބޭރުން ކަމަށް ބަޔަކަށް ފެނިއްޖެ ހިނދެއްގައި އެ ކަމެއް ބަލަނީ ކޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކީ ޤާނޫނުއަސާސީން ދީފައި އޮތް އިމުން ބޭރުން ނިންމާފައި އޮތް ނިންމުމެއް ކަމަށް ކޯޓަށް ފެނިގެން ޙުކުމެއް ކުރުމުން، އެ ހުކުމެއް މަޖިލީހުން މާނަކުރާ ގޮތާއި ފުށުއަރާ ކަމަށް މަޖިލީހަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުން ނެރެން ބޭނުންވާ މާނައެއް ކުރެވޭނެ ގޮތަށް ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނެވިދާނެ އެވެ. ގެނެސްފައި އެބަ ހުއްޓެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މުސްތަޤިއްލު މުއައްސަސާތައް ޖަވާބުދާރީ ކުރުވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މުސްތަޤިއްލު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި ސަރުކާރުގެ ބައެއް އޮންނަ ކަމަކަށް ނުވެ އެވެ. ޝަރީއަތް ކުރާ މަޤާމެއްގައި ހުރި މީހަކު، އެ މަޤާމުން ދުރުކުރަން ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި ވެސް ޤާނޫނުގައި ކަނޑައެޅިފައި އޮންނަ ގޮތަށް، އެ މައްސަލައެއް ދާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލާފަ އެވެ. ރައްޔިތުންގެ މަޖިލީސް ވެގެން ދަނީ ޤާނޫނު ހެދުމުގެ އެންމެ ބާރުގަދަ ފަރާތަށެވެ. އަދި ސަރުކާރާއި މުސްތަޤިއްލު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ އެންމެ މުހިއްމު ބާރަށެވެ.

ފާއިތުވި ދުވަސްތަކުގައި، ރާއްޖޭގެ ސިޔާސީ މައިދާން އެންމެ ހަލަބޮލިކޮށްލި އެއް ޚަބަރަކީ ޕާޓީ ބަދަލު ކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކޯޓުން ކުރި ޙުކުމެއްގެ ޚަބަރެވެ. ފެށުނީއްސުރެ ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންނާއި އެ މެންބަރުންގެ ވަކީލުން ވިދާޅުވަމުން ގެންދެވީ އެ ބޭފުޅުންގެ ޙުކުމުގައި ގޮނޑި ގެއްލުނު ކަމަށް ނެތް ކަމުގަ އެވެ. ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ޤާނޫނުއަސާސީގައި ވެސް އަދި އެހެން ޤާނޫނެއްގައި ވެސް އޮންނަ ކަމަކަށް ނުވެ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ޙުކުމް ތަރުޖަމާ ކުރީ ގޮނޑި ގެއްލުނު ކަމުގަ އެވެ. އެ ތަރުޖަމާއާ އެކު ހުސްވެފައި ހުރި ގޮނޑިތަކަށް އާ މެންބަރުން އިންތިޚާބު ކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. ހަމަ އެއާއެކު ޕާޓީ ބަދަލުކުރި މެންބަރުންނަކީ ގޮނޑި ގެއްލިފައި ތިބި މެންބަރުން ކަމަށް ނިންމި އެވެ. އެ ބޭފުޅުންނަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައެއް ނުގެންނެވެ އެވެ. އޭގެ އިތުރަށް އެ މެންބަރުންނަށް މަޖިލީހުގެ މަސައްކަތާ ގުޅޭ އެއްވެސް ޙަރަކާތެއްގައި ވެސް ބައިވެރިވެވަޑައެެއް ނުގެންނެވެ އެވެ.

