ކުނޫޒްގައި އިދިކޮޅު ޕީޖީން ބޭއްވި ބައްދަލުވުމަށް ފަހު ބައެއް މެމްބަރުން މަގުމަތީގައި މަޑުކޮށްލައިގެން. -- ފޮޓޯ: ނިޝާން އަލީ
08 ފެބުރުއަރީ 2018 - 14:57
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ނުރައްކާތެރި އިންޒާރު ލިބެމުން ދާ ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ރައްކާތެރިކަން ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރި ފަހުން، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް މަރުގެ އިންޒާރު ދެމުން ދާ ކަމަށެވެ.
"މަގުމަތިން ހަމަލާދޭނެ ކަމުގެ އިންޒާރުތައް ކެނޑިނޭޅި ލިބެމުން އެބަ ދޭ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވަނީ ޓްވީޓާ މެދުވެރިކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވައިފަ އެވެ. އަމީތު ތުހުމަތުކުރި ގޮތުގައި އެ އިންޒާރު ދެ ބޭފުޅުންނަށް ދިނީ ޕީޕީއެމް ބައެކެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ދެމުން އަންނަ އިންޒާރުތައް ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލައި ދިވެހި ހުރިހާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އަމަންއަމާންކަމާ އެކު ދިރިއުޅެވޭނެ މަގު ފޯރުކޮށްދޭން ފުލުހުންނަށް އޭނާ ގޮވާލެއްވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ގައުމުގައި ސަލާމަތްތެރިކަން ކަށަވަރުކޮށް ދިނުމަކީ ފުލުހުންގެ މައްޗަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ. މި ޒިންމާ ފުލުހުން އުފުލައި މިކަން ކުރާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ފުލުހުންނަށް އަމީތު ވަނީ ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން އަމީތު ވަނީ އިދިކޮޅު ފަރާތްތަކަށް މާލޭގައި އެއްވުންތައް ނުބޭއްވޭ މައްސަލައިގައި ފުލުހުންނަށް ފާޑުވިދާޅުވެފަ އެވެ. އެކަމަކު ޕީޕީއެމަށް ނިސްބަތްކުރައްވައި، އޭނާ ވިދާޅުުވީ "ދަރުބާރު ފެކްޝަނަށް" މާލޭގައި އެއްވުންތައް ބާއްވަމުންދާތީ ހަމަހަމަކަން ނެތް ކަމަށެވެ. ފުލުހުންނަކީ ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށާއި އެހެންކަމުން ގާނޫނީ އަމުރަށް ތަބާނުވުމަށް އޭނާ ގޮވާލެއްވި އެވެ.
ރޭ "ގައުމަށްޓަކައި އަންހެނުން" ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ބައެއް ވާހަކަފުޅަށް ވެސް އަމީތު ފާޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ހާދިސާ ހިނގި ގޮތް، މާތް ﷲ އިލްހާމްކޮށް ދެއްވި ކަމަށް ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަދީބުއާ ގުޅުން ހުރި ކަމެއް ކަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި އޭރު ރައީސް ޔާމީން ވިދާޅުވެފައި ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައީސް ވިދާޅުވީ އަދީބަށް 500 ޕަސަންޓު އިތުބާރު ކުރައްވާ ވާހަކަކަން އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނޭ
09 February 2018
ރައްކާތެރިވެގެން އުޅުމަކީ މިގައުމުގަ އެމީހެއްގެ ކަމެއް....އަހަރުމެންނަށް ނެތް ރައްކަލެއް ކަލޭމެންނަކަށް ވަކި ނޯންނާނެ
އަބްދުއްލާ
08 February 2018
85000 ލިބޭނެ ރައްކާތެރިވޭ
ދޫނިފުޅު
08 February 2018
އެއްމެރައްކާތެރީ ދޫނިދޫ.. އެތަނަށް މި12މީހުންގެންދޭ...
ސަނާ
08 February 2018
ބަޔަކު ނޫޅޭ ހެދި މޮޔަވެގެނެއް.
އަހްމަދު
08 February 2018
އިންސާނުންއުޅެންވާގޮތްނޫންގޮތްގޮތައްއުޅެންޏާ އިންޒާރުވެސްއަންނާނެ ހަމަލާދޭތަންވެސްފެންނާނެ އުޅުންއިސްލާހުކޮށް ﷲގެހަޒްރަތައްބިރުވެތިވެ ސުލްހަޔައްލޯބިކުރައްވާ އޭރުންތިޔަހުރިހާކަމެއް ރަނގަޅުވީ
ރައްޔިތުމީހާ...
08 February 2018
ދުނިޔޭގައި ހޭދަކުރަމުންތިދާ ކޮންމެ ވަގުތެއްގައިވެސް މަރަކީ އެންމެކައިރިކަންތައްކަން ދަނެތިބެ އުޅުމާއި އަހްލާޤް އިސްލާހުކުރާށެވެ. އަމިއްލަ އެދުމާއި، ފައިސާއާއި ވެރިކަންފަދަ ދުނިޔޭގެ ހެއްލުންތަކަށް ދިޔުމުގެ ބަދަލުގައި އިސްލާމްދީނާއި ޤައުމިއްޔަތަށް ހުރުމަތްތެރިކޮށް ހިތައި ތިމާމީހާގެ އުޅުން އިސްލާހްކުރާށެވެ. އެއިރުން އެއްވެސް ބިރެއްނެތް... ވަރަށް ސަލާމް.
އަލިބޭ
08 February 2018
ހުރިހައިބޭފުޅުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި ގިރިފުށީ އައިލޭންޑް ރިސޯޓަށް ގެންގޮސް މިއަހަރު ނިމެންދެން ބައިތިއްބަން ފެނޭ ނުވަތަ މިހާރު ރަނގަޅޭ ދެން ގެއަށް ދާނީއޭ ބުނަންދެން ބައިތިއްބަން ފެންނަނީ.
ބޮކަރޭށް
08 February 2018
އީވާއަކީ ސިޔާސީ ޝޯވ އިން ފެންނަން ބޭނުން މީހެއް ނޫން. އެއްގޮތަކަށްވެސް ކަމުދާ މީހެއް ނޫން
ވަގުތުޖެހުމުން
08 February 2018
ހުރިހާ މުއައްސަސާއެއް އެކަކު މުށުތެތެއަށް ލައިގެން ބާރާ ނުފޫޒު ބޭނުންކޮށްގެން މިއަދު އުޅެވިދާނެ, ޕީޕީއެމަށް އެކަނި ޖަލްސާ ބޭއްވޭގޮތަށް ފުލުހުންވެސް, ޕީޕީއެމް ޖަލްސާތަކަށް އެއްބާރުންދީ, އިދިކޮޅުން ޖަލްސާތައް ބޭއްވުމަށް ހުރަސް އަޅައި ރައްޔިތުން, މިއަދު ތަފާތުކުރެވިދާނެ ނަމަވެސް, ކުރިހާކަމެއް ގާތުން ބައްލަވާވޮޑިގެން ފަރާތެއްވޭ, މަތީ ފަރާތުން ގަޑިޖެހޭއިރަށް އާރާބާރު ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެންގޮސް ހަމަ ބިމަށް ތި އެންމެންވެސް ތިރިވާނެ, ﷲއިންޝާ ކަލަކު ވޮޑިގެންވޭ
އަހުދު
08 February 2018
ތި އީވާގެ ފޮޓޯތަކަކީ އެއްވެސް ގޮތަކަށް ނޫސްތަކުން އަދި ސޯސަލް މީޑީއާއިންވެސް ދެކެން ބޭނުން ފޮޓޯތަކެއްނޫން