ކޯޓު އަމުރާ އެއްގޮތަށް އަމަލު ކުރަނީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން އެ ތަރުޖަމާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔަ އެވެ. މި ގޮތަށް ކަންތައް ކުރަމުން ގެންދިޔަ އިރު ކޯޓުން އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ކައިރި މާޒީގައި ވެސް ރާއްޖޭގެ ބައެއް ކޯޓުތަކުން ނެރޭ ބައެއް އަމުރުތައް ތަންފީޒު ކުރުމުގެ ކުރިން، އިސް ކޯޓުން ވަގުތުން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. ހަމައަކަށް އެޅުވުމަށެވެ. މި ފަހަރު އިސް ކޯޓު އޮތީ ހިމޭނުންނެވެ. ބަންޑާރަނައިބުު ހުންނެވީ ހިމޭނުންނެވެ. އިލެކްޝަން ކޮމިޝަނުގެ މި ތަރުޖަމާގެ ސަބަބުން ގައުމުގައި، ޚާއްޞަކޮށް މާލޭގައި، ބޮޑު ހަމަނުޖެހުންތަކެއް ހިނގަން ފެށުނެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުގެ ނިންމުމާ ބެހޭ ގޮތުން ގައުމުގެ ހުރިހާ މުހިއްމު މުއައްސަސާތައް ވެސް އޮތީ ހިމޭނުންނެވެ. ހިމޭނުން ތިބުމަކީ އާނ ބަހެއް ނޫން ކަން އަޅުގަނޑުމެންނަށް ވެސް އެނގެ އެވެ. މި މުހިއްމު ނިންމުން އިލެކްޝަން ކޮމިޝަނުގެ އެކަނި ތަރުޖަމާއަކުން ނިންމާނެ ކަމަށް ޤަބޫލު ކުރަން އުނދަގުލެވެ. ރާއްޖޭގައި ކަންތައްތައް ހިނގާ ގޮތް ރަނގަޅަށް އެނގޭތީ ވެ އެވެ. ޚާއްޞަކޮށް މުސްތަޤިއްލު މުއައްސަސާތަކުގަ އެވެ. "އެތެރެ ކޯލު" ގަ އެވެ.

މިހާރު އިސް ކޯޓުން ސާފުކޮށް ދީފައި އޮތް ގޮތުގައި އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލެ އެވެ. އެ ބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް އެއްވެސް އިރެއްގައި ކޯޓުން ޙުކުމެއް ކޮށްފައި ވާ ކަމަކަށް ނުވެ އެވެ. ބޮޑު ސުވާލަކީ ކޯޓު ހުކުމުގައި ނެތް ގޮތަކަށް ޕާޓީ ބަދަލުކުރި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް، ނިންމި ނިންމުމާ އެއްގޮތަށް ފިޔަވަޅު އެޅުނު މެންބަރުންނަށް ލިބުނު މާއްދީ ގެއްލުމާއި ނަފްސާނީ ގެއްލުމުގެ ޒިއްމާ ނަގާނީ ކާކުތޯ އެވެ؟ އިލެކްޝަން ކޮމިޝަނުންތޯ އެވެ؟ ނުވަތަ ދައުލަތުގެ ބަންޑާރަނައިބުތޯ އެވެ؟ ދާދި ފަހުން ބަންޑާރަ ނައިބު ނޫސްވެރިންނާ ބައްދަލު ކުރެއްވި އިރުގައި ވެސް އެމަނިކުފާނަކީ މިފަދަ މައްސަލަތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ ފަރާތް ކަމަށް ވިދާޅުވެފައިވެ އެވެ.

އިލެކްޝަން ކޮމިޝަނަށް ފޫޅު ކަނޑާފައި މި ނިންމި ނިންމުމުން މި ކަމުގައި ޝާމިލްވާ މެންބަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނީ ކޮން ފަރާތަކުންތޯ އެވެ؟ އެ ބޭފުޅުންނަށް ލިބި ވަޑައިގެންނެވި ކާމިޔާބީގެ ފޮނިކަމުން އަދި އެ ވާހަކައާ ހިިސާބަށް އެ ބޭފުޅުންނަށް ވަޑައިގެންނެވޭ ވަރެއް ނުވެ އެވެ. ބަދަލު ލިބެން ވާނެ އެވެ. ބަދަލު ދޭން ވާނެ އެވެ.

ވަކި ފަރާތަކަށް ބުރަ ނުވެ، މިހާރު މި އޮތް އިލެކްޝަން ކޮމިޝަނަށް، އިންތިޚާބީ މަސައްކަތްތައް ކުރިޔަށް ގެންދެވިދާނެ ކަމުގެ، އިތުބާރު ރައްޔިތުންނަށް އޮވެދާނެ ބާވަ އެވެ؟ ހަމައެކަނި ސުވާލެއް ކޮއްލީ އެވެ. ހެޔޮ ނިޔަތުގަ އެވެ.

ސުޕްރީމް ކޯޓުން، ފާއިތުވި ދުވަސްތަކުގައި، ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ނިންމި ބައެއް މައްސަލަތަކުގައި އަޅުގަނޑުމެންގެ ވެސް މޭ ކަރާލި ފަހަރު ފަހަރު އަ އެވެ. ސަރުކާރުން އަބަދުވެސް ބުނަމުން އައީ ހުރިހާ ފަރާތަކުން ވެސް ކޯޓުގެ ނިންމުން ޤަބޫލު ކުރަން ވާނެ ކަމުގަ އެވެ. ރަނގަޅު ވާހަކައެކެވެ. ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަކީ ބައިނަލްއަޤްވާމީ ގޮތުން ވެސް ފެންވަރު މަތި ފަނޑިޔާރުން ކަމަށް ވެސް ސަރުކާރުން ބުނަމުން ދިޔަ އެވެ. އެންމެ އިސް ވެރިޔާގެ ހިސާބުން ވެސް މެ އެވެ. އޭރު ކޯޓުން ނިންމާ ހުރިހާ މައްސަލައެއް ވެސް ނިމިގެން ދިޔައީ ސަރުކާރު ރުހޭ ގޮތަށެވެ.

އަޅުގަނޑުމެން އުއްމީދު ކުރަނީ ލިޔެފައި އޮތް ޤާނޫނުއަސާސީގައި، ޝަރީޢަތް ހިންގުމުގެ ބާރުގައި ލިޔެފައި އޮތް ޙުދޫދުގެ ތެރެއިން ކޯޓުތަކުން ނެރޭ ޙުކުމަށް ސަރުކާރުން ވެސް އިޙްތިރާމް ކުރާނެ ކަމަށެވެ.

ޤާނޫނުގައި ކަނޑައެޅިގެން ލިޔެފައި ނެތް ކަމަށް ވިޔަސް ކޯޓެއްގައި ހުސްވާ ގޮނޑިއަކަށް ސިޔާސީ ގޮތުން ޙަރަކާތްތެރި ވެފައިވާ ފަރާތެއް، ނުވަތަ ސިޔާސީ މަގާމެއް ފުރާފައިވާ ފަރާތަކަށް ކުރިމަތިލެވެން ވާނީ އެ ފަރާތެއް އެފަދަ ޙަރަކާތަކާއި ނުވަތަ އެފަދަ މަޤާމަކުން ދުރުވިތާ މަދުވެގެން ފަސް އަހަރު ފަހުންނެވެ. ވަކި ފަރާތަކަށް ނުޖެހި ނިޔާ އިއްވުމުގެ ސިޔާސަތަކަށް ތާއީދު ކުރުމުގެ ގޮތުންނެވެ. ވިދާޅުވަނީ ކީކޭތޯ އެވެ؟

7 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލަތު

08 February 2018

އެންމެ އިސް ވެރިޔާގެ ހިސާބުން ވެސް އޭރު ކޯޓުން ނިންމާ ހުރިހާ މައްސަލައެއް ވެސް ނިމިގެން ދިޔައީ ސަރުކާރު ރުހޭ ގޮތަށެވެ. އެކަމުގެއި ނުފޫޒެއް ބާރެއް ފިއްތުމެއް ކޮރަޕްޝަނެއް ހަމަ ނެތީތޯއެވެ. ތަންފީޒު ކުރުމަށް ހޭވައްލާ ތައްޔާރެވެ. ހުދު ރައީސްވެސް ޕޮލިސް ކޮމިޝަރަަން ގުޅަނީވެ. ލަސްވެގެންނެވެ. ނަމަވެސް ...............................!؟ 1 ފެބްރުވަރީ 2018 ވަނަ ދުވަހުގެ ރޭގެ ހުކުމް ..............!

The name is already taken The name is available. Register?

ކޮލެޖް ބޯއީ

08 February 2018

ސިޔާސީ ބޮޑު މީހަކު މިއަދު ފަނޑިޔާރުންނަށް ހަބޭހަށް އެއްޗެހި ގޮވާފައި، މާދަމާ ފަނޑިޔާރަކަށް ހެދީމަ އަދުލު އިންސާފުގެ ދުރުމީން މިކަން ފެންނާނީ ކިހިނެތްބާ؟

The name is already taken The name is available. Register?

ކުޑަކަތީބު

08 February 2018

ގައުމަކަށްނުވާ، ވިލެޖެއްގެ އާބާދީވެސް ހަމަނުވާތަނެއްގަ ދުނިޔޭގަ ލެއްވިހާ އިނގިރޭސި ނަންކިޔާ ތަންތަން ހަދައިގެން އިނގިރޭސި ފިލްމު ކުޅޭތަނެއް. މިތަނަށް އަސްލުގަ ބޭނުންވަނީ ކަތީބަކާއި ފޫޅުމައިންކޮޅަކާ އެދުރުންކޮޅެއް. އެވަރުން ފުދޭނެ.

The name is already taken The name is available. Register?

ޭއޯލެވެލް ސައިދު

08 February 2018

މި ގައުމަކީ ފަސްޓްކްލާސް މީހުން އާމްދާނީ ހޯދަން ގެންގުޅެ ވަސީލަތެއް.ހަނާވަނީ ނިކަމެތި މީހާ.

The name is already taken The name is available. Register?

ތަކުރު

08 February 2018

ދިވެހިން ދިވެހިންގެ ގޮތުގާ ގަމާރުކަންމަތީ އަބަދަޢް!

The name is already taken The name is available. Register?

އަލީގ

08 February 2018

ވަރައް ރަގަޅު ވާހަކައެއް.މިހާރުއްސުރެ މިވާހަކަ ދައްކަންވެއްޖެ. މާދަމާ ނޫންކަމެއްވެސް ނޭނގެ ސްޕްރީމްކޯޓުގެ ދެގޮނޑި ހުސްވެއްޖެކަމައްބުނެ މިއަދު ސްޓޭޖުތަކައްއަރާ ވެރިމީހާޔައް ސަނާކިޔަމުންދާ މީހެއްގެ ނަން ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމައް ހަމަޖައްސަން މަޖްލިސްއައް ހުށަހަޅާނީ ދެން ބުނާނެ މިނިވަން ...... އެކަމަކު ކިހިނެތް ރައްޔިތުން އެކަން އެގޮތައް ހެދުމުން މިނިވަންކަމައް ގަބޫލުކުރާނީ.

The name is already taken The name is available. Register?

ޔާމިން

08 February 2018

މިގައުމުގަމިހާރު މިނިވަން ރައްޔިތުން އިތުބާރުކުރާ އެއްވެސް މުއައްސަސާއެއް ނެތްކަމީ ހަގީގަތް. މި ހާލަތުގާ ފުރިހަމަ މިނިވަންކަމާއެކު ރައްޔިތުން ވޯޓްލާކައްނުދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